ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން. --ފޮޓޯ:އީޕީއޭ
19 ފެބުރުއަރީ 2019 - 18:40
އިސްލާމްއާބާދު (ފެބްރުއަރީ 19) - ކަޝްމީރުގައި ދިން ހަމަލާ އަށް ފަހު ހޫނުވެފައިވާ އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ފިނިކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޕާކިސްތާނަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އިންޑިއާ އަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕްރިންސް މުހައްމަދު އިންޑިއާ އަށް ވަޑައިގަތުމުގެ ކުރިން ސައުދީ އަރަބިއާގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް އާދިލް އަަލް ޖުބައިރު ވިދާޅުވީ ސައުދީގެ ބޭނުމަކީ ދެކުނު އޭޝިއާގެ އަވައްޓެރި ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމްކޮށް އެ މަގަށް މަސައްކަތް ކުރުން ކަމަށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ މިއަދު ވަނީ ދެ ގައުމުގެ މެދުގައި އޮތް ދެކޮޅުވެރި ކަމަށް ހައްލެއް ހޯދުމަށް އދ. އިން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައި ވަނީ ކަޝްމީރުގައި މިދިޔަ ހަފުތާގައި ދިން ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން މަރުވުމާ ގުޅިގެންނެވެ. އެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުންނެވެ. އިންޑިއާ އިން ތުހުމަތު ކުރަނީ އެ ހަމަލާގައި ޕާކިސްތާނުގެ އަތެއް ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިލަބެ
23 February 2019
ވަލީއަޙުދުކަމުން މުޙައްމަދު އަޒުލުކުރަންޖެހޭ ސަބަބަކީ ތުރުކީގައި ސައުދީ ނޫސްވެރިޔާ ޚަސައުޤީ މަރާލުމުގައި މުޙައްމަދު ބައިވެރިވާތީ ސައުދީގެ ވެރިކަންކުރާ ފަރާތްތައް ދުވަހަކުވެސް ނުވެއްޓޭވަރުގެ ދައްފެންވަރަކަށްޓި ސައުދީގެ ނަންކިލަނބުކޮށްލައިފި ޔަމަންގެ ކުށެއްނެއް ޢާއްމުންގެ އެތައްބަޔެއްމަރާ ހަނގުރާމައިގެ ޖަރީމާހިންގުމުގައި އިސްރާއީލްފަދަ ގޮތެއްފޮތެއްނެއް ގައުމެއް މިހާރު ސައުދީއަކީ
ހިލަބެ
23 February 2019
ސައުދީގެ މުޙައްމަދަކަށް އިންޑިއާ އެއްނުރުއްސޭނެ ފޮނިބައިސާކެނޑިދާނެ
އަބްދުﷲ
21 February 2019
ކަޝްމީރު މިނިވަން ނުވަނީސް އެތަން ހަމައަކަށް ނޭޅޭނެ. ޖިހާދު ކުރިއަށްދާނެ. އިންޑިއާއިން އެތަނަށް މިނިވަންކަން ދޭން ބޭނުމެއްނުވޭ އަދި. އެހެންވީމަ ސައުދީން އައި މީހަކު ބުންޏަސް އަދި ފައިސާ ކޮޅެއް ކަޝްމީރު ގުރޫޕަކަށް ދިނަސް ހިޔެއްނުވޭ ހަމައަކަށް އެޅޭނެހެން.
ގޮބޮޅިއަލީ
21 February 2019
ސައުދީއަށް ނުވާނެ އެއްކަމެއްވެސް މިހާރުވެސް ކަލޭމެން ތިދަނީ ޔަމަނުގައި އެތަކެއް މުސްލިމުނެއް މަރަމުން ކުށަކީ ސައުދީ އަށް ސަޕޯރޓް ނުކުރުން
އީމަން
20 February 2019
ނޫސްވެރިޔާ ހާޝޮޖްގީ މައްސަލަ ހެންތަ؟
ސޫޖޭ
20 February 2019
ކިންގަށް ވަކި ކޮންކަމެއް ކުރެވޭނީ! އިންޑިޔާއާއި ޕާކިސްތާން ދުވަހަކުވެސް ނުގުޅޭނެ!
އަސްލަމްމް
20 February 2019
އެއުޅެނީ ކޮންމެސް ގޭސްގަންޑެށް އަންބުރަން.
އަނދިރި އަނދިރި
19 February 2019
ކަލެއަށް މަސްރަހު ވެސް ނޫން ރަގަޅު ކުރެވޭނީ
މިސްޓަބޯންސޯ
19 February 2019
ޔަމަނަށް ބޮންއެޅުން ހުއްޓާލާނީ ކޮންއިރަކުން!؟
ހީސަމާސާ
19 February 2019
މަޝްރަހެއް ނޫން. މަސްރަހު.