އައިފޯނުތަކުގައި ކުއަލްކޮމް ޓެކްނޮޖީ ހުއްދަނެތި ބޭނުންކުރުމުގެ ސަބަބުން އެޕަލް އަށް ބޮޑު ހުކުމެއް އަތުވެދާނެ
21 ފެބުރުއަރީ 2019 - 07:36
އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަނުން، މާޗް 26 ގައި، އެޕަލް އަށް ހުކުމްކުރާނެ އެވެ. އެޕަލް އަށް ހުކުމް އަންނަ ގޮތަކުން އެއީ ހިތާމަވެރި ޚަބަރަކަށް ވެސް ވެދާނެ އެވެ. މައްސަލަ ކުރި އަށްދާ ގޮތުން ބޮޑަށް ބެލެވެނީ، އައިފޯނުގެ ބައެއް މޮޑެލްތައް އެމެރިކާ އަށް އެތެރެނުކުރެވޭނެ ކަމަށެވެ. އަދި އެތެރެކޮށްފައި ހުރި އެ މޮޑެލްތަކުގެ އައިފޯނުތައް ވިއްކުން ވެސް މަނާކުރާނެ ކަމަށެވެ.
އެޕަލްއާ ދެކޮޅަށް މައްސަލަޖައްސައިގެން އުޅެނީ ކުއަލްކޮމް އިންނެވެ. ކުއަލްކޮމް އަކީ ސްމާޓްފޯނުތަކަށް އަދި ލުއި އާލާތްތަކަށް މައިކްރޮޗިޕް އުފައްދައިދޭ ކުންފުންޏެކެވެ. ކުއަލްކޮމްގެ މައްސަލަ އަކީ، އައިފޯނުތަކުގައި ހިމެނުމަށް ކުއަލްކޮމްގެ ބައެއް ޓެކްނޮލޮޖީ އެޕަލް އިން ވަގަށް ނަގާފައިވުމެވެ. އެކަން ފަޅާއެރުމުން ވެސް އެއްބަސްނުވެ، ކުއަލްކޮމް އަށް ބަދަލެއް ވެސް ނުދީ ހުއްޓާނުލައި އެޕަލް އިން ބޭނުންކުރުމެވެ.
މި މައްސަލާގައި ގޮތެއް ނިންމައިދިނުމަށް ކުއަލްކޮމް އިން އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަންގެ ކިބައިން ވަނީ އެދިފަ އެވެ. މި މައްސަލަގަނޑުގެ ތެރޭގައި އެޕަލް ވަނީ އައިފޯނުތަކުގެ އޮަޕަރޭޓިން ސިސްޓްމް އަޕްޑޭޓްކޮށްފަ އެވެ. މިއީ މައްސަލައިން ސަލާމަތްވާން އެޕަލް އިން ކުރި ކަމެއް ކަމަށް ކުއަލްކޮމް ބުނެ އެވެ. ކުއަލްކޮމް ބުނާ ގޮތުގައި، އައިއޯއެސް އަޕްޑޭޓްކުރުމަކުން އެޕަލް އަށް މުޅިން ސަލާމަތްވެވުނީއެއް ނޫނެވެ.
އެޕަލްއާ ދެކޮޅަށް މައްސަލަ ނިމުމަކީ އެޕަލް އަށް ބޮޑު ހިތާމައަކަށް ވާނެ އެވެ. މާލީ ތަނަވަސްކަމުން ބޮޑު ބައެއް އުނިވެ ހިނގައިދާނެތީ، އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަންގެ ކިބައިން އެޕަލް އެދެނީ، ބޮޑު ހުކުމެއް ނުކުރުމަށެވެ. އަދި އައިފޯނުތަކުގައި އިންޓެލްގެ ޗިޕްތައް ބޭނުންކުރަން ފެށުމުން، ކުއަލްކޮމްގެ ހައްގުތަށް ދޫކޮށްލެވުނީ ކަމަށް ދެކޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެޕަލް އިން ބުނީ، އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަނުން އެދޭ ބަދަލުތައް ގެންނާނެ ކަމަށާއި އަދި ވަގުކޮޅެއް ދިނުމަށެވެ. މި ގޮތަށް ގެންނަ ބަދަލުތައް ގަވައިދަށް ފެތޭތޯ ބެލުމަށް އެމެރިކާގެ ކަސްޓަމް ލައްވައި ޗެކުކުރިއަސް އެންމެ ރަނގަޅު ކަމަށް ވެސް އެޕަލް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާޒީ
23 February 2019
ކަލޭމެން ބަލަންތިއްބަތަ ކޮޕީކުރީ؟
ލޫޓުވާ އެމެރިކާ
21 February 2019
ދޫނުކުރާތި ކުއަލްކޮމް!