20 ފެބުރުއަރީ 2019 - 17:47
އަޒްހަރު ޔުނިވާސިޓީގެ ޝެއިހުލް އަޒްހަރު، އަހުމަދު މުހައްމަދު އައްތޮއްޔިބް ހުންނެވީ މީގެ ކުރީގެ ސަރުކާރުން އެ ޔުނިވާސިޓީގެ ޓީޗަރުންނާމެދު ކަންތައް ކުރިގޮތުން ވަރަށް ބޮޑަށް ކޯފާވެފައި ކަމަށް މިސްރަށް ދިޔަ ވަފުދުން މިއަދު ބުނެފި އެވެ.
އަރަބިއްޔާ ސްކޫލަށް ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް މިސްރަށް ވަޑައިގެންނެވި މިނިސްޓަރުން އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ 2017 ވަނަ އަހަރު މިސްރުން ރާއްޖެ އައި ހަތް ޓީޗަރަކު ޑީޕޯޓުކޮށްލުމަކީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް ޝެއިހުލް އަޒްހަރު ވިދާޅުވި ކަމަށެވެ.
އަލީ ޒާހިރުގެ އިތުރުން އެ ދަތުރުގައި ދެން ބައިވެރިވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
މިސްރުން އައި ޓީޗަރުންނަށް ރާއްޖެ އަށް އެތެރެނުވެވުނީ، އެ މީހުން ޓޫރިސްޓު ވިސާގައި އައުމުންނެވެ. ނަމަވެސް އެއީ މީގެ ކުރިން ވެސް އަމަލުކުރި ގޮތެކެވެ. ވިސާގެ އުސޫލަށް އިމިގްރޭޝަނުން ބަދަލުގެނެސްފައި އޮތުމުން އެ މީހުންނަށް އެތެރެވެވޭ ގޮތް ނުވީ އެވެ. އެހެންވެ އެއާޕޯޓުގައި 12 ގަޑިއިރު ބޭތިއްބުމަށްފަހު އަނބުރާ ފޮނުވާލީ އެވެ.
އަލީ ޒާހިރު ވިދާޅުވީ ޝެއިހުލް އަޒްހަރާ ބައްދަލުކުރެއްވުމުން ޓީޗަރުން ނުލިބުމުގެ ހަގީގީ މައްސަލަ ސާފުވެގެން ދިޔަ ކަމަށެވެ.
"ކުރިން އަންނަނީ ތަންކޮޅެއް ޑިޕްލޮމެޓިކް ޖަވާބުތަކެއް. އެބޭފުޅުންނާ ގުޅިގެން ކުރަންޖެހޭ ކަންތައްތަކެއް ހަދަންޖެހޭ ޓެސްޓުތަކެއް ނުވަތަ ބަލަންޖެހޭ ބެލުންތަކެއް ބަލާ ސްކްރީންކުރުމުގެ ކަންތައްތަކެއް ކުރިއަށްދަނީއޭ އެކަން ނިމުނުހާ އަވަހަކަށް ކުރިއަށްދާނެ ކަމަށް. އެހެން ނަމަވެސް މި ބައްދަލުުވުމުން ވަރަށް ސާފުކޮށް އެނގިގެންދިޔައީ ހަގީގީ ސަބަބަކީ އެއީ ކަމަށް. ޝެއިހުލް އަޒްހަރު ވަރަށް ކޯފާވެފައި ހުންނެވީ އެ ހިނގާދިޔަ ކަންކަމުން،" އަލީ ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަޒްހަރު ޔުނިވާސިޓީން ރާއްޖެއާ މެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. ކުރީގެ ސަރުކާރުން އެގޮތަށް ކަންތައް ކޮށްފައިވުމުން ލަދުވެތިވާން ޖެހުނުކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމާއި އެއީ ވަރަށް ބޮޑަށް އަޒްހަރަށާއި އަދި އަޒްހަރުގެ ޓީޗަރުންނަށާއި މުޅި މިސްރަށް ވެސް ބޮޑު އިހާނެތިކަމެއް ރައްދުކުރުވި ކަމެއްގެ ގޮތުގައި ޝެއިހުލް އަޒްހަރު ފާހަގަކުރެއްވި އަދި އެކަމާ ވަރަށް ބޮޑަށް ހިތްޕުޅާނުވެ ހުރި ވާހަކަ ފާހަގަކުރެއްވި. އެކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީ ސިފައެއްގައި އެންމެ މަތީ ފެންވަރުން މައާފަށް އެދެން ޖެހިވަޑައިގަންނަވާ ކަމަށް ޝެއިހުލް އަޒްހަރު ވިދާޅުވި."
އޭނާ ވިދާޅުވީ ރައީސްގެ ފަރާތްޕުޅުން އެކަމަށް މައާފަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އެ ސިޓީގައި އަޒްހަރު ޔުނިވާސިޓީއަށް އެހާނެތިކަން ރައްދުވާ ފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާފައިވާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުވެ ވަރަށް އަވަހަށް ޓީޗަރުން ރާއްޖެ އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަޒްހަރުން މިއަހަރު 22 ޓީޗަރުން ފޮނުވަން ހަމަޖައްސާފައި ވިޔަސް މިހާތަނަށް ރާއްޖެ އައީ ހަތަރު ޓީޗަރެެެެެކެވެ. ބާކީ ތިބި ޓީޗަރުން ރާއްޖެ އައިސްފައިނުވާތީ އަރަބިއްޔާ ސްކޫލުގައި މިވަގުތު ކިޔަވައިދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލެކްޗަރާއިންގެ އެހީގަ އެވެ. ނަމަވެސް އެމްއެންޔޫގައި އަންނަ ހަފުތާގައި ކިޔަވަން ފަށާތީ، އޭގެ ކުރިން އެހެންގޮތްތަކެއް ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އަރަބި ތައުލީމު އުނގަންނައިދިނުމަށް މީގެ 32 އަހަރު ކުރިން އަރަބިއްޔާ ސްކޫލު އުފެއްދި ފަހުން، ކޮންމެ އަހަރަކު ވެސް އަޒްހަރުން ޓީޗަރުން ފޮނުވަ އެވެ. އެމީހުން ފޮނުވަނީ ދެ ތިން އަހަރަށެވެ. އެ މުއްދަތު ހަމަވުމުން އަޒްހަރުން އަނެއްކާ ވެސް އާ ޓީޗަރުން ހޮވަނީ އެވެ. އެ ޓީޗަރުންނަށް މުސާރަ ދެނީ އަޒްހަރު ޔުނިވާސިޓީންނެވެ. ނަމަވެސް ޕޮކެޓް މަނީގެ ގޮތުގައި އަރަބިއްޔާ ސްކޫލުން 1200ރ. ދެ އެވެ.
ޝެއިހުލް އަޒްހަރަކީ އަޒްހަރު ޔުނިވާސިޓީގެ މިސްރުގެ ދީނީ ބާރުގަދަ ސިޔާސީ މަގާމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރޭފު
22 February 2019
އަރަބިއްޔާ އުފެއްދެވި ފަހުންތޯ އަޒުހަރުން ބޭފުޅުން ވަޑައިގަންނަވަނީ ނުވަތަ އޭގެ މާ ކުރިން މަޢުހަދު އުފެއްދެވި ފަހުންތޯ؟
ކކކކ
21 February 2019
ދެން އެހެންވިއްޔާ 2018 ގަ ކޮންތާކުން ޓީޗަރުން ހޯދީ؟
ރާއްޖެ ނެތިދިއުން
21 February 2019
އަރަބިއްޔާ ޕްރިންސިޕަލަކަށް ނަމަކަށް ނަސްރުﷲ ލައިގެން، އެތަން ހިންގީ އަމީނިއްޔާ މެނޭޖްމަންޓުން. ދެން އަޒުހަރުން ހިލޭ ފުނުވާފައި ތިބި މުދައްރިސުން ޑީޕޯޓުކޮށް ކަންތައް ކުރީމަ ވާނެގޮތް ތިވީ. މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އިމިގްރޭޝަނާއި އެޑިއުކޭޝަނުން.
ޙާދީ
21 February 2019
ޢިމިގްރޭޝަން ޒިންމާ ވާަކަށް ނުޖެހޭނެ. ޢެޑިއުކޭޝަން އިން ޓީޗަރުން ގެ ކަންކަން އިމިގްރޭޝަންގެ ޤަވައިދަށް ގެންދިޔަނަމަ. މަސައްކަތް ކުރަން އަންނަ މީހުން އެއްވެސް ހާލެއްގެ އެތެރެ އެއް ނުކުރެ ޓޫރިސްޓް ވިސާގަައެއް.
ދިވެހިރަދީފު
21 February 2019
ކިޔަވައިދެއްވުމުގެ ކަންކަން ފުރިހަމަކުރަމާ
މުއައްޒަފު
21 February 2019
ހާދަ ޒާތީ ކޮމެންޓު ގިނައޭ. ފިތުނައިން ފުރިފައިވާ އޮފީހެއްގައި ޒިންމާދާރު އުފެއްދުންތެރި މަސައްކަތެއް ނުކުރެވޭނެ. ދާއިރާގައި ތިބި ތަޖުރިބާކާރު މީހުން ބޭނުންކޮށްގެން ޕްރިންސިޕަލުންގެ މަޝްވަރާއާއެކު ދަރިވަރުންނަށް ފައިދާކުރާނެ ބީދައަކުން ދާއިރާ ހިންގަންް އެބަޖެހޭ. ވަކިވަކި ލިސްޓް ހަދައި މީހުން ހަލާކުކުރުމަށްވުރެ ކޮންމެ މީހަކުވެސް އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ. ތިމަންނާގެ ސަރުކާރޭ ކިޔައި ދެއަތް ފުޅާކޮށްފައި އޮފީސްތެރޭގައި ހިގުމަކުންނުފުދޭ
މުއައްޒަފު
21 February 2019
ރަގަޅު ވާހަކައެއް. ހިތާމައަކީ ތިޔަ ކޮމެންޓް ކިޔާނޭ މީހަކު ނެތްކަން. އަދި ކޮމެންޓް ކީ ނަމަވެސް، ވިސްނޭވަރަށްވުރެ ހިތް ގާވެފައިތިބިކަން. އަދި ކޮމެންޓް ސާފުކޮށް ކިޔާލެވޭވަރަށްވުރެ ލޯ ނުސާފު ވެފައިވާކަން. އާޚިރުގައި ގެއްލުން ލިބެނީ ދަރިވަރުންނަށް
އަހްމަދު
21 February 2019
ރަގަޅު ވާހަކައެއް. އަމަލުކޮށްފިއްޔާ ކިތަންމެހާވެސް ރަގަޅު
ދަރިވަރު
21 February 2019
ހާދަ ދަރިވަރުންދެކެ ލޯބިވެގެން ތިޔަ މުވައްޒަފު ނަމުގައި ކޮމެންޓް ތިޔަލިޔަނީ. ހަމަ އަމިއްލަ އެދުމުގައި ފިތުނަ އުފައްދަން. ތިޔަ ބައިގަނޑު ކެމްޕޭންތެރޭގައި ފޯމްތައް ފުރަމުން ދުވި ހަދާން އަދިވެސް އެބަ އާވޭ.
މުއައްޒަފު
21 February 2019
އެހެންތޯ. އިލެކްޝަންސް ކޮމިޝަނުގައި ހުރި ފޯމްތައް ބަލާލީމަ އެގޭނީ ކާކުގެ ސޮއިކަން ފޯމުގައި ހުރީ. ޒާތީ ވީމަ ކަންކަން ކަޑަވާނެ ބުރޯ. ގުދޯ ގުދޯ ނުގޮވާ.. ނެތް މަގާމުތަކާއި ޝަރުތު ހަމަނުވާ މަގާމްތަކާއި ސަރުކާރުގެ ފައިދާ ލިބުނީ ކޮން ބަޔަކަށްތޯ ބަލާލީމަ އެގޭނީ ކޮބައިކަން ބައިގަނޑަކީ
މުއައްޒަފު
21 February 2019
ދަރިވަރުގެ ނަމުގައި ކޮމެންޓު ކުރި ދަރިވަރު ނޫން ފަރާތަށް ދަންނަވާލަން އޮތީ، ދަރިވަރުން ދެކެ އެޑިޔުކޭޝަން ދާއިރާގެ އެންމެން ލޯބި ވާންވާނެއޭ. ދަރިވަރުން ދެކެ ލޯބި ނުވާ މީހަކު ތައުލީމީ ދާއިރާގައި މަސައްކަތް ކުރުމަކީ ވަރަށްބޮޑު މައްސަލައެއް. އެފަދަ ވިސްނުމެއް ހުރިނަމަ އެހެން ދާއިރާއެއް އިޚްތިޔާރު ކުރައްވާ
ސުވާލުއުފެދޭ
21 February 2019
ޝެއިހުލް އަޒްހަރު ހުންނެވީ އަލީ ޒާހިރު ބައްދަލުކުރަން ވަޑައިގެންނެވިލެ ލަސްކަމުން ކޯފާވެވަޑައިގެންފައި. މިއީ ތިވީގޮތަކީ. ޙަޤީޤަތް އޮޅުވަލއިގެން ވާަކަ ދެއްކިޔަސްކަމަކު ނުދާނެ.
ކަމަނާފެނަށް
21 February 2019
ޢަލީ ޒާހިރު ކީއްވެތޯ ކިޔަވައިދެއްވުމަށް ނުދެވެނީ. އެމީހަކަށް ލިބިފައި ހުރި ޢިލްމެއް އަނެކުންނަށް އުގަންނާދިނުމަކީ ކިހާ ސަވާބެއް އިތުރުވާކަމެއް. މިހާރު ތިވީގޮތުން އިނގޭ ތީ ދުނިޔޭގެ އެދުމުން ފޯވެފައިހުރި މީހުންގެ ކުއް ހޯދަމުން އަދި އެވާހަކަ ދައްކަމުން ހިނގާ ބޭފުޅެއްކަން. އެ އީ ދެބައޮޑުވުން ދެތޯ.
ބަނިއާދަން
21 February 2019
32 އަހަރު ކުރިން އަރަބިއްޔާ 40 އަހަރު ކުރިން މައުހަދު އުފެދި މިދެ ތަނުން ނުކުތް ކުދިން މިސްރާއި އެނޫން ގައުުތަކަށް ގޮސް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ގާނޫނީ ވަކީލުންނާއި ދީނީ ޢިލްމުވެރިންނާއި އިންޖިނޭރުން ފަދަ ފަންނުވެރި މަސައްކަތްތެރިން ވަނީ އުފެދިފައި. ނަމަވެސް ހިތާމައަކީ އެދަރިވަރުން އަރަބި ބަހުން ތަފާތު މާއްދާތައް ކިޔަވައިދިނުމަށް ޓީޗިންގެ ދާއިރާ އިޚްތިޔާރުނުކުރާކަން. މީ ޓީޗިންގެ ދާއިރާއަށް އިހުމާލުވުމުގެ ނަތީޖާ. ވިސްނަން ޖެހޭ ކަމެއް
ހޮލާކޯ
21 February 2019
ޝައިޚުލްއަޒްހަރު ހުންނެވީ ވަރަށް ކޯފާވެފަ އެބޭފުޅާއާ ހަވާލާދީ ތިޔަގޮތަށް ވާހަކަ ދައްކާތީ. މިނިސްޓަރެކޯ. ތަސައްރުފް ފުދޭނނީ ކޮން ދުވަހަކުންބާ؟
ޜަސްގެފާނު
21 February 2019
ޝައިޚުލް އަޒްހަރު 2017 ވަނަ އަހަރު ހިނގި ކަމަކަށް 2018 ވަނަ އަހަރު ކޯފާނުވެ 2019 ވަނަ އަހަރު ކޯފާ މި ވީ ކީއްވެބާ
ާރަސްގެފާނު
21 February 2019
ކަންތައްތައްވީގޮތް ޝެއިޚަށް އެގުނީ 2019 ގައި ކަމަށް ވެދާނެ
އަބްދުއްالله
21 February 2019
ތިޔަ އަރަބި ޓީޗަރުންނަކީ ދަރިވަރުންގެ މޫނަށް ކުޅުޖަހާ މީހުން.