އަސީފާ ސައިބޯނިތަކަކާ އެކު.
22 ފެބުރުއަރީ 2019 - 07:17
އިންސްޓަގްރާމްގައި މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން އުޅެނީ ސައިބޯނި މާ މީރުވެގެން އުޅޭ އަންހެނަކަށެވެ.
އިންޑޮނީޝިއާގެ ޖާވާ ޕްރޮވިންސްގައި ދިރިއުޅޭ ހޯސިކް އަސީފާ، 21، އަންނަނީ އެކި ކަހަލަ ސައިބޯނިތަކުގެ ރަހަ ބަލައި، އެ އެއްޗެހީގެ ރަހަ އިންސްޓަގްރާމްގައި "ރިވިއު" ކުރަމުންނެވެ.
އޭނާ ބުނި ގޮތުގައި ސައިބޯނި ކާން ފެށީ މީގެ ދެ އަހަރު ކުރިންނެވެ. އޭރު އަލަތު ދަރިފުޅަށް ބަލިވެ އިނުމާ އެކު، ކާ ހިތްވީ ސައިބޯންޏެވެ. އެހެންވެ އޭރުން ފެށިގެން އޭނާ އަންނަނީ ސައިބޯނި ކަމުންނެވެ.
"ފެންވަރަން އެއް ދުވަހަކު ހުރެފައި ސައިބޯނީގެ ރަހަ ބެލި އިރު، ވަރަށް މީރު މޭވާ ރަހައެއް ލީ. އެ ހިސާބުން ހަގީގަތުގައި ސައިބޯނި ކާން ހިތްޖެހުނީ،" އިންޑޮނީޝިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައި އަސީފާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސައިބޯނި ކޭ ނަމަވެސް އެކަން ކުރާކަން މިހާތަނަކަށް ފިރިމީހާއަކަށް ނޭނގެ އެވެ. އޭނާ އަށް އެކަން އެނގުނީ އިންސްޓަގްރާމަށް ފޮޓޯތަކާއި ވީޑިއޯތައް ލާން ފެށުމުންނެވެ.
އިންސްޓަގްރާމްގައި، ސައިބޯނި ކާ ފޮޓޯތަކާއި ވީޑިއޯ އަސީފާ ހިއްސާ ކުރަން ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މި އާދަޔާހިލާފު އާދައާ އެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، އޭނާ ފޮލޯކުރާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
އަސީފާ ބުނި ގޮތުގައި ސައިބޯނި ކޭ ނަމަވެސް މިހާތަނަކަށް ސިއްހީ އެއްވެސް މައްސަލައެއް ވެސް ކުރިމަތިވެފައެއް ނެތެވެ.
"މާބަނޑު އިރު އަހަރެން ސައިބޯނި ކޭ ނަމަވެސް ދަރިފުޅަށް ވެސް ނެތް އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނެތް،" އަސީފާ ބުންޏެވެ. "އަދި އަހަންނަކަށް އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވޭ."
އެކަމަކު ނަމަނަމަ މިކަހަލަ ކަމެއް ނުކުރައްޗެވެ. މިއީ ރައްކާތެރި ކަމަކަށް ނުވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްދޫ
23 February 2019
ތި ސައިބޯނި ބޮނީތަ ހަމަ. އަޑުން ހީވަނީ ހޮނުއަޅަނީހެން
މަންސޫރު
23 February 2019
ނުކުރާށޭ ބުނާކަމެއް އަޖުމަ ބަލައިލަން ކުރުމަކީ އިންސާނީ ތަބީއަތުގައި ހުންނަ ކަމެއް. ދެންމެ ދަނޑި ސައިބޯންޏެއް ދިރުވައިލެވިއްޖެ.
ތުނިޔަ
23 February 2019
ތީކަނީކީނޫން! ޑދޫހާކާލާފަ ލޮވެލަނީ!
އަލީ އާމިރު
22 February 2019
ދަރިފުޅުގެ ސިއްހަތައްވުރެން ސައިބޯނިކެއުން މުހުންމުވީމާ ވާނީ އަމިއްލައެދުން ބޮޑުމީހަކަށް. ސައިބޯންޏަކީ ނުރައްކާއެއްޗަކަންވެސް ނޭންގޭ!!
ޜލނގ
22 February 2019
ކޮބާ ތިޚަބަރު ގެނައުމުގެ ބޭނުމަކީ؟
ޙުސެން ކަލޯ
23 February 2019
ތި ސައިބޯނި ލޮވެލަނީނު .ލޮލް ހީވަނީ ހަމަ ލޮލީ ޕޮޕެއް ބޯލާހެން ..ފޮނު އަރުވާލާފަ