މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ރަސްމީ ޖަލްސާގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް (ކ-3) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ބައެއް އިސްވެރިން.----ފޮޓޯ: ނިޝާން އަލީ/މިހާރު
21 ފެބުރުއަރީ 2019 - 21:57
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކަށް ކިޔާނެ ދިވެހި ނަންތަކެއް ކަނޑައެޅުމުގެ މަސައްކަތް، ދިވެހި ބަހުގެ އެކަޑަމީން ފަށައިފި އެވެ.
މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހާ ގުޅުވައިގެން، އެކަޑަމީން އެ މަސައްކަތް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ލަފާފުޅާ އެކުގަ އެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ސަރުކާރުގެ އިދާރާތަކަށް ކިޔާނެ ދިވެހި ނަންތަކުގެ އަސާސީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ނަންތައް ކީ ނަމަވެސް، މިހާރު ބޭނުން ކުރަމުން އަންނަ އިނގިރޭސި ނަންތަކަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ސުޕްރީމް ކޯޓަށް ކިޔާ އިނގިރޭސި ނަންތަކެއް އެބަހުރި. ހަމައެގޮތަށް އަޅުގަނޑުމެން ބޭނުންވަނީ މިސާލަކަށް، އެޑިއުކޭޝަން މިނިސްޓްރީއަށް ތައުލީމާ ބެހޭ ވުޒާރާ ކިޔާ ގޮތަށް، އެހެން އިދާރާތަކަށް ވެސް އެ ފަދަ ނަންތަކެއް ކަނޑައަޅަން،" އަޝްރަފް ވިދާޅުވި އެވެ.
މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ރަސްމީ ޖަލްސާގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ވާހަކަ ދައްކަވަނީ.----ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތް ނިންމައި، އަމަލީ ގޮތުން އެއަށް އަމަލު ކުރަން ފެށޭނީ ކަމާ ގުޅޭ އެހެން އިދާރާތަކާ ވެސް މަޝްވަރާ ކުރުމަށް ފަހުގަ އެވެ.
"މިހާރު އިނގިރޭސި ބަހުން ނަން ދީފައިވާ އިދާރާތަކަށް ކިޔާނެ ދިވެހި ނަންތަކެއް ހަމަޖެހިފައި އޮތުމަކީ މުހިއްމުކަމެއް. އެހެންވެ، ގާނޫނާ އެއްގޮތަށް އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން މިގެންދަނީ،" އަޝްރަފް ވިދާޅުވި އެވެ.
ކުރިން ރާއްޖޭގެ ކޯޓުތަކުގެ ނަންތައް ވެސް ބޭނުން ކުރީ ދިވެހި ބަހުންނެވެ. އެގޮތުން ސިވިލް ކޯޓަށް މަދަނީ ކޯޓު، އަދި ފެމެލީ ކޯޓަށް އާއިލާއާ ބެހޭ ކޯޓު، ކްރިމިނަލް ކޯޓަށް ޖިނާއީ ކޯޓު ކިޔެވެ. އެކަމަކު ފަހުން އިނގިރޭސި ބަހަށް ބަދަލުކޮށް އެތަންތަނުގެ ނަން ބޯޑު ވަނީ ބަދަލުކޮށްފަ އެވެ.
އަޝްރަފް ވިދާޅުވީ އެތަންތަނަށް ކިޔާ ނަންތައް ދިވެހި ބަހަށް ބަދަލު ކުރަން މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ބައްލަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތްތަލަ
29 May 2019
ގޭގަހިފާގެންގުޅޭހުރިހާސާމާނު ބޭނުންނުކޮށް ކިއޭނޭކަހަލަ ނަންނަން ދިނުންއެދެން .. އެހެރައުސްހަސްފަތާލަށް ދީފައެތިބަނަންތައްފެނޫނީމަ ބޮލަށްއެނބުރުންއަރާގަންނަނީ ..
ދަސްކުރަން
23 February 2019
ސުޕްރީމް ކޯޓަށް ކިޔާ އިނގިރޭސި ނަން އެބައޮތޭ ބުނާއިރު އެކޯޓަށް ކިޔާ ދިވެހި ނަމަކީ ކޮބާތަ؟
މިއަދު
23 February 2019
މިނިސްޓްރީއޮފް ޑިފެންސް ފާރަލާބަލާހޯދާ ވުޒާރާ މިނިސްޓްރީއޮފް ޕްލޭނިންގ ފަރުމާކުރާ އިދާރާ
ޅިޔަނާ
23 February 2019
ތިޔަ އަސްރަފު ފޭސްބުކުގެ ދިވެހި ބަހޭކިޔައިގެން އާބަސް ހަދާފަ ހުންނަތަން ފެނުނީމަަ ގަންނަނީ ލަދު
ވާހިދުބެ
23 February 2019
ޓީވީ ޕްރޮގްރާމް އަދި އެފްއެމް ޗެނަލްތައް ހުށަހަޅާ މީހުންނާ އޮފީސްތަކުގެ ކައުންޓަރުތަކަށް ރަނގަޅަށް ދިވެހިބަސް ނުދަންނަ މީހުނަށް ވަޒީފާ ދިނުމަކީ ދިވެހިބަހަށްދެވޭ ވަރަށްބޮޑު އަނިޔާއެއް.
އިކްރާމް އަބްދުއް ސައްތާރު
23 February 2019
މި އަޝްރަފަކީ ހަމަ ހުސް ކަންދައްކާ މިހެއް... އޯޑިޓް އޮފީސް ވެބްސައިޓް ހުސް ހުސް އިންގްލިޝް އިނީމަ އެވާހަކަ ބުނީމަ... ދިވެހިބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވީ ކޮބަިއތޯ މައްސަލަ އަކީ.. އެވަރު މީހެއް މީ.. ބެންކް އޮފް މޯލްޑިވްސް ގެނަން ދިވެހިބަހުން ނެތިގެން އެންމެން ކަންބޮޑުވާއިރު ވެސް މިކަލޭގެ ހިތައްވެސް ނާރާ..ކަހެރުވެކެކޭވެސް.. ހަމަ ޖާފަތެއްބާއްވާލަ ސެލްފީނެގުން ކަމަކީ..!
އަކުރުފިލި
22 February 2019
ބަހުގެ ހ ށ ވަކިނުވާމީހުން ބަހާ ބެހޭގޮތުން އަޑު އުފުލަނީ. އިނގިރޭސި ބަހުގެ ޙާލަތު: ބުރިޖު: ޖަރުމަނު ބަހުން ޓޮމާޓޯ: ފަރަންސޭސީ، ސުޕޭނު ބަހުން ޕޭޕަރު: ލެޓިން ބަހުން ޑިކްޝަނަރީ: ލެޓިން ބަހުން ގޯލްޑް: ޖަރުމަން ބަހުން އޮކްސިޖަން: ފަރަންސޭސި ބަހުން ފުލާވަރު: ލެޓިން އަދި ފަރަންސޭސި ބަހުން ގެލެކްސީ: ގުރީކު ބަހުން ޔޫރަޕު: ގުރީކު ބަހުން ޑައިނަސޯ: ގުރީކު ބަހުން އިނގިރޭސި ބަހަށް އެންމެ ގިނައިން ލަފުޒު ވަދެފައި ހުންނާނީ ޔޫރަޕުގެ ބަސްބަހުން
އަކޮޑޮމީ
22 February 2019
ތި އެކަޑަމީން ގަވާއިދު ކިޔަވާދޭން އަންނަ ޓީޗަރުން ބުނަނީ އެކަޑަމީގެ ބަސްުފޮތް ނުބައި ކަމަށް. ބަސްފޮތުގައި އޮތީ "މަސްބޯޓު" ޓީޗަރު ބުނީ ރަނގަޅު ގޮތަކީ "މަސް ބޯޓު". އެކަމަކު "މަތިންދާބޯޓު" މީ ރަނގަޅުގޮތް ކަމަށް ބުނީ. ހުސް މިކަހަލަ ހަމަނުޖެހޭ ގަވައިދުތައް ކިޔަވާދެނީ. އަދި ކިތަންމެ ބަހެއް ބަސްފޮތައި ޚިލާފަތް ކިޔަވާދޭ. ފުރަތަމަ ތި ގަވައިދުތަކާއި ބަސްފޮތްތަކާއި އެއްޗެހި ހަދަައި ނިންމާފަ ތަންތަނަށް ކިޔަވާދޭން ދާނީ. މީހުން ބޯގޮވާ ވަރުވޭ ތިމީހުންނާ ހެދި.
އެކޮޅު މީ
22 February 2019
އެކެޑަމީ އަކީ އައްޑޫ ބަހަކީ؟
ޑާމީ
22 February 2019
ޢެކެޑަމީ = 1 ޑަމީ
ފިރުޒާ
22 February 2019
ޖަލްސާގައި މިނިސްޓަރ އިންނެވީ އަވަހާރަފުޅު ލެއްޕެވިފައި މީހާލަކީ!!؟؟