ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާގައި މިނިސްޓަރު މުއިއްޒު ރޭ ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
26 އޯގަސްޓް 2016 - 07:32
ދިވެހި ގައުމުގެ މިނިވަންކަން މިހާތަނަށް ގެއްލިގެން ގޮސްފައި ވަނީ ދިވެހިންތަކެއް ވީ ހިޔާނާތުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ދިވެހިންނަކީ މާޒީން ފިލާވަޅު ހޯދައި މުސްތަގުބަލަށް ރަނގަޅު ނިންމުންތަކެއް ނިންމާ ބަޔަކަށް ވާންޖެހޭ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ކަމަށެވެ.
"މާޒީން ފެންނަން އޮތް ހަގީގަތަކީ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު އެކަން ވެގެން ގޮސްފައިވަނީ އެބައެއްގެ ގައިގައި ދިވެހި ލޭ ހިނގާ މަދު ދިވެހީންތަކެއްގެ ހިޔާނާތްތެރި ސަބަބުން. ޕޯޒުގީޒުން ގޮވައިގެން ރާއްޖެ އަރައި ދިވެހި ފަސްގަނޑުގައި ހުންނެވި އަލި ރަސްގެފާން ޝަހީދުކޮށް ،ދިވެހި ތާރީހުގައި ނުދެކޭ ފަދަ އަނދިރި ދުވަސްތަކެއް ދިވެހީންނަށް ކުރިމަތި ކުރުވައި، ދިވެހި ވެރިކަމުގެ ސިންގާސަނާއާ ޕޯޗުގީޒުންނަށް މަތިކުރުވި އިސްމޭސްތިރިއަކީ ވެރިކަމުގައި ހުރެ އިސްތިއުފާ ދިނުމަށް ފަހު، ގައުމު ދޫކޮށް ބޭރު ކަރަައަކަށް ގޮސް ހުރި ނުވަ ވަނަ ހަސަން ރަސްގެފާނު،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީން ދަސްވެނިވި ބައެއް ދަރިވަރުން: ރޭ ވަނީ 500އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ނޮވެމްބަރު 3، 1988 ގައި ލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެ ގެނެސް ވެރިކަމާ ތޮޅުނީ ވެސް ދިވެހީންތަކެކެވެ. އެހެންކަމުން މާޒީގައި ހިނގާފައި ހުރި އެފަދަ ކަންތައްތައް އިޔާދަވިޔަ ނުދިނުމަށް ތައްޔާރުވެ ތިބީ ކިހާވަރަކަށް ތޯ ގައުމުގެ ދުލުން ސުވާލުތައް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރަން ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން އަންނަ މަސައްކަތްޕުޅަށް އާނއެކޭ ބުނަން ތައްޔާރަށް ތިބީ ކިހާވަރަކަށްތޯ އާއި ގައުމުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރަމުންދާ މީހުންނަށް ނޫނެކޭ ބުނަންތައްޔާރަށް ތިބީ ކިހާވަރަކަށް ތޯ އާ މެދު ވެސް މުއިއްޒު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ގައުމީ ޔުނިވާސިޓީން ރޭ ދަސްވެނިވި ދަރިވަރަކަށް މިނިސްޓަރު މުއިއްޒު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
"ގައުމަށް ތަރައްގީގެ އިންގިލާބެއް ގެންނައިރު، އެ މަސައްކަތުގައި އަޅުގަނޑުމެން ތައްޔާރަށް ތިބީ ކިހާވަރަކަށްތޯ؟ އަޅުގަނޑުމެންގެ ހިތްތަކުގައި މި ވިސްނުން ނުވާނަމަ އެ ވިސްނުމުގައި އަމަލީ ސިފަ ޖައްސަން ހިތުގެ އަޑިން ބޭނުން ނުވާނަމަ ގައުމަށް ދާއިމީ ކުރިއެރުމެއް ނުލިބޭނެ. އުޖާލާ މުސްތަގުބަލަކަށް ނުލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމުގެ ކަންތައްތައް ރަނގަޅުކުރަން ކަމަށް ބުނެ ބޭރުގެ ފަރާތްތަކުން އަންނަނީ ހެޔޮ އެދިގެން ނޫން ކަމަށެވެ.
ތަފާތު އެކި ދާއިރާތަކުން ގައުމީ ޔުނިވާސިޓީން ރޭ 558 މީހުން ދަސްވެނިވެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާމިލް
27 August 2016
ޑރ. ޙަސަން ޙަމީދު ވަރަށް މަސައްކަތުން އިލްމީ ގޮތުން ފިޔަވަޅުތަކެއް އެޅުއްވި ޔުނިވަރސިޓީގެ ދަސްވެނިވުމަށް ޒާތީ ގޮތުން ޑރ. ޙަަސަންއަށް ރައްދުދިން މިނިސްޓަރު މުއިއްޒު ގެންދިއުމަކީ ޔުނިވަރސިޓީގެ މިހާރުގެ މެނޭޖްމަންޓް ޑރ. ޙަސަންއާ ޒާތީ ވެފައިވާ ވަރު ދައްކައިދޭ ކަމެއް. އިލްމުގައި އޮންނަ ކަމެއް ނޫން ޒާތީ ވުމަކީ.
އައިމިނަތު އަގުލީމާ
27 August 2016
މިނިވަންކަން ގެއްލެނީ ބޭރުބަޔަކު ގައުމު ހިފީމަތޯ؟ ކުށެއްނެއް އެތައްބަޔަކު ޖަލައްލައިގެން ތިބެ ތިކަހަލަ ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް މަލާމާތް ކުރުންނޫންތޯ! މިތާ ސަރުކާރުގެ ކޮމެންޓު ޓީމުން މިލިޔަނީ އަބަދު ރަންރީދުލައް ގައުމުގެ ތަހުތު ނުލިބޭނެ ވާހަކަ! އަހަރެމެންނައް ވަށިހަމަ ކޮންމެހެން ރައްރީދުލައް ގައުމުގެ ތަހުތު ނުލިބުނަސް އަހަރެމެންބޭނުމީ ރައްތުންގެ ހަޒާނާ ލޫޓުވުން ނިމުކައް ގެންނަން!
ފމދ
27 August 2016
ތެދެހ
ސޫޒަން
27 August 2016
ވަރަށް ބޮޑު ތެދެއް މުއިއްޒޫ! ވެރިކަން ބަދަލުވި ދުވަހަކުން ތި ހިޔާނާތްތެރިން ޖަލައްލެވޭތަން ބަލަން މިތިބެނީ!
މުއިއްޒު
26 August 2016
މުއިއްޒު ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑު މި ސަރުކާރު ގަބޫލެއް ނުކުރަން. ވައްޓާލަން ބަޔަކު ނިކުންނަންޏާ އެބަޔަކާ އެކީ ނިކުންނަން ތައްޔާރަށް މިހިރީ. އަޅުގަނޑު މެންގެ ފައިސާއަށް ޚިޔާނާތްތެރިވި ހިސާބުން ތިޔަ ސަރުކާރުގެ ކިބައިން ބަރީއަ ވެއްޖިން.
ކަލޯބެއްޔާ
26 August 2016
ދުއްތޫރު ތިޔަދައްކަވާ ވާހަކަނޭގޭ ބަޔަކު ނޫއުޅޭނެ. މިނިވަންކަން ގެއްލެނީ އެއްބަޔަކު އަނެއްބައެއްގެ ހައްގު ނިގުޅައިގަންނަހިސާބުން. އަދި އެކަމަށް އެނގިގެންތިބެ ހިތްވަރުދޭން ބަޔަކު ފަށާހިސާބުން. މިހިސާބަށް ކަންތައްދާއިރު ބޭރުގައުމުތަކުން އެތަނަކަށް ވެރިވެގަންނަން އޮންނަނީ މަގުފަހިވެފަ.
ލަބީދު
26 August 2016
މާލޭ ރައްޔިތެއްގެ ހައިސިއްޔަތުން މާލެއައް ތިދޭ ގެއްލުން ބަލާ ފިޔަވަޅު އަޅާނެ ކަމައް ބުނެލަން
ގައުމު
26 August 2016
ނޫނެކެވެ. ޢެހެންނަކުން ނޫނެވެ. މި ގައުމު އަޅުވެތިވަނީ އަދި ވެފައި އޮތީވެސް މުއިއްޒު ކަހަލަ ދެއުޅިއެއް ނުވާ މީހުން އަމިއްލަ އެދުމަށް ގައުމު އަޅުވެތިވުމަށް މަގުފަހިކޮށްދޭތީއެވެ. މީގެ މިސާލަކީ މުއިއްޒު ކުރާ ހުރިހާކަމެއްވެސް ކުރަނީ އެއްވެސް ޕްލޭނެއް އޮވެގެން ނޫންކަމެވެ. ބޮޑުމީހާ އަށް ވައިޖަހަން ކުރެވޭ މޮޅެތި ކަންތައްތަކެވެ. ތީ އަޅުވެތިވާން ދަސްވެފަހުރި މީހެކެވެ.
ނަތަންޔާ
26 August 2016
ދިވެހިންންގެ ތެރެއިން ގިނަމީހުންނަކީ ތަންދޮރުނުފިލާ ދުނިޔޭގައި ކަންތަށްތައް ހިނގާނުހިގާ ގޮތްނޭގޭ ނުކިޔަވާތިބި އެކަމަކު ހުރިހާކަމެއް އެއްމެ މޮޅަށް އެނގޭމީހުން. ޢެކަމަކު އަމިއްލަ ގައުމޭ، މިނިވަންކަމޭ އިނގިރޭސިންނާއި ދެކޮޅަށް މާލޭ އަންހެނުމްތައް ނުކުމެ މުޒާހަރާކޮށްފިޔޭ ކިޔައިގެން ޓީވީ ތަކަށް އަރާ ފިނިކެނޑާ ފަސްކުޅަނދު މަދުމީހުން ގުބޯހެއްދުން ނޫންކަމެއް ކުރާކަށް ނޭގޭނެ.
މޮހޮނު
26 August 2016
މިފަހަރުވެގެން މިއުޅެނީ ތިޔަވިދާޅުވާ ގޮތާއި އިދިކޮޅުގޮތެއް. ޥެރިކަމުގައި ތިބި ބަޔަކު ގައުމު ފުނޑާލަމުން ދާދިއުމާއި ދެކޮޅަށް ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބެގެންތިބި ބޭފުޅުން ކޮޅެއް ތެދުވެ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އެކުވެރި ދައުލަތްތަކާއި ގުޅިގެން ކުރާމަސައްކަތެކެވެ. ބުއްދިވެރިގޮތަކީ މަނިކުފާނުވެސް މިދެއްނެވި ޖިހާދީންގެ ތެރޭގައި ހިމެނުމުމެވެ.