އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި އެ ކޮމިޝަންގެ ރައީސް ޝަރީފް (ކ-2) އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް (ވ-2) އިލެކްޝަންސް ކޮމިޝަންގެ އެހެން ބައެއް މެމްބަރުންނާ އެކު.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
23 ފެބުރުއަރީ 2019 - 13:47
އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފޯމު ހުށަހެޅި އަށް މީހެއްގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) ން ނިންމައިފި އެވެ. އެހެންވެ، މި އިންތިހާބުގައި ވާދަކުރާނީ 395 މީހުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މުއްދަތު ހަމަވިއިރު 403 މީހެއްގެ ފޯމު ހުށަހަޅާފައވާ ކަމަށެވެ. އެކަމަކު އީސީން ބަލައިގަތީ 395 މީހެއްގެ ފޯމު ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފޯމުތައް ބަލައިނުގެން ސަބަބެއް ވިދާޅެއްނުވެ އެވެ.
ފޯމު ބަލައިގެން މީހުންގެ ތެރޭގައި ހިމެނެނީ 35 އަންހެނުންނާއި 360 ފިރިހެނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުގެ 87 ދާއިރާ އަށް އެންމެ ގިނަ މެމްބަރުން ކުރިމަތިލާފައިވަނީ އެމްޑީޕީންނެވެ. އެގޮތުން އެ ޕާޓީގެ ޓިކެޓުގައި ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާފައި ވެ އެވެ. ދެން އެންމެ ގިނައިން ކުރިމަތިލާފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީން 41 ދާއިރާއަކަށް ކުރިމަތިލާއިރު އިދިކޮޅު ޕީޕީއެމުން 26 ދާއިރާއަކަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާފައި ވެ އެވެ. އަދި ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ ކޮންގްރެސް ޕާޓީން 23 ދާއިރާއަކަށް، އަދާލަތު ޕާޓީން ނުވަ ދާއިރާއަކަށް، އެމްޑީއޭއިން އަށް ދާއިރާ އަށް، އެމްޓީޑީން 10 ދާއިރާ އަށް، ލޭބާ ޕާޓީން ނުވަ ދާއިރާއަކަށް ކުރިމަތިލަ އެވެ. އަދި އަމިއްލަ ގޮތުން 186 މީހަކު ވަނީ މަޖިލީހުގައި ވާދަކުރަން ފޯމު ހުށަހަޅައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި އެ ކޮމިޝަންގެ ރައީސް ޝަރީފް (ކ-2) އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް (ވ-2) އެހެން ބޭފުޅުންނާ މަޝްވަރާ ކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ޝަރީފްް ވިދާޅުވިގޮތުގައި މި ފަހަރުގެ އިންތިޚާބަށް ޗާޕުކުރާ ވޯޓު ކަރުދާސްތަކުގައި ހާއްސަ ތައްގަަނޑެއް ޖަހަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ތައްގަނޑެއް ޖަހަން ނިންމީ މިިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބުގެ ތަޖުރިބާއިން ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިިޚާބުގައި ބޮޑު ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ވޯޓުކަރުދާހާ ގުޅޭގޮތުން ސުވާލު އުފެއްދެވި އެވެ. އަދި އެ އިންތިޚާބު ބާތިލްކުރަން އެމަނިކުފާނު ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ.
"ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗާގެ އިތުރުން، ކޮންމެ ވޯޓު ކަރުދާހެއްގައި އީސީގެ ތައްގަނޑު ޖަހާނެ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ހާއްސަ ތައްގަނޑު ޖެހުމުން ފޮއްޓަށް ލާ ވޯޓު ކަރުދާހަކީ ސައްހަ ކަރުދާހެއްކަން ވޯޓު ފޮށި ބަލަހައްޓާ އޮފިޝަލުންނަށް ފަސޭހައިން ޔަގީންވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރޭމިތުރު
23 February 2019
ސާފުހެދުމެއް މަޖިލީހުގަ އަޅުވަންވީ! ސާފު ހުދުންތިބި ބައެކޭ ގެނުވަންވީ!.............................. ސާފު ހުދު ފޭރާމުގަ ތިބިބައެއް މިފަހަރު ގެންނާނީ. ފަސްބައި ކިލަނބުވެފައި ހުރި މީހަކު ނުގެންނާނީ.
މަރޭމިތުރު
23 February 2019
އެއަންނަނީ ވައިރޯޅި ބަދަލެއް އެއަންނަނީ! މިއަންނަ މަޖިލިސް އެމްޑީފީން އެގެންނަނީ!............................ އިރާދަކުރެއްވިއްޔާ މި މަޖިލިސް އެމްޑީޕީ ބޮޑު ތަފާތަކުން ކުރިހޯދާ މަޖިލިސް ހާއްސަ ތަރިތަކުން އިތުރައް ޖަރީކޮށްލާންން.
ވޯޓްވަގު
23 February 2019
މިނިވަންކަމުން އަޅުވެތިކަމަށް ދާކަށް ދެން ދިވެހިން ބޭނުމެއްނޫން، ދިވެހިން ބޭނުމީ ރިޔާސީ ނިޒާމެއް، އިސްލާމްދީނާއި ޤައުމުގެ މިނިވަންކަން، ލާދީނީ ފިކުރާއި އަޅުވެތިކަމުން އެއްކިބާވެފައިވާ ވެރިއެއް، ޤައުމު ތަރައްޤީކުރާ ވެރިއެއް،، ފޮނިއަނގަތަޅާ ވެރިއެއްނޫން ނަތީޖާދައްކާ ވެރިއެއް.
މަރޭމިތުރު
23 February 2019
(މިވޯޓުގަ މަގޭ ޝިޔާރަކީ "ވައިރޯޅި"! މާނަޔަކީ ބަދަލެކޭ!.............[އެއަންނަނީ ވައިރޯޅި ބަދަލެއް އެއަންނަނީ! މިއަންނަ މަޖިލިސް އެމްޑީޕީން އެގެންނަނީ!]
މަރޭމިތުރު
23 February 2019
ހުރިހާ ކަނޑަކަށް ހެޔޮވަރު މީހުން ގެންނާނީ! ކުރިއާއި ހިލާފައް އަހުލާގައް އިތުރައް މަބަލާނީ!............................. ވޯޓަކީ މިގައުމުގެ އެންމެ އަގުބޮޑު އަމާނާތް. މެންބަރުންނަކީ ރައްޔިތުންގެ ފުރިހަމަ ލޯބި ލިބިގެންވާ ބަޔަކަށް ހަދަންވާނެ، އަހުލާގުގެ ރީތި ސިފައިން މަޖިލިސް ޗާލުކުރެވޭތޯ ބަލަންވީ!
ހަނު ހުންނަ މިހާ
23 February 2019
ރަގަޅުވާހަކައެއް. މިއަދު މަޖުލީހުގަ އެބަތިބި އަގަދޮވެފަ މީހުންގެ މޫނަށްފެންޖަހާ މީހުން މީ ބޮޑުވަރު އެފަދަ ކެޑިޑޭޓުންނަށް ނޫނެކޭ ބުނަމާ.
ވޯޓްވަގު
23 February 2019
ދޮންކަލޯ އަޚްލާޤަށް ބަލަންޏާ ކަލޭ ހުންނާނީ ވޯޓް ނުލާ، އެމްޑީޕީ އަކު ނެތް އަޚްލާގެއްހުރި ހަމަ އެކަކުވެސް،
ސަލީމުލްއަންބަރީ
23 February 2019
ވެބްސައިޓުގަ ފެންނާކަށް ނެތް ކޮންބައެއް ކޮންދާއިރާއަކަށް ކަމެއް.