ހިތަދޫގައި ހިންގާ ރެސްޓޯރަންޓެއްގައި ކަސްޓަމަރުންނަށް ސާވް ކުރަނީ.
27 ފެބުރުއަރީ 2019 - 15:05
އައްޑޫގައި، 24 ގަޑިއިރަށް ވިޔަފާރީގެ ޚިދުމަތްތައް ދޭން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ، އައްޑޫގައި ހިންގާ ހޮޓާ/ރެސްޓޯރަންޓް/ކެފޭ އަދި އިމްޕޯޓް މުދާ ވިއްކާ ތަންތަނުގެ ތެރެއިން 24 ގަޑިއިރު ހިދުމަތް ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްގެން، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ފޯމު ހުށަހަޅަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތަށް، ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ބަލައިފައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި، އެކަން ކައުންސިލުން މިނިސްޓްރީ އަށް އެންގުމުން ހުއްދަ ހޯދަން 2،000ރ. ގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހެ އެވެ.
ހުއްދަ ދޭނީ، ހުއްދަ ދޫކުރާ ތާރީޚުން ފެށިގެން ދެ އަހަރަށެވެ.
ހުއްދަ ލިބޭ ތަންތަނުގައި 24 ގަޑިރު ހިދުމަތް ދޭކަން އަންގައި "24/7" ލިޔެފައިވާ ބޯޑެއް ވިޔަފާރި ކުރާ އިމާރާތުގެ ބޭރަށް ފެންނާނެހެން ބެހެއްޓުމާއި ތަނަކީ ބޭރުން ބަލާ އިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވުމުގެ އިތުރަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށް ވެސް ވާން ޖެހޭނެ އެވެ.
މީގެ އިތުރުން އެއީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ ބޭނުން ކުރާ ތަނަކަށް ވެސް ވާން ޖެހެ އެވެ.
މި ޝަރުތުތަކާ ވިޔަފާރި ކުރާ ތަންތަނުން ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ނަމަ، އެއްކޮށް ހުއްދަ ބާތިލް ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ކައުންސިލުން ބުނި ގޮތުގައި އައްޑޫގައި 24 ގަޑިއިރު ހިދުމަތް ދޭނެ ތަންތަނަކީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށް ވާން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާންމު
28 February 2019
ހުއްދަ ދޭނެ. އެކަމަކު ނުކެރޭނެ ބާތިލް ކުރާކަށް ގަވާއިދެއް ނެތަސް
އަހްސަން
27 February 2019
ކައުންސިލުން ބުނި ގޮތުގައި އައްޑޫގައި 24 ގަޑިއިރު ހިދުމަތް ދޭނެ ތަންތަނަކީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށް ވާން ޖެހޭނެ އެވެ. މީގައި ކޮރަޕްޝަން ނުހިމެނޭކަމަށް ބުނާނީ ކާކު؟
ޖަޒީރާ ސިކުނޑި
27 February 2019
އައްޑޫގާ މިއުޅެނީ 24 ގަޑި ވިޔަފާރި ނުވެގެން މީހުންނަށް ވަރަށް ދަތިތަކާ ކުރިމަތި ވާތީ ދޯ. އަދި ވިޔަފާރިވެރިން މިއުޅޭނީ ވިޔަފާރި ކުރާ މީހުން ގިނަވެގެން ވަގުތު ކުޑަ ކަމުން އެތަށް މިލިއަނުން ގެއްލުންވާތީ ދޯ
ބެއްޔާ އައްޑޫ
27 February 2019
ރޭގަނޑު މަގުމަތީގެ އަމާންކަމެއް ނެތް ކަން ކައުންސިލަށް ގަބޫލުވާނީ ކޮންމެ ރެއަކު މާރާމާރީއެއް ހިންގާ މީހަކަށް އަނިޔާ ލިބެން ފެށުމުން. ޒުވާން ގްރޫޕްތައް ރޭގަނޑު 12ގެ ފަހުން އައްޑޫގެ މަގުތަށް ކޮންޓްރޯލް ކުރަނީ. ބައެއް ސަރަހައްދުތަކަކީ އާއްމުންނަށް ނޯއެންޓްރީ ޒޯންތަކަކަށް ވަނީ ބަދަލުވެފައި. ނަމެއްގައި ފުލުހުން ރަށުތެރެ ބަލަހައްޓާ