ހެލްތު މިނިސްޓަރު އަމީން، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލާއެކު ފޮޓޯއަކަށް ހުއްޓިގެން. --- ފޮޓޯ: ހެލްތު މިނިސްޓްރީ
02 މާޗް 2019 - 16:47
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދްނަމަންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާ އަށް މިނިސްޓަރު އަމީން ކުރައްވާ ދަތުރުގައި، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލާ ބައްދަލު ކުރައްވައި، ޖަޒީރާ ގައުމުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި އަމަލު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ހެލްތު މިނިސްޓަރު އަމީން، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް އަމީންއާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ
އެގޮތުން، ސިއްހީ ފަރުވާ އަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ފަރުވާދޭ މަތީ ފެންވަރުގެ މީހުން ހޯދުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
މިނިސްޓަރު އަމީން ސައުދީ އަށް ވަޑައިގަތީ އެ ގައުމުގައި ކުރިއަށް ގެންދާ ބަލި މީހުން ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. "ޕޭޝަންޓް ސޭފްޓީ"އާ ގުޅޭ ހަތަރު ވަނަ ގްލޯބަލް މިނިސްޓީރިއަލް ބައްދަލުވުން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސައުދީގައި އޮތް ބައްދަލުވުމުގައި މިނިސްޓަރު އަމީން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ
އެއީ، ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކަށް ގައުމުތައް އަހުލުވެރި ކުރުވައި، އެކަމާ ގުޅިގެން ގައުމުތަކުން ކުރާ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށާއި އެހީ ބޭނުންވާ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ 50 ގައުމެއްގެ ވަޒީރުންނާއި ޑަބްލިއުއެޗްއޯގެ އިތުރުން އެހީދޭ ޖަމިއްޔާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމުގައި ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން "ޖިއްދާ ޑެކްލަރޭޝަން އޮން ޕޭޝަންޓް ސޭފްޓީ"ގައި ސޮއިކުރުމަށް ގައުމުތަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމައިދު
02 March 2019
އަޅުގަނޑުމެން ހެލްތު މިނިސްޓަރު އަމީންއޭ ކިޔަނީ ވަރަށް ފަހުރުވެރިކަމާއެކު.. އަޅުގަނޑުމެން މި ގޮތަށް ފަހުރުވެރިކޮށް ބަހައްޓަދޭތި ތާ އަބަދުމެ
އައިންތު
02 March 2019
އަމީންގެ ހިންގުންތެރިކަމުގެ ސިއްރަކީ އަމީންގެ ޑިސިޕްލިން. އެ ޑިސިޕްލިންއާ އަރާ ހަމަ ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްހެން ހިޔެއްނުވޭ. އަޅުގަނޑު ހެލްތު މިނިސްޓްރީގައި މި ހޭދަ ކުރި ހުރިހާ ދުވަހެއްގައިވެސް އެހާ ހެނދުނާ މިނިސްްޓްރީއަށް ވަޑައިގެން މަސައްކަތާ ހިފާ މިނިސްޓަރެއް ނުދެކެން. މިހާރުވެސް ކުރިއަށް އޮތް 6 މަހަށްވެސް އޮންނާނީ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ހަދާފައި. އަދި ގަވާއިދުން މަސަައްކަތް ރިވިއު ކުރައްވާނެ.
ފަޔާ
02 March 2019
ޑަބްލިއު އެޗްއޯގައި ރާއްޖޭގެ މޫނުމަތި ރީތިވެ އުޖާލާވެއްޖެ، ޝައްކެތްވެސް ނެތް.
ޝާޑު
02 March 2019
އަމީނު ސޯ އަދި ނާޒިމްސޯއާ ގާތްވެސް ނުވޭ.
ފަޒީނާ
02 March 2019
ނާޒިމްސޯއަށް ވުރެ މަތީގައި އަމީންސޯގެ އަހުލާގާއި އުޅުން ހުރިއްޔާ ގާތް ހަމަ ނުކުރެވޭނެ. ތިޔަ ބުނީ ހަމަ ހެޔޮ ވާހަކައެއް.
ހަރީސާ
02 March 2019
އަމީންއަކީ ހަވާލުކުރެވޭ ކޮންމެ ޒިންމާއެއް އަދާކުރުމުގަައިވެސް 200% ދޭ މީހެއް. އެހެންވީމަ އެބޭފުޅާ ކުރާ މަސައްކަތްތައް މާ ބޮޑަށްވެސް ފުރިހަމަވާނެއެއްނު.
އިބްރާހިމް ހޫދު
02 March 2019
އަމީން ރާއްޖެތެރެއަށް އިސްކަންދެއްވާކަމަށް ވިދާޅުވާތި އަޑުއަހަށް. ޑަބްލިއު އެޗްއޯގެ ބޮޑުމީހާ ހަމައަށް ޖަޒީރާކޮންސެޕްޓް ގެންގޮސްދިނުމާއި އެކު ހަގީގަތިގައިވެސް އަތޮޅުތެރެއަށް އިސްކަންދެއްވނެކަން ކަށަވަރުވެއްޖެ
5243
02 March 2019
އަގައިންކުރާކަމެއްވިއްޔާ އަމީނު ކުރާނެ.
ގާބިލުމީހާ
02 March 2019
ކޮންމެ ސަރުކާރެއް އަޔަސް އެ ސަރުކާރެއްގެ މަތީފަޑީގައި ތިބެންވާނީ މިފަދަ އިލްމީ ގާބިލު މީހުން. ގާބިލު މީހުން ތިބެގެން ނޫނީ ވުޒާރާއެއް ރަނގަޅަކަށް ނުހިގާނެ އަދި ބޭރު ދުނިޔޭގައިވެސް ރާއްޖެ އެންމެ ރަނގަޅަށް ތަމްސީލުކުރެވޭނީ ހަމަ ގާބިލު މީހުން ތިބެގެން.
ލަތީފާ ގާސިމް
02 March 2019
ހަބޭސް އަމީން ބުރޯ. ތިވަރެއް ނެތްހަމަ. ޑަބްލިއު އެޗޯއޯއިން ތަންކޮޅެއް އަގުހެޔޮކޮށް ބޭސް ގެންނާތި އަންނަ އިރު. ޑަބްލިއު ކައިރީ ބުނިންތަ ދިވެހިރާއްޖޭގެ ހުރިހާ ހެލްތު ސެންޓަރުތަކުގެ ވެރިންނަކީ ސިޔާސީ މީހުންނޭ. ޙެލްތު ފެސިލިޓީސް ސިޔާސީ ކުރީމަ ގޯސް އެކަމަކު އަމީން މަސައްކަތަށް ހަމަ ސަތޭކަ.
ބަދީއު
02 March 2019
ހިވާގި މިނިސްޓަރެއް. މާދަމާ ހުންނާނީ ކޮންމެވެސް އަތޮޅެއްގެ ހޮސްޕިޓަލް ކަންތައްތަކެއް ހައްލުކޮށްދެއްވުމަށް އެ އަތޮޅަކަށް ގޮސް.