އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން: ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އިހުމާލުވެފައިވާ ކަމުގެ ފާޑުކިއުންތައް އެ މެމްބަރުންނަށް ވަނީ އަމާޒުވެފައި. --ފޮޓޯ/އޭސީސީ
03 މާޗް 2019 - 10:07
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މި ހަފުތާގައި ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ރައްޔިތުންގެ ނަމުގައި ހުށަހަޅާ އެ ޕެޓިޝަންގައިވާ ގޮތުން، ގާނޫނުއަސާސީން ބޮޑެތި ބާރުތަކެއް ދީފައިވާ އޭސީސީގެ މެމްބަރުން ވަނީ ދިވެހިރާއްޖޭގައި ހިނގި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އިހުމާލުވެފައި ކަމަށެވެ. ނުފޫޒުން އެއްކިބާވެ ޒިންމާ އަދާކުރެއްވި ކަމާ މެދު ސުވާލު އުފައްދައި، ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އެ މެމްބަރުންގެ މައްޗަށް ކުރެވޭ ކަމަށް ޕެޓިޝަންގައިވެ އެވެ.
Thank you all for sigining petition to remove ACC members. Special thanks to Addu City Deputy Mayor @Yasriph & other council members, @Roxeyna Thank you uz @ShunanaMariyam for bringing this up to us #RayithungePetition #ZeroTolerance2corruption #beyrukurey pic.twitter.com/CjPqRabJLJ
— Abdulla Naushad 🇲🇻 (@NouwaNaushad) March 2, 2019
އޭސީސީގެ މެމްބަރުން ވަކިކުރަން ޕެޓިޝަނެއްގައި ސޮއި ކުރަނީ.
މި ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ކަނޑައަޅާފައިވާ އިރު، ކޮރަޕްޝަން ނައްތާލުމަށް އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުން މަގާމުން ވަކިކުރަން ޕެޓިޝަންގައި ވަނީ ގޮވާލައިފަ އެވެ.
މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ.
Thank you to all those who came to sign #RayithungePetition.
— SHUNA ⚖️ (@ShunanaMariyam) March 1, 2019
Petition requesting to remove ACC members suspected of grand corruption. An important measure against corruption. #PeoplesPower always prevail 💪💪#beyrukurey pic.twitter.com/zhXgLhOGwW
އޭސީސީ މެމްބަރުން ވަކިކުރަން ޕެޓިޝަންގައި ސޮއި ކުރަނީ.
އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ އިރު އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަ އެކަށީގެންވާ ގޮތުގައި ތަހުގީގު ކުރަން އިހުމާލުވެފައިވާ ކަމަށް ކޮމިޝަންގެ މެމްބަރުންނަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ ތުހުމަތުތައް އޭސީސީން ދޮގުކޮށް، އެކަމުގައި އެހެން މުއައްސަސާތަކުގެ އެއްބާރުލުން ނުލިބުމާއި ތަހުގީގަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތަފްސީލް ވަނީ އާއްމުކޮށްފަ އެވެ.
އޭސީސީއާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެ ކޮމިޝަންގެ ރައީސް، ހަސަން ލުތުފީ މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުކޮށް ފުލުހުން އަންނަނީ މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، މަނީ ލޯންޑަ ކުރީ ލުތުފީ އާއި އިތުރު ބަޔަކު ގުޅިގެންނެވެ.
އޭސީސީގެ އިތުރުން ވެސް މިނިވަން މުއައްސަސާތައް މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތުގައި ގާނޫނީ ޒިންމާއަދައެއް ނުކުރެ އެވެ. ނަތީޖާއަކަށް ވީ މުޅި ނިޒާމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބުމެވެ. މުޅި ނިޒާމް ރަނގަޅުކޮށް، މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަކީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކިކުރޭ
04 March 2019
ހުރިހާމެމްބަރުން ވަކިކުރޭ
ޟާނީ
03 March 2019
އެތާ އެބަތިބި ނަޒާހާތްތެރި މެމްބަރުންވެސް..
އަހްމަދު
03 March 2019
ފުރަތަމަ ޕެޓިޝަން ހަދަންވީ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން މުސާރަ /40،0000 ހާސް ކޮމެޓީ އެލަވަންސް /10،000 ދިހަހާސް
ޝައިޚް.
03 March 2019
ވަރަށްރަނގަޅު، އަވަސްކުރޭ ވަކިކުރޭ،
ޕައްލަންގެ ދަރި
03 March 2019
ތިގޮތަށް ޕީޖީ ބިޝާމް ބޭރު ކުރަންވެސް ޕެޓިޝަނެއް ހަދަންވީނު ޝުނާނާ
ވަހީދު
03 March 2019
ބަލަ އިބޫއަށް ވޯޓްދިނީ ތިކަހަލަ މީހުންތަށް ބޭރުކުރަންވެގެން. އެކަމަކު އަދިވެސް ތަންތަނުގެ ވެރިންނަށް ސިޔާސީ އިދިކޮޅު މީހުނަތަށް ހަމަ ގަދަކޮށް. މަޖްލީސް މެދުވެރިކޮށް ތިކަމެއް ނުކުރެވޭނެ. ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން ތިކަން ކުރަން މާލަސްވެސް ވެއްޖެ.
ހަގީގަތް
03 March 2019
އަދުރޭއަށް އެބައެނގޭ ކޮރަޕްޝަނުގައި ޖެހުނު އެމްޑީޕީގެ މެމްބަރުން އެހެންވެގެން އަދުރޭ އެލިސްޓް އޭސީސީއަށް އެ ލިސްޓް ދިނީމަ އެމްޑީޕީގެ ކޮރަޕްޓް މެމްބަރުން އެނގިދާނެތީ, އެމްޑީޕީއިން އަވަހަށް އޭސީސީގެ މެމްބަރުން ބޭރުކޮށްފައި އެމްޑީޕީއިން ބޭނުންވާ ބަޔަކު އޭސީސީއަށް ލާފައި އެމްޑީޕީގެ ކޮރަޕްޝަނުގައި ޖެހިފައިތިބި މެމްބަރުން ފަސްއަޅައި ފޮރުވަންވެގެން އޭސީސީގެ މެމްބަރުންގެ އިސްތިއުފާއަށް މިގޮވަނީ, މީ އެންމެންނަށްވެސް އެނގޭކަމެއް.
haneef
03 March 2019
ކޮންމެ ކަމެއް ގައިވެސް މިގޮތަށް ދާންވީ
ޚުބުޅި
03 March 2019
ތިމީހުން ވަކިކުރާކަށްނޫނޭވީ ތިމީހުން ޖަލަށްލާން ފާސްކުރަންވީ
ސުވާލު
03 March 2019
މަޖިލިސް މެމްބަރުން ވަކިކުރަންވެސް ޕެޓިޝަނެއް ހުށަހަޅަން އެބަޖެހޭ!!!!!