ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި ދުވަހު ފުލުހުންގެ ވެހިކަލަށް އަރާވަޑައިގަންނަވަނީ. އެމަނިކުފާނު މިހާރު އޮންނެވީ އެޑްމިޓްކޮށްފައި. ފައިލް ފޮޓޯ
04 މާޗް 2019 - 23:18
މަނީ ލޯންޑަރިންގެ ތުހުމަތުގައި ހިންގާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީން ހޮސްޕިޓަލަށް ގެނައީ އިރުއޮއްސި 6:30 ހާއިރު ކަމަށާއި އެޑްމިޓްކޮށްފައި ވަނީ 24 ގަޑި އިރަށް ކަމަށެވެ.
"ޖަލުން ކާޑިއޮލޮޖިސްޓް ބައްލަވާފައި ރިފާ ކުރެއްވީމާ ހޮސްޕިޓަލަށް ގެނައީ. 24 ގަޑި އިރުގެ އޮބްޒަވޭޝަނަކަށް އެޑްމިޓް ކުރީ،" އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވި އެވެ.
ޔާމީން ހައްޔަރު ކުރި ފަހުން އެޑްމިޓް ކުރި މިއީ ދެވަނަ ފަހަރެވެ.
ޔާމީންގެ މައްޗަށް ދައުވާކުރި މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ހައްޔަރުކުރިތާ 24 ގަޑިއިރު ނުވަނީސް އައިޖީއެމްއެޗަށް ގެނެސް 24 ގަޑިއިރު ވަންދެން އެޑްމިޓްކުރި އެވެ.
ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް، ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެމްއައިބީގައި ބެހެއްޓި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ. އެކަމަކު އެއާޚިލާފަށް އަމަލުކުރައްވައި، ދައުލަތުގެ އިދާރާތަކަށް ވެސް ދޮގު މައުލޫމާތު ދެއްވައި، އިސްލާމިކް ބޭންކުގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުން މަނީ ލޯންޑަރިން ހިންގެވި ކަމަށް ފުލުހުން ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފަ އެވެ.
ޝަރީއަތް ނިމެންދެން ޔާމީން ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ. އެއީ، ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
05 March 2019
ކޮންމެ މީހަކަށްވެސް ގޮޑި ލިބުނީމާ ހީވަނީ މިހިރީ ދުނިޔޭގެ ވެރިކަން ތާއަބަދަށް ލިބިފައޭ ! މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ !
ދުއްރަބެ
05 March 2019
އެމީހަކު ކުޅަ ޢަމަލެއްގެ ފުރިހަމަ ޖަޒާ އެއްވެސް އުނިއިތުރު ކުރެއްވުމެއްނެތި ދެއްވާ ރަސްކަލާން މޮޅަށް ދެނެވޮޑިގެންވޭ... ދުނިޔޭގަވެސް ބައެއް މީހުންނަށް ދައްކަވާ، އަދި އާޚިރަތުގައި ބައެއްމީހުންނަށް ދައްކަވާ. މިފަފަދަ ކަންކަމުން ޢިބްރަތް ލިބިގަނެ ހެޔޮޢަމަލެއްނޫނީ ނުކުރަންވީ.
ހަނީ މޫން
05 March 2019
މިއީ ދުނިޔެ ދައްކާ ހަގީގަތް،އެމީހަކު ކުރި ކަމެއްގެ ޖަޒާ ހަމަ ކަށަވަރުން އެމީހަކު ދެކޭނެ..މައުމޫނު ޖަލަށް ގެންދިޔައީ ބަރަކާތްތެރި މާތްވެގެންވާ ރަމަޟާން މަހެއްގެ 27 ވިލޭރޭ،،،،ސުބުހާނައﷲ..އެ ބޭބެ އަޅުކަން ކުރަން ހުއްޓާ...ކަރުތެރޭގަލީ ރަހަ ރަނގަޅުތަ؟ މިހާރު..
ދަނީ
05 March 2019
80 އަހަރުގެ ރައީސް މައުމޫން މާ ހިތްވަރުގަދަތާ؟
ޢޙަމީދު
05 March 2019
މަށަށް ދެރައީ ލޯންޗެއްގައި ގެންނާތި, ކީއްތަވާނީ ރިޔާނެގި ދޯންޏެއްގައި އިއްޒަތް އަރުވައިގެން ޖަލުން މާލެ ގެންނަނަމަ
ދަޅުފީނިފުއްލާ
05 March 2019
ފިނޑިން ވަރަށް އަޑުގަދަވާނެ. ތިމާވަރު ނެތިގެން އުޅޭނެ. ނޭފަތުކުރީގަ ކުނަމެއްސއް ބުރާލިޔަސް އެނދުތަންދޮށަށް ވަދެ ފިލާނެ. ގުގުރިއެއް ޖެހިޔަސް ހީވާނީ ތިމާ ބޮލަށް އުންޑަރަނީ ކަމަށް.
ފޫހި
05 March 2019
އެކިދުވަހު އެކިމީހުން. މިއީ ދުނިޔެ ދައްކާ ހަގީގަތް. ރަނގަޅުގޮތުގައި ވެރިކަން ކުރެއްވިނަމަ މިއަދު އުފާލިބުނީސް. އެންމެން ބާޣީއަށް ގޮވާ ހަޅޭއްލެވި ވަހީދުވެސް ގައިމު އެ އުޅުއްވަނީ އަރާމުގައި މިނިވަނެއްގެ ގޮތުގައި. އެހެންވީމާ ކުރިކުށުގެ އަދަބު ލިބެންޖެހޭނެ. ވެރިކަމަކީ އަމާނާތެއް އެއަށް ޚިޔާނާތްތެރިވީމާ ވާނީ ތިޔަހެން.
އެދުވަސްއަންނާނެ
05 March 2019
ވަހީދު ވެސް ޖަލަށް ލާންޖެހޭ މީހެއް.
އަބްދުއްالله
05 March 2019
އެނދުމަތިކޮށްލީ ދޯ؟
ފަލަޑޭ
05 March 2019
ގަޓް ރައީސް މިވަނީ ކިހިނެއްތަ؟ ޖަލުގަ އަދި މަހެއްވަރު ނުވޭ މިހާރު ބިރުން ހިތްހަލާކުވެގެން ގެނެސް އެޑްމިޓްއެކުރީ! ޢެއްބަފާ ބޮޑްބޭބެ ޖަލުގަ ތަޅުވާލި އިރު ހިތަކަށް ކަހެރުވަކެކޭވެސް ނާރާ ހިނިއައިސްފަ ހުއްޓެއްނުން. ހިތިފެންނާނެ މިހާރު
ޑީސީ
05 March 2019
ހާދަ ހިތް ބަލި ބޭފުޅެކޭ ދޯ..!! ދެން ތިބޭފުޅާގެ ވެރިކަމުގަ އެހެންމީހުން ޖަލަށް ލީއިރު އެހެންމީހުންގެވެސް ހިތެއް އޮންނާނެކަމަށް މިހާރު ތިބޭފުޅާއަށް އިހުސާސް ކުރެވޭނެކަމަށް އުއްމީދު ކުރަން. ވ ސަލާމް