އެމްއެމްއޭގެ ގަވަރުނަރު ނަސީރު: އޭނާގެ މައްސަލައެއް ފުލުހުުން ދަނީ ބަލަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 މާޗް 2019 - 14:52
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު އިންސާފަށް ހުރަސްއެޅުމުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވަނީ ނަސީރާ ގުޅޭގޮތުން އެ މުއައްސަސާ އަށް ހުށަހެޅި ޝަކުވާއެއް ތަހުގީގުކުރަމުން އަންނަކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
ނަސީރާ ގުޅޭ މައްސަލައެއް ތަހުގީގުކުރަން ފަށާފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ނެރުނު ރިޕޯޓާ މެދު ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ހާޒިރުކޮށްފައި ވަނިކޮށެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލަ ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ.
އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ.
އެ ޔުނިޓްގެ އިސްވެރިޔާ ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ ގަވަރުނަރެވެ. އަޝްރަފްގެ ކުރިން އެ މަގާމުގައި ހުންނެވީ އިބްރާހިމް އާތިފް ޝަކޫރެވެ. އޭނާ 2015 ގައި އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރިން ހިންގަމުންދާ ކަމަށް އެފްއައިޔޫން އެކުލަވައިލި ރިޕޯޓުން ފާހަގަވެފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޝްރަފް
06 March 2019
ނަސީރު އައުމުގެ ކުރިން އަޝްރަފް ކީއްވެގެނޯ މައްސަލަ ނުފޮނުވީ؟ މިބުނީ ނަސީރު ރަނގަޅޭކޭ ނޫން. އެކަމަކު އަޝްރަފް ގަވާއިދުން ބަލަންޖެހޭ މައްސަލަތައް ބެލިތަ؟ ނެރެން ޖެހޭ ރިޕޯޓުތައް ނެރުނުތަ؟ އަޑި އަޅާލާ ގެނބެންފެށީމާ ދެންހުރި މީހާވެސް ގަންބާލެވޭތޯ ތިޔަ އުޅެނީ. ހަގީގަތަކީ ރިޔާސީ އިންތިޚާބު އައިއިރު މައްސަލަ ފޮނުވުން އޮތީ މާލަސްވެފައި. އެދުވަސްވަރު ނުފޮނުވިކަން އެއްގޮތަކުން ރަނގަޅު. މިހާރު އެނގެއެންނު މައްސަލަ ފޮނުވިޔަސް ނުވިޔަސް ޔާނު ބަލިވާނެކަން.
އަބްދުއްالله
06 March 2019
ސަހަލު މީހެއް ނެތް.
ލީމަން ޒާހިރު
05 March 2019
އެންޓި ކޮރޮޕްޝަން ކޮރޮޕްޓް އެމް އެމް އޭގެ ކޮރޮޕްޓް މަޖިލިސް ކޮރޮޕްޓް ކޯޓްތައް ކޮރޮޕްޓް މިނިސްޓަރުން ކޮރޮޕްޓް އިލެކްޝަން ކޮރޮޕްޓް އޯޑިޓް އޮފީސް ކޮރޮޕްޓް ކޮންތަނެއްތޯ ސަލާމަތުން ހުރީ..؟ މިތަންތަނުން ރައިޔަތުންގެ މާލިއްޔަތަށް ގެއްލުވާނަމަ، އެތަނެއް ހުރުމަށްވުރެން ތަގަޅީ ނެތުން ދޯ..؟ ކޮރޮޕްޝަން ހައްލު ނުކުރެވޭނަމަ، މި މުވައްސަސާތައް އުވާލަން ވީދޯ؟
ބޯއްތަ
05 March 2019
ދޮގެއްވާނުން މާރީތި ސަގާފީ ކުޅިވަރަކަށް ހަދާލަންވީދޯ
20000
05 March 2019
ތިޔަ ކަމާ ބެހޭ މުބާރާތެއް ބާވަން މަށަށް ފެނޭ. ކޮރަޕްޝަން މުބާރާތެއް އެކަމަކު އެބުރާތާތުގެ ޗަރަފް މެހެމާންއަކަށް ވާންވީ މަޙްލޫފް
އާރޓީ
05 March 2019
ކަރަޕްޝަނަކީ ރާއްޖޭގެ މަގުބޫލު ސަގާފީ ކުޅިވަރެއްކަމުގައި ބަލައިގަންނާކައް ނުވޭތޯ..؟