ކޮޗިން އެއާޕޯޓުން ދަތުރުކުރަން އުޅުނު ދިވެއްސެއްގެ އަތުން ފެނުނު މަސްތުވާތަކެތި -- ފޮޓޯ: ދަ ނިއު އިންޑިއަން އެކްސްޕްރެސް
06 މާޗް 2019 - 11:10
ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިގޯގެ 1787 ފްލައިޓުން ރާއްޖެ އަންނަން އުޅެނިކޮށް ހައްޔަރުކުރީ ގއ. ވިލިނގިލީ، މުހައްމަދު ސޮބާހު، 32، އެވެ.
ސޮބާހް ހައްޔަރުކުރީ އޭނާ އަތުން ގެންދަން އުޅުނު ދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރުމަށް ފަހު އެވެ. އޭނާގެ އަތުގައި 3.12 ކިލޯގެ ހަޝިޝް އޮއިލް ހުރި ކަމަށާއި އެއީ 21.9 މިލިއަން ރުފިޔާއަށް ވިއްކޭނެ މަސްތުވާތަކެތި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މީގެ ތިން ދުވަސް ކުރިން އިންޑިއާ އަށް އެތެރެވި ސޮބާހަކީ ޑްރަގް ނެޓްވޯކަކަށް ނިސްބަތްވާ މީހެއް ކަމަށް އިންޑިއާގެ ފުލުހުން ޝައްކުކުރެ އެވެ. އޭނާގެ އަތުގައި ހުރީ ބަހްރެއިން އިން ހޯދާފައިވާ ހަޝިޝް އޮއިލް ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ ކަސްޓަމްސްގެ ކޮމިޝަނަރު ސަމިޓް ކުމާރު ވިދާޅުވެފައި ވަނީ ސޮބާހުގެ އަތުގައި ހުރީ ކޮންތަނަކުން ލިބުނު މަސްތުވާތަކެއްޗެއް ކަން ހޯދަން ޖެހޭ ކަމަށެވެ. އޭނާ އަތުގައި ހުރި މަސްތުވާތަކެތި އިތުރަށް ބަލަން މިިހާރު ވަނީ ކަސްޓަމްސް ލެބޯޓްރީއާ ހަވާލުކޮށްފަ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރާނީ އިންޑިއާގެ ނާކޯޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލު
06 March 2019
ހުވަދުއަތޮޅު މީހުން މިވިޔަފާރީގަ އެހާ ގިނައީ ކީއްވެބާ؟
ފެނޭތޭ ހާހުން
06 March 2019
ދިވެހިން މަޝްހޫރު ވަމުން މި އަންނަނީ ނުބައި ލޭބަލެއް ޖަހައިގެން ތަރުބިއްޔަތު ނެތި ބޮޑެތި ވަނީ މައިން ބަފައިންނާ ކިޔަވައިދިން އެދުރުންނަށްވެސް ލަދު ހުތުރު
ރަންދެލި
06 March 2019
ރާއްޖޭގެ ޑްރަގް ވިޔަފާރި ކޮންޓްރޯލް ކުރެވޭނެ އެއް ގޮތަކީ އިންޑިއާ އިން މީގެ ގިނަ ބަޔަކު ހއަްޔަރު ކުރުން. މި ރާއްޖޭގައި ތިކަމަށް ގާނޫނެއް ގަވާއިދެއް އޮތް ހެނެއް ހިއެއް ނުވޭ!
އިންފްލޭޝަން
06 March 2019
https://mihaaru.com/news/37051 މީގެ އަހަރެއް ކުރިން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ 17 ކިލޯއަށް 11 މިލިއަން ރުފިޔާ މިހާރު 3 ކިލޯއަށް 21 މިލިޔަން ވަރަށް ބޮނޑަ އިންފްލޭޓް ވެއްޖެ
ހިޔަލަ ހދ
06 March 2019
ކެކެކެކެކެ. މި ރާއްޖޭގައޭ ނެތީ ޑްރަގް ކިޔަން އެގޭ މީހަކުވެސް.
ސައީ
06 March 2019
ތިޔަ މީހާ ދޫކޮށް ނުލާތި.. މި ގައުމު ހަލާކު ކުރަނީ މި މީހުން.. ތިތާ ބަހައްޓާ މަރުވަންދެން..
ކަންމަތީ ޑީލަރު
06 March 2019
ތިން ކިލޯ ތެލުން 21.9 މިލިއަން ރުފިޔާ ހޯދޭނެ ގޮތެއް ނޯންނާނެ، ތިޔަ ތެޔޮ ހޯދާފައިވަނީ ބަހުރެއިނަކުންވެސް ނޫން، ސީދާ އިންޑިޔާގެ ރާޖިސްތާނުން، އަހަރެމެން މިކަންކުރާ މީހުންނަަށްދޯ އިނގޭނީ؟
ކެނެޑީ
06 March 2019
ދިވެހިން ހުރިހާ ދާއިރާއަކުންވެސް ވަރަށް ކުރިއަށްގޮސްފި
Joe Walker
06 March 2019
ފޮޓޯ ޖަހާލަބަލަ ނިކަން
މޮހޯ
06 March 2019
ތިޔަމީހުން ކޮންމެސް މިގައުމަށް ނުފޮނުވާތި ، އަހަރުތަކެއް ވަންދެން އިންޑިޔާޖަލުގަ ބާއްވަންވީ ، މިކޮޅަށް އައީ ދޫވީ އަލުން ތިޔަ ވިޔަފާާރި ފަށަންވީ