07 މާޗް 2019 - 07:16
ފެޝަނޭ ކިޔާފައި ފެޝަން ކުންފުނިތަކުން ކޮންމެ ފަދަ ފަރުމާއެއް ވެސް ނެރެފާނެ އެވެ. އަތުގައި އޮންނަ މޮބައިލް ފޯނާއި އަންހެންވެރިން ގެންގުޅޭހާ މޭކާޕް ސާމާނާއި އޭތިމީތި ލެވޭވަރުގެ އަތްދަބަހެއް ނޫން ނަމަ އެފަދަ ދަބަހެއްގެ ބޭނުމެއް އޮންނާނެ ހެއްޔެވެ؟
އެކަމަކު އެކަހަލަ އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައި ފަރުމާކޮށްފައިވާ ކަމަށް ބެލެވޭ ދެ އިންޗީގެ އަތްދަބަސް ފްރާންސްގެ ޕެރިސް ފެޝަން ވީކްގައި ވަނީ ދައްކާލައިފަ އެވެ. މޮޑެލުން ވަނީ އިންތިހާ އަށް ކުޑަ މި އަތްދަބަހާ އެކު ރޭމްޕް މަތީގައި ކެޓްވޯކް ޖައްސައިފަ އެވެ.
What are they used for ? Two tablets of panadol ?
— Dana (@Dana_bh) February 26, 2019
ފިޔާތޮށްޓާއި ރަތް ކުލައިގެ ޝޭޑްސް އެކުލެވޭ ކުދި އަތްދަބަސް ކަލެކްޝަނަށް ދީފައިވާ ނަމަކީ "ލެ މިނީ ޗިކިއުޓޯ" އެވެ. މިއީ ފްރާންސްގެ މަޝްހޫރު ފެޝަން ބްރޭންޑް ޖެކްއެމަސްގެ އުފެއްދުމެކެވެ. ދަބަހުގެ އަގަކީ 522 ޑޮލަރު (8،023.14ރ.) އެވެ.
i need one of those Jacquemus mini le chiquito bags to put my three working brain cells in
— c. g. (@bonesncoffee) February 28, 2019
މި އަތްދަބަސް ދައްކައިލުމާ އެކު ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ މިއަށް ޖޯކް ޖަހައިފަ އެވެ. އެއް ބަޔަކު ބުނީ ތި ދަބަހަށް ލެވޭނީ ދެތިން ގުޅަ ޕެނަޑޯލް ކަަމަށެވެ. ޓްވިޓާގައި އެހެން މީހަކު ސިފަކުރީ އެއީ ޕީނަޓެއް ލާން ހަދާފައިވާ އެއްޗެއް ކަމަށެވެ.
Me, off to work carrying my lunch in my Jacquemus Mini Le Chiquito bag pic.twitter.com/gFgPs1FECm
— christiansavidge (@ohchrissavidge) March 5, 2019
ދަބަހަށް ޖޯކް ޖެހި އެހެން މީހަކު ބުނި ގޮތުގައި މިއީ އޭނާގެ ސިކުނޑީގެ ދެތިން ސެލްއެއް ރައްކާކޮށްލަން ފައްކާ އެއްޗަކަށް ވެދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ލެ މިނީ ޗިކިއުޓޯ" ކިތަންމެ ކުޑަޔަސް، ފެޝަނަށް ލޯބި ކުރާ އަންހެނުންގެ މެދުގައި މި ދަބަސް ވަރަށް މަގުބޫލެވެ. އެހެންވެ މީގެ ޑިމާންޑް ވެސް ވަރަށް ބޮޑު ކަމަށްވެ އެވެ.
އެކަމަކު ގިނަ ބައެއްގެ ސުވާލަކީ މި ދަބަށް ލާނީ ކޯޗެއް ހެއްޔެވެ؟ ފަހަރުގައި އެއީ ކައިފައި އުކާލާ ޗުއިންގަމްކޮޅަށް ވެސް ވެދާނެ ދޯ އެވެ؟
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިން
07 March 2019
522 ޑޮލަރ = 8049.24 ރުފިޔާ ޝުކުރިއްޔާ
ަސާރާ
07 March 2019
ތަޅުދަނޑި ލާ އެއްޗަކަށް ވަރަށް ކަމުދާނެ.
ބަކަޔޯކޯ.
07 March 2019
ދިވެހިރާއްޖެ ކަހަލަ ކުޑަގައުމަކަށް ތީތި ވަރަށް ބަރާބަރު. ޚައްސަކޮށް އެހެރަ ހަނި ގޯޅިތަކަކުން ބާރުބާރަށް ދުމެއްޖަހާފަ ދާން ވަރަށް ފައްކާވާނެ . އެސްޓީއޯއިން ލިބެން އެބަހުރިތަ؟