ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް، ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް
07 މާޗް 2019 - 10:16
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްގެން ކަމަށް މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީ، ޕީޕީއެމް/ކޮންގްރެސް ޕާޓީގެ 14 މެމްބަރުން ސޮއިކުރައްވައި މާރިޔާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭވަރުގެ ގައުމެއް ކަމަށް މާރިޔާ ވިދާޅުވުމާ ގުޅިގެންނެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ. މާރިޔާގެ މައްސަލަ މަޖިލިހުން ކުރިއަށް ނުގެންދާތީ އިދިކޮޅު ބައެއް ބޭފުޅުންގެ ފާޑުކިޔުންތައް ގާސިމަށް ވަނީ އަމާޒުވެފަ އެވެ.
ގާސިމް ވިދާޅުވީ މާރިޔާގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކުރިއަށް ދެވެން އޮތީ ސުޕްރީމް ކޯޓުން މީގެ ދެ އަހަރު ކުރިން، 2017 ގައި އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ހުރި ބައިތައް މަޖިލިހުގެ ގަވައިދަށް އިތުރުކޮށްގެން ކަމަށެވެ.
މަޖިލިހުގެ ގަވައިދަށް އެ ބައި އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޑްރާފްޓް ލިބުމާއެކު، އެ ކޮމިޓީ އަށް ފޮނުއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދޭން އެދި އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގަ އެވެ. އެ މައްސަލަ ހުށަހެޅީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން އޮންނަ ގާނޫނުއަސާސީގެ 101 ވަނަ މާއްދާ މާނަކޮށް، އެގޮތަށް ނިންމައިދިނުން އެދި އެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވެފައި ވަނީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އެ ގައުމު ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ. އެކަމަކު، މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި މާރިޔާ ވަނީ އެ ވާހަކައާ މެދު ހިތްހަމަނުޖެހޭ ނަމަ މާފަށް އެދިވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެބަފެނޭތަ
07 March 2019
ހަމަ މަސީޙު ހުރިހެން ހުންނާނީ...
ކޮބާ..ކޮބާ
07 March 2019
މާރިޔާ އަށް ފިޔަވަޅު އަޅަނީ ހަގީގަތައް ދެއްކި ވާހަކަ އަކަށް... ރިޔާޒު ރަޝީދު އަށް ފިޔަވަޅު ނޭޅުނީވެސް ހަގީގަތާ އެއްގޮތަށް މަޖްލިސް ކުރާ ގޭގަ ހުރި މުދަލަށް ގެއްލުން ދިނީމަ..
ހުތްކިބަ
07 March 2019
މެޖޯރިޓީއަކީ ޑިމޮކްރަސީއަށް ބީރައްޓެހި އެއްޗެކެވެ. ޑިމޮކްރަސީއެއްގައި ކަންތައްނިންމަންވާނީ ވަކިފަރާތެއް ބަލިކޮށް، ދެރަކޮށްނުލައި، އެންމެންގެޝުޢޫރުތައްއެކުލެވޭގޮތަކަށް، މަޝްވަރާގެމަތީންނެވެ. މިފެންނަނީ މަޖިލީސް ޑިމޮކްރަސީ ނުދަންނަމިންވަރުކަމުގައި ބެލެވެއެވެ. އައިފަހަށްދާން މިއޮތީޖެހިފައެވެ. އެދުވަހު ތިބަދަލުކުރިމީހުން މިއަދުބުނާނީ ކީކޭބާވައެވެ؟ މިކަން އެދުވަހުބޭނުންވީ ޔާމީނެވެ. މިއަދުބޭނުންވަނީ ޤާސިމެވެ. މިދެމީހުން މިއަދު އަނެއްކާ އެކައްޗެކެވެ!
ކަލަ
07 March 2019
އަޅެ މަހުޖަނު ކިހާ ރަގަޅު؟ ބަރާބަރަށް އެ ގެންދިއައީ. އެކަމު ހަމަ ބައެއް ކުދިން ރުޅި ގަދަވަނީ މަޖްލިހަށް މަހުޖަނުން ނުހޮވާށޭ ކިޔައިގެން.
ހެހެހެ
07 March 2019
އިންޑިޔާގެ ބާރު ކޮބާ؟ޕާކިސްތާނު އަތުން ސޯޓުބޭލުނީ ހެހެހޭ މާރިޔާ!
ރަދީފުގެ ދަރި ކުމާރު
07 March 2019
ކިހިނެއް ތިކަން މަޑުޖެއްސޭނީ. މިކަން ގުޅެނީ ޤައުމުގެ މިނިވަންކަމާ އިސްތިގުލާލާއޭ. ދެން ޤައުމު ހިފާނިމުނީމަތޯ ތިކަން ބަލަނީ؟
ބޯނެތް ކުމާރު
07 March 2019
އިސްތިގުލާލާ މިނިވަންކަމާ އޮތީ ކައި ހުސްކޮށްފަ. އަދިވެސް އެހެން މީހުން ވާ ވައްދަން ވާހަކަދައްކާތި.
އަލީރާޖާ
07 March 2019
މިއަށް ކިޔަނީ ތިމާމެން ފޭހުނު އިކޮށިގަޑު ތިމާމެންގެ ލޮލާށް ހެރުން.
ސަޅި
07 March 2019
އަދި މިއަށް ކިޔަނީ ޔާމީން ސަރުކާރުގެ ނުބައި އަނިލް ކުރި ކަންތައް މި ކޯލިޝަން ސަރުކާރުންވެސް ބަލައިގަތުން.
ސަކީނާ
07 March 2019
ކުރީގެ ސަރުކާރުން ފޭހުނު އިލޮށި އަމިއްލަ ލޮލަށް ވަދެފަ އެއޮތީ. ޕަކާސް
ރުޅި
07 March 2019
އެއީ އަދުރޭމެން ޕީޕީގެ ފަރާތުން އޭރުގެ އިދިކޮޅުގެ ބާރުކަނޑުވާލަން ކުރިކަމެއް. ދެން މިހާރު ކޮންހާ ވާހަކައެއް އަދުރޭމެން މިދައްކަނީ. މުޅި ގައުމުގެ ފިތުނައަކީ ޕީޕީ
ނަން
07 March 2019
ޕީޕީއެމް ސަރުކާރުން ކުރި ކަންތައް އެމީހުންގެ އަމިއްލަ އަތަށް ދޯ މިގޮވީ