ރޭ މަރަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ސަލާމް ކުރައްވަނީ
09 މާޗް 2019 - 12:51
ސ. ހުޅުމީދޫގެ އާބާދީގެ 63 ޕަސެންޓް އެ ރަށުގައި ދިރިނޫޅޭ ކަމަށާއި އެހެންވެ، އެ މީހުން އެނބުރި ރަށަށް އާދެވޭނެ ގޮތަށް ހިދުމަތްތައް ތަރައްގީ ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުދޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ، މަސައްކަތްތެރި ގިނަ ބަޔަކު ހުޅުމީދޫން އުފަންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަަރުންނާއި ވަކީލުން ވެސް ހިމެނޭ ކަމަށާއި އެކަމަކު އެ މީހުން އެނބުރި ރަށަށް އައިސް ހިދުމަތް ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ރަށުގައި އެބަހުރި ފްލެޓްތަކެއް އަޅާފައި. މަސައްކަތް ކުރެވޭނެ ގޮތެއް ނެތިއްޔާ ކާކުތޯ އެތަނަށް އަންނާނީ؟ އެހެންވެ، ރައްޔިތުން އަނބުރާ އައިސް ހިދުމަތް ކުރެވޭނެ ގޮތެއް އެބަ ހޯދަން ޖެހޭ،" ހުޅުދޫގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި "ރަށުގައި އޭގެ ޒާތުގައި ދިރިއުޅެވެން ހުރި ނަމަ، ތަރައްގީއަށް ބޭރުން ގެންނަން ޖެހޭ މީހަކު ނެތެ"ވެ.
އައްޑޫގައި ވަކިން އޮންނަ ދެ ރަށަށް ވާތީ ސަރުކާރުން އެ ދެ ރަށް ތަރައްގީ ކުރުމުގައި ހާއްސަ ގޮތްތަކެއް ގެންގުޅެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަންކަން ކުރާނެ ގޮތުގެ ތަސައްވުރު ސަރުކާރުގެ ވިސްނުމުގައި އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުޅުމީދޫގެ ސިއްހީ ހިދުމަތާއި ތައުލީމު ރަނގަޅުކޮށް، އެ ދެ ރަށުގައި ވެސް ސިޓީ ކައުންސިލްގެ އޮފީސް ގާއިމުކޮށް އެތަން ތަމްސީލު ކުރަން ޖެހޭ ކަމަށެވެ. އަދި ހެނދުނު ގޮސް ހަވީރު އަންނަން ފެރީ ދަތުރުތައް ބޭއްވުމުގެ ބަދަލުގައި އެ ހިދުމަތް ވެސް ރަނގަޅު ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުޅުމީދޫގައި ސަރުކާރުން އަޅާފައިވާ ފްލެޓްތައް ބޭނުން ނުކުރާ ނަމަ، ފްލެޓްތައް ގެސްޓްހައުސްތަކަށް ބަދަލުކުރެވިދާނެ ކަމަށެވެ. އަދި ސަރުކާރުން އެކަމާ ވިސްނަމުން އަންނަ ކަމަށާއި ހުޅުމީދޫ އަކީ ގެސްޓްހައުސް އާއި ޓޫރިޒަމްގައި ފައްކާ ރަށަކަށް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
ހުޅުމީދޫ ތަރައްގީ ކުރުމަށް ސަރުކާރުގެ މި އަހަރުގެ ބަޖެޓްގައި ވެސް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން އެ ރަށުގެ މަގުތައް ހެދުމާއި ބަނދަރު ހެދުމާއި ސިއްހީ މަރުކަޒު ތަރައްގީ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ހޮވީ މާ ކުލަ އަލި، ރީތި މީހަކަށް ވެގެން ނޫން ކަމަށާއި ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ކަންތައްތައް ފުއްދާނެ ކަމުގެ ޔަގީންކަމުގެ މަތިން ކަމަށެވެ. އެހެންވެ، ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް މީހުން ހޮވާއިރު ވެސް، ސަރުކާރުގެ އެ ވައުދުތަކަށް ތާއީދުކޮށް، ގަބޫލުކުރާ މީހުން އައްޔަން ކުރުން މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
10 March 2019
ރައީސު ބޭއްވި ޖަލުސާތަކުގެ ކުރައުޑު ފޮޓޮއެއް ނެތްތަ؟ ރޮޒީ ބުނެގެން.
ޙަބީބު
10 March 2019
ގޮސްރަށާ ތިބެފަލަ އަފިރިން ރިޑިއަރުވަން މާލެނައިސް މުޅިމާލެ ހަލާކު ވެއްޖެ ތިޔަ ބަޔަކާހެދި
އައްޑޫކަލޯ 19
10 March 2019
މާލޭ ހަލާކުވީ އަހަރެމެންނާ ހެދި ދޯ.. މަޖީދީމަގުން ފިހާރަގަނޑަކަށް ވަދެލާއިރުވެސް އައްޑޫ މީހުންގެ ތަނެއް، ކެފޭ އަކަށް އަރާއިރު ވެސް އައްޑޫ މީހެއްގެ ތަނެއް..އެހެންވީމަ އެބަ ވިސްނޭ ތިހެން ކިޔަންޖެހޭ ސަބަބު. ދެން ތައި ކެހެ ބެނާއޮތީ އައްޑޫ ގަމާއި ހަމާށަސް ތޯ ނިއަރާހެތި.
ކަނު
10 March 2019
އަފިރިން އެބެގޭފެހޭ ތަގޭ ކުލި ދައްކަނީ ކެއްޔަ؟
ވެށި
10 March 2019
މިސްކިތައް ޖަމާއަތައް ނާރާ މީހަކަށް ވޯޓްދޭނެ ކަމެއް ނެތެވެ. ފުރަތަމަ ހެއްދެވި ފަރާތައް އިހްލާސް ތެރި ނުވެ ރައްޔިތުންނަށް ތެދުވެރި ނުވެވޭނެއެވެ.
އިބިރިހިންބެއްޔާ
10 March 2019
"ގޮތް ހަދައިދޭން ޖެހޭ" އަނެއްކާ ދީންވެސް މެދުމިނަށްފެތޭނެ ގޮްތްވެސް ބާ؟
ކޭބީ
10 March 2019
ދެން އަނެއްކާ އަތޮޅުތެރެއިން މީހަކު މާލެ އަންނަން ވެއްޖެ ނަމަ ވިސާ ނަގަން ތައްޔާރުވަނީބާ ؟
ގެންނާނަން
09 March 2019
ހުރިހާ ރަށެއްގަ ވެސް ބޭނުން ވަނީ ތިހެން
މުށި
09 March 2019
އެންމެ ފުރަތަމަ އިލަޔާސް ލަބީބު ގެނެވޭނެ ގޮތެއް ބަލަންވީ. ޥޯޓު ހޯދަން ނޫންގޮތަކަށް.
ސައީދުތުރީ
09 March 2019
ތިޔަހުރިހާވާހަކައެއްގެ އަސްލު މަގްސަދަކީ އެމީހުންގެ ވޯޓްހޯދަން ސަރުކާރުން ވައުދުތަށްވާއިރު ސަރުކާރުންކޮއްދެވޭވަރެއްގެ ވައުދެއްވިއްޔާމާރަނގަނޅުވާނެ ހޮސްޕިޓަލަކުން ފަރުވާއެއް ދެވޭވަރުކޮއްދެއްވަބަލަ ހައްތާވެސް ރަށްޔަތުމީހާކުރާމަސައްކަތުން ތެކްސް ނަގައިގެން ކޮންމެކަމެއް ކުރެވޭތޯ ބައްލަވަނީ ދެބަހުން އެއް ބަހަކަށް މިވިދާޅުވަނީ ބޭރުގައުމުތަކޭ ދެންކީއްވެގެންތޯ ތިޔަވިދާޅުވާބޭރުގައުމަކަށް ވެރިކަންކުރަށްވަން ވަޑައި ނުގަންނަވަނީ
ބާބާ
09 March 2019
ޔާމީނު ބުނިއެއްޗަކުން އަޅުގަޑު މި ދަތުރުފެށީ؛ އެންމެން މިކޮޅަށް އަންނާށޭ ބުނެގެން. މިހާރު މިރައީސު ބުނި އެއްޗަކުން ދެން ހަދަންވީ ގޮތެއް ނޭގުނު. އަތުގަ ހުރި ހަރުމުދާ ވިއްކާފަ އަނބި ދަރިން ގޮވައިގެން ކަނޑު ބޯޓަކަށް އެރިތާ އަދި މިވީ އެއްދުވަސް. މިހާރު ގދ. ފިޔޯރީ ފަހަނަޅާ މިދަނީ. ރައީސު ވިދާޅުވެ ބަލަ ދެން ކިހިނެތް އަޅުގަޑު މީތި އަބުރާލާނީ.
ދަންނަ ނުދަންނަ
09 March 2019
ހެލްމެޓު ނާޅާތީ ބްރިޖަށް ނާރުވާނަމަ އެއީ ގަވާއިދާ ޚިލާފު އަމުރެއް. ގަވާއިދަށް އަމަލުކުރިޔަސް ހެލްމެޓް ނާޅާތީ ކަމެއް ކުރުމަކަށް ނުވަތަ ނުކުރުމަކަށް ނުވަތަ ކަމެއް މަނާކުރުމަކަށް ނުވަތަ ޖޫރިމަނާކުރުމަކަށް ތިޔަ ގަވާއިދުން އެއްވެސް ފަރާތަކަށް ބާރެއް ލިބިފައެއް ނެތް. ގަވާއިދު ރަނގަޅަށް އަކުރުން އަކުރަށް ވިދާޅުވުމަށްފަހު އަމުރުކުރައްވާ!