ކޯކް ފުޅިއެއްގެ ތެރެއަށް ކިރު އަޅަނީ: މިއަށް ކިޔަނީ "މިލްކް ކޯކް".
11 މާޗް 2019 - 05:38
"މިލްކް ކޯކް" އޭ ބުންޏަސް މިއީ މަޝްހޫރު ކޮކާ ކޯލާ ކުންފުނީގެ ރަސްމީ ރަހައެއް ނޫނެވެ. މިއީ ކޯކަށް އަބަދުވެސް ލޯބިކުރާ އިނގިރޭސި ކޮމެޑީ ލިޔުންތެރިޔާ ޖޭމްސް ފެލްޓަން ކޯކާއި ކިރު ގަނޑުބަޑުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ބުއިމެކެވެ.
އޭނާ ވަނީ "މިލްކް ކޯކް" ތައްޔާރުކުރާނެ ގޮތް ވެސް ސޯޝަލް މީޑިއާގައި ކިޔައި ދީފަ އެވެ. މި ބުއިން ތައްޔާރު ކުރާކަށް މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. މިސާލަކަށް، ކޯކް ފުޅިއެއްގެ ތިންބައިކުޅަ އެއްބަޔަށް ކިރު އަޅާފައި ހަލުވައިލުމުން އެހުރީ "މިލްކް ކޯކް" ތައްޔާރު ކުރެވިފަ އެވެ.
Milk coke is a real thing. Brummies love it. We can all move on from this discussion now, I will be taking no further questions. pic.twitter.com/dQR8bg3UAO
— James Felton (@JimMFelton) March 1, 2019
"މިލްކް ކޯކަކީ ހަމަ އަސްލެއް. މިއީ ވަރަށް މީރު ބުއިމެއް. އަމިއްލަ އަށް ތަޖުރިބާކޮށްލީމަ މި ބުނާ ބަހުގައި ހުރި ވަރެއް ވެސް އެނގޭނެ،" ޓްވިޓާގައި އޭނާ ބުންޏެވެ.
What!? “Milk coke.” 🥛 🥤🤢 pic.twitter.com/kyGVJuYGIv
— Gerraint ® (@Gerraint) March 2, 2019
ނަމަވެސް ބައެއް މީހުން، ސޮޑާ ކަހަލަ ބާވަތެއް އެކުލެވޭ ބުއިމެއްގެ ތެރެއަށް ކިރު އަޅައިގެން އޭގައި ދޭނެ ރަހައަކީ ހިތްގައިމު ރަހައަކަށް ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި "ކޯކް މިލްކް" ޕްރޮމޯޓް ކުރާތީ ވަރަށް ގިނަ ބަޔަކު ވަނީ ޖޭމްސް އަށް ސޯޝަލް މީޑިގައި ޖޯކް ވެސް ޖަހައިފަ އެވެ.
Milk coke isn't a new thing, folks.
— Virtua Dennis (@PsychTyson) March 7, 2019
އެކަމަކު ބައެއް މީހުން ވަނީ އެ މީހުންނަށް "މިލްކް ކޯކް" އާ ނޫން ކަމަށާއި އެއީ ހަމަ ރަހަ މީރު ބުއިމެއް ކަމަށް ވެސް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާނީ
11 March 2019
ކޯކް ފޮލޯޓް (އައިސްކްރީމް & ކޯކް) އަކީ ވ މީރު ބުއިމެއް. މީގެ 10 ވަރަކަށް އަހަރު ކުރީން މާލޭ ގެ ރެސްޓޯރަންޓް ތަކުން ބުއިން.
ތުނިޔަ
11 March 2019
ހުސް ހަކުރު!
ސަލާމަތް
11 March 2019
ކޯކުގެ ގޯސް ވާހަހަކަ ދައްކާފަ އަނެއްކާ ކޯކް އިސްތިހާރުކުރީމަ ކަޑަ!!! ކޮންމެ ގޮތަކަށް ކޯކު ބުޔަސް ކޯކު ވާނީ ކޯކަށް؟؟؟
ކޮރަލް
11 March 2019
ކޯކް އަކީ ހަށިގަނޑައް ގެއްލުން ހުރި އެއްޗެކެވެ .