ރިޕޯޓް / ހައި ކޯޓް

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރޭ، ނޫނީ ކޯޓު ހުއްޓިދާނެ!

ހައި ކޯޓު: ނުވަ ފަނޑިޔާރުގެ ބެންޗެއް ކުރިން އޮތަސް މިހާރު ތިބެން ޖެހެނީ ތިން ފަނޑިޔާރުން --މިހާރު ފޮޓޯ/ނިޝާން އަލީ

މީގެ ފަސް އަހަރު ކުރިން 2011 އެވެ. އޭރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަމަނުވާތީ އެ ކޯޓުގައި ތިއްބެވީ އެންމެ ހަތަރު ފަނޑިޔާރުންނެވެ. އެދުވަސްވަރު އެ ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، އޭރުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެފައިވާ ގޮތުން ހަތަރު ފަނޑިޔާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޗުއްޓީ ނެގުމާއި އާއިލާއާ އެކު ވަގުތު ހޭދަކުރުން ފަދަ ހައްގުތައް ގުރުބާން ކުރައްވައިގެންނެވެ.

އޭގެ ފަސް އަހަރު ފަހުން މިހާރު އަނެއްކާވެސް ވެސް ހައި ކޯޓު އޮތީ އެފަދަ ހާލަތެއްގަ އެވެ. އޭރު އެ މައްސަލަ ދިމާވީ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ނުކޮށް އޮތުމުންނެވެ. މިހާރު ދިމާވާ މައްސަލައަކީ ފަނޑިޔާރުން އިތުރުކުރަން ޖޭއެސްސީން ބޭނުން ވިޔަސް އެކަން ކުރެވޭނެ ގޮތެއް ނެތުމެވެ. އޭރާއި މިހާރުގެ ހާލަތުގެ ތަފާތަކީ މިއީ އެވެ.

ނުވަ ފަނޑިޔާރުން ތިބޭ ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް 2014 ގައި އިސްލާހު ގެނެސް، ގޮފިތަކަށް ފަނޑިޔާރުން ކަނޑައަޅަން ޖެހުމުން ފަނޑިޔާރުންގެ ދަތިކަން އެ ކޯޓަށް ވަނީ ކުރިމަތިވެފަ އެވެ. އައްޑޫގައި ހުންނަ ދެކުނު ގޮފީގައި ތިން ފަނޑިޔާރަކު ކަނޑައެޅުމުން މިވަގުތު މާލޭގެ ހައި ކޯޓުގައި ތިއްބެވީ އެންމެ ހަތަރު ފަނޑިޔާރުންނެވެ. ހދ. ކުޅުއްދުފުށީގައި ގާއިމްކުރާ އުތުރު ގޮފީގެ މަސައްކަތް ފެށުމާ އެކު މާލޭގައި ވެސް ތިބޭނީ އެންމެ ތިން ފަނޑިޔާރުންނެވެ.

ހައި ކޯޓު އުތުރު ގޮފީގެެ މަސައްކަތް ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާ އެކު މާލޭ ބްރާންޗްގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ކޮންމެވެސް ތިން ފަނޑިޔާރަކު އުތުރު ގޮތްޕަށް ކަނޑައަޅާނެ ކަމަށް ބެލެވެ އެވެ. އޭރުން އެންމެ މަސައްކަތް ބުރަ މާލޭގެ ހައި ކޯޓުގައި ވެސް އަދި ކޮންމެ ގޮތްޕެއްގައި ވެސް ތިއްބަވާނީ ތިން ފަނޑިޔާރުންނެވެ.

ކޯޓުތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނަނީ ހައި ކޯޓުން މައްސަލަ ބަލަންވާނީ "އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން" ކަމަށެވެ. މާނައަކީ ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހެނީ މަދުވެގެން ތިން ފަނޑިޔާރުންގެ ބެންޗަކުން ކަމެވެ. މިހާތަނަށް އަމަލު ކުރަމުންދިޔައީ ވެސް އެގޮތަށެވެ.

އެހެންވެ، އުތުރު ގޮފީގެ މަސައްކަތް ފެށުމާ އެކު ނަތީޖާއަކަށް ވެގެންދާނީ މާލޭގެ ހައި ކޯޓާއި ގޮފިތަކުގައި ވެސް ހުރިހާ މައްސަލަތަކެއް އެއް ފަނޑިޔާރުންތަކެއް ބަލަން ޖެހުމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓާ ފަނޑިޔާރު ބަދަލުވިޔަސް މުޅި ބެންޗުގައި ތިބޭނީ އެއް ފަނޑިޔާރުންތަކެކެވެ. ތިން ފަނޑިޔާރުންގެ ތެރެއިން އެންމެ ފަނޑިޔާރަކު ސަލާމް ވިދާޅުވިޔަސް ނުވަތަ ޗުއްޓީއަށް ވަޑައިގަތަސް އެތަނެއްގެ މައްސައްކަތް ހުއްޓުނީ އެވެ. ފަނޑިޔާރެއްގެ އާއިލީ މަސްލަހަތެއް އޮވެގެން ނުވަތަ އެ ނޫން ވެސް ސަބަބެއް އޮވެގެން ހާޒިރުނުވެވުނަސް ޝަރީއަތްތައް ހުއްޓޭނެ އެވެ. މިއީ ސީރިއަސް މައްސަލައެކެވެ.

ގޮފިތައް ހެދި ފަހުން މިހާތަނަށް ކަން ހިނގާފައި އޮތް ގޮތުން ވެސް އެކަން ފެނެ އެވެ. އައްޑޫގައި ހުންނަ ދެކުނު ގޮފީގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމުން އެ ގޮފީގެ ޝަރީއަތްތައް އެދުވަސްވަރު އޮތީ ހުއްޓިފަ އެވެ. މިދިޔަ ހަފުތާގެ ދުވަހެއްގައި މާލޭގެ ހައި ކޯޓުގެ އެއް ފަނޑިޔާރަކު އަލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން އެދުވަހު އެ ކޯޓުގެ ހުރިހާ ޝަރީއަތްތަކެއް ކެންސަލްކުރި އެވެ. ކުރިއަށް އޮތް ތަނުގައި އެ މައްސަލަ އިތުރަށް ބޮޑުވާނެ އެވެ.

މިކަން ހައްލުކުރެވެން އޮތީ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްގެންނެވެ. އެކަމަކު ގާނޫނު މިހާރު އޮތް ގޮތުން، ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރާ ޖޭއެސްސީ އަށް ނުވަތަ ޝަރުއީ ދާއިރާއަށް ވެސް އެކަން ކުރެވޭކަށް ނެތެވެ. ގާނޫނަށް ޖެހޭނީ ބަދަލުގެންނާށެވެ.

ރައްޔިތުންގެ މަޖިލިސް: ހައި ކޯޓަށް ފަނޑިޔާރުން އިތުރު ކުރެވެން އޮތީ ގާނޫނު އިސްލާހުކޮށްގެން - ފޮޓޯ: މަޖިލިސް

ފަނޑިޔާރުންގެ ގާނޫނު 2010 ގައި ވުޖޫދަށް އައިއިރު އޮތީ ހައި ކޯޓުގައި 11 ފަނޑިޔާރުން ތިބޭ ގޮތަށް ކަމަށް ވިޔަސް އޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓު ފަނޑިޔާރުންގެ އަދަދު ނުވައަކަށް ދަށްކުރީ އެވެ.

ހައި ކޯޓަށް ކޮންމެ އަހަރަކު 500 އެއްހާ މައްސަލަ ހުށަހަޅަ އެވެ. ދަށު ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފް ކުރުމުގެ އިތުރުން އެ ކޯޓުގެ ޒާތުގައި ވަކި ޚާއްސަ މައްސަލަތަކެއް ބެލުމުގެ އަސްލީ އިހްތިސާސް ވެސް އޮވެ އެވެ. މިސާލަކަށް މޮނިކޮން އަމުރާ މެދު ގޮތް ނިންމުމާއި ދުސްތޫރީ މައްސަލަތަކާއި އިންތިޚާބީ ޝަކުވާގެ މައްސަލަތަކާއި ކައުންސިލްތައް އުވާލަން ހުށަހަޅާ މައްސަލަތައް ބެލުމަކީ ވެސް ހައި ކޯޓުގެ ޒިންމާއެކެވެ.

އެކަމަކު މި ހުރިހާ ބާވަތެއްގެ މައްސަލަތައް އެންމެ ތިން ފަނޑިޔާރުން ތިބެގެން ބަލަން ޖެހުމަކީ ފަނޑިޔާރުންނަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. މައްސަލަތައް ނިމޭ ސްޕީޑަށް ވެސް އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ހައި ކޯޓަށް ހުށަހަޅާ 60 ޕަސެންޓަށް ވުރެ ގިނަ މައްސަލަތައް ވައްދަނީ މާލޭގައި ހުންނަ ހައި ކޯޓަށެވެ. އެ ދަތިތައް ހުއްޓަސް، މާލޭގެ ހައި ކޯޓުން މިހާރުވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަތައް ނިންމާކަން ފާހަގަކޮށްލެވެ އެވެ.

"އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ބަލާއިރު ފާހަގަނުކުރޭ އެތައް ކަމެއް ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ތިބެގެން މައްސަލަ ބަލާއިރު ފާހަގަވާނެ.

މިހާރު މައްސަލަތައް ހުށަހަޅާ ނިސްބަތަށް ބަލާއިރު ވެސް މާލޭގެ ހައި ކޯޓުގައި އެންމެ މަދުވެގެން ފަސް ފަނޑިޔާރުން ތިބެގެން ނޫނީ ފަރުޖެއްސޭކަށް ނެތެވެ. އަދި ގޮފިތަކުގެ މަސައްކަތް ވެސް ނުހުއްޓި ކުރިއަށް ގެންދެވޭނީ އެއިން ކޮންމެ ގޮތްޕެއްގައި މަދުވެގެން ހަތަރު ފަނޑިޔާރުން ތިބެގެންނެވެ. އެހެންވެ ގޮފިތައް ހިމެނޭ ގޮތަށް މުޅި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 13 އަށް އިތުރުކުރުމަކީ، ގާނޫނީ ބައެއް މީހުންގެ ނަޒަރުގައި، އެންމެ ރަނގަޅު ކަމެކެވެ.

ހައި ކޯޓު ފަނޑިޔާރުންގެ ބޮޑު މުސާރަ އާއި އިނާޔަތްތަކަށް ބަލާއިރު އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަކީ ދައުލަތަށް މާލީ ބުރައަކަށް ވެދާނެ އެވެ. އެހެންވެ ފަނޑިޔާރުންގެ އަދަދު އިތުރު ނުކުރާ ނަމަ ދެން ކުރެވެން އޮތީ، ދަށު ކޯޓުތަކޭ އެއްގޮތަށް ހައި ކޯޓުގައި ވެސް އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ބަލާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމެވެ.

އެކަމަކު އެގޮތަށް ގާނޫނު ބަދަލުކޮށްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި މިހާތަނަށް އަމަލުކޮށްފައި ނެތް އަދި ކުރިއަރާފައިވާ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލާ ވެސް ބީރަށްޓެހި ކަމަކަށެވެ.

"އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ބަލާއިރު ފާހަގަނުކުރޭ އެތައް ކަމެއް ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ތިބެގެން މައްސަލަ ބަލާއިރު ފާހަގަވާނެ. އެހެންވެ ދަށު ކޯޓަށް ވުރެ ގިނަ ފަނޑިޔާރުން ތިބެގެން އިސްތިއުނާފް މަރުހަލާގައި މައްސަލަ ބަލާ ގޮތަށް އޮންނަނީ. އެއީ އިންސާފު ގާއިމް ކުރެވޭކަން ކަށަވަރުކުރަން ކުރާ ކަމެއް. އެހެން ގައުމުތަކުގައި ވެސް އޮންނަނީ އެގޮތަށް،" ވަކީލަކު ވިދާޅުވި އެވެ.

"ކޯޓުތަކުގެ ގާނޫނު ބަދަލުކޮށްގެން ފަނޑިިޔާރުންގެ އަދަދު އިތުރު ކުރުން އެއީ ހަމައެކަނި މިހާރު އޮތް ހައްލަކީ."

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުނުކޮށްފި ނަމަ ގިނަ މައްސަލަތަކެއް ހުއްޓުމަކަށް އައުމުގެ ބިރު ބޮޑެވެ. އޭރުން އެތައް ބައެއްގެ ހައްގުތަކަށް ހުރަސް އެޅި، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ.

14 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 7%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްދުﷲނާފިޒު

31 August 2016

ރައްޔިތުންގެ އިތުބާރު ސަރުއީނިޒާމައް ގެއްލިފައި ވާތީވެ އެމަގާމުތަކައް މީހުން ކުރިމަތިލާން ފަސްޖެހެނީ....އަލުން އިތުބާރު ހޯދޭނެ ގޮތައްމަސައްކަތް ބައްޓަން ކުރަންޖެހޭ...

The name is already taken The name is available. Register?

ފފ

31 August 2016

ދައުްލަތަށް ތިހާ ބަރު ބޮޑިއްޔާ ބިޑްކޮށްގެން އެންމެ ކުދައަގެއް ހުށަހަޅާ ފަރާތަކަށް ފަންޑިޔާރުކަންދޭގޮތަށް ބިޑު ކުރަން ރަގަޅު ނުންތޯ؟

The name is already taken The name is available. Register?

ޝަހީބު ވިލިނގިލީ

31 August 2016

ހައިކޯޓަށް ބަދަލުވުމަކީ ކެރިއަރުގެ ނިމުން ސުޖާ އަދި ޑީޑީ ވެސް މިހާރު އެމީހުންގެ ބޭނުން ކެނޑުނީމަ އެތިބީ އެހެލާފައެވެ. ސުޖާ އައްޑޫގަ ޑީޑީ އުތުރަށް ކިހާ ފުރިހަމަތޯ.

The name is already taken The name is available. Register?

މަރޭމިތުރާ(ޓެކްސީ ޑުރައިވަރު)

31 August 2016

ބާރެއް މަށަށް ލިބޭދުވަހުން ބަދަލެއްކުރަން ހިތުގައި އަޒުމެއް މިކަނޑައެޅީއޭ!! ކޯރެއްގެ މިހިތާމަތަކުން ނަޖާވުމަށްއެދި މިހިތުންދުޢާކުރަންފެށީއޭ!

The name is already taken The name is available. Register?

ހޭލާ

31 August 2016

"އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ބަލާއިރު ފާހަގަނުކުރޭ އެތައް ކަމެއް ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ތިބެގެން މައްސަލަ ބަލާއިރު ފާހަގަވާނެ. މިއީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. އެކަމަކު އެއީ ހަމައެކަނި ރާއްޖޭގައެވެ. 99% ނިންމާފައި ހުންނަނީ ފަޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުންނެވެ. ވީމާ، ފަޑިޔާރުންގެ ބެންޗަކުން ބެލުމުގެ ހަގީގީ ބޭނުން މި ރާއްޖެއަކު ނުހިފެއެވެ. ނަތިޖާއަކަށް ވާންޖެހޭނީ ފަޑިޔާރުން އިތުރުކުރުމެއް ނޫނެވެ. އެންމެ ފަޑިޔާރަކަށްވެސް މައްސަލަ ބެލޭގޮތް ހެދުމެވެ. ދެން އަދީބް ވިދާޅުވެފައިވާ މަހްފޫމަށް ބަލަންޏާ މައްސަލަ ހުށަހަޅަނީ ހުކުމާއެކުވެ. ދެން ފަޑިޔާރުގެ ކަމަކީ އިއްވާލުމެވެ. އެފަދަ ތަނެއްގައި ބޮޑެތި މުސާރަދޭ އެތައް ފަޑިޔާރުން ބޭތިއްބުމުގެ ބޭނުމެއް ނެތެވެ.

The name is already taken The name is available. Register?

މަރޭމިތުރާ(ޓެކްސީ ޑުރައިވަރު)

31 August 2016

މަދަދު ގައުމަށް ނުވީބަޔަކަށް ގާޒީން އަދު ވެފަފައިމިވަނީ..! ......ޢަދަދު ގިނަވެސް ބައެއް އެކަމަކު، މިއަދު ވަނުމަށް ނުވެސްއެދެނީ!!

The name is already taken The name is available. Register?

އަލީ

31 August 2016

ޑިއުޑިލިޖެންސް ނަހަދާ ގާނޫނު ހެދީމަ ވާގޮތް މީ. ގާނޫނެއް ބަދަލުކުރާއިރު އޭގެ ވަށައިގެން ހުރި ކޮންސިކުއެންސެސްތަކަށް ނުވިސްނޭ. އެވަރުގެ ގާބިލުކަމެއް މަޖިލީހުގަ ތިބި 'މެމްބަރުން' ގެ ނެތް. މަޖިލީހުގަ މަސައްކަތްކުރާ ނުވަތަ ލަފާދޭ ލޯޔަރުންގެވެސް އެވަރުގެ ގާބިލުކަމެއް ނެތްކަން މިފެންނަނީ. ލިޔުމުގައި މިވާ މައްސަލައަކީ ވަރަށް ސާފުކޮށް ކުރިންވެސް އެނގެންޖެހޭނޭ ކަމެއް. އެކަމަކު އެނގޭނީ ދެނެގަތުމުގެ ގާބިލުކަން ހުރެ، އަދި ފަރުވާތެރިކަމާއެކު މަސައްކަތްވެސް ކޮށްގެންތާ.

The name is already taken The name is available. Register?

ޥކީލު

31 August 2016

ޅަފާ އަޑުއަހާނަމަ ނު....

The name is already taken The name is available. Register?

ކަސަބްލަންކާ

31 August 2016

ފަޑިޔާރުކަމަށް އެއްމެ އެކަށީގެންވަނީ ހަމަބުއްދި ބޭނުންކުރަން އެގޭ އާދައިގެ ބަޔަކު ތި މަގާމްތަކަށް ހޮވުމުން. އޭރުން މީހުން ހޯދުމުގައި އެއްވެސް ދައްޗެއް ނޮއޮންނާނެ.

The name is already taken The name is available. Register?

ޣައްދާރު

31 August 2016

ދިވެހިރާއްޖޭގެ އެންމެ ގިނަ ބަޔަކު 2011 އިން ފެށިގެން ހައިކޯޓަށް އިތުބާރުކުރަން ފެށި. ނަމަވެސް ހައިކޯޓަށް ފަހުން އައްޔަންކުރެވުނު ފަނޑިޔާރުންނާއި، އެ ފަނޑިޔާރުން ޢައްޔަންކުރި ޖޭ.އެސް.ސީގެ ކަންކަން ހުރި ގޮތުން އެ އިތުބާރު ވަނީ ގެއްލިފައި. އައްބާސް ޝަރީފާއި، އަޒްމިރާލްދާގެ އިސްތިއުފާއަކީ މި އިތުބާރު ގެއްލުމަށް އިތުރުވި ބޮޅެއް. ކިޔަވައިގެންތިބި މޮޅެތި ފަނޑިޔާރުން ދަށު ކޯޓުތަކުގައި އެބަތިބި. ނަމަވެސް މާދަމާ މުއްދަތު ހަމަވާ އިޢުލާނަށްވެސް ކުރިމަތިނުލާނެ އެބޭފުޅުން. އަދުލު އިންސާފަށް ލޯބިކުރާނަމަ ކަންހިނގާނީވެސް މިހެން!

The name is already taken The name is available. Register?

ޢައިޝާ

31 August 2016

ތިތަން އުވާލަންވީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454