ޚަބަރު / ފިނޭންސް މިނިސްޓްރީ

ފައިސާ ދައްކަން އެންގީ ގާނޫނީ ޒިންމާއަކަށް ވާތީ: ފިނޭންސް

ރައީސް ޔާމީން، ފިނޭންސް މިނިސްޓަރު ކަމުގެ ލިއުން މުނައްވަރާ ހަވާލުކުރައްވަނީ: އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ފައިސާ ދައްކަން އެމްޑީޕީގެ އިސްވެރިންތަކަކަށް އެންގެވީ ސިޔާސީ މަގްސަދެއްގައި ކަމަށް އެ ޕާޓީން ބުނޭ. --ފޮޓޯ: ރައީސް އޮފީސް

އޮޑިޓް ރިޕޯޓުގައި ދައުލަތަށް އަނބުރާ ހޯދަން ލަފާ ދީފައިވާ ފައިސާތަކެއް ދެއްކެވުމަށް އެމްޑީޕީގެ އިސް ބޭފުޅުންތަކަކަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އެންގެވީ އޭނާގެ ގާނޫނީ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ. އެކަމަކު އިދިކޮޅު އެމްޑީޕީން މިކަން ސިފަކުރަނީ މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަން އަމަލުތައް ފޮރުއްވުމަށް މިނިސްޓަރު ކުރައްވާ ކަމެއްގެ ގޮތަށެވެ.

ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަހްމަދު އައިމަން ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުގައި ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ކަމަށް ލަފާދީފައިވާ ފައިސާ ހޯދުމަކީ މާލިއްޔަތު ގާނޫނުގެ ދަށުން މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ. ދައުލަތަށް ފައިސާ ދައްކަން ޖެހޭ ބޭފުޅުންތަކަކަށް، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ދައްކަވަން އެންގެވީ އެ ޒިންމާ އަދާކުރައްވަން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރު ވިދާޅުވެފައިވާ ގޮތަށް މިއީ އަދި ފެށުމެއް، ކުރިއަށް އޮތް ތަނުގައި އިތުރު ބޭފުޅުންތަކަކަށް ވެސް އަންގަވާނެ ދައުލަތަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކެވުމަށް،" އައިމަން ވިދާޅުވި އެވެ.

އދ. އިން އީރާނަށް ކަނޑައެޅި ހާއްސަ މަންދޫބުގެ މަގާމު ފުރުއްވަމުން ގެންދާ ޝަހީދު: ހަތް ދުވަހުގެ ތެރޭގައި ދައުލަތަށް އަނބުރާ ފައިސާ ދައްކަވަން އޭނާ އަށް ވެސް ވަނީ އަންގާފައި.

އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ފިނޭންސް މިނިސްޓަރު މަސައްކަތް ފައްޓަވާފައި ވަނީ އެމްޑީޕީ ސަރުކާރުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަންތޯ ދެންނެވުމުން އައިމަން ވިދާޅުވީ "ވަކި ބޭފުޅުންތަކަކަށް ނުވަތަ ވަކި ދައުރަކަށް އަމާޒުނުކުރައްވާ" ކަމަށެވެ.

"ވަކި ދައުރެއް ނޫން ދެއްތޯ، އެއީ މިނިސްޓަރުގެ ޒިންމާއަކަށްވާތީ، އެ ޒިންމާ އެ އަދާކުރައްވަނީ،" އައިމަން ވިދާޅުވި އެވެ.

ދައުލަތަށް ފައިސާ ދައްކަން އަންގާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހޯމް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިހާބާއި ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދާއި އޭގެ ފަހުން އެ މަގާމު ފުރުއްވި އަހްމަދު ނަސީމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު އަސްވާން ހިމެނިވަޑއިގަންނަވަ އެވެ.

މީގެ ތެރެއިން ގިނަ ބޭފުޅުންނަށް އަންގާފައި ވަނީ ފޯނު ބިލަށް ދައުލަތުން ހަރަދުކޮށްފައިވާ ފައިސާ ދެއްކެވުމަށެވެ.

މި ބޭފުޅުން ދައުލަތަށް އަނބުރާ ފައިސާ ދައްކަން ޖެހެނީ، ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް އެ ބޭފުޅުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގީ ރިޕޯޓުތަކުގައި ފާހަގަކޮށް، އެ ފައިސާ ހޯދުމަށް ލަފާއަރުވާތީ އެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ އެއީ ފިނޭންސް މިނިސްޓަރުގެ ގާނޫނީ ޒިންމާއެއް ނޫން ކަމަށާއި ބޭނުމަކީ މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކާ ގުޅޭ ރިޕޯޓް އަލްޖަޒީރާ އިން ނެރެން އުޅޭތީ އެކަން އެހެން ދިމާލަކަށް އަނބުރާލުން ކަމަށް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ފަށައިގެން އުޅޭ ކަމަކީ، އަސްލަމް ވިދާޅުވި ގޮތުގައި، "ސިޔާސީ މަގްސަދުތަކެއް ހާސިލްކުރަން" ކުރާ ކަމެކެވެ.

"އަޅުގަނޑު ކުރިން ވެސް ދަންނަވާފައި އޮންނާނެ މިއީ އަލްޖަޒީރާ ރިޕޯޓާ ގުޅިގެން، ކޮރަޕްޝަންގެ ވާހަކަތައް ޑައިވާޓްކުރަން ކުރާ ކަމެކޭ،" އަސްލަމް ވިދާޅުވި އެވެ.

ނަސީމް ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. އޭނާ އަށް ވެސް އަންގާފައި ވަނީ ފޯނު ބިލަށް ދައުލަތުން ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ދެއްކެވުމަށް.

އޮޑިޓް އޮފީހުން 2010 ވަނަ އަހަރު ނެރެފައިވާ ތިން ރިޕޯޓަކާ ހަވާލާދީ އަސްލަމް އަށް އަންގާފައި ވަނީ ފޯނު ބިލަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ 312،000ރ. އަނބުރާ ދައުލަތަށް ދެއްކެވުމަށެވެ. އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ނުދައްކަވައިފި ނަމަ މާލިއްޔަތު ގާނޫނުގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާނެ ކަމަށް ވެސް ސިޓީގައި އަންގާފައިވެ އެވެ.

މާލޭ މޭޔަރު ޝިހާބް ވިދާޅުވީ ފައިސާ ދެއްކުމަކީ ފިނޭންސް މިނިސްޓްރީ އާއި އޭނާއާ ދޭތެރޭ އޮންނަން ޖެހޭ ކަމަކަށްވާއިރު އޭނާ އަށް އެކަން އެންގުމެއް ނެތި މީޑިއާގައި އިއުލާންކޮށްލުމުން ވެސް މަގްސަދު ވަރަށް ސާފު ކަމަށެވެ. ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގައި ފަހުން ޝިހާބަށް ފޮނުވި ސިޓީގެ ޖަވާބު ފިނޭންސް މިނިސްޓްރި އަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

44 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުއްތުބޭބެ

04 September 2016

ޤަނޫނީ ޒިންމާ އަދާކުރަނީ ވަކިކުލައަކަށް ކަމަށް ވައްޏާ އެޢީ އިންސާނިއްޔަތާ ޚިލާފު މުޑުދާރު ޢަމަލެއް .

The name is already taken The name is available. Register?

ޓްކެސް ޕެޔަރު

29 August 2016

ސަރުކާރުން މިޚަރަދުކުރާ އަހަރުމެންގެ ޓެކްސް ލާރިޔަށް ވާނުވާ ބެލުން އެއީ ގާނޫނީ ޒިންމާއެއް ނޫންބާ؟ އެކި އެކި ކަންތައްތަކަށް މިލިއަނުން މިނަގާހާ ލޯންތަކުގެ ސަބަބުން ރައްޔިތުންގެ ބޮލިގައި މިއެޅޭ ދަރަންޏަށް ވާނުވާ ބޭލުން އެއީ ގާނޫނީ ޒިންމާއެއްނޫންބާ؟ މީގެން އެއްވެސް ކަމެއްކޮށް ސަރުކާރުގެ އިފީސްތަކާއި ވެރިން ޒިންމާދާރުކުރުވާތަނެއް ހަމަ ނުފެނޭ.

The name is already taken The name is available. Register?

ހަސަނު

29 August 2016

މިނިސްޓަރުގެ ޒިންމާ ފޮތުގާ ހުރީ ތަންކޮޅުކޮޅުގަ ކުލަ ޖައްސާފަ.. ރީނދޫ ކުލަ އަށް އެކަނި ސިޓީ ފޮނުވަނީ.. އަދި ކުލަ ނުޖައްސާ އެބަ އޮތް އަމިއްލަ ކަމަކު މުލިއާގެ ބޭނުން ކުރާތީ އެކަމުގެ ބިލާ، ޓީވީއެމު އިން އަމިއްލަ ހަފުލާއެއް ލައިވް ކުރު ބިލާ، އެމްއެމް ޕީއާރުސީން އަމިއްލަ އެކައުންތަށް ވަތް ފައިސާ ތަކުގެ ބިލުވެސް...

The name is already taken The name is available. Register?

ދޯ

29 August 2016

މިޔަށްވުރެ ކަރަޕްޓުވެފައިވާ ސަރުކާރެއް މިޤައުމު ދުވަހަކުވެސް ނުދެކެ. ދެން ކޮން ޤާނޫނީ ޒިންމާ އެކޭ ކިޔާކަށް. އަމިއްލައަށް ރައްޔިތުންނަށް އިޚްލާސްތެރިވިއްޔާ މާ ތާޚިރުވާނެ.

The name is already taken The name is available. Register?

ވަގުގެވަގު

29 August 2016

ޕީޕީ އެމް ސަރުކާރު ކަރަޕްޓޭކިޔާފަ' އެމްޑީޕީގެ ގެ ސަރުކާރުގެ ކަރަޕްސަން ދިފާއުކުރުމުން އިންގޭ އެއްޗަކީ ރައްޖޭގެ ސިއާސީ މީހުން ގެ އިލްލާސްތެރިކަމެއްނެތްކަން ނުން ދެވަނަ ކޮން އެއްޗެއްތޯ؟

The name is already taken The name is available. Register?

އަލީ

29 August 2016

ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ގާނޫނު ހިންގުމުގައި އެންމެންގެ މައްޗަށް ހަމަހަމަ ވާން ޖެހޭ ކަމަށް! ކޮބާތޯ ނަޝީދުގެ ކުރީގައި އޮތް ސަރުކާރުން މީހުންނަށް ދޫކުރިހާ ލޯނުތަކުން ނުލިބި ހުރި އެތައް މިލިއަން ރުފިޔާގެ ފައިސާ ހޯދުން؟ ކޮބާތޯ އޭރުގެ ކޮށްފައިވާ އަމިއްލަ ގަހާނާ އާއި އަންނައުނު ގަތުމުގެ ޚަރަދުތަކަށް ދާންދެން އަބުރާ ހޯދުން؟ ކޮބާތޯ އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ހޯދުން؟ ކޮބާތޯ ހަމަ ތިޔަ ވިދާޅުވާ ރިޕޯޓުގައި ރައީސް ނަޝީދަށްގެ ސިންގަޕޫރު ދަތުރުފުޅަކަށް ވުރެ މާގިނައިން ޑރ. ވަހީދުގެ މެލޭޝިޔާ ދަތުރުފުޅަކަށް ޚަރަދު ކުރެއްވި ފައިސާ އަބުރާ ހޯދަން ބުނެފައި އޮތް އޮތުމަށް އަމަލު ކުރުން؟ މިހެން ވީމާ ގަބޫލު ކުރެވެނީ މިއީ އިހްލާސްތެރިކަމެއް އޮވެގެން ފައިސާ ހޯދަން އުޅޭ އުޅުމެއް ނޫންކަމަށް. މިއީ ދައުލަތުގެ މުއައްސަސާތައް ސިޔާސީ ބޭނުމަށް ނުހަމަ ގޮތުގައި ބޭނުން ކުރުން.

The name is already taken The name is available. Register?

ރައްޔިތުމީހާ

28 August 2016

މާގިނަ ވާހަކަދައްކާނެކަމެއްނެތް .އެއީކަލޭމެން ބޭނުންކޮށްފައިހުރި ފައިސާކަން ކަލޭމެންގެބަހުންވެސް އެބަ ސާބިތުވޭ. އެފައިސާ ދައްކަން އެއަންގަނީ އަމިއްލަ މީހެއްނޫން ސަރުކާރުގެ ފަރާތުން. ޖެހޭނީ ހަމަ ދައްކަން. ރައްޔިތުންގެފައިސާ ނަހަމަގޮތުގައި އެއްވެސް މީހަކު ބޭނުން ކޮށްފައިވާނަމަ ވީހާ އަވަހަކަށް އެފައިސާ ހޯދާދިނުމަށް ސަރުކާރަށް ގޮވާލަން.

The name is already taken The name is available. Register?

ހަސަން

28 August 2016

ފިނޭންސް މިނިސްޓްރީއިން އެއްވެސް ސަބަބެއްނެތި ރިޓަރޔަމަންޓްގެ ފައިސާ ނުދީ ހިފަހައްޓަފައިވާ މީހުން ހަދަންވީ ކިހިނެއް

The name is already taken The name is available. Register?

ކުޑްބީ

28 August 2016

މިހާރު އެގިގެން މިދަނީ ރަންރީނދޫ ކުދިން ޕިންކް ކުދިންގެ ސަރުކާރާއި ދިމާލަށް ފައިސާ ގެންދިޔައޭ ކިޔާ ހޯއް ގޮވަމުން ދަނި ކޮށް އެންމެ ފަހުން ވަގަޔާ، ވަގަޔާ، ވަގަޔާ، މިނަން ކިޔާ މަސްތަކެއް މިއަތުލީ އެކުދިން ގެންގުޅޭ ކިސަޑު ގިނަ އަދި އަޑި ނުފެންނަ ކުޅީގައި އުޅޭ ބޭންގް އައިނު ތެރޭގައި ތިއްބައެވެ. ދެން ކޮންމެހެން ޑޭލައިޓް ގައި ބޭރަށް ނުނިކުންނަން ފިލާނެ ކަމެެއް ނެތެވެ. ކޮންމެ ދުވަހަކު ވެސް މަމެން ޕިންކް ކުދިން މިހޯދަނީ މިމީހުން ކުޅީގައި ފިލާ ތިބީ ކޮން ތާކު ތޯއެވެ. މިހާރުމަމެން ޕިންކް ކުދިންނަށް މިއެގިގެން ދަނީ މަމެން މީ ކްރިސްޓަލް ކްލިއަރ ލެގޫނެއް ފަދަ ކްލިއަރ ސަރުކާރެއް ކަން އަދި ރަންރީނދޫ ކުދިންނަކީ އެއީ އަޑި ނުފެންނަ ކިސަޑާއި ނަޖިސް އެކުލެވޭ ކުޅި އެއް ކަން. މަމެން ޕިންކް ކުދިން މިއަދު މޮޅުވަނީ އެވެ. މަމެންނަށް އެއިޓީން މޫން ސީންގް ދަތުރުގައި އެއް ބުރުން އެ ހަނދު ފެންނަނީ އެވެ. ވީ ކުޑްބީ ވިނާރސް، ވީ ކުޑްބީ.

The name is already taken The name is available. Register?

ކަށަވަރޭ

28 August 2016

ފައިސާ ދައްކަން އެންގީ ގާނޫނީ ޒިންމާ އަކަށްވާތީ ވެ ފިނޭންސް މިނިސްޓްރީން އެގޮތަށް އެންގުމުން ކަރަޕްޓް ފްރީ ބަޔެއް ނަަމަ ވަގުތުން އެފައިސާ ދައްކާނެއެވެ. ރައީސް ނަޝީދުގެ އަނބިކަނބަލުން ދައުލަތުގެ އެތައް ލައްކަ ރުފިޔާ އެއްގައި އަމިއްލަ ދަތުރެއް ސިންގަޕޫރަށް ކޮށް އެޚަރަދު ކުރި ކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯރޓް އިން އެނގިފައިވާތީވެ ދެން އެކަމާއި މެދު ކަށަވަރުން ކުރާނެ އެއްވެސް ސުވާލެއް އޮވެގެން ނުވާނެއެވެ. ކަށަވަރޭ އެފައިސާ ދައްކަން ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ހަމަ ދައްކަން ޖެހޭނެއޭ ހަމަ ނުދައްކާވާނެ އެއްގޮތެއް ވެސް ނޯންނާނެއޭ، ނޯންނާނެއޭ.. ވަގުތު އައިސް ޖެހުނީ މިފައިސާ ދައްކަން ދައްކާށޭ ފައިސާ ދައްކާށޭ ފައިސާ އެއްގޮތެއްވެސް ދެން ނެތީ މިފައިސާ ރަންރީނދޫ މެން ދައްކަން ނުޖެހޭ ގޮތެއް. މަމެން މިފައިސާ ބަލާ އަންނާނަމޭ، އަންނާނަމޭ، އަންނާނަމޭ.، ކަށަވަރޭ އަންނާނަމޭ، މަމެން އެނބުރި އަންނާނަމޭ، އަންނާނަމޭ..

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

28 August 2016

މަމެން ޕިންކު ކުދިން ބާރުއަޅަންވީ ދައުލަތުގެ ތިޖޫރި ވީތަނެއް ހޯދަން، ހަމަ ރައްޔިތުންގެ ތިޖޫރި، އޭގަ ހުރީ ރައްޔިތުންގެ ފައިސާ އެފައިސާއަށް ޚިޔާނާތްތެރިވެގެން މިއުޅެނީ ކޮންބައެއްކަން މަމެން ޕިންކު ކުދިންނަށް އިނގޭ، އެބަޔަކު ހޯދާ ޙައްޤު އަދަބު ދޭނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454