ރިޔާސީ ކޮމިޝަނުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ސުއޫދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
19 މާޗް 2019 - 13:31
މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ތަހުގީގުކޮށް މިހާރު ނިމިފައިވާ ކަމަށް، އެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަން އުފެއްދެވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ 24 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތައް ބަލައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި އެ މައްސަލަތަކުގެ އަދަދާއި ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ މައްސަލަތައް ބަލައި ނިމުނުކަމުގައި ވިޔަސް ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ނުލިބުމުގެ ސަބަބުން ދަތިތަކާ ދިމާވާ ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅޭނީ އެ މައްސަލަ ބަލާ އިދާރާއަކަށް ދިން ބަޔާން އެކަނި ކަމަށްވާތީ އެވެ. ނަމަވެސް ބަލައި ނިމިފައި ހުރި މައްސަލަތަކުގައި ކުރިއަށްދާނެ ވަކި ގޮތެއް އަދި ނުނިންމަ އެވެ.
މައްސަލަތައް ބެލުމަށް ފަހު އެކަމުގެ މައުލޫމާތު މަރުވި މީހުންގެ އާއިލާތަކަށް ހިއްސާކުރާނެ އެވެ. އެއަށްފަހު ރައީސް ސޯލިހަށް ރިޕޯޓު ހުށަހެޅުއްވުމަށް ފަހު އެކަންތައް އާއްމުކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން މިިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބުނެފައިވަނީ، އެ ކޮމިޝަންގެ އަމާޒަކީ ތިން މަހުގެ ތެރޭގައި މައްސަލަތައް ބަލައި ނިންމުން ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަތައް ބެލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވެސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެ މައްސަލަތަކުގައި ގުޅުން އެބަހުރި ކަމަށް ވިދާޅުވިއަސް އެ ތިން މައްސަލައިގެ ތަހުގީގު އޮތް ހިސާބެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސަންބޭ
20 March 2019
ޢަބްދުﷲ ރިޔާޟް ވެސް ބުނި، ހާމަކުރާ ހިސާބަށް ދިޔައިމަ ހުރިހާ ކަމެއްވެސް ހާމަކުރާނެކަމަށް. އަދި އެހިސާބަށް ނުދަނީއެވެ. ކެއްތެރިވާށެވެ.
ކަތީއްބެ
20 March 2019
ކޮބާ އަޞްލު! މަރުތަކާ ގުޅުވަން އުޅުނުމީހާއާ އެއްވެސް ވަރަކަށް ގުޅުވޭނެ ފުރުޞަތު އެބައޮތްތަ؟ ތިޔަ ޒާތުގެ ކަންކަމަކީ ޒާތީ ވިސްނުމަކުން ކުރަންޖެހޭ ކަންތައްތައްކަމަށް ވެއްޖެނަމަ މިރާއްޖޭގައި ސަރުކާރަކަށްފަހު ސަރުކާރަކުން ތިކަން ތަކުރާރު ކުރުމުގެ ޘަޤާފަތެއް ގެންގުޅުން ގާތް، ތިމާ ޢަދުލުވެރިކަމަށް ބުނަމުން ކުރާ ކަންތައްތައް އަނެކާ އެފުށް މިފުށަށްޖަހައި ބެލުމީ ކެޔޮކޭވަރު ހޯދުމަށް ބިތުފަންގި ނެގުން!
ގގތގ44
19 March 2019
އެއްވެސް ކަމެއް ނުވާނެ. ރައްޔިތުން ވާތާ ވައްދަން ތިޔަ އުޅެނީ. ވޯޓާ ދިމާކޮށް ކޮންމެވެސް އެއްޗެކޭ ކިޔަނީ. ބޮޑު މުސާރަ ނަގަގެން ތިބޭ.
ހަމަހޭ
19 March 2019
ލައްބަ ލައްބަ މަޑުކޮއްލައްވާ ވޯޓުނިމެންދެން، ސްޓަންޓްޖައްސަން.
ފިކުރުކު
19 March 2019
ކުއްލިހހާލަތު އިޢުލާންކޮންގެންވެސް ތި ކުރާން މާ ލަސްވެއްޖެކަމެއް
ވާނުވާބެ
19 March 2019
ވަރަށް ހުޅުވާލައިގެނޯ މައްސަލަތަށް ބަލާނީ .. ސަރުކާރަށް 4 މަސްވީ އަދި އެއްވެސް ކަމެއް ސާފެއްނުވޭ
ފުއްކިބަ
19 March 2019
ތިޔަ ކޮމިޝަން ހެދިއިރުވެސް އަފްރާޝިމް އަދި ޔާމީނުގެ މައްސަލަވަނީ ނިމިފަ...
އިނގޭ
19 March 2019
ނުވާނެ އެއްކަމެއްވެސް ގައުމަށް ހަމަޖެހުން ގެނުވަފާނެ އެއްކަމެއްނުކުރެވޭނެ، ސޭޓު އެހެރީ ވިއްދާފަ އެއްކަމެއް ވިޔަނުދޭން.
ޜުސްތމް
19 March 2019
ސޫދު ބުނެދީ ކޮްން މައްަސަލަ ތަކެްކަން. ޢަވަސްކރޭ
ބޮބީ
19 March 2019
ނިމިފަ އެކަމު ހާމައެއް ނުކުރެވޭ... އަރަތެއް
ރަޖަބު
19 March 2019
ހާމަކުރާ ހިސާބަށް ދިޔައީމަ ކުރާނެ