އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ހެންވޭރު އުތުރަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
17 މާޗް 2019 - 22:48
ވައުދުތައް ފުއްދޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބިގެން ކަމަށް ބުނެ އެމްޑީޕީން ވާހަކަ ދެއްކުމަކީ ރައްޔިތުން ބްލެކްމެއިލް ކުރުން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.
'ޗެނަލް 13' ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، އަންނަ މަހު ހައެއްގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝައިނީ ވިދާޅުވީ، ވަކި މެނިފެސްޓޯއެއް ހިފައިގެން ނުކުމެ، އޭރުގެ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ، ވެރިކަން ލިބުމަށް ފަހު ކަންކަން ކޮށްދޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް ބުނެ ޝަރުތުކޮށްގެން ނޫން ކަމަށެވެ. އެހެންވެ، މިހާރު އެ ވައުދުތައް ފުއްދޭނީ މަޖިލިހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ސަރުކާރުން ރައްޔިތުން ބްލެކްމެއިލް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އަންނަނީ އިންތިޚާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
ނ. ވެލިދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވެސް ވާހަކަފުޅު ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ގިނަ ވައުދުތަކާ އެކު ކަމަށާއި އެ ވައުދުތައް ފުއްދުމަށްޓަކައި ގާނޫނީ ބާރު ލިބޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ. އަދި މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް އޮންނަން ޖެހޭ ކަމަށާއި އެހެން ނޫނީ ފެންނާނީ ވައުދުތައް ނުފުދިގެންދާ މަންޒަރު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ޕްރޮގްރާމްގައި، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާ ހަވާލާ ދެއްވައި ޝައިނީ ވިދާޅުވީ އެއްވެސް މީހަކަށް ނުވަތަ ގުޅޭ ޖަމާއަތަކަށް ފަހިވާ ގޮތަށް ގާނޫނުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މަޖިލިހަށް އަންނަނީ ވަކި ޕާޓީ އަކަށް ނުވަތަ ފިކުރަކަށް މަސައްކަތް ކުރަން ނޫން ކަމަށާއި ރިޔާސީ ނިޒާމެއްގައި މެނިފެސްޓޯއެއް ހިފައިގެން ވެރިކަމަށް އަންނަނީ އެ ވައުދުވި ކަންތައްތައް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލީހަށް އަންނަ އެއްވެސް މެމްބަރަކު، ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގައި، ސަރުކާރުން އަދި އަމިއްލަ މެމްބަރަކު ހުށަހެޅި ނަމަވެސް ނޫނެކޭ ބުނާނެ ކަމަކަށް. އަނެއް ފަސް އަހަރު ފަހުން ވެސް އަޅުގަނޑުމެން ވޯޓު ހޯދަން ދާން މި ޖެހެނީ ހަމަ ރައްޔިތުން ކައިރިއަށް،" ޝައިނީ ވިދާޅުވި އެވެ.
"އެހެންވެ، ވަކި ޕާޓީއެއްގެ މެމްބަރަކު ވިޔަސް، މިނިވަން މެމްބަރަކަށް ވިޔަސް ވަކާލާތު ކުރަން ޖެހޭނީ ރައްޔިތުންނަށް ފަހިވާ ގޮތަށް."
މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، ބަޣާވާތަކާ ދިމާއަށް މިސްރާބު ޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެ ނަމަ، ވަޒީރުންގެ އިތުބާރު ނެތް ކަމަށް ހުށަހަޅައި، ޖުޑިޝަރީގެ ތެރެއިން ގާޒީންނާއި ފަނޑިޔާރުން ވަކި ގޮތަކަށް ކަންކަން ނިންމަވާފާނެ ކަމަށެވެ.
އެކަމާ ހައިރާންވުން ފާޅުކުރައްވަމުން ޝައިނީ ވިދާޅުވީ ވަކި ޕާޓީއެއްގެ އަޣުލަބިއްޔަތު އޮވެގެން ވަކި ގޮތަކަށް ހުކުމްކޮށްގެން ނުވާނެ ކަމަށާއި އެކަމަކު ވަޒީރުން އެ މީހުންގެ ދައުރު ފުރިހަމައަށް އަދާނުކުރާ ނަމަ، ގާނޫނުގެ ތެރެއިން އެ މީހެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އިސްކޮށް މަސައްކަތް ކުރެއްވި ޝައިނީ އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ ޕްލެޓްފޯމު ދޫކޮށްލައްވައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރައްވަނީ ރައްޔިތުންގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުންނަވަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނދުފަތި
18 March 2019
ރާއްޖެ ވަށައިގެން އަޅާފައިވާ މަސްކަނދުތަކުގެ ބޭނުންކޮށް ރާއްޖޭގެ ވަށައިގެން ދަތުރުކުރާ އުޅަނދުފަހަރު މޮނިޓަރކޮށް، މަސްވެރިކަމަށް ދާއެޅުމާއި، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު މޮނިޓަރކުރުމުގެނިޒާމެއް ޤާއިމްކުރަން ކިހާވަރަކަށް ކިހާބަޔަކު ވާހަކަދައްކައި، ލަފާދިންތޯއެވެ؟ އެކަންކުރުވާކަށް ބަޔަކު ބުލެކުމޭލެއްނުކުރެއެވެ. ހެޔޮއަގެއްގައި އެކަންކުރެވެންއޮއްވައި، ނުކުރީ ކޮންފަދަ ފައިދާއެއްވާތީތޯއެވެ؟ ގައިމުވެސް ޕެޓްރޯލްކުރުމުގެޚަރަދު ދައުލަތަށް ކުޑަވީހެވެ.
ހަސަނުބެ
18 March 2019
ޝައިނީ ހިމެނޭ ކުރީގެ ސަރުކާރުން ކަންކަން ހިންގީ ތިޔަބުނާ މަގުން ނޫންކަން ޝައިނީއަށް މިހާރު އެގޭނެ ނަމަވެސް ރައްޔިތުންނަކީ މުހިންމު ބައެއްކަން އެނގެނީ ތިމާ އެދޭކަމަކާ ކުރިމަތީ ލީމަ. އެހެންނޫނީ ރައްޔިތުންގެ ބޭނުމެއްނެތް. ބާރު ލިބުންދުވަހު ކަންކުރީ ހިތުހުރި ގޮތަކަށް. އެއީ ރާއްޖެއިން ތެޔޮ ހޯދިހެން.
ބޭނުންވާ
18 March 2019
އެންމެންވެސް ބޭނުންވާ ބާރު ލިބެން އަންނަނީ ހުރިހާ ބާރެއް މުށުތެރެއަށް ވަނީމަ. މާ ޑިމޮކްރެޓިކް ވެރިކަމެއް ކުރަން އުޅުނު އެމްޑީޕީން ހުރިހާ ކަމެއް އެންމެ ފުރަތަމަ ބައްޓަންކުރީ މައުމޫންގެ ބާރު ކެނޑި އެހެން މީހުންގެ އަތްމައްޗަށް ބާރު އަންނާނެ ގޮތަށް. ދެން ވެރިކަމަށް އެރުނީމަ އަނެއްކާ އެކަންކަން އަނބުރާ އިއާދަކުރަން އުޅުނީ. ވަކިވެފައިވާ ބާރުތަކަށް ދޫނުދީ ބާރުތައް އަލުން ޖަމާކުރަން އުޅުނީ. ވެރިކަމުގަ ތިބޭއިރު އެންމެންވެސް ބޭނުންވޭ އެހެން ބާރު އޮންނަން.
މުޙުއްމާ
18 March 2019
އަދީބު އަތުން ހޯދި އެމް.އެމް.ޕީ.އާރ.ސީ. ގެ ލާރި އަބުރާ ސަރުކާރަށް ދައްކާފަ ސިޔާސީ ދާއިރާއިން ދުރަށްދޭ. ރައްޔިތުން ޤަބޫލުކުރާ މީހެއްނުން ތިއީ.
އަލީ އަހުމަދު
18 March 2019
އަންހެނުންގޭގެ ލިފްޓު އަދި އެބަ މަސައްކަތް ކުރޭ ދޯ؟
އަލީމްބެ
18 March 2019
ވައުދުފުއްދޭނީ މަޖިލިސްލިބިގެންކަން ޝައިނީއަށް ނޭނގޭކަމަށް ހަދައިގެން ލިބޭނެމޮޅެއް ނޯންނާނެ. ރައްޔިތުން ބޭނުމެއްނުވޭ. ކުރިޔަށްއޮތް 5 އަހަރު ތަޅާފޮޅުމެއްގައި މަޖިލިސް އޮވެ ގައުމު އިތުރު 10 އަހަރުފަހަތަށް ޖައްސާކަށް.
ހުތާ
18 March 2019
ރަނގަޅު ވާހަކައެކެވެ. ޝައިނީމެން ޔާމީން ކައިރީ އާރާއި ބާރުގައި ތިބި ދުވަސްވަރު ކަނޑައެޅިގެން ގާނޫނުއަސާސީ އާއި އަދި ބައިނަލްއަގުވާމީ މުއާހަދާތަކާއި ދުނިޔޭގެ ބެސްޓު ޕްރެކްޓިސްއާއި ހިލާފަށް ދިޔަކަންކަން ގޯސްކަމަށް ނުބުނުމުން މީހާގެ އަސްލުސިފަވަނީ ސިވެހިން ތަޖްރިބާކޮށްފައެވެ. ކިޔަވިއެއްކަމަކު އެކިޔެވި އެތި، އަމިއްލަ އެދުމަށް ހަނދާން ނައްތާލައިގެން ނުވާނެއެވެ.
މަހާރެހެންދި
18 March 2019
މަސްވެރިކަމުގެ ވުޒާރާޔާއި ހަވާލުވެގެން ހުރެ ފަސް އަހަރު ދުއްވާލީ މަސްވެރިކަމާއި އެންމެ ދުޝްމަން ކަންތައް ކުރުމަށް. ޔައުނީ ކަނޑު ގެ ފަށަލަ ތޮޮރުފައިގެން ތެޔޮ ހޯދޭތޯ؟ މި ކަހަލަ ވަޒީރެއް މި ދުނިޔެ ދެކިފައެއް ނެތް
މުހަންމަދު ކަލޯ
18 March 2019
ވަޒީފާގެ ބިރު ދައްކައިގެން މަޖްބޫރުން ޖަލްސާ ތަކަށް ގެންގޮސް ހެދުންފަދަ ބްލެކްމެއިލް ކުރުން ނިމި އެދުވަސްތައް މާޒީވެ ހިގައްޖެ. މިނިވަން ކަމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެއް.
އައްޔޫބްސަލާމް
18 March 2019
ހެހެ ކަލޯ ތިއްތިކޮށް ފުނާ އަޅައިނ ނިކުމެ ދައްކާނެ އިތުރު ވާހަކައެއްނެތީމަ ބުނެވޭނިވެސް ތިހެން. ޖޭވެސް ވާނެ. ތިބޭފުޅާތީ ރާއްޖޭން ތެޔޮވެސް ހޯއްދަވާދެއްވި ބޭފުޅާއެއްނު، ސަރަހައްދު ގައުމުތަކުގެ ކަނޑުގެ ސާރވޭއެއް ހަދަމުން ރާއްޖެ އައި ބޯޓަކަށް އަރާ ތެޔޮ ދަނީއޭ ބުނި ބޭފުޅާ ތީ.. ވަރަށް ސަލާން
ޖޯކްމޭން
18 March 2019
ކެވުނު ވަރު މަދީތަ އަދިވެސް؟ މީ އަޑިއަށްދާ ބޯޓުން ފުންމާފަ ދެން އިން ބޯޓަށް އަރާ މީދާގެ މިސާލު! ނުހޮވާތި މީނަ!