ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުޢުނީ، މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅުއްވަނީ...
18 މާޗް 2019 - 13:26
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް މުޣުނީ، އޭނާގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވޭތީ މުޣުނީ އަށް ކުރި ތާއީދު އެ ޕާޓީން މިއަދު އަނބުރާ ގެންގޮސްފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި އެ ޕާޓީގެ އެއްވެސް ބޭފުޅަކު ދެން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު އެމްޑީޕީން މުޣުނީ އަށް ތާއީދު ނުކުރި ނަމަވެސް، އޭނާގެ ނަން ނުނަގާ ނަމަ ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓުގައި ކަމަށް ވިދާޅުވި އެވެ.
މުޣުނީގެ ނަން އަމިއްލަ އަށް ނެގުމަށް އެމްޑީޕީން ބާރުއަޅާނެތޯ ކުރި ސުވާލަކަށް އަފްޝަން ޖަވާބެއް ނުދެއްވި އެވެ.
މުޣުނީ، ގެވެށި އަނިޔާކުރި ކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ދައްކަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު ހިސާބުގައި އޭނާގެ ކުރީގެ އަންހެނުންނެވެ. އޭނާ ބުނީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާ ތަހައްމަލުކުރުމަށް މުޣުނީ އަރިހުން ވަރިވެ އެހެން ދިރިއުޅުމެއް ފަށާފައިވާ ކަމަށެވެ.
މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯނިީން
20 March 2019
ޔަގީނޭ ލާރިގަނޑެއް ލިބޭނެ ތިޔަ ބުނާ ޓުވީޓަށް. ބަލަ ކުރިން ނުޖައްސާ މައްސަލައެއް 11 އަހަރު ފަހުން މަޖިލީހަށް ކުރިމަތިލީމަތަ މައްސަލަ އަކަށްވީ؟އަޖައިބު ވެއްޖެއައިމު..
މަލް
20 March 2019
11 އަހަރު ފަހުން ވިޔަސް ހެވޭ
އިންސާފުގެ
19 March 2019
އިންސާފަކީ އަންނިއަށް ފެންނަ ގޮތްތަ. ޓެރަރިޒަމުގެ ބޮޑު ހުކުމެއް ކޮށް ޖަލަށްލީ މީހަކު އެބައުޅޭ މައްޗަށް ގޮނގޮޅީ މެދު ދާއިރާއަށް ކުރިމަތިލައިގެން. އެމްޑީޕީން ކެރޭނެބާ އޭނާގެ ތާއީދު އަނބުރާ ގެންނަން.
ޖޯނޮ
20 March 2019
ވަރަށް ސާފު
ދޮން ތަކުރު
18 March 2019
ތިއުޅެނީ އެކަކު އަނެކަކޭ ކިޔައިގެން މަސްލަހަތު ނަގަން. ތިހެން ކޮންމެ މީހެކޭ ކިޔައިގެން ޓްވިޓާގައި އެއްޗެހި ކިޔަންވީ. ތިޔަ ސެޓު ކުރެވެނީ ގޯސް ޕްރެސިޑެންޓެއްކަން ދަންނާތި. މިމީހުންގެ ނާގާބިލުކަމާއި ހެދި މަހައިރާން ވެއްޖެ. ގޯހެއް ހަދައިގެން ނުކުންނާނެ ރަނގަޅެއް ނޯންނާނެ. އެއްވެސް ބުރަދަނެއް ނެތްގޮތަށް 11 އަހަރުގެ ކުރީގެ ވާހަކަ ތިހެން ބަލައިގަތުމަކީ ގޯހެއް
ވަހީދު
18 March 2019
ތިނަދޫ އިންޖީނުގެ ރޯކޮށްލި މީހުން ކޮބައިތޯ ތިޔަބުނާ ސައުދު ކައިރިން އަހާބަ. އެވަރު އަނިޔާ ދިނީ ކޮން ބައެއް. ތުހުމަތުގައި ހައްޔަރު ކުރިމީހުން ކޮބާ އެއަތަށް ހާސް ރައްޔިތުންނަށް ދިން ބޮޑު އަނިޔާއެއް އެއީ.
ފިސާރިކަނބަލެއް
18 March 2019
މިއީ ވަރަށް ރަގަޅު މެސެޖެއް! އެތަކެއް ބަޔަކު ގެވެށި އަނިޔާ ތަހަންމަލް ކުރަމުންދޭ، މިކަމަށް ހައްލެއްވެސް ހޯދޭނެ ގޮތެއް ގިނަފަހަރު އޮންނަނީ ނުފެނިފަ، އާންމުކޮށް ނުފޫޒުގަދަ މީހުންގެ، ކިބައިން ސަލާމަތް ވުމަކީ ނާދިރު ކަމެއް!
ވާފިރު
18 March 2019
މާލޭގެ ކޮންމެވެސް ދާއިރާއަކަށް ކުރިމަތިލައިގެން އުޅޭ މީހެއް ވެލާނާގެއިން ވައްކަންކޮށް، ދައުލަތުގެ މުހންމު ލިޔުންތަކެއް އަމިއްލަކުރި މައްސަލާގައި އަރުވާލައި ޖަލަށްލި ކަމަށްވޭ. ފިޔަވަޅެއް އަޅަން ކެރޭނެބާ؟
ވަހީދު
18 March 2019
ޖަމީލު އުސްމާނު ވެސް ނުލާހިކު އިޚްލާސްތެރިކަމާއި އެކު ހުއްޓާ ތިކެޓުދީފައި އަތުލީ، މިހާރު އިލްމު ކޮއްކޮއަށް ޔާމީން ތާއީދު ކުރަނީ. ފެންދީފައި ކަތިލަނީ. ކޮންފަދަ ބޭއިންސާފު ގޮތްތަކެއް މިހަދަނީ. ޝެއިޚް އިމްރާނުމެން ދީނީ ވާހަކަ ދައްކާތީ ދެރައީ. އަމަލު ނުކޮށް.
ދޮން ތަކުރު
18 March 2019
ތި މީހަކު ހަމަ ބުނެލާ ބަހަކުން ނުވަތަ ކުރިއޭ ކިޔާފަ ލި މައްސަލައަކުން 11 އަހަރު ފަހުން ތިޔަ ގޮތަށް ނުނިންމޭނެ. އޭނާ އަނިޔާ ކުރަންޏާ މިހާރުވެސް ކުރާނެ ކޮބާ މިހާރުގެ އަންހެނުން.ތީގާ ޒާތީ ކަމެއް އޮތްކަމަށް ބެލުމުގެ ފުރުުސަތު ތިދެނީ
އިލްޔާސް ބބ
18 March 2019
ދޮގުއިލްޒާމްތައް އެޅުވީމާ ލިބޭނެ ވޯޓުވެސްއިތުރުވާނެ...މީ މުގުނީގެ ފަހަރެއް..މުޅިއުތުރުދާއިރާއޮތީ މުގުނީއާ އެއްކޮއް!!!!މިކަލެ ހޮވައްނާ މުގުނީ..
ނުހޮވޭނެ.
18 March 2019
މުޣުނީ ނުހޮވޭނެ ކަން ޔަޤީން ވީމަ އެމްޑީޕީ އިންސާފުވީތަ؟ ނަޝީދު އަކީވެސް ބޮޑު ކުއްވެރިޔެއް ތާއީދު ނަގާބަލަ. ކުއްވެރިން ޕާޓިގެ އިސްކޮށް ތިބެގެން އިންސާފެއްނުވެވޭނެ. މުޣުނީގެ ތިކަމެއް އެގިތިބުއެއްނު ތާއީދުކުރީވެސް ނުހޮވޭނެކަން އެގުނީމަ ރީތިގޮތެއްހަދާލީ.