ކެމްޕޭންގައި މުޣުނީ (މ). އޭނާ އަށް ކުރަމުންދާ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ނިންމީ ސިޔާސީ ނިންމުމެއް ކަމަށް އެމްޑީޕީން ބުނޭ.
19 މާޗް 2019 - 16:23
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަބްދުލް މުޣުނީ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އެޅީ ސިޔާސީ ފިޔަވަޅެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތާ ގުޅިގެން އެމްޑީޕީން ވަނީ އޭނާ އަށް ކުރި ތާއީދު އިއްޔެ އަނބުރާ ގެންގޮސްފަ އެވެ. އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި މުޣުނީ ވިދާޅުވެފައި ވަނީ އެމްޑީޕީގައި ފިޔަވަޅު އަޅާ ކޮމިޓީތައް ހުއްޓައި އޭނާއާ ސުވާލު ކުރުމެއް ނެތި އެ ނިންމުން ނުނިންމޭނެ ކަމަށެވެ.
އިންތިޚާބުގެ ވޯޓު ކައިރިވެފައި ވަނިކޮށް އެމްޑީޕީން އެޅި ފިޔަވަޅާ ދެކޮޅަށް، މުޣުނީގެ ސަޕޯޓަރުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
މަޖިލިސް އިންތިޚާބަށް އެމްޑީޕީން ކަނޑައަޅާގައިވާ ތަރުޖަމާން އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް "މިހާރު" އަށް މިއަދު ވިދާޅުވީ މުޣުނީއާ ދޭތެރޭގައި ފިޔަވަޅު އެޅީ ގަވާއިދާ އެއްގޮތަށް ރަނގަޅަށް ކަމަށެވެ. ފިޔަވަޅު އަޅާ ކޮމިޓީ އަށް ނުފޮނުވައި ސީރިއަސް މައްސަލަތަކުގައި ޕާޓީގެ އިސް ފަރާތްތަކަށް ގޮތް ނިންމުމުގެ އިޚްތިޔާރު ލިބިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޣުނީ އަށް އަޅުގަނޑުމެންގެ ކެމްޕޭން މެނޭޖަރު ގުޅުއްވި. އެ ވަގުތު ފޯނެއް ވެސް ނުނަންގަވާ. ތުހުމަތުތަކާ ގުޅިގެން ޕާޓީން ނިންމެވީ ސިޔާސީ ނިންމެވުމެއް،" އަފްޝަން ވިދާޅުވި އެވެ.
އިންތިޚާބުގައި މުޣުނީ ގޮނޑި ކަށަވަރު ކޮށްފި ނަމަ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ބަލައިގަންނާނެތޯ ދެންނެވުމުން އަފްޝަން ވިދާޅުވީ އެ މައްސަލައިގައި ޕާޓީގެ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށެވެ. މުޣުނީގެ ބަޔާނާއި ތިނަދޫ އެމްޑީޕީގެ ސަޕޯޓަރުންގެ ގަރާރާ ގުޅޭ ގޮތުން ވެސް ޕާޓީން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ. ޕްރައިމަރީގެ ކުރިން ވެސް އެކަން އެނގިތިބެ އެމްޑީޕީން ފިޔަވަޅު ނޭޅީ ކަމަށް ބުނެ ވެސް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާާ
20 March 2019
ހިސާނަށްވެސް ފިޔަވަޅު އަޅާ
ޝައުކަތު
20 March 2019
ހިސާން ހުސެންގެ ވާހަކަ މިހާރުން ގެނެސް ނުދެނީތަ؟
އާދަމްބެ ތިނަދޫ
20 March 2019
އެދާއިރާއަށް ކުރިމަތި ލައިގެން އުޅޭ މީހެއް އަޑީގައި ހުރެގެން ޖަހާ ސަކަރާތެއް.
ވަހީދު
20 March 2019
މާލޭ މީހުންނަށް ރާއްޖެތެރޭ ދާއިރާތަކުގެ ވޯޓު ކޮންޓްރޯލް ކުރާ ހަތިޔާރަކަށް ސިޔާސީ ޕާޓީތައް މިވަނީދޯ؟ އެހެންވީމަ ޕާޓީއަކަށް ލޯބި ވުމުގައި މިންވަރެއް ގެންގުޅެން އެބަ ޖެހޭ. ޕާޓީން ބާ ބުޅާ ގަނޑެއް ނެރުނަސް ވޯޓު އަޅަން ވިސްނައިގެން ތިބިއްޔާ ހަގީގީ މިނިވަން ކަމެއް ރަށްރަށަށް ނުލިބޭނެކަން ދަންނަމާ
Dhaadhey
20 March 2019
ހޮވިއްޖެއްޔާ އެމް.ޑީ.ޕީ ގެ މީހަކަށް ވެގެން ހޯބޯލަވާނެ. ދެން ބުނާނީ އެވެސް ސިޔާސީ ނިންމުމެކޯ؟ ގާސިމް އަމިއްލަ އަމިއްލަ އަށް ކަން ނިންމާތީ އެވާހަކަ ގޮވާ ހަޅޭ ލެވުމަށްފަހު މިމީހުން މިހެދީ ކޮންއެއްޗެއް. ސެކްރެޓަރީ ޖެނެރަލް ގުޅިމާ ފޯން ނުނެގީމާ އެކުށްވެރިވީ. މިމީހުން ކޮށްފަ ނުކުރާނޭ ކަމެއްވެސްނޭގޭނެ. ހަމަހޭގާ ނެތީމާ ވާގޮތް. ސެކްރެޓަރީ ޖެނެރަލް ނުވަތަ ރައީސް މީހާ ގުޅީމާ ކުށްވެރިވާ ގަވާޢިދެއް ނުވަތަ އަދަބެއް ދެވޭގޮތަށްތޯ ޕާޓީގެ ގަވާޢިދުގައޮތީ.
ޝޯން
20 March 2019
މުޣުނީއަށް ކުރެވޭ ތުހުމަތަކީ ވަރަށްވެސް ސީރިއަސް ތުހުމަތެއް. ނަމަވެސް ޕާޓީއެއްގެ ތާއީދު ގެންދާއިރު ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުންނާނެ. ވެރިން ވާހަކަ ދައްކާލާފަ އަމިއްލަ އަމިއްލައަށް ފިޔަވަޅު އެޅީމަ ވަރަށް ހަޑި. ނުވިތާކަށް އެމް.އެމް.ޕީ.އާރ.ސީ ހިޔާނާތަށް ތުހުމަތުކުރެވޭ އެތައް ކުންފުންޏެއްގެ ހިއްސާދާރުންވެސް އެތިބީ ޕްރައިމަރީގަ ހޮވިފަ. ކޮބާތަ ޒީރޯ ޓޮލަރަންސް ފޯ ކޮރަޕްޝަން..
ޖޮއްބެ
20 March 2019
އެމްޑީޕީ އިން ސިޔާސީ ފިޔަވަޅު އަޅާފަ އެވާހަކަ ގޮވީމާ އެއީ އެމްޑީޕީ މީހުން އެމްޑީޕީ އަށް މަލާމާތް ކުރުން ދެއްތޯ....؟
ްޣަދީމީ
20 March 2019
"މުޣުނީއާ ދޭތެރޭގައި ފިޔަވަޅު އެޅީ ގަވާއިދާ އެއްގޮތަށް ރަނގަޅަށް ކަމަށެވެ. ފިޔަވަޅު އަޅާ ކޮމިޓީ އަށް ނުފޮނުވައި ސީރިއަސް މައްސަލަތަކުގައި ޕާޓީގެ އިސް ފަރާތްތަކަށް ގޮތް ނިންމުމުގެ އިޚްތިޔާރު ލިބިދޭ" މަޖިލިސް އިންތިޚާބަށް އެމްޑީޕީން ކަނޑައަޅާގައިވާ ތަރުޖަމާން އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް. ޑިމޮކްރެސީ އެންމެ ފުރިހަމަކޮއް. ހަހަހަހަހަހަހާހާ.
އަލީރާޖާ
20 March 2019
އެމްޑީޕީ ޓިކެޓު ދިނީ ޕާޓީ އަކުން ނޫން. އެއީ ކެންޑިޑޭޓު އަމިއްލައަށް ހޯދި އެއްޗެއް. ޕާޓީއިން ގެންދިޔައީ ތާއީދު. ޓިކެޓެއް ނޫން. ގޮތް ނިންމާނީ ރައްޔިތުން.
ހިލަބެ
20 March 2019
މި ލިއުމަށް ކޮމެންޓެއް ޖަހައިގެން މިހުރީ ކީއްވެތޯ ޖަހައި ނުދޭންވީ އަހަރެންގެ އާއިލާ އާއި އަހަރެންގެ ބަހެއް އެހި އެކެއްގެވެސް ވޯޓެއް ޢާނިމްނޫން މީހަކަށް ނުދޭނަން މީ ވަރަށްސާފުކޮން އޮތްކަމެއް.