ދުނިޔެ / ނިއު ޒީލެންޑް

ނިއު ޒީލެންޑުގެ ބޮޑު ވަޒީރަށް މުސްލިމުންގެ ލޯތްބާއި އިހްތިރާމް

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން. --ފޮޓޯ:އޭއެފްޕީ

ކްރައިސްޗާޗް (މާޗް 22) - ނިއު ޒީލެންޑުގެ ފަހުގެ ތާރީޚުގައި ދިމާވި އެންމެ ހިތާމަވެރި އެއް ހާދިސާގައި އެ ގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާންގެ އަމަލުތަކަށް އެތައް ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ. ޚާއްސަކޮށް މުސްލިމުންނާ މެދު އެކަމަނާ ބަހައްޓަވާ ގާތްކަމުގެ ސަބަބުންނެވެ.

ދެ މިސްކިތަށް ހަމަލާދީ 50 މީހުން މަރާލިތާ މާގިނައިރެއް ނުވެ އާޑާން ވަނީ ކްރައިސްޗާޗަށް ވަޑައިގެންފަ އެވެ. މުސްލިމުންނާ އެކު، ޚާއްސަކޮށް މަރުވި މީހުންގެ އާއިލާތަކާ އެކުގައި ހުންނެވިކަން ހާމަކޮށްދެއްވުމަށް އެކަމަނާ އޭރު ހުންނެވީ ބުރުގާ އަޅުއްވައިގެންނެވެ. ޖެހިގެން އައި ދުވަހު ވެރިރަށް ވެލިންޓަނުގައި ވެސް ވަނީ ބުރުގާ އަޅުއްވައިގެން ހުންނަވާ މުސްލިމް ކޮމިއުނިޓީއާ ބައްދަލު ކުރައްވައިފަ އެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން (ކ) މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

"އެކަމަނާގެ ވެރިކަމުގައި މިވަރުގެ ބިރުވެރިކަމަކާ ކުރިމައްޗެއް ނުވޭ،" ޔުނިވާސިޓީ އޮފް އޮޓާގޯގެ ވިކީ ސްޕެންސާ ވިދާޅުވި އެވެ.

ހަމަލާ އަށް ފަހު ހޯމަ ދުވަހު ބޭއްވި ޕާލަމެންޓުގެ ބައްދަލުވުން ފެއްޓެވީ ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ. އާޑަންގެ ވާހަކަފުޅު ވެސް ފެއްޓެވީ އަރަބި ބަހުން އައްސަލާމް އަލައިކުމް ވިދާޅުވުމަށް ފަހު އެވެ. ޕާލަމެންޓުގައި އެކަމަނާ ވަނީ ހަމަލާ ދިނީ ޓެރަރިސްޓެއް ކަމާއި އެއީ މުޖްރިމެއް ކަމަށް ވިދާޅުވެ އެއީ އޭނާގެ ނަމުން މުޚާތަބް ކުރުން ވެސް ހައްގު ނޫން މީހެއް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެކަމަނާ ވަނީ އޭނާގެ ނަމުން ދެން މުޚާތަބް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކްރައިސްޗާޗުގައި ދިން ހަމަލާއާ ގުޅިގެންް ހިތާމަ ފާޅުކުރުމަށް ދެ މިނިޓުގެ ސްކޫތެއް މިއަދު ވަނީ ގެނެސްފަ އެވެ. ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތުގެ ބޭރުގައި ހުކުރު ނަމާދު ބޮޑު ޖަމާއަތެއްގައި ކުރި އިރު އެ ކަމަނާ އެތަނަށް ވަޑައިގެންނެވި އެވެ. ކްރައިސްޗާޗްގައި ކުރި މިއަދުގެ ހުކުރު ނަމާދުގެ ބަންގި އާއި ޚުތުބާ ޓީވީތަކުން ވަގުތުން ގެނެސްދިނެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން (ކ) މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޒީލެންޑުގައި ބަޑި ގެންގުޅުމުގެ ގާނޫނު ބަދަލު ކުރައްވާނެ ކަމަށް އާޑާން ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ސެމީ އޮޓޮމެޓިކް ހަތިޔާރު މަނާކުރިކަން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިއަކު ބުނި ގޮތުގައި ނިއު ޒީލެންޑަށް ކުރިމަތިވެފައިވާ ހިތާމައިގައި ގައުމުގެ މޫނުމަތި ސިފަކޮށްދޭ ފަރާތަކީ އާޑާން އެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު ފައިސަލް ވިދާޅުވީ އެ ގައުމުގެ "ރައްޔިތުންގެ ހިތްތައް އާޑާން ފަތަހަކޮށްފި" ކަމަށެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު އާޑާން މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އީޕީއޭ

މުސްލިމުންނާ މެދު އާޑާންގެ ހިތުގައި ލޯބި އޮތް މިންވަރު ސާފުވެގެން ދިޔަ އެއް ކަމަކީ ނިއު ޒީލެންޑަށް އެހީވެދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވުމުން އެކަމަނާ ދެއްވި ޖަވާބެވެ. ޓްރަމްޕަށް އާޑާން ދަންނަވާފައި ވަނީ ކަމެއް ކޮށްދެއްވަންޏާ ހުރިހާ މުސްލިމުންނަށް ލޯތްބާއި ހަމްދަރުދީ ފާޅުކޮށްދެއްވުމަށެވެ.

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތާއި ލިންވުޑް މިސްކިތަށް ހަމަލާ ދިނުމުގެ ކުރިން އާޑަން ދުނިޔެ އަށް މަޝްހޫރުވެފައި ވަނީ ބުރަ ވަޒީފާއެއްގައި އުޅުއްވަމުން ކުޑަ ކުއްޖަކު ބަލަހައްޓަވާ މީހެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީ އަށް އާޑަން ވަޑައިގެންނެވީ އޭނާގެ ތުއްތު ދަރިފުޅާ އެކު އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި އާޑާން ތަގްރީރު ކުރެއްވުމުގެ ކުރިން އިންނެވީ ތިން މަހުގެ ނީވް ޓެ އަރޯހާ އުރާލައްވައިގެންނެވެ. އެކަމަނާ އަށް ބޭފުޅަކު ލިބިވަޑައިގެންނެވީ މިދިޔަ ޖޫން މަހު އެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން. --ފޮޓޯ:އޭއެފްޕީ

އާޑާން އަކީ ބޮޑު ވަޒީރުކަމުގައި ހުންނަވަނިކޮށް ބޭފުޅަކު ލިބިވަޑައިގެންނެވި ދެ ވަނަ އަންހެން ބޮޑު ވަޒީރެވެ. ފުރަތަމަ ބޭކަނބަލަކީ 1990 ވަނަ އަހަރު ބޭފުޅަކު ލިބިވަޑައިގެންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އެވެ.

20 ކޮމެންޓް, 243 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 1%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

24 March 2019

ތަންދޮރުނޭގޭ މީހުން ކޮމެންޓްކުރާގޮތްދޯ ދިވެއްސަކު އެހެންދީނެއްގެ މީހަކަށް މިގޮތަށް އިހްތިރާމް ކޮށްފިއްޔާ ހީވާނީ އެހެންފަދަ ކަމެއްހެނޯ ބަލަގަ ދިވެހިން މިތިބީ އިސްލާމް ދީނުގަ އެހެންދީނަކަށް އިހްތިރާމް ކުރުމުގެގޮތުން ސޮލީބެއްނޭޅޭނެ އޭރުން ދީނުންބޭރުވާނެ ދިވެހިން އަބަދުވެސް އަނިޔާލިބެމުންދާ މީހުންނަށް ހެޔޮއެދި އިހްތިރާމްކުރޭ އަހަރުމެން ދުއާކުރަންވީ އެކަމަނާޔަށާ އެޤައުމުގެ އެންމެންނަށް އިސްލާމުދީނުގެ ހިދާޔަތްދެއްވުމަށް ޔާﷲ އެންމެންނަށް ހިދާޔަތް ދެއްވާފާދޭވެ.އާމީން

The name is already taken The name is available. Register?

ޙަބުޝީ

23 March 2019

މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި ނިއުޒީލެންޑްގެ އެ ހިތާމަވެރި ހާދިސާ ކުށްވެރިކޮށް ބަހެއްބުނެލާނެ ވެރިޔަކު ނުވި.

The name is already taken The name is available. Register?

އަސްލުހާލަތު

23 March 2019

މި ޒަމާނުގެ ނަޖާޝީ ދެއްތޯ؟ ނިއުޒީލެންޑަށް ހިޖުރަކޮށްފަ ތިބި މުސްލިމުންނާމެދު މިކަމަނާ ބަހައްޓަވާ ތޯބިވެތިކަމާ ކަމޭ ހިތުމުގެ ސަބަބުން އަޅުގަނޑުގެ ހަދާނަށް އަންނަނީ ހަބުޝްކަރައިގެ ވެރި ނަޖާޝީގެ ވާހަކަ..

The name is already taken The name is available. Register?

ލަދުކުޑޭ

22 March 2019

އަންހެނަކު ވެރިއަކަށް ހުރީމާ މަށަށް ހީވަނީ މާ ރަގަޅުހެން. ރާއްޖޭގައި އުޅޭ ބައެއް މީހުން ނިކަން ނުރުހޭ ކަމެއް އެއީ.

The name is already taken The name is available. Register?

ޛތުޔ

23 March 2019

އެއީ ދީނުގައި އެކަން ނުކުރުމަސް ﷲ އަންފަވާފައިވާތީ. ރާއްޖޭގައި އުޅޭ މީހުންނަސްވެސް އެއަމުރު ހިނގާނެ. ތަންދޮރު ނޭގި ވާހަކަ ނުދައްކާ މަޑުން ހުރޭ

The name is already taken The name is available. Register?

އިސްލާމްދީނުގައި އޮންނަގޮތް

23 March 2019

ތިޔަހެން ބުނާ މީހާއާއި އެއަށް ތާއީދުކޮށްފައި ތިބި މީހުންނަކަށް ނޭގޭތަ މާތްﷲ ބާވައިލެއްވި މިއިސްލާމް ދީނުގައި އޮންނަނީ އަންހެނަކަށް ގައުމުގެ އެންމެ އިސް ވެރިއަކަށް ނުހުރެވޭނެ ކަމަށްކަމެއް!!!!؟ އެހެން ބުނާ ބަޔަކަށް މަލާމާތް ކުރީމަ އެމަލާމާތް ކުރެވެނީ މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށާއި އިސްލާމް ދީނަށް ކަމެއް؟؟؟

The name is already taken The name is available. Register?

އަޖިނަމޮޓޯ

22 March 2019

ދިވެއްސަކު އެހެންދީނަކަށް އިހްތިރާމް އަދާކުރަން މިކަހަލަ ކަމެއް ނުވަތަ ގަދަރު ކުރުމުގެ ކަމެއް ކޮށްބަލަ، ބައެއް ދިވެހިން ހީވާނީ އެހެން ފަދަ ކަމެއްހެން. މިއީ އަހަރުމެންގެ މައްސަލައަކީ. އެހެންމީހުންނަށް އިހްތިރާމް ކުރުމާ ގަދަކުރުމާ ޓޮލަރެންސް އެއީ އިސްލާމުންގެ ތެރޭގައި އެހެން ދީންތަކުގެ މީހުންނަށްވުރެ ބޮޑަށް ހުންނަން ޖެހޭ ސިފައެއް.

The name is already taken The name is available. Register?

ލޯކަ!

23 March 2019

ތިމާއަށް ތިކިޔޭނުކިޔޭ އެއްޗެއްއެނގޭތަ! ދީނަކަށް ނޫން އެކަމާނާވެސް އެ އިޙްތިރާމް ކުރަނީއަކީ! އެކަމަނާ އަކީ އަނިޔާވެރި ވެރިއަކަށް ނުވާތީ، އިންސާނިއްޔަތަށް ލޯބިކޮށް އިޙްތިރާމްކުރަނީ! ކޮންމެ ދީނެއްގައި ހުރިމީހެއްކަމުގައިވިއަސްވެސް އެފަދަ މީހުން ޢަދުލުވެރިވާނެ! އެމިސްކިތުގައި ޝަހީދުކޮށްލެވުނި 50 މީހުންގެ ޤާނޫނީ ޒިންމާ ނަގަނަޖެހޭ މީހަކީވެސް އެކަމަނާ ކަމަށްވާތީ! މިއަންމާގެ ރައީސް އެއީ އޭގެ އިދިކޮޅެވެ. އަނިޔާވެރި ޖައްބާރެކެވެ.

The name is already taken The name is available. Register?

ޔެސް

22 March 2019

މި ކަމަނާއަށް އިސްލާމްދީނުގެ ފޮނިމީރުކަން މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

ނޫރު

23 March 2019

ގިނަ މުސްލިމުންގައި އިސްލާމީ ރިވެތި އަހްލާގު ނުހުރޭ،، ދެރަކަމަކީ މީ.. މި ބޭފުޅާ މުސްލިމަކަށް ނުވިޔަސް އޭނާ އެދައްކަނީ ހަމަ ސީދާ އިސްލާމީ ރިވެތި އަޙްލާޤް.

The name is already taken The name is available. Register?

Hassan

22 March 2019

ﷲއެކަމަނާގެވެރިކަމުގާ ބަރަކާތްލައްވާ އެކަމަނާއައް އުފާފާގަތިކަން މިންވަރުކުރައްވާށި އާމީން....ކިތަންމެ ނުރުހުނަސް އެބައިމީހުންނައް ﷲގެނޫރުފުޅު ނިއްވާނުލެވޭނެކަން ދަންނާށެ..

The name is already taken The name is available. Register?

އައިމިނާ

22 March 2019

މާތްﷲ އިރާދަފުޅާއި މިންވަރުފުޅުން ކަމަނާއަށް އަވަސްގޮތެއްގައި ހިދާޔަތު ދެއްކެވުންއެދި ދުޢާދަންނަވަން.

The name is already taken The name is available. Register?

އަލިބޭ

22 March 2019

​ބަންގި އެކަންޏެއް ނޫން، ނިއުޒިލެންޑްގެ ޤައުމި ޓީވީން ވަނީ މެންދުރު ނަމާދުގެ ބަންގި އާއި ހުކުރު ނަމާދު ބަންގި އާއި ހުކުރު ޚުތުބާ އާއި ހުކުރު ނަމާދުވެސް ވަގުތުން ދުރަށް ފޮނުވާފައި

The name is already taken The name is available. Register?

އާދަނު

22 March 2019

ދުނިޔޭގަ ހަހާހައްވުރެންގިނަދީންއޮވެޔޭ އެއީކޮންތާކުންއައި ދީންތަކެއް ގަބޫލުކުރިޔަސް ނުކުރިޔަސް ދީނެއްގެގޮތުގައޮތީ އިލާހިއްޔަދީން އެއީއަހަރެމެން ހުރިހާއިންސާނުންވެސް އެދީނަކައްތަަޢަވާންޖެހޭމާވެގެންވާ އިސްލާމްދީން އެނޫންދީނެއްނޯންނާނެ ދެންތިއުޅޭކަމައްތިބުނާދީނަކީ ބަޔަކުމީހުން ހަދައިގެންއުޅޭދީންތަކެއް

The name is already taken The name is available. Register?

ބާދަނު

22 March 2019

ކޮންމެތާކުން އަޔަސް އެއީވެސް މިދުނިޔޭގައި އުޅޭ އިންސާނުން. ދުނިޔޭގައި އުޅުމުގެ ހައްގު އެމީހުންނަށްވެސް އޮންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454