ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
27 މާޗް 2019 - 16:25
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހާސިލްވީ 83 ޕަސެންޓު ކަމަށާއި އެއީ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ މިންވަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމި ކަންތައްތައް އަންނަ މަހުގެ 11 އަށް ހަމަވާއިރު، "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެ މުއްދަތުގައި ކުރެއްވުނު ކަންކަމާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.
"ތިޔަބޭފުޅާ ކަރުދާހަށް އެ [100 ދުވަހުން ހާސިލް ކުރެވުނު ކަންކަން] ނަގާއިރު ރަނގަޅު ޕާފޯމަންސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު އަންނަނީ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭނެއް ތަައްޔާރު ކުރަމުންނެވެ. ފަސް އަހަރުގެ ތެރޭގައި ހާސިލް ކުރަންޖެހޭ މިންވަރު އެ އެކްޝަން ޕްލޭނުން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ ތިޔަބޭފުޅުން ބައްލަވަމުން ގެންދަވަންވީ ކިހާވަރެއްތޯ ހާސިލް ކުރެވުނީ. ހާމަކުރާނަން އަޅުގަނޑުމެން އެ އެއްޗެހި،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެ އުފާފުޅުވީ ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ އަށް ކިޔެވުމާއި ރާއްޖެ އިން ބޭރަށް މަތީ ތައުލީމަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ލުއި ގޮތެއްގައި ލޯނު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި ސްކޫލް ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށުމުގެ އިތުރުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރުމުން ކަމަށެވެ.
"އެއީ މި ސަރުކާރަށް ކުރެވޭނެ އަދި ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ދެ ކަންތައް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަމަކު، މި 100 ދުވަހުގެ ތެރޭގައި ކުރައްވަން ބޭނުންފުޅުވެފައި އެކަމަކު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ މިންވަރަށް ނުކުރެއްވުނީ ރައީސް ވިދާޅުވި ގޮތުގައި ހިޔާނާތުގެ ފައިސާ ހޯދުމާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، އޭގެ ހަގީގަތް ހޯދުމުގެ މަސައްކަތެވެ. އެ މަސައްކަތްތައް 100 ދުވަހުގެ ތެރޭގައި ފަށާފައިވާ އިރު ރައީސް އުއްމީދު ކުރެއްވީ އެ ދެ ކޮމިޝަނުން ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ތިން މަސް ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށެވެ.
"އެކަމަކު އޭގައި އެބަހުރި އުނދަގޫތަކެއް. ޚާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ވަރަށް ބޮޑެތި ޗެލެންޖުތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިދަނީ. މަރުތައް ބެލުމާ ބެހޭ ކޮމިޝަންގައި އެބަހުރި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި. އެކަމަކު ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އެ އަށް ވުރެ މާ ބޮޑެތި ދަތިތައް އެބަހުރި. ވެދާނެ މާ ބޮޑަށް ފުޅާވެފައި ހުރި ކަމަށް ވީމާ ވެސް،" ރައީސް ވިދާޅުވި އެވެ.
އެކަމަކު، އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަނަށް މި ހަފުތާގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ހިޔާނާތުގެ ފައިސާ ހޯދުމާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، އޭގެ ހަގީގަތް ހޯދުމުގެ މަސައްކަތެވެ. (ހިޔާނާތުގެ ފައިސާ ހޯދުމާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، އޭގެ ހަގީގަތް ހޯދުމަށް އުފެއްދި ދެ ކޮމިޝަނަށް ކުރިމަތިވެފައިވާ ދަތިތަކާ މެދު ރައީސް ދެކެވަޑައިގަންނަވާ ގޮތް މި އިންޓަވިއުގެ އެހެން ހިސާބެއްގައި އެހެން ދުވަހަކުން ގެނެސްދޭނެ އެވެ.)
ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަކި ކަންތައްތަކެއް ހާސިލް ކުރަން ކަނޑައަޅުއްވައި އެކަންކަން ހާމަކުރެއްވީ ޗެލެންޖަކަށް ކަމަށެވެ. އަދި ވިދާޅުވީ، 100 ދުވަހަށް ކަނޑައެޅި ކަންތައްތަކުގެ ތެރެއިން ހާސިލް ނުކުރެވި ހުރި ކަންކަން ވެސް ނިންމަމުން ދާނެ ކަމަށެވެ. ޚާއްސަކޮށް ކަރަންޓުގެ އަގު ހެޔޮކުރުން 100 ދުވަހުގެ ކުރިން ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީ ލޯބީގާ
28 March 2019
ވިހައިގެން މިހާރު ހުރިހާ ޓީޗަރުން އުޅެނީ ކުލާސް ތަކަށް ފިލާވަޅު ނަގައިދެން ދުރުވާނެ ޓީޗަރަކު ނެތިގެން 2 '3ގަޑި ފުރީ ނުވާ އެންމެ ދުވަހެއްވެސް ނުދޭ .މީ 3 4 ދަރިންނައް ކިޔައިވައިދެން މާލޭގަ ދިރި އުޅޭ މައިން ބަފައިން ދުވަހަކުވެސް އެކުދިންގެ ތައުލީމީ ހަޔާތުގަ ތަޖްރިބާ ނުކުރާހާ ހިތްދަތި ދުވަސް ތަކެއް .ރައިސެއް ކަމަކު ފޮނި ނުކަޑަބަލަ .
ސޯބު
27 March 2019
ކުރެވިފައިހުރީ މުޅިންހެން އުސޫލީ ކަންކަން. ފިޒިކަލީ ކަމެއް ކުރެވިފައިވާތީ ނުފެނޭ. މިސާލަަށް 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަން ބުނިބުނުން ހަނދާންވެސް ނެތް.
ތިމާވެށި
27 March 2019
ކެންޕެއިންގައި ވަރަށް ތިމާވެށި ހިމާއަތްކުރުމާއި އީ.ޕީ.އޭ ގެ ވާހަކަ ދެއްކި. އެއީ ޔާމީނު އެއިރު އީ.ޕީ.އޭ ފިއްތާލާފަ އޮތީމައި އެކަމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުގެ ވޯޓު ހޯދުމަށް ޖަހާލި މަަޅިއެއްތޯ؟ އެޖެންޑާ 19 އަކީވެސް މިފަދަ މަޅިއެއްބާ؟ މެޖޯރިޓީ ހޯދައި ވޯޓުދިން މީހުނަށް ގައްދާރުވެ އަމިއްލަ ފައިދާގަޑެއް ހޯދަން. މެޖޯރިޓީ ލިބުނީމަ ހޯރަ އިއްބެ ދޫކުރިހެން އޮޅިގެން ކަންކަން ވާނެދޯ؟ ވިިސްނާ ރައްޔެތުން
ވިސްނާނުވިސްނާ
27 March 2019
ވެރިކަމަށް އައީ އައިލެންޑު ޕުރެސިޑެންޓު ބަހައްޓައިގެން ތިމާވެށި ހިމާޔަތްކުރުމަށް ވަރަށް ވައުދު ވަމުން. ފެސިގެން އައީ 100 ދުވަހުތެރޭ އީ.ޕީ.އޭ މިނިވަންކޮށް ސިޔާސީ ނުފޫޒުން ބޭރުކުރުމަށް ކިޔައިގެން. ދެން ބަދަލުވީ ބާރުވެރިކުރުމަށް. 100 ދުވަސް ހަމަ ވާއިރު މިހާރު އީ.ޕީ.އޭއެއް އޮންނަކަންވެސް ނޭގެ.
ނުކިޔަވާ ސޮރު
27 March 2019
83% ހިސާބު އައީ ކިހިނެއްބާ؟
މަހަށްދޭދޭ
27 March 2019
މި ސަރުކާރުގެ ވަޒީރުންނަކީ ވަރަށް ކަންނެތް ބަޔެއް ރައްޔިތުންނާއި ގުޅުން ހުރި މަޝްރޫއު ތަކުގައި ސޮއިކުރާއިރު މިނިސްޓަރަށް ސޮއި ނުކުރެވޭދޯ މަހަށް ދާންވީއެއް ނޫންދޯ...
ސަތޭކަ
27 March 2019
އާމްދަނީ އިތުރު ކުރާނެ އެއްވެސް ކަމެއް ނުކޮއް ހުރެ ހިލޭ ނާސްތާ، ހިލޭ ކިޔެވުން، ޓިކެޓް އަގުހެޔޮ ކުރުން، މިފަދަ ކަންކަމުން ލިބޭނެ ގެއްލުން އަހަރުގެ ފަހުކޮޅަށް އަޅާލީމާ ބަޖެޓުން ފެންނަން ހުންނާނެ. މުވައްޒަފުންގެ މުސާރަ ކުޑަނުކޮއްފިއްޔާވެސް ނަސީބެއް. ދެން އިންޑިއާއިން އިއްޔެ އެ ނެނގީ 800 މިިލިޔަން ޑޮލަރުގެ ދަރަނި.
ޔަހުޔާ
27 March 2019
ތިޔަ ބުނާ % ހާސިލް ވީ ކަމަށް ބުނާއިރު ބޮޑެތި ގޯސްތަކާއެކު މި ސަރުކާރުން ހއ ގައި އަޅާ ފުރަތަމަ އެއަރޕޯރޓްވެސް މުޅިން ނާއިންޞާފުން ވެރިކަމަށް އަންނަން ކީހާޅެން ފަރީއްސަށް ދިއްދޫ އޮތް ރަށަކަށްވެސް ނުހަދާ މިސަރުކާރުން ވޯޓުން ފެންނާނެ
ކާޅު-
27 March 2019
އެއީ 100 ދުވަހުގެ ވައުދެއް ނޫން. ރައީސް އޮފީހުގެ ވެބްސައިޓު ބަލާލީމާ 100 ދުވަހުގެ ވައުދުތައް ފެންނަން އޮންނާނެ. މިއީ 5 އަހަރުގެ ދައުރެއް. އަދި ވެރިކަން ނިންމާފައި ގެއަށް ދިޔައީކީ ނޫނެއްނުދޯ؟
މަހަށްދޭދޭ
27 March 2019
އިބޫގެ ވެރިކަމުގައި ރިސޯރޓްސް ތަކުގައި ހުރި ބޮޑެތި މުސާރަ ދޭ މަގާމް ތަކަށް ދިވެހިންނަށް ދިނުމަށް ޓަކައި ކުރި އެއްވެސް މަސައްކަތެއް ނެތް ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަވާނެއޭ ދައުލަތުގެ މާލިއްޔާ އިން ފައިސާ ނަގާ ހިލޭ ބަހާލުން އެކަމޭ ރައީސް އިބޫގެ ވެރިކަމުގައި އެކުރަނީ ހެދުނު ނާސްތާ އެއޭ އަދި ސްކޮލަރޝިޕްސް އެއޭ ދައުލަތަށް އާމްދަނީ ހޯދަން ޓެކްސް ނުނަގާ މާލެ ސަރަހައްދުން ހިއްކި ބިމެއް ދައްކަގަ ނެތް ދޯ ދެން ތަމެން މަހަށް ދޭބަލަ މަހަށް ދޭބަލަ..
އެހެންތޭ
27 March 2019
މަމެން ހޯދާ ހޯދާ ހޯދާ ވަރުބަލިވާއިރު ވެސް ތަމެންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރި ކަމެއް ނުފެނެއޭ ނުފެނެއޭ ރައްޔިތުން ބުނަނީ ކަން ނުވެ ނަންވާ ވެރިކަމޭ ތަމެންގެ ވެރިކަމަކީ ދޯ ކޮންކަމެއްތޭ ތަމެން ކުރީ އަޅެ ބުނެދީބަލަ 5 މިލިއަން ބަދަލުގައި 30 މިލިއަން ބަނޑު އަޅާލީއޭ އެހެންތޭ...
ދޮން މަނިކު
27 March 2019
ކަންކަން ނުފެނެޔޭ ބުނުމަކީ ގޯހެއް ނޫން. އެކަން ގަބޫލުވެސް ކުރެވޭ. އެކަމަކު ވާހަކަ ދެއްކުމުގެ ރިވެތި އުސޫލު އަށަގެންނެވޭތޯ މަސައްކަތް ކުރައްވާ..