ވެލާ ރިސޯޓް: އެ ރިސޯޓް ހިންގާ ކުންފުންޏާ ދެކޮޅަށް މީހަކު ކުރާ ދައުވާއަކާ ގުޅިގެން އެ ރިސޯޓް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް ވަނީ ހުށަހަޅާފައި
27 މާޗް 2019 - 17:36
ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށް ދިން ގަސްތަކަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ އެ ރިސޯޓް ހިންގާ ކުންފުންޏާ ދެކޮޅަށް މީހަކު ކުރާ ދައުވާއާ ގުޅިގެން އެ ރިސޯޓްގެ މުވައްޒަފުންތަކެއް ކަންބޮޑުވުން ފާޅުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ފުށިވެލާވަރު ރިސޯޓް ހިންގާ ގެލްޑޯނިއާ މޯލްޑިވްސްއާ ދެކޮޅަށް މީހަކު ދައުވާކުރަނީ އެ ރިސޯޓަށް އޭނާ ފޮނުވައިދިން ގަސްތަކަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. ށ. ފޯކައިދޫ އައްސޭރި، އަހުމަދު އަޝްފާގު އެ މައްސަލާގައި ދައުވާ ކުރަނީ ގަސްތަކުގެ އަގާއި އެ ފައިސާ ނުދެއްކުމުން ލިބުނު ގެއްލުމުގެ ބަދަލާ އެކު 2.2 މިލިއަން ޑޮލަރު ހޯދުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން 2015 ގައި ނިންމާފައި އޮތީ އެ ދައުވާ ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ އަޝްފާގުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން 2016 ގައި ވަނީ އެ މައްސަލަ އަލުން ދަށު ކޯޓުން ބެލުމަށް އަމުރުކޮށްފަ އެވެ.
ހައި ކޯޓުގެ އެ ނިންމުން ގްލެޑޯނިއާ ކުންފުނިން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެ މައްސަލައާ ގުޅިގެން އެ ރިސޯޓްގެ މުވައްޒަފުން ސޮއިކޮށް، މިދިޔަ ހަފުތާގައި ރައީސަށް ފޮނުވި ޕެޓިޝަންގައި ވަނީ ގަސްތައް ފޯރުކޮށް ދިނުމާ ގުޅޭގޮތުން އަޝްފާގާ އެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ރިސޯޓް ހެދުމުގެ މަސައްކަތް ކުރިއިރު އުޅުނު ބައެއް މުވައްޒަފުން ވެސް އެގޮތަށް ބުނާ ކަމަށް އެ ޕެޓިޝަންގައިވެ އެވެ.
އެ ޕެޓިޝަންގައި ވަނީ އެ މައްސަލާގައި ގްލެޑޯނިއާ މެދު ބޭއިންސާފުން އަމަލު ކުރެވިއްޖެ ނަމަ، އެ ކުންފުނީގެ ވެރިފަރާތުން އެ ވިޔަފާރިއާ މެދު ޝައުގުވެރިކަން ގެއްލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންވެއްޖެ ނަމަ، ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ދޭ ލިބެމުންދާ އެކި އިނާޔަތްތަކާއި ލުއިތަކަށް އަސަރުކޮށް، މުވައްޒަފުންނަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ޕެޓިޝަންގައިވެ އެވެ.
އެ ޕެޓިޝަންގައި ރައީސްގެ ކިބައިން އެދިފައިވަނީ އެކަން ރައީސްގެ ފަރާތްޕުޅުން ރަނގަޅަށް ބައްލަވައި ދެއްވުމަށެވެ. އަދި އެ ކުންފުންޏަށް އިންސާފު ހޯދައި ދިނުމުގައި މުވައްޒަފުން ދެމި ތިބޭނެ ކަމަށް ވެސް 300 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް، ހުށަހަޅާފައިވާ އެ ޕެޓިޝަންގައިވެ އެވެ.
ގްލެޑޯނިއާ އިން ކޯޓުގައި ބުނަމުންދަނީ އެ ރިސޯޓަށް ގަސް ފޯރުކޮށް ދިނުމާ ބެހޭގޮތުން އަޝްފާގާ އެކު އެއްބަސްވުމެއް ނޯންނާނެ ކަމަށާއި އެ ރިސޯޓަށް ގަސްތައް ގެނެސްދިނީ އެހެން މީހަކު ކަމަށެވެ. އަދި އެ ގަސްތައް ގެނެސްދިން ފަރާތަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ކުރިން އޮތީ ދައްކާފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުހުރުސުލެއިމާން
28 March 2019
ބާއީކަހަލަ މީހަކު ފަނޑިޔާރަކަށްލާފަ ބޭނުންގޮތަކަށް ނިންމާލީމަ އެކަމަށް މިކިޔަނީ ނަޒާހަށްތެރިކަމޭ އޭ އެޖެންޑާ 19ގެ ދަށުން
ޅަބޭ
28 March 2019
އެހެންވީމާ ރައީސުލް ޖުމުހޫރިއްޔާތާ ބޮޑު ފަނޑިޔާރަކީ..... ނޫނޭވާ ޖަޒީރާ ރާއްޖެއެއް މީ
ކަދުރޭ2
28 March 2019
މުޒާހަރާކުރިޔަސް ޕެޓިޝަންތަކެއް ހުށައެޅިޔަސް ކޯޓުގަ އޮތް މައްސަލައަކަށް ރޔ އަށް ގޮތެއްނުނިންމޭނެ. މައްސަލައަށް ނުފޫޒުނުފޯރުވޭނެ ޕެޓިޝަންފޮނުވިޔަސް. ގަސްތައްސަޕްލައިކޮށްފަ ނުހައްގު އަގެއްހޯދަން އުޅުމަކީ ގޯހެއް. ކޯޓުން އިންސާފުވެރިކޮށް މައްސަލަތައް ނިންމާތަން ފެންނަނީ ވ މަދުން. ބޭސްސިޓީގައަގުޖަހާގޮތައް މައްސަލަތައް ނިންމަނީ އަގު ކިޔައިގެން.
އަޙުމަދު.
28 March 2019
ރިސޯޓް މެނޭޖުމަންޓްގެ ފަރާތުން ހިއްވަރުދީގެން މުވައްޒަފުން ލައްވާ ކިތަންމެ ބޮޑު ޕެޓިޝަނެއް ހުށަހެޅިއަސް މަސައްކަތެއް ކުރުވާފައި އަގުނުދީ އޮތިއްޔާ ވާނީ ނުދޭކަމަށް، ދީފައި އޮތިއްޔާ އެކަން ލިއުމުން ވެސް ފެންނަން ހުންނާނެ، ކޯޓަށް އެކަން ސާބިތުކޮށްދީގެން މައްސައިން ރެކެންވީނު، ތީ ޕެޓިޝަން ހުށަހަޅައިގެން ކުރަންޖެހޭ ކަމެއްނޫން، ކޯޓުގަ ހިނގަމުންދާ މައްސަލއެއް.
ދިހި
28 March 2019
ވެލާއަކީ މިފަހަކަށްއައިސް ރިސޯޓު މުވައްޒިފުނަށް ދިއްލާލަދިން ދަންމަރެއް.. ވެލާއަކީ، ހާސްކޮށް ދިވެހީން ހިންގާ ރިސޯޓުތަކުން ސުޓާފުންނާމެދު ގެންގުޅޭ ދަށުދަރަޖަ އަންގައިދޭ ފުރިހަމަ ފިލާވަޅެއް ..
އައްޑޫ ބެއްޔާ
28 March 2019
އަހަރެން ބޭނުން އަހަރެންގެ ބެސްޓް ފެރެންޑް ހަސަން އަށް ވައްކަމުގެ ދައުވާ ކުރާތީ ޕެޓިޝަނެއް ރައީސަށް ހުށަހަޅަން. އަހަރެން ބޭނުން ޖަޑިބުބޭ ގެ ޒިނޭ މައްސަލައިގަ ދައުވާ ކުރާތީ ޕެޓިޝަނެއް ރައީސަށް ހުށަހަޅަން. އަހަރެން ބޭނުން ހުދުސޯޓުބޭ ރިޝްވަތުގެ ދައުވާ ކުރާތީ ޕެޓިޝަނެއް ރައީސަށް ހުށަހަޅަން. އަޖައިބެއް ނުވާނެތަ. މީހުންގެ ޙައްޤަށް އަރައިގެންފަ ދައުވާ ކުރުމުން ގެންގުޅޭ މުވައްޒަފުން ބޭނުންކޮށްގެން ސަރުކާރު ބްލެކްމޭލް ކުރަންތަ ތި އުޅެނީ.
ބިރު
28 March 2019
ރިސޯޓް މެނޭޖްމަންޓުން ވަރަށް ފައްކާކޮށް މިކުޅިގަނޑު މިގެންދަނީ ، ހުރިހާ މުވައްޒަފުންނަށް އަންގައިގެން ޕެޓިޝަނެއްނެރުނީ ، އެހެންމީހެއްގެ އަތުން ގަސްތަށްނަގައިފައިވާނަމަ އެމީހަކާއިވެފައިވާ އެއްބަސްވުންވެސް އޮންނާނެތާ ، ނެތިއްޔާ ގަސްތަށްއެއީ ވަގަންނެގި ތަކެއްޗަށްވެސް ބެލިދާނެ ،،، ކީއްކުރާނީ 300 މުވައްޒަފުންގެ ތެރެއިން ކިތަށް ދިވެހިންބާ ޕެޓިޝަންގައި ސޮއިކުރީ؟؟؟
ބޯވަދިލަބެ
28 March 2019
ކަލޯ ތީ ރަނުންހުރި ގަސްތަކެއްތަ،
ބޭކާރު
27 March 2019
ކޯޓުގައި އޮތްމައްސަލައަކަށް ތި ނުފޫޒުފޯރުވަން ރައީސްކައިރީ ތިބުނަނީ! ކޮބާ އިންސާފު؟
ޙަޖަމް
27 March 2019
ވެލާާ ޔަކީ ޕޭމަންޓު ތައް ނުނިންމޭ ވަރުގެ ކަޑަ ކުންފުންޔެއް ނޫން.އެކަން އެގޭނެ ވެލާ ގެ މާޒީ އައް ބެލިޔަސް.އެތަނުގެ އޯނަރު އަކީ ނަމޫނާ އަކަށް ބަލަންޖެހޭ މީހެއް.ވެލާ ވަރެއް ހަމަނެއް.