28 މާޗް 2019 - 08:51
މިލާން (މާޗް 28) – އޭސީ މިލާނާއި އިންޓަ މިލާނުން މިހާރު ބޭނުންކުރާ ސެންސީރޯ ސްޓޭޑިއަމް މަރާމާތުކުރުމުގެ ހިޔާލު ދޫކޮށްލައި، ދެ ކްލަބް ގުޅިގެން ބޭނުންކުރަން އާ ސްޓޭޑިއަމެއް އެޅުމަށް އެއްބަސްވެއްޖެ އެވެ.
މީގެ ކުރިން ބެލެވިފައި އޮތީ މިލާނުން އަމިއްލަ ސްޓޭޑިއަމެއް ބިނާކުރާނީ ކަމަށެވެ. އަދި އޭރު އިންޓަގެ ވިސްނުން ހުރީ ސެންސީރޯ މަރާމާތުކުރުމަށް ފަހު އެތަނުގައި ދެމި ތިބޭށެވެ.
އެންމެ ޒަމާނީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަށް މިލާނުން ކުރެހި ޕްލޭނަށް މިހާރު އިންޓަ އިން ވަނީ އެއްބަސްވެފަ އެވެ. އިންޓަގެ ޗީފް އެގްޒެކެޓިވް އަލެސަންދްރޯ އެންޓޮނެއްލޯ ވިދާޅުވީ ދެ ކްލަބުން ވެސް އެއްބަސްވީ، ސެންސީރޯ ތަޅާޅައި އެ ސަރަހައްދުގައި އާ ސްޓޭޑިއަމެއް އެޅުމަށް ކަމަށެވެ.
ދެ ކްލަބުގެ ފައިނަލް ނިންމުން ވަރަށް އަވަހަށް މިލާނުގެ ސިޓީ ކައުންސިލާ ހިއްސާކުރުމަށް ފަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ބެލެވެ އެވެ. ގާތްގަނޑަކަށް 60،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ބިނާކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ނުވަތަ 2023 ގަ އެވެ. ސްޓޭޑިއަމް ސަރަހައްދުގައި ތަފާތު ވަސީލަތްތައް ގާއިމްކޮށް އަހަރަކު 112 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަން ލަފާކޮށްފައިވެ އެވެ. ސްޓޭޑިއަމް ބިނާކުރަން ހޭދަވާނެ ކަމަށް ބެލެވެނީ 650 މިލިއަން ޑޮލަރެވެ.
މިލާނުން 1926 އިން ފެށިގެން އަދި އިންޓަ އިން 1947 އިން ބޭނުންކުރަމުން އަންނަ 80،000 މީހުންގެ ޖާގައިގެ ސެންސީރޯ ސްޓޭޑިއަމަކީ މިލާނުގެ މުނިސިޕަލްޓީގެ ސްޓޭޑިއަމެކެވެ. ދެ ކްލަބުގެ އަތުގައި ވެސް ސީދާ އަމިއްލަ ސްޓޭޑިއަމެއް ނެތުމުން މާލީ ފައިދާ އެހާ ބޮޑަށް ނެގެން ނޯވެ އެވެ. ޔުވެންޓަސްގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ވެސް ޒަމާނީ، އަމިއްލަ ސްޓޭޑިއަމެއް ލިބި މާލީ ގޮތުން ތަނަވަސްވުމެވެ.
މީގެ 92 އަހަރު ކުރިން ބިނާކުރި ސެން ސީރޯ އަކީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމެވެ. އެ ސްޓޭޑިއަމުގައި 1934 އަދި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ކުޅެފައިވާއިރު ޗެމްޕިއަންސް ލީގުގެ ފައިނަލް ހަތަރު ފަހަރު ވަނީ ބާއްވައިފަ އެވެ. އެއީ ޔޫރަޕުގައި ހުރި އެންމެ ރީތި އެއް ސްޓޭޑިއަމަށްވީ ނަމަވެސް 80 ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމުގައި ޒަމާނީ ވަސީލަތްތަކެއް ނެތެވެ. ސްޓޭޑިއަމް ބާވުމުގެ ސަބަބުން، ވަންނަ ސަޕޯޓަރުންނަށް ވެސް އެންމެ ހިތްހަމަޖެހޭ މާހައުލެއް ނޯވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފޫ
28 March 2019
ނާ ހަމަ ތެދެއް؟ ތިޔަކަން ތިޔަހެން ކުރާކަށް ހަމަ ހިލާ ނުކެރޭނެ. ތިޔާކީ ކަލޭމެންގެ އެކަނި ތަނެއްނޫން.
ފުޓުބޯލްފޭންސް
28 March 2019
ބުނަން ސެންސީރޯ ތަޅާ ނުލާ ތިޔަ ޖަހާ ސަކަރާތެއް ޖަހާ.. މިލާނު މީހުންގެ ތަނަކަށް ތިޔައީ މުޅި ދުނިޔޭގެ ފުޓު ބޯާޅަ ކޮމިއުނިޓީގެ ހިތާ ފުޓު ބޯލައިގެ ވިންދާ މުއްސަނދި ތާރީހީ ހަނދާންތަކަކާ އެތަސް ލެޖެންޑުންގެ ދާ އޮހޮރުވުން އެތަނަކާ ގުޅިފަ އޮތް ތަނެއް.. ތިޔަ ހެން ތިޔަ ކން ކޮށްފި ނަމަ ފުޓު ބޯލަ ކޮމިއުނިޓީގެ ބަދުނާމު އަބަދުވެސް ކަލޭމެންނަށް އޮންނާނެ.. މާފެއް ނުލިބޭނެ. ތަޅާފަވެސް ޑިޒައިނަށް މާބޮޑު ބަދަލު ނުގެނެސް އެނަމުގަ އެތަން ބަހައްތަނިކޮށް އޯކޭ
މިލާން
28 March 2019
ސްޓޭޑިއަމް ދޫކޯށް ނުލައި ބަގުޑި ބައްދައިގެން ތިބީ އެނތަންގެ ހައިބަތާ ޝަރަފަށްޓަކައި، އެއްބަޔަކަށް ދޫކޮށްފިނަމަ އެމީހުން އެތަނަށް ވެރިވެގަންފާނެތީ، މިލާނުން އަމިއްލައަށް އަޅަން އުޅުނު ސްޓޭޑިއަމްވެސް ނޭޅި އެސަބަބާހުރެ.. މިހާރު ރީތިގޮތުގަ ދެ ކުލަބު އެއްބަސްވެ އާ ސްޓޭޑިއަމަކަށް ދާން ނިންމުމަކީ ހެޔޮފާލެއް..އެކަމުން ސެންސީރޯ ތަޅާ ލުމަކީ ފުޓު ބޯޅާއިގެ ތާރީހަށް ވެސް ކުރަ މަލާމާތެއް..
ލކއވ
28 March 2019
ކަލޭމެން ކޮންމެ އެއްޗެކޭ ކިޔަސް އަދި ނުރުހުނަސް މިފަހަރު ސްޓޭޑިއަމް ތަޅާލާނަން. އަދި ރީތި ބްރޭންޑްނިއު ސްޓޭޑިއަމެއް އަޅާނަން
މުލޭ
28 March 2019
ހެޔޮ ދޯ ބޮލަށް ވެއްޓުނަސް. ތަޅާ ނުލާ ބަހައްޓަންވީދޯ.
ލިން
28 March 2019
ބޮލަށް ވެއްޓެން އެއީ ރާނާފަހުރިތަނެއް ނޫން މަރާމާތު ކުރެވޭނެ.. އަދި ތަނުގެ ނަންބަދަލު ނުކޮށް ތަން ދެމެހެއްޓޭނެ.. މިހާރު އެއުޅެނީ ސްޓޭޑިއަމް ނަގާ އެއްލާލުމުގެ ވިސްނުމުގަ އެތަން ހުސް ޖާގައެއްގޮތުގަ ބާއްވަން..