ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނެސްދެވިއްޖެ: ރައީސް

ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފާހަގަކުރަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައެޅި ގިނަ ވައުދުތައް ފުއްދައި، ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނެސްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފާހަގަކުރަން ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މުޅިން ޚަރާބުވެފައި އޮތް ހިންގުމުގެ ނިޒާމެއްގެ ތެރެއަށް ވަދެ ކަންކަން އިސްލާހު ކުރަން ބޭނުންވާ ބަޔަކަށް 100 ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމަށެވެ. ނަމަވެސް، އެ މުއްދަތަށް ކަނޑައެޅި 160 ވައުދުގެ 83 ޕަސެންޓު ހާސިލްވުމަކީ ކާމިޔާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ނުފުއްދި ހުރި ވައުދުތައް ފުއްދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.

"މިހާތަނަށް ހާސިލް ނުކުރެވި ހުރި ބައެއް ކަންކަމަކީ ދައުލަތުގެ އެހެން އިދާރާތަކާއި އެހެން މުއައްސަސާތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަމާއި ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސްގެން ކުރަންޖެހޭ ކަންތައް. އަދި ބައެއް ކަންކަމަކީ ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ނޫނީ ނުކުރެވޭނެ ކަންތައް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަން ނައްތާލުމުގެ ވައުދުގެ ތެރެއިން ވިސްލް ބްލޮވިން ޕްރޮޓެކްޝަން ބިލާއި ނުޙައްގު މުއްސަނދިކަން ހުއްޓުވުމުގެ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފަ އެވެ. އޭގެ އިތުރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންނާއި އެ ބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން އާއްމުކުރަން ފަށާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

އެކަމުގައި އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ސިޔާސީ، އިގްތިސާދީ އަދި ޝަރުއީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައި ވަނީ ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ސަބަބުން ކަން ރައީސް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

"ރާއްޖޭގެ ތަރައްގީއަށްޓަކައި މި ކަންތައް ހުއްޓުވަން ޖެހޭ. ކޮރަޕްޝަނާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް. ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، އެފަދަ އަމަލުތައް ރިޕޯޓް ކުރުމަށް ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ޕޯޓަލް މިހާރު ވާނީ އާންމުންނަށް ހުޅުވާލާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގެ ޚުލާސާ:

- ދައުލަތުގެ މާލީ ތަފްސީލްތައް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއް ފަހަރު އާއްމު ކުރާނެ. މި ކަންކަމުން އަޅުގަނޑުމެން ރައްޔިތުންނަށް އަންގައިދޭން ބޭނުންވަނީ ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ނުވާނެ ކަން.

- މިދިޔަ ސަރުކާރުން އެންމެ ބޮޑަށް އަރައިގަނެފައިވާ އެއް ހައްގަކީ ބޯހިޔާވަހިކަމުގެ ހައްގު. ފްލެޓްތައް ބަހާލާފައި ވަނީ ހައްގު ނޫން އެތައް ބަޔަކަށް. އެ މައްސަލަތައް ސަރުކާރުން އަންނަނީ ބަލަމުން.

- ސިޔާސީ ސަބަބުތަކަކަށްޓަކައި ވަޒީފާ އިން ވަކިކުރި މީހުންގެ ހައްގުތައް އިޔާދަކުރުމުގެ މަސައްކަތް އެބަދޭ.

- ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް ކައުންސިލްތަކަށް މި އަންނަނީ ބާރުތައް ދެމުން. އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ވަނީ ހުށަހަޅާފައި.

- އެ އިސްލާހުތަކުން ރާއްޖޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ދައުލަތުގެ ބަޖެޓްގެ މަދުވެގެން ފަސް ޕަސެންޓު ކަނޑައަޅާނީ ކައުންސިލްތަކަށް ކަމަށް ބިލްގައި ވާނީ ހިމަނާފައި.

- ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި ރަށްރަށާއި ފަޅާއި ފަރުތަކުން ނެގޭ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓު ސީދާ އެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެހިގެންދާނެ.

- ކައުންސިލްތަކަށް އިންތިޚާބުކުރާ މެމްބަރުންގެ ތެރެއިން 33 ޕަސެންޓު އަންހެނުންނަށް ޚާއްސަ ކުރެވޭނެ.

- ދަނޑުވެރިކަމާއި މަސްވެރިކަމުގައި އުޅޭ އަމިއްލަ މީހުންނަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައި.

- މަސްވެރިން ގަންނަ ޑީސަލުން ނަގަމުން އައި ޑިއުޓީ އާއި ދަނޑުވެރިކަމަށް އިމްޕޯޓްކުރާ ތަކެތިން ނަގަމުން އައި ޑިއުޓީ މިހާރު ވާނީ ކަނޑާލާފައި. މީގެ ފައިދާ މަސްވެރިންނާއި ދަނޑުވެރިންނަށް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހޭނެ.

- ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައި ރާއްޖެއިން ބޭރުގައި ކިޔެވުމަށް އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ވެސް ވަނީ ތައާރަފްކޮށްފައި.

- ސަރުކާރުގައި ވަޒީފާ އަދާކުރާ މަންމަ އަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕަ އަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް މުސާރައާ އެކު ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައި.

ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފާހަގަކުރަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ދައުލަތަށް ފަސް ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ފަސް ބިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ވަނީ ލިބިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ، ޓޫރިޒަމް ކުރިއަރައި އިގްތިސާދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އޭގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ. އަދި އޭގެ އެތައް ގުނައެއް އިތުރު ހިލޭ އެހީ ހަމަޖެހެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"މި އަހަރުގެ ބަޖެޓުން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުން އަލަށް ފަށަން ހަމަޖައްސާފައިވާ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ އިއުލާން ކޮށްފައި ކަމަށެވެ. އަދި ބައެއް މަޝްރޫއުތައް ފަށަން ވެސް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ވެރިކަމުގެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ރިޒާވަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނު އިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 592 މިލިއަން އެމެރިކާ ޑޮލަރުގައި. މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވް 757 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވި،" ރައީސް ވިދާޅުވި އެވެ.

"މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރަސްމީ ރިޒާވް ވަނީ 805 މިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރެވިފައި. މި އަދަދުތަކުން އެނގެނީ، އަޅުގަނޑު ވެރިކަމާ ހަވާލުވި ފަހުން، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 200 މިލިއަން ޑޮލަރު އިތުރުކުރެވިފައި ކަން،" ރައީސް ވިދާޅުވި އެވެ.

42 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 0%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލި

29 March 2019

އަހަރެންގެ ދިރިއުޅުމަށް ނޫނީ އަހަރެން ދަންނަ މީހެއްގެ ދިރިއުޅުމަށްވެސް ހެޔޮބަދަލެއް ނާދޭ.

The name is already taken The name is available. Register?

ހުންމާ

29 March 2019

ދެކެދެކެވެސް މިވަރުގެ ކަމެއް ނުދެކެން މަކަރާ ހީލަތްތެރިކަން ހެޔޮ ބަދަލާ އުފާވެރިކަން ރައްޔިތުންނަށް ލިބެމުންދަނީ ރައީސް ޔާމީން ކޮށްދެއްވާފައިވާ ބުރަ މަސައްކަތްތަކުން. މުޅި މާލެއަށް ބަލާލިއަސް މިހަޤީޤަތްކަން ލޮލަށް ފެންނަން ހުންނާނެ

The name is already taken The name is available. Register?

ފަރޫ

29 March 2019

ކޮންކަހަލަ ހެޔޮބަދަލު ތަކެއްބާ ގެނެސްދެވުނީ އަހަރުމެންނަކަށް ނުފެނޭ ގެނެސްދެވުނު ބަދަލެއް ކޮށްދެވުނު ކަމެއް ކާއެއްޗެތި އަގުބިޑުވީ ބޯހިޔާވަހިކަން އަތްނުފޯރާފަށައް ކުރިއެށްވުރެ ބޮޑައް މާލެ ތޮއްޖެހިއްޖެ, ވައްކަމާ ފޭރުން އިންތިހާ ގޮތްނޭގޭ މަރު މިހެންކުޔާނެ ކަމެއްނެތް ގަވްމްގެ ހަލާކު

The name is already taken The name is available. Register?

މަޗީ

29 March 2019

އަދި ސަތޭކަ ދުވަސް ނުވެ. ތީ ޔާމީނުގެ މައްސަލަ އެހެންވީމަ ތިކަންކަން ޔާމީނު 5 އަހަރު ވެރިކަން ކުރި މީހަކަށް ހައްލެއް ނުގެނެވުނު

The name is already taken The name is available. Register?

ހިޒްބުއްﷲ

29 March 2019

ތަންދޮރުަ ރައީސް

The name is already taken The name is available. Register?

ޝޮކްތެރަޕީ

29 March 2019

މީގެ ފަހަތުގާ އޮތީ މަކަރާ އޮޅުވާލުން. ދިވެހިންނަ ހަގީގެއް އެގޭއިރު މި ރާއްޖޭގެ މިނިވަންކަމެއް ނޯންނާނެ.

The name is already taken The name is available. Register?

ޒިންދާ

29 March 2019

5 އަހަރު ނުފެނުނު ހެލިކޮޕްޓަރު ގްރޫޕް ދޯ

The name is already taken The name is available. Register?

ބަނާނަ ރައީސް

28 March 2019

މަނިކުފާނު ހިލޭ ޑިގުރީހެދެނީ މަދުބައެ ޑިޕްލޮމާއިން ދަށުގަމިތިބީ ބިކަވެފަ ހެދުނުގެ ނާސްތާ ބޭނުންކުރާ ކުދިންނަވުރެ ގިނައީ ބޭނުންނުކުރާކުދިން ރާއްޖޭން ފަރުވާލިބެން ނެތްބަލިމީހުން ސަލާޖަހަން ފަންޑްފޮށި ހުޅުވަންޖެހެނީ ވަޒީފާތަކުގަތިބި މީހުން ވަޒީފާގަ ތިބެވޭނެކަމުގެ ޔަގީންކަމެނެތް ވަޒީފާނެތްމީހުން ވަޒީފާއަކަށް ސަލާންޖަހަނީ މަނިކުފާނު ފިލްމީ ސިތާރުންނާއެކު ސަރުކާރެހިންގަން ހަދަންވީގޮތެނޭގިފަ ހުއްޓާ ރައްޔިތުން ހަނާވެ ނިމެނީ.

The name is already taken The name is available. Register?

މޮހައްމަދު

28 March 2019

ކަލޯމެނޭ އެދައްކަނީ ޖަޒީރާ ރާއްޖޭ ގެ ރައްޔިތުން ވާހަކަ، އަހަރުމެން ދިވެހި ރާއްޖޭ ގެ ރައްޔިތުން ތިބީ ހަމަ ނިކަމެތިހާލުގަ... މީ ވާ ރައީސް އެއް

The name is already taken The name is available. Register?

އަހްމަދު

28 March 2019

އަހަރެންގެ ދިރިއުޅުމަށް މިސަރުކާރުން ކުރި އެއްވެސް ކަމަކުން އަދި ހެޔޮ ބަދަލެއްނާދޭ. ކަރަންޓް އަގުހެވެއްނުވޭ. ފެން އަގުހެވެއްނުވޭ، ކާޑު އަގު ހެވެއްނުވޭ، ތެލުގެއަގާ ޕެޓްރޯލްގެ އަގު ވީބޮޑު. އުޅޭތަނުގެ ކުލި ކުޑައެއްނުވޭ.އަހަރެންގެ ދެކުދިންނަކީ މެންދުރުފަހު ސްލޫކަށްދާ ކުދިންކަމަށްވާތީ ސަރުކާރުންދޭ ނާސްތާއެއްނުލިބޭ. އަހަރެންނަކީވެސް ދިވެހިރައްޔިތެއް.އަހަރެންގެ ދިރިއުޅުމަކަށް ރަޢިސް ސޯލިހުގެ ފަރާރުން އަދި އެއްވެސް ހެޔޮކަމެއްނުލިބޭ. ކުރިއަށްވުރެ ވީނުބާ.

The name is already taken The name is available. Register?

ރަދީފް ހުސެން

28 March 2019

ޑީސަލް ޕެޓްރޯލް މަހަކު ދެފަހަރައް ބޮޑުކުރެ ޓެސްސީ އަދި ޕިކަޕު ތަކުން ދަތުރު ކޮއްދެނީ ޑްރައިވަރައްފެނުނުވަރަކަށް.އަގު ހެޔޮވި މުދަލެއް، ހިދުމަތެއް، ޓިކެޓެއް ރައްޔިތު މީހާޔަކައް ނުލިބެ.ކުރިން ޕްރައިވެޓް ނޫނީ ކްލިނިކްތައް ދެއްކީ 250ހައް، މިހާރު 350.ރައީސް އައްތާއީދު ކުރެވެނީ އަމިއްލަ ޕާޓީ މީހުންނައް ރައްޔިތުންގެ ރައީސެއްނެތް. ކުރިންވެސް ޖެހީ ޕާކިންނާ ހިލާފުވީމަ ސްޓްކިޔާ، މިހާރުވެސް ކުރަނީ އެކަން. ފޭރުމާ، ވައްކަމާ، ބޮޑެތި ހާދިސާތައް މެކުހަށް. ދެން؟؟

The name is already taken The name is available. Register?

ނުގެނުވޭ

28 March 2019

ކޮން ބަދަލެއްތޯ އައީ. އާމުރައްޔެތުން ހަމަ ޖުރީގަވެސް ތިބި ހާލުގައ އަގަޔާ އަތާދިމާނުވެ. ވެދާނެ މަނިކުފާނާއި ސިޔާސީ މާގާމުތަށް އަލަށްލިބުން ފަރާތްތަކުގެކަމަށް. ލިބެންފެށި ބޮޑޮތި މުސާރަތަުން ހެޔޮބަދަލު އަންނާނެތާ. ސިފާމެންނަށް ވެސް ހެޔަބަދަލު ގެންނަތަން އެބަ ފެނެއްނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454