29 މާޗް 2019 - 11:53
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށް ވެސް އެއީ ސަރުކާރު ކެންޑިޑޭޓޭ ބުނެ ކެމްޕެއިން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް އެހެން ވިދާޅުވިއިރު، އާންމު އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވާދަކުރައްވާ ބައެއް ބޭފުޅުން އެއީ ސަރުކާރު ކެންޑިޑޭޓުން ކަމަށް ވިދާޅުވެ ކެމްޕެއިން ކުރައްވާތީ އެ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ޚާއްސަކޮށް ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުން ފިޔަވައި ދެން ތިބި ބައެއް ޕާޓީތަކުގެ ކެންޑިޑޭޓުން އެހެން ވިދާޅުވާތީ އެއީ ހޫނު ބަހުސަކަށް ވެސް ވަނީ ވެފަ އެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުންނެއް ނުތިއްބަވާނެ ކަމަށާއި ތިބޭނީ ސަރުކާރު ދަމަހައްޓައި، ސަރުކާރު ނަގަހައްޓައި، ސަރުކާރު ހިފަހައްޓައި، ސަރުކާރުގެ ވައުދުތައް ފުއްދަން އެހީތެރިވެދޭނެ ކެންޑިޑޭޓުން ކަމަށެވެ.
"އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، ނަޝީދުގެ ފާޑުވިދާޅުވުން އައުމުގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅު ތަފާތެވެ. އެމަނިކުފާނު ވިދާޅުވީ، ކޯލިޝަންގެ ކޮންމެ ބޭފުޅަކަށް ވެސް ސަރުކާރުގެ ކެންޑިޑޭޓޭ ވިދާޅުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އެއީ ގޯސް ވާހަކައެއް ނޫން އެ ދައްކަނީ. ކޯލިޝަންގައި ޖޭޕީ އެބައޮތް. އަދާލަތު. ރައީސް މައުމޫން ހިމެނޭ. އެމްޑީޕީ އެބައޮތް. އޮންނައިރުގައި އެ ހުރިހާ ބޭފުޅުންނަށް ވިދާޅުވެވޭނެ އެއީ ސަރުކާރު ކެންޑިޑޭޓޭ. އެގޮތަށް އެ ވިދާޅުވަނީ. އެ އަކު ނެތް ގޯހެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކެންޑިޑޭޓޭ ބުނުމުގެ ފުސަތު އެމްޑީޕީގެ ބޭފުޅުންނަށް ވެސް އޮންނާނެ އެވެ.
ރައީސް އިބްޜާހިމް މުހައްމަދު ސޯލިހް މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"މިސާލަކަށް އެއް ތަނަކަށް އެބަތިބި އަޅުގަނޑުމެން ތިން ޕާޓީން ކުރިމަތިލާފައިވާ ދާއިރާތައް. މިސާލަކަށް ވައިކަރަދޫ ދާއިރާ. އެމްޑީޕީ ކެންޑިޑޭޓެއް އެބަހުރި. އަދާލަތު ކެންޑިޑޭޓެއް އެބަހުރި. ޖޭޕީ ކެންޑިޑޭޓެއް އެބަހުރި. މިއީ މުޅިން ވެސް ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުގެ ކެންޑިޑޭޓުން. މިއިން ކޮންމެ ބޭފުޅަކަށް ވިދާޅުވެވޭނެ ތިމަންނަ މިއީ ސަރުކާރު ކެންޑިޑޭޓޭ ކޯލިޝަން އޮންނަހާ ހިނދަކު،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވަނީ ވަކި ކެންޑިޑޭޓުންގެ ކެމްޕެއިނަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ، އެމަނިކުފާނާއި ނަޝީދާ ދެބޭފުޅުން ނިންމަވާފައި ވަނީ ވަކި ތާވަލެއްގެ ތެރެއިން ވީހާ ވެސް ބޮޑަކަށް މުޅި ރާއްޖެ ކަވަރު ކުރެވޭތޯ ކަމަށެވެ.
"އެއީ ގޯސް ވާހަކައެއް ނޫން އެ ދައްކަނީ. ކޯލިޝަންގައި ޖޭޕީ އެބައޮތް. އަދާލަތު. ރައީސް މައުމޫން ހިމެނޭ. އެމްޑީޕީ އެބައޮތް. އޮންނައިރުގައި އެ ހުރިހާ ބޭފުޅުންނަށް ވިދާޅުވެވޭނެ އެއީ ސަރުކާރު ކެންޑިޑޭޓޭ. އެގޮތަށް އެ ވިދާޅުވަނީ. އެ އަކު ނެތް ގޯހެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
އަން މަހުގެ ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު އެއްކޮށް އަދި ދެ ބޭފުޅުން ވަކިވަކިން ވެސް ބައެއް ދާއިރާތަކަށް ވަޑައިގެން ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްދޫ މުދިންސޮރު
30 March 2019
އަނިޔާވެރިންނަށް ފަހިވާގޮތަށް ރައީސް ޞޯލިޙު ވާހަކަފުޅު މި ދަނޑިވަޅުގައި ދެއްކެވުމުން އަމިއްލަ ޕާރޓީ އަށް ވޯޓް ގެއްލޭގޮތް ދިމާވުން އެކަށީގެންވޭ. ރައީސް ނަޝީދު ގެ މަސައްކަތަށްވެސް. ސަރުކާރުގެ ކެނޑިޑޭޓުން ތިބޭނީ ބަރުލަމާނީ ނިޒާމުގަ. އެހެނީ ކޯލިޝަނަކީ އަދި މިރާއްޖޭ ގެ ޤާނޫނު ދަންނަ އެއްޗެއް ނޫން. ރައީސަކު އިންތިޚާބު ކުރަން ލި ވޯޓް ކަރުދާހުގަ އެމް ޑީ ޕީ ލޯގޯ އޮވެ އަދި ހޮވުނީ އެޕާރޓީ ގެ ކެނޑިޑޭޓް. އެހެންވީމާ މިހާރު އޮތް ވަރުންވެސް އެމް ޑީ ޕީ އަށް ....
ދީފާނޫ މޫސާ
30 March 2019
ހުރިހައި ކެނޑިޑޭޓުންނަކީ ރައްޔިތުންގެ ކެނޑިޑޭޓުން، އެއްވެސް ކެނޑިޑޭޓަކީ ސަރުކާރުގެ ކެނޑިޑޭޓެއްނޫން، ރައްޔިތުންގެ މަޖިލިހަށް ހޮވަނީ ރައްޔިތުންގެ މަންދޫބުން، އެހެންކަމުން ރައްޔިތުންގެ މަޖިލިހުގައި ނުތިބޭނެ ސަރުކާރުގެ މެންބަރުންނެއް، މީތި އޮޅުވާލައިގެންނުވާނެ، ކޮންމެ ފަހަރަކު ރައްޔިތުންގެ އަތުން ވޯޓްނަގައި ރައްޔިތުންނަށް އެތަކެއް ވައުދުތަކެއްވެ ދެން އޭނާ މިބަލުވަނީ، ގާސިމްގެ/މައުމޫނުގެ/އިމްރާނުގެ/ނަޝީދުގެ ކެނޑިޑޭޓަކަށް، މިހެންނޫން މިކަންއޮތީ
ސަރަވަނަ
30 March 2019
ހީނުކުރޭ ހެޔޮލަފާ ރައީސެކޭ އަދިހަމަ ނޭގެ ކަޅެއ ހުދެއް އެބުނާ މެޖޯޜިޓީ އެއް ލިބުނީމަ އެނގޭނީ
އހގފ
29 March 2019
މިއުޅޭ އަންނިއަކަށް ހަޖަމެއް ނުވެޔޭ އިބުރާހިމްބޭ
އޮތީދެންނެވުން
29 March 2019
ރައްޔިތުންގެ މަޖިލިހުގައި ތިބޭނީ ރައްޔިތުންގެ މެންބަރުން. މެންބަރުންގެ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީކުރުވުން. މެންބަރުންނަކީ ސަރުކާރުގެ ވަޒީރުންނެއް ނޫން. މި އިންތިހާބުގައި ސަރުކާރުން ރައީސާއި ވަޒީރުން ވަކި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަކީ 3 ބާރު ވަކިވެފައިވާ މުސްތަޤިއްލު ނިޒާމާ މުޅިން އިދިކޮޅުކަމެއް. ޢިންޓަރގްރިޓީ އާމެދު ސުވާލު އުފެދޭ ލަދުވެތިކަމެއް.
ތިމާވެށި
29 March 2019
ރައީސް ގެ ހިތް ވަރުގަދަ ވާހަކަ ކޮޅެކެވެ. މަރުހަބާއެވެ.
މިއަދު
29 March 2019
މިއީވެސް އަންނިވައްތަރުގެ ކޮސްގޮވާމީހެއްދޯ ދެއިރުދެއަގައިންވާހަކަދައްކާ ދައްކާވާހަކަ ދެކޮޅު ދިމާނުކުރެވޭރައީސެއްދޯ
ދާއިރާ
29 March 2019
މިހާރު އެއްވެސް އިންތިހާބީ ދާއިރާތަކުގެ ކެންޑިޓޭޓެއް ހަމަނެތީތޯ؟ އެދާއިރާތަކުގެ ރައްޔިތުން ތަމްސީލު ކުރެވޭނެ ރައްޔިތުންގެ މަޖިލީހެއް އޮންނަން ބޭނުން ނުވަނީތޯ؟ ޤާނޫނުއަސާސީގެ ބޭރުން ގައުމު ހިންގަން އުޅުމުން ރައްޔިތުންގެ ބާރުކެނޑި ލިބޭނީ ނިކަމެތިކަމެވެ.
ސޯކާބެ
29 March 2019
މިހާރު ވަރައްސާފު މަކަރާ ހީލަތް ރަށްޔަތުންނަށް ހެދިދާނެ އެކަމަު ﷲ ތައާލާ ަކަށް އޮޅުވައެއްނުލެވޭނެ ކިތަންމެ ސިއްރުން އެޖެންޓް 19 ރޭވިޔަސް މިހާރުވެސް މަޑުމަޑުން ފަޅާއަރަމުންމިދަނީ އަދި ވޯޓްލާންވާއިރަށް މާގިނަކަންތައްތައް ފަޅާއަރާ ބޭޒާރުވާނެ މާތް ﷲ މިގައުމުގެ ނިކަމެތިރަށްޔަތުން ސަލާމަތް ކުރަށްވާނެ އާމީން
ގައުމީ ލޯބީގާ
29 March 2019
ބަޔަކަށް ތިވަރަށް އޮޅުވާނުލާ ތި ދެއުޅިއެއްނުވެގެން އުޅޭ ދެރައިސުން އެއްތަނެއްގަ ތިބިގެން އެކަކުވާހަކަ ދައްކާގޮތައް އަނެކަކަށް ވާހަކަ ނުދެކެވޭނެނަމަ ރައްޔިތުމީހާ އެއްކޮއްގެން ވާހަކަ ނުދައްކަފާނައްތަ .އެކަކުވާހަކަދައްކަނީ ޖަޒީރާ ރާއްޖޭގެ ނަމުގަ އަނެކަކުވާހަކަ ދައްކަނީ އަނެއް ރާއްޖެ (ދާންނޭގުނު ރާއްޖެ) ނަމުގަ މަމެންނައް ވާހަކަ ދެއްކެނީ މަމެންގެ ދިވެހިރާއްޖެނަމުގަ .އެއްގައުމަކަށް މިހާގިނަ ރާއްޖެ ކިޔަންވީމަ އޮޅޭނެ ދޯ .ކޮންރާއްޖެއެއްގެ ކެޑިޑޭޓެއްކަން.