ރަންވީރު: އޭނާ މިހާރު އަންނަނީ ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" އަށް ތައްޔާރުވަމުން.
02 އެޕްރީލް 2019 - 06:37
ކުރިން ވެސް ރޭވި ގޮތަށް ސަލްމާން ހާންގެ ފިލްމު "ދަބަންގް 3" ގެ ޝޫޓިން މި މަހުގެ އެއް ވަނަ ދުވަހު ފަށައިފި އެވެ.
ސަލްމާންގެ ކޮއްކޮ އަރްބާޒް ހާބް ޕްރޮޑިއުސްކޮށް، ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމު ޝޫޓް ކުރަނީ މި ސީރީޒްގެ ފުރަތަމަ ދެ ބައި ވެސް ޝޫޓް ކުރި އިންޑޯރްގަ އެވެ. އެތަނަށް ކުރި ދަތުރުގައި ނަގާފައިވާ ވީޑިއޯއެއް ދެބޭން ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
"ދަބަންގް" އަކީ ސަލްމާން ޗުލްބުލް ޕާންޑޭ ކިޔާ ލާނެއް ފުލުހެއްގެ ރޯލުން ފެންނަ ސީރީޒެކެވެ. މީގެ ބަތަލާއަކީ ސޮނާކްޝީ ސިންހާ އެވެ.
އަބިނާވް ކޭޝަޕް ޑައިރެކްޓްކޮށް 2010 ގައި "ދަބަންގް" ގެނެސް ދިނުމަށް ފަހު، 2012 ގައި ދެވަނަ ބައި ގެނެސް ދިނީ އަރްބާޒްގެ ޑައިރެކްޝަނާ އެކީގަ އެވެ. "ދަބަންގް 3" ގެ ޑައިރެކްޝަނާ ހަވާލުވި ޕްރަބޫދޭވާއަކީ 2009 ގައި ރިލީޒްކުރި ސަލްމާންގެ "ވޯންޓެޑް" ގެ ޑައިރެކްޓަރެވެ.
Back in our birthplace for #Dabangg3 shoot @arbaazSkhan pic.twitter.com/JO9pH1X7Rf
— Salman Khan (@BeingSalmanKhan) March 31, 2019
"ދަބަންގް 3" މި އަހަރު ޑިސެމްބަރުގައި ގެނެސް ދޭނެ އެވެ. އެކަމަކު ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
މި ފިލްމަށް ފަހު ސަލްމާން ދެން ފަށާނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "އިންޝާﷲ" ގެ މަސައްކަތެވެ. އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އިންނެވެ.
ދެހާސް ސާދައިގައި ރިލީޒް ކުރި "ދި އެކްސްޕޯޒް" އަށް ފަހު، ލަވަކިޔުންތެރިޔާ/އެކްޓަރު ހިމޭޝް ރޭޝަމިއާ ކުޅެން ނިންމާފައިވާ ފިލްމުތަކުގެ ތެރެއިން އިތުރު އާ ފިލްމެއް އިއުލާންކޮށްފި އެވެ.
Himesh Reshammiya announces love story... Titled #MainJahanRahoon [will be made into a franchise]... Starring Himesh, who is currently undergoing acting workshops... Directed by Rajesh Sethi [who was associated with Yash Chopra]... Here's the first look of the film: pic.twitter.com/rnMW0fEQTz
— taran adarsh (@taran_adarsh) April 1, 2019
"މޭ ޖަހާ ރަހޫ" ގެ ނަން ދީފައިވާ މި ލޯބީގެ ފިލްމުގެ ފަސްޓްލުކް ވެސް މިހާރު ދައްކާލާފައިވާ އިރު، ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރު ސެޕްޓެމްބަރު މަހުގެ 27 ގަ އެވެ. ފިލްމުގެ މަންޒަރުތައް ނަގާނީ ލަންޑާއި ނިއު ދިއްލީގަ އެވެ.
ފްރެންޗައިޒެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައިވާ "މޭ ޖަހާ ރަހޫ" ގެ ޑައިރެކްޓަރަކީ ރާޖޭޝް ސޭތީ އެވެ. އަދި ބަތަލާއަކު އިއުލާން ނުކުރާ މި ފިލްމުގައި ޖުމްލަ 7 ލަވަ ހިމެނޭ އިރު، ލަވަތަކުގެ ޅެންތައް ހަދައި ދޭނީ މަޝްހޫރު ޅެންވެރިޔާ ޖާވިދު އަހްތަހެރެވެ.
"މޭ ޖަހާ ރަހޫ" ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.
އާ އަހަރާ ދިމާކޮށް ޖެނުއަރީ 1 ވަނަ ދުވަހު ލޯބިވެރިޔާ ޖޯޖް ޕަނަޔިޓޯއާ އެންގޭޖްވި ބަތަލާ އެމީ ޖެކްސަން ބަލިވެ އިން ވާހަކަ ހިއްސާކޮށްފި އެވެ.
އިންސްޓަގްރާމްގައި އޭނާ އެ ވާހަކަ ހިއްސާ ކުރުމުން ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވަނީ އެމީ އަށް މަރުހަބާ ކިޔައިފަ އެވެ. މިދިޔަ އަހަރު ރިލީޒް ކުރި ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ގެ ބަތަލާ އެމީ، 27، އަކީ އިނގިރޭސިވިލާތަށް އުފަން ބަތަލާއެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަލްމާންގެ "ކިކް 2" ގެ ބަތަލާއަކީ ވެސް އެމީ އެވެ.
އިންކްއިންކްގެ ނަމުގައި ރަންވީރު ސިންގް ރިކޯޑް ލޭބަލެއް ލޯންޗްކޮށް، އޭގެ ދަށުން ފުރަތަމަ ރެޕް ލަވަ ވެސް ނެރެފައި ވަނިކޮށް، އޮސްކާ ހޯދާފައިވާ މަޝްހޫރު މިއުޒިޝަން އޭއާރް ރަހުމާން، ރަންވީރާ ގުޅެން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
— Ranveer Singh (@RanveerOfficial) March 30, 2019
އޭނާ ކުރި ޓްވީޓެއްގައި ބުނީ ރަންވީރާ އެކު އެއްބަސްވުމެއް ހަދާލަން އެބަ އަންނަން ކަމަށެވެ. އެ ޓްވީޓުން ލިބުނު ބޮޑު އުފަލާ އެކު ރަންވީރު ވަނީ ރަހުމާންގެ މިއުޒިކް އަޑު އިވޭ ލަވައެއް ޖަހައިގެން ކޮޓަރީގެ އެނދުމައްޗަށް އަރައި ފުންމައި ޖަހާ ވީޑިއޯއެއް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
ކައިވެންޏަށް ފަހު ރަންވީރު ސިންގް އާއި ދީޕިކާ އެކުގައި ފުރަތަމަ ފަހަރަށް ޓީވީ އިޝްތިހާރެއް ކުޅެފި އެވެ.
އޭސީ ބްރޭންޑެއް ޕްރޮމޯޓް ކުރަން ހަދާފައިވާ އިޝްތިހާރުގައި ދެ ތަރިން ވަނީ "ކައިވެނި ކުރެވުނީތީ ޝުކުރުވެރިވާ ކަމަށް" ވެސް ބުނެފަ އެވެ.
ރަންވީރާއި ދީޕިކާ ވަނީ އެކުގައި ވަރަށް ކާމިޔާބު ތިން ފިލްމު ވެސް ކުޅެފަ އެވެ. އެއީ "ޕަދުމާވަތު"، "ބަޖިރާއޯ މަސްތާނީ" އަދި "ރާމް-ލީލާ" އެވެ.
ކައިވެންޏަށް ފަހު ދީޕިކާ ވަނީ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު ވެސް އިޝްތިހާރެއް ކުޅެފަ އެވެ. އެއީ އޭޝިއަން ޕެއިންޓްސްގެ ކުލަ އިޝްތިހާރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުމާ
02 April 2019
ސަޅި އިސްތިހާރެއް. ލަވް ދިޕިކާ ?