02 އެޕްރީލް 2019 - 18:14
ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް އަންނަ ހަފުތާގައި ބީލަން ހުޅުވައިލުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ފުވައްމުލަކުގެ 2،650 މީޓަރުގެ ބޮޑު ސަރަހައްދެއް ހިމާޔަތް ކުރަން ޖެހޭ އިރު، އެ މަސައްކަތް ކުރާނެ ބޭރުގެ ބަޔަކު ހޯދަން ނިންމާފައިވާ ކަމަށެވެ.
Coastal Protection of 2650 meters in Gn. Fuvamulak will be opened for International Competitive Bidding by this week. This project is Co-funded by ORIO (Netherlands Aid Agency) and Kuwait Fund for Arab Economic Development.
— FinanceGovMv (@FinanceGovMv) April 2, 2019
ފިނޭންސް މިނިސްޓްރީން ކުރި ޓްވީޓު.
މިއީ، ނެދަލެންޑްސްގެ އެއިޑް އެޖެންސީ އާއި ކުވައިތު ފަންޑުން ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މިއީ، ރާއްޖޭގެ ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއެވެ. ފުވައްމުލަކުގެ އިރުމަތިން ބޮޑު ބައެއް ގިރާލާފައި އޮތް އިރު، ރަށް ގިރުމުގެ ޝަކުވާ ވެސް ބޮޑެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލަފާ ކުރި ގޮތުގައި، އެ މަޝްރޫއަށް 300 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
އެމްޑީޕީން މާލޭގައި ދާދި ފަހުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނުފެށި ލަސްވީ ޔާމީންގެ ސަރުކާރުން ކަން ކުރި ގޮތުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، ދެ ފަހަރެއްގެ މަތިން ކުވެއިތު ފަންޑުގެ ޗެއާމަން އަދި ކުވެއިތުގެ ޚާރިޖީ ވަޒީރު ސަބާހު އަލް ޚާލިދު އަލް ސަބާހާ ބައްދަލުކުރައްވައި އެ މަޝްރޫއުއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
04 April 2019
ބިޑައްލަނީޔޭ އެއީކަލާންގެތަ؟
އަކްމެޑް
03 April 2019
އިންތިޚާބު ނިމުމުން މިމަޝްރޫޢުގެ ފައިސާ ހުޅުމާލޭގަ ފްލެޓް އަޅަން. ކެކެކެކެ
ހަބީބާ
03 April 2019
ސާބަހޭ މި ދެހަފްތާ ހާދަ ބިޑުތައް ގިނައޭ.. ބިންހިއްކަންށާ ނަރުދަމާއަޅަން ވެސް މުޅި 5 އަހަރަށް ކަނޑައޅާފައި އޮތް ހުރިހާ ރަށެއް އެބައޮތް ގެޒެޓް ކޮށްފައި. ތިޔަށް ކިޔަނީ ރައްޔިތުން ހުދު ތާކީހާ އެޅުވުން.
މުސް
02 April 2019
ކޮންމެ ސަރުކާރަކުންވެސް އައިސްމިބުނަނީ ސާވޭސާވޭ ބަލަތިޔަ ސަރަހައްދު މީގެ15 އަހަރުކުރިން އޮތީސާވޭކޮޠް ނިއްމާފަ ދެންކޮން ސާވޭކުރާކައްތަ ތިގޮތައް ސާވޭކޮއްކޮއް ތިބެވިދާނެ ކިތައްމެ ދުވަހަކައްވެސް
މުސްކުޅި
02 April 2019
ބަލަގަ ސާވޭ ސާވޭ ކިޔައިގެން ރަގަޅުސާވޭއެއް ނުކޮށް ކަންކުރީމަ ވީގޮތޭ ތިޔަ ފެނަނަނީ. ސާވޭ ސާވޭ ކިޔާއިރަ ދުވެގޮސް ވޯޓު ދޭތީނު މައްސަލައަކީ. އެންމެ ފުރަތަމަވެސް ރަގަޅު ދިރާސާއެއްކޮށް ރަށަށްލިބޭނެ ގެއްލުންބަލާފައި ރަށަށް ކައިރިކުރާނެގޮތެއް ހޯދިނަމަ މިއަދު ތިޔަ ހިމާޔަތްކުރަާކަށް އަދި ސާވޭސާވޭ ކިޔާކަށް ނުޖެހުނީހެއްނު. މައްސަލައަކީ ބަނދަރެކޭ، ތޮއްޓޭ ނުވަތަ ހިއްކުމޭބުނީމަ މޮޔަވަނީ. ދެން ފަހުން ވާނެގޮތެއްނުބަލައި ކަންކޮށްލަނީ. އަނެއްދުވަހު މިބުނަނީ ގިރަޔޭ
ވާނުވާގައުމު
02 April 2019
ދިވެހިސަރުކާރުގެ ދޯހަޅި ސިޔާސަތުހެ ލާމަސީލު އެއމިސާލު ތިރަށު ގިރާ ސަރަހައްދަކީ. ރަގަޅަށް ދިރާސާނުކޮށް ވޯޓެއް ހޯދަން ކުރީގެ ސަރުކާރަކުން ރަށުގެ ފަޅުގެ ބަޔެއް ގޮއްވާލުމުގެ ހިތި ނަތީޖާ މިއަދު އަދި ހައްލުމިވަނީ. އެއްކަމެއް ރަގަޅުކުރަން ކުރާކަން ރަގާޅުކުރަން ހަރަދުކޮށް ރައްޔެތުންގެ ފައިސާ ހުސްކުރަނީ. ވޯޓުހޯދަން ނަމެއްގައި ކަންކަންނުކޮށް ދިރާސާކިރެވިގެން ޕުލޭނެއްގެ ދަށުން ކުރާނަމަ މިފަދަ ކަންކަން ނުވީސް
އަކްމެޑް
03 April 2019
ހައްލުކުރާތާ 19 އަހަރު. ކޮންމެ ވޯޓަކާ ދިމާކޮށް ގިރާސަރަހައްދުގެ އަޑު ވަރަށް ގަދަވޭ