ކުރީގެ ރައީސް މުހައްމަދު ނަޝީދު: މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު
03 އެޕްރީލް 2019 - 09:55
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން މާލޭގެ 15 ގޮނޑި އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލު ގެއްލެނީ ރައްޔިތުންގެ މަޖިލީހުގެ ނަޒާހަތްތެރިކަން ގެއްލިދާ ހިސާބުން ކަމަށެވެ. ގައުމާއި ދީނަށްޓަކައި ނުކުންނަން ޖެހޭ ވަގުތަކީ އެއީ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަޒާހަތްތެރި މަޖިލީހެއް ރައްޔިތުންނަށް ހޯދައިދޭން ނުކުމެ ތިބީ އެމްޑީޕީންނެވެ. މީގެ ކުރިން މަޖިލީހުގައި ކަންކަން ހިނގާފައިވާ މަގަށް އިޔާދަވުމުގެ ފުރުސަތު ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މަޖިލީހުގެ ހާލަތު ވިދާޅުވެ ދެއްވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ވަންނަވާ އިރު ގަމީހުގެ ޖީބުގައި އޮންނަނީ ގަލަމުގެ ދޯރިއެއް އެކަނި ކަމަށެވެ. އެކަމަކު މަޖިލީހުގެ ފަސް ދައުރު ނިމޭއިރު މެމްބަރުން މުއްސަނދިވެ، ހުޅުމާލެ އާއި މާލެ އިން ފްލެޓާއި ކަންނެލި އޮޑި އާއި ސަފާރީ ބޯޓާއި ފިހާރަތަކާއި ރެސްޓޯރެންޓާއި ބޯކޮށާ ތަންތަނުގެ ވެރިންނަށް ބަދަލުވާ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުން ބޭނުން ވަނީ އެފަދަ މެމްބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މުޅި މާލެ އިރާދަކުރެއްވިޔާ އަޅުގަނޑުމެން [އެމްޑީޕީން] ކާމިޔާބު ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.
ނަޝީދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ރާއްޖެ އޮތީ ޗައިނާ އަށް ވިއްކާލާފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ކުރައްވާ މަސައްކަތްޕުޅަކީ ރާއްޖެ އަނބުރާ ދިވެހިންނަށް ހޯދައި ދެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ކުންފުނިތަކާއި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ވެސް ދައުލަތުގެ ބަޖެޓުން ހިންގާފައި ހުރީ ޚިޔާނާތް ކަމަށެވެ. އެތައް ބަޔަކު ޖަލަށް ލައި އަސާސީ ހައްގުތައް ނިގުޅައިގަނެ ބިރުދައްކައިގެން ވެރިކަން ހިންގުން ރައްޔިތުން ބަލައިނުގަނެ ރިޔާސީ އިންތިޚާބުގައި ނޫނެކޭ ބުނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ވީ ގޮތަކީ ހޮސްޕިޓާ އަޅަން ކަމަށް ވިދާޅުވެ 50 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމެއް 200 އެތައް މިލިއަން ޑޮލަރަކަށް އަރުވާލައި އޭގެއިން ވެސް ނާޖާއިޒު ފައިދާ ނެގީ. ވީ ގޮތަކީ 70 މިލިއަން ޑޮލަރަށް އެޅެން އޮތް ބްރިޖެއް އޭގެ އިން ވެސް 200-300 މިލިއަން ޑޮލަރަށް ހަދައި އަޅުގަނޑުމެން ދަރުވާލީ،" ނަޝީދު ވިދާޅުވި އެވެ.
"ވީ ގޮތަކީ ދިވެހިރާއްޖެ ޗައިނާ އަށް ދަރުވާލީ. ދަރީންގެ ދަރީންނަށް ދަންދެން އަޅުގަނޑުމެންނަށް ދެން ހަދާނެ އެއްޗެއް ނެތުނީ. އަޅުގަނޑުމެންގެ އިސްތިގުލާލު ގެއްލި ދަނީ. މިނިވަންކަން ގެއްލި ދަނީ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު އެ ކުރައްވާ މަސައްކަތަކީ ހަގީގަތުގައި ޗައިނާ އަތުން ދިވެހިރާއްޖެ ގަނެވޭތޯ ބެލުން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަހި
04 April 2019
މީނަ ދައްކާ ވާހަަކައިގައި އިރާދަ އޮޅިގެންވެސް ނުލެވެއޭ!! އަޖައިބް
ލިވާތު ރައީސް
04 April 2019
ނަސީދޫ.. އެއްޖިންސުން ގުޅުން ހިންގަނީ ސަލަފިއްޔާއަކުއެއް ނޫން.. އެކަން ކުރަނީ ކަލޭ މާ ހިތްއެދިގެން އުޅޭ ވިލާތުގެ އޮކުސްފޯޑު ޔުނިވާސިޓީއާއި އަދި ކެމްބުރިޖާއި މިތަންތަނުގަ. އެތާގަ އެއްޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމައް ދައުވާކޮއް ކިޔަވައިދީ އެއްޖިންސުން ގުޅުން ހިންގާމީހުންނައް ހިމާޔަތްދީ އަދި ނުވިތާކައް އެކަމައް ހިއްވަރުދޭ.. މިއީ ތެދެއް ނޫންތަ އަޅެ ހިނދުކޮޅު ކަލޯ...
ހުތާނި
03 April 2019
ޗިޕްޖަހަން އުޅޭނެ ކަމެއްނެތް. ތިމާ މީހާވެސް ހޮވޭނެކަމެއް ނޭނގެ. އިރާދަފުޅުން ނުހޮވޭނެ. މަކަރުވެރި އެޖެންޑާޔަކީ ކޯންޗެއްކަން އެނގިއްޖެ. އަދީބު ކޮރޮޕްޓްކަން އެނގިހުރެ އަދީބަށް ބާރުހޯދައިދިން މީހަކުގެ އެޖެންޑާ ސަހަލު ނުވާނެ. ރައްޔިތުން ތިބީ ހޭލައި.
ކުޅަނދު
03 April 2019
މިހާރުހަމަޔަޤީނުންވެސްއެނގޭއެއްޗަކީ މާލެނޫންރައްރަށުގެމީހުންނާއަޅާބަލާއިރު މާލޭމީހުންގެ ފަނަރަކުޅަނދުމަދުކަން މީޙަޤީގަތް
ދޭސީ
03 April 2019
ނަޝީދު މަޖިލިހައް ހޮވިދާނެ އެކަމަކު މިހާރު ވަރަށްގިނަ އެމްޑީޕީ ސަޕޯޓަރުންވެސް ނަޝީދުދެކެ ރުޅިއާދޭ. މިހާރު ކޮމެންޓް ތަކަށް ބަލާލީމަވެސް އެނގޭ ނަޝީދުދެކެ މީހުން ރުޅިއަންނަވަރު. ނަޝީދައްވެސް އެނގޭ ބަރުލަމާނީ ސިސްޓަމް ގެނެސްގެން ނޫނީ ވެރިކަމަށް ނާދެވޭނެކަން.
ޢަލިޔާ
03 April 2019
15 އެއްނޫން 50 ގޮނޑިއަށް މާލެއަށް ތި ޕާޓީން ކުރިމަތިލިއަސް ހޮވަން ވާނީ.. ހޮޔޮ ކިތައްމެ ރަނގަޅު މީހަކު ހުރިކަމުގަ ވިޔަސް. މއ. މެދުދާއިރާގެ ރައްޔިތުންނަށް ބުނެލަން ތިބޭ ފުޅުންގެ ހައްގުގައި ނިކުމެހުރި ކެނިޑޭޓް އިއްބެގެ އޭ ކިޔާމީހާގެ ވާހަކަތަށް ހާދަ ރަނގަޅޭ. ތި ބޭފުޅުންނަށް މިފަހަރު ތަފާތު ދެއްކޭނެޔޭ..
ާސސސ ޗައިނާ
03 April 2019
ބަލަ ޕާޓީން އަދީބައް ވޯޓުނުދޭން ނިއްމާފަ އޮއްވާ ، ކޮރަޕްޓް ވާނެކަން އެނގިހުރެ އީސަ ލައްވާ ވޯޓުލެއްވީ ނަޒާހައްތެރިވީމަ ތޯ؟
ބަބުރަންޖީ ހާޖީ
03 April 2019
15 ގޮނޑިއްނޫން 14 ގޮނޑި. މަނިކުފާނުންގެ ގޮނޑިނުދޭން މަމެން މިތިބީ ފޫގަޅައިގެން.
ޒައީމް
03 April 2019
ޕީޕީ ކުދިން ކިތެންމެ ވަރަކަށް ރުޅި އައިސް އައިއްސަށް ރުޅިއައި ބަޓަނަށް މި އާޓިކަލްގައި ފިއްތިޔަސް އެކަން އޮތީ އެހެން. އެކަކު 100 ފަހަރުވެސް ފިއްތިދާނެ އެކަމު ވޯޓު ދެވޭނީ 1 ފަހަރު. މުޅި މާލެ އެޖެންޑާ 19 އަށް!
ސަލީމާ
03 April 2019
މިއީ ޖާބިރު ނަގާފަ ދެން ހުރިމީހާ.. ހަމަޖެހޭ އެއްވެސްވާހަކައެއް ނުދައްކާ
މަޖިލިސް
03 April 2019
ޖާބިރުވެސް މިޔައްވުރެ ހަމަޖެހޭ...