ކުޅިވަރު / ބައްސާމް

ކްލަބްތައް ހަރުދަނާކުރަން އެފްއޭއެމްގެ ދައުރު ބޮޑުކުރަނީ

އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން އެ އިދާރާގެ ރައީސް ބައްސާމް (ކ) އާއި ޖެނެރަލް ސެކްރެޓަރީ ޖަވާޒް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީގެ ކްލަބް ލައިސަންސް ނުލިބުމުން މި އަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކަޕުން ފުރުސަތެއް ނުލިބުނެވެ. އެކަމުގެ ޒިންމާ ބައެއް ކްލަބްތަކުން އެފްއޭއެމްގެ ބޮލުގައި އެޅުވިއިރު، އަނެއްކޮޅުން އެފްއޭއެމުން ބުނީ ކްލަބްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ. ރާއްޖޭގެ ކްލަބްތަކަށް މިދިމާވި މައްސަލަތަކުން އަރައިގަންނަން ކުރިއަށް އޮތްތަނުގައި ކުރެވޭނެ ހުރިހާ ކަމެއް މަގުފަހިކޮށްދޭނެ ކަމަށް އެފްއޭއެމުން އޭރު ވެސް ވަނީ ބުނެފަ އެވެ. އެކަމަށް އަމަލީ މަސައްކަތް މިވަނީ ފަށައިފަ އެވެ.

އޭއެފްސީން މީގެ އަހަރުތަކެއް ކުރިން ތައާރަފްކުރި ކްލަބް ލައިސަންސް އަކީ ކްލަބްތައް ހިނގުން ހަރުދަނާ ކުރުމުގެ ގޮތުން ފެށި ކަމެކެވެ. އޭގެ މައުލޫމާތު ދިނުމަށް ގިނަ ޕްރޮގްރާމްތަކެއް ވެސް އޭއެފްސީގެ އޮފިޝަލުން ފޮނުވައިގެން ވަނީ ހިންގައިފަ އެވެ. އަދި އެފްއޭއެމްގައި އެކަމަށް ހާއްސަކޮށް އޮފިޝަލެއް ވެސް ހަމަޖައްސާފައިވެ އެވެ. ތަފާތު އެކި ޓްރެއިނިންތައް ވެސް އެ އޮފިޝަލަށް ވަނީ ދީފަ އެވެ. އަދި ކްލަބްތަކަށް ވެސް ޕްރޮގްރާމް ވަނީ ހިންގައިފަ އެވެ.

ކްލަބް ލައިސަންސިންގައި ރާއްޖޭގެ ކްލަބްތައް ހިމަނައިފައިވަނީ ފުރަތަމަ ކްރައިޓީރިއާގަ އެވެ. ކްލަބް ލައިސަންސިންގައި އޮންނަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިފަ އެވެ. އެއީ ސްޕޯޓިން، އިންފްރާސްޓްރަކްޗާ، ލީގަލް އަދި ފައިނޭންޝިއަލް އެވެ. މި ބައިގެ ދަށުން އެކި ބައިތަކެއް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ކުޅުންތެރިންގެ މެޑިކަލް ކަންތައްތައް ފުރިހަމަވުމާއި ކްލަބްގެ މާލީ ރިޕޯޓާއި އެކެޑަމީ ޕްލޭނާއި އަދި އޭގެ އިތުރުން ވެސް އެކި އެކި ކަންތައްތަކާ ބެހޭ ލިޔެކިއުންތައް ހުށަހަޅަން ޖެހެ އެވެ.

ކްލަބް ލައިސަންސިން ރަނގަޅު ކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ ކުރިން ވެލެންސިއާ ހިންގުމުގައި އިސްކޮށް އުޅުނު މެނޭޖަރުގެ ރޯލު އަދާކުރި އަބްދުﷲ ޝިބާއު (ޝިބާ) ހަަމަޖައްސައިފަ އެވެ. ރާއްޖެ އަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ހޯދަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ކޮމެޓީ އެއް އުފައްދައިފަ އެވެ. އެކަމަކު އެ ކޮމިޓީގެ މަސައްކަތް އެންމެ ރަނގަޅަށް ކުރިއަށްނުދިޔައީ ފުޓްބޯޅައިގެ ކަމަކަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ނުފޯރުވަން އޭއެފްސީން އިންޒާރު ދިން ފަހުންނެވެ.

އެފްއޭއެމުން މިހާރު ނިންމާފައިވަނީ އެފްއޭއެމުން ވެސް ކްލަބްތަކުގެ ކަންތައްތައް ބަލަހައްޓާ އުސޫލު އޭއެފްސީއެކޭ އެއް މިންގަނޑަށް ބަދަލުކޮށްފަ އެވެ. މާނަ އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވެސް ވާދަކުރެވޭނީ އޭއެފްސީ ލައިސަންސް ލިބޭ ވަރަށް ލިއެކިއުން ހަމަކޮށްފައިވާ ކްލަބްތަކަށެވެ. އެކަން އެ ގޮތަށް ކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ ދެ ކަމެއްގައި ކްލަބްތަކަށް އެހީތެރިކަން ފޯރުކޮށްދެން ނިންމައިފަ އެވެ. އެއީ މެޑިކަލް އާއި އޮޑިޓްގެ ކަންތައްތަކެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ބަދަލާ އެކު އޭއެފްސީ ލައިސަންސް ނުލިބުމުގެ މައްސަލަ އަށް ހައްލެއް ލިބޭނެ. އެފްއޭއެމްގެ މުބާރާތެއްގަައި ކުޅޭނަމަ އެ ޓީމެއްގެ ހުންނާނީ އޭއެފްސީގެ ލައިސަންސް ލިބޭ ކްރައިޓީރިއާތަކަށް ވެސް ފެތިފައި،" އެފްއޭއެމްގެ ރައީސް ބައްސާމް "މިހާރަ"ށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން ބެންގަލޫރުގެ ޗެތުރީ (ކ) އާއި ނިއުގެ ދަގަނޑޭ ސަލާމްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައްސާމް ވިދާޅުވީ ކްލަބްތަކަށް މިދިޔަ އަހަރު އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވި އެއް ކަމަކީ ކުޅުންތެރިންގެ މެޑިކަލް ކަންތައްތައް ފުރިހަމަ ކުރުން ކަމަށާއި އޭގެ އަށް ލުއިތަކެއް ހޯދައިދޭން އެފްއޭއެމުން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަހުމަދު ޝަކީބްގެ އެހީތެރިކަމާ އެކު އެކަމަށް ކުންފުންޏެއް ހަމަޖެއްސުމަށް އަންނަނީ ވާހަކަދައްކަމުންނެވެ.

"އެފްއޭއެމުން މި ދަނީ ކްލަބްތަކުގެ ކުޅުންތެރިންގެ މެޑިކަލް ކަންތައްތައް ހަމަޖެހިގެންދާނެ ގޮތެއް ހޯދުމަށް ކުންފުންޏަކާ މަޝްވަރާކުރަމުން. ހޮސްޕިޓަލްތައް މެދުވެރިކޮށް އެންމެ ރަނގަޅަށް އެންމެ ފަސޭހައިން ކުރެވޭނެ ތަނެއް މި ބަލަނީ. އުއްމީދަކީ މި ފަހަރު ޕްރިމިއާ ލީގުގައި ކުޅޭ ހުރިހާ ޓީމަކީ ވެސް އޭއެފްސީ ލައިސަންސް ލިބޭ ވަރުގެ ޓީމަކަށް ހެދުން،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްލަބްތައް އޯޑިޓްކުރުމުގެ ކަންތައްތަކަކީ ވެސް ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާކަމެއް ކަމަށާއި އެ ގޮތުން މިހާރު އެފްއޭއެމުން ނިންމާފައިވަނީ ކްލަބްތަކުގެ އޯޑިޓް ކަންތައްތައް ބަލަހައްޓާނީ އެފްއޭއެމް މެދުވެރިކޮށް ހަމަޖައްސާ އޮޑިޓަރުން ލައްވައި ކަމަށާއި އޭގެ ހުރިހާ ހަރަދެއް ނަގާނީ އެ އިދާރާ އިން ކަމަށެވެ.

ކުޅުންތެރިންނަށް ނުދީ އޮތް މުސާރަ މައްސަލައިގައި އެފްއޭއެމުން ވަނީ މެޖޯރިޓީ ކްލަބްތަކުގެ ރުހުމާ އެކު މި އަހަރު އެއްވެސް މުބާރާތެއް ނުކުޅެވޭ ގޮތަށް ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފަ އެވެ. އެހެން ކަމުން މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނީ ޓީސީ، މާޒިޔާ، އީގަލްސް، ގްރީން ސްޓްރީޓްސް، ށ. ފޯކައިދޫ، ވިކްޓަރީ، ޔުނައިޓެޑް ވިކްޓަރީ، ފ. ނިލަންދޫގެ އިތުރުން ނިއުގެ ބަދަލުގައި ކުޅޭ ޓީމެވެ. އެފްއޭއެމް ޓެކްނިކަލް ކޮމިޓީން މަޝްވަރާކުރުމަށް ފަހު ރޭންކިން އާއި އެހެނިހެން ކަންތައްތަކަށް ބަލާއިރު ނިއުގެ ޖާގަ ލިބުން އެންމެ ގާތީ މިދިޔަ އަހަރު ރެލިގޭޓްވި ކްލަބް ވެލެންސިއާ އަށް ކަމަށް ވަނީ ބުނެފަ އެވެ.

އަންނަ ޖޫން މަހު ސީޒަން ފަށަން ނިންމާފައިވާއިރު، މިހާތަނަށް އަދި ކަލަންޑަރު އާންމުނުކުރެ އެވެ. ކްލަބްތަކަށް މިދިޔަ ދެ އަހަރު ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އެސިސްޓަންޓްސް (އެސްއޯސީ)ގެ ދަށުން ސަރުކާރު މެދުވެރިކޮށް ދެމުން އައި ފައިސާ މި އަހަރު ދޭނެ ކަމުގެ ޔަގީންކަން ނެތުމުން އެފްއޭއެމުން ވަނީ ކްލަބްތަކަށް ފައިސާދޭން ނިންމައިފަ އެވެ. ސަރުކާރުގެ ވިސްނުން ހުރީ އެސްއޯއީ މެދުވެރިކޮށް ފުޓްބޯޅައިގެ އިތުރުން ހުރިހާ ކުޅިވަރަކަށް ވެސް ފައިސާ ދެވޭނެ ނިޒާމެއް ގާއިމްކުރުމެވެ.

މިދިޔަ ދެ އަހަރު ދައުލަތުން ފުޓްބޯޅަ އަށް ގިނަ ހަރަދުތަކެއް ކުރިއިރު، ފުޓްބޯޅަ މިހާރު މި އޮތް ހާލަތަށް ވެއްޓެން ޖެހުމަކީ ސަރުކާރާއި އެފްއޭއެމްގެ ވެސް ކަންބޮޑުވުމެކެވެ. އެފްއޭއެމުން މި އަހަރު ކްލަބްތަކަށް ފައިސާ ދޭއިރު ކްލަބްތަކުން އެ ފައިސާ ހަރަދުކުރާ ގޮތަށް ވަރަށް ބޮޑަށް ފާރަވެރިވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ. މިދިޔަ ދެ އަހަރު ޕްރިމިއާ ލީގު ކުޅޭ ޓީމަކަށް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކުއާޓަރުތަކަށް ބަހާލައިގެން ތިން މިލިއަން ރުފިޔާ ދެ އެވެ. އެފްއޭއެމުން ބުނީ އެ އިދާރާ އިން ދޭނެ އަދަދެއް ކަނޑައަޅާނީ ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށާއި ޔަގީނުން ވެސް ކުރިން ކްލަބްތަކަށް ލިބެމުން އައި އަދަދަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެފްއޭއެމުން ކްލަބްތަކަށް ދޫކުރާ ފައިސާގެ ހަރަދު ރިޕޯޓްތަކާއި ހުރިހާ ކަމެއް ބެލެހެއްޓުމަށް އަދި ކްލަބްތަކަށް ފާރަވެރިވުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އެ އެ އިދާރާއިން ބުނެ އެވެ. އަދި ސަރުކާރުން ފަހުން ކްލަބްތަކަށް އެސްއޯއީ މެދުވެރިކޮށް ފައިސާ ދީފިނަމަ އެ ވެގެންދާނީ ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވެ ކުރިއަށް ދިއުމަށް ފަހި ވެގެންދާނެ ފުރުސަތެއް ކަމަށެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަތްބުރޯ

03 April 2019

ވަކި ހިސާބަކުން ޓީމުތައް ހިންގަންވެސް އެފް އޭ އެމުން ފަށާނެ.. އޭގެ ކޮޅުމަތި ފެންނަންފަށައިފި. އެފް އޭ ހުރިހާ ދިމާލަކުންވެސް ފެއިލްވާތަން މިފެންނަނީ..

The name is already taken The name is available. Register?

ބަށިބޯޅަ

03 April 2019

ވަރަށް އުފާވެއްޖެ ރާއްޖޭގެ ރަށްރަށުގައި ހުރި ފުޓުބޯޅަކުލަބުތައް ހަރުދަނާކުރަން ނިންމީތީ. އުންމީދަކީ މިރަށު ނެރުމަތި ކުލަބު ހަރުދަނާވެގެންދިއުން.

The name is already taken The name is available. Register?

އިއްސޭ

03 April 2019

ތިޔަ ވަރަށް ނުރައްކާވީ. ދެން ފެންނާނީ މިސީޒަނުގަ ލައިސަންސް ކަންތައް ފުރިހަމަވާ އެއްވެސް ކްލަބެއް ނެތޭކިޔާފަ މުޅި ސީޒަން އެއްކޮށް ކެންސަލްކޮށްލާތަން.

The name is already taken The name is available. Register?

މަގޭފައިބޯޅަ

03 April 2019

ތިޔަފާޑަށް ފައިސާއިން ހުރިހާކަމެއްވާނޭހިތާ ޔާމިނުވެސް ވަރަށްފުއްޕާ ތެޅުނު. އެކަމަކު މިހާރު އެހެރީ ބާލާ ހަމަބިމަށްތިރިކޮށްފަ. ﷲ އިރާދަ ކުރެއްވިއްޔާ އަހަރަމެން މިކަންވެސް ނިންމާނަން. ދެކެންތިބޭތި.

The name is already taken The name is available. Register?

މުޖޭ

03 April 2019

ނިއުރޭޑިޔަންޓާ ނުލައި ދިވެހި ފުޓްބޯޅަ ކުޅެންނޫޅޭ. ލަދެއްގަންނަށް ޖެހޭނި. މެޗްބަލާށޭ ކިޔާފަ ދިރޭފުރާނަޔައެއް ވެސް ނުވަންނާނެ. ކަލޭމެން ހެޔޮ ރަސިޔާއިން އަންހެންކުދިން ކޮޅެއް ގެނެސް ދަނޑަށް ވަންނަ ކޮންމެ މީހަކަށް ކުއްޖަކު ދިނަސް.

The name is already taken The name is available. Register?

އާރީ

03 April 2019

މިކަލޭގެ މިތަނުން ބޭރުކޮށްލޭވޭ ގޮތެއްނުވުމަކީ ހާދަ ހިތާމަ ހުރިކަމެކޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454