އޭސީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރުން: ރިޝްވަތު ދިނުން ހުއްޓުވައި ދިނުމަށް ފުލުހުންގެ ފަރާތުން ވަނީ އެދިފައި-- ފޮޓޯ: މިހާރު
04 އެޕްރީލް 2019 - 17:58
އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ރިޝްވަތު ދޭ ކަމުގެ ޝަކުވާތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަމުން އަންނާތީ އެފަދަ މައްސަލަތައް ބެލުމަށް އޭސީސީން ފުލުހުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެ އެވެ.
އިންތިޚާބާ ބެހޭ އާއްމު ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުން ކުރީތީ ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ އެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބާ ގުޅޭ ރިޝްވަތުގެ މައްސަލަތައް ހުއްޓުވުމަށް ހާއްސަ ގޮތެއްގައި ފާރަވެރިވެ އެފަދަ ކަމެއް ކުރިޔަ ނުދިނުމަށް މަސައްކަތް ކޮށްދިނުމަށް އެ ކޮމިޝަނުން ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާ ކަމަށެވެ.
ހިންގާފާނެ ކޮރަޕްޝަންގެ އަމަލަކަށް ފާރަވެރިވުމުގެ ގޮތުންނާއި އެ ކަންކަމަށް އާއްމުން ހޭލުންތެރި ކުރުމަށް އެ ކޮމިޝަނުން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރިޝްވަތު ދިނުން ނުވަތަ ވޯޓަށް ނުފޫޒު ފޯރުވުން ފަދަ އެއްވެސް ކަމެއް ކުރާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އޭސީސީއަށް ގުޅައި އެކަން ހިއްސާ ކުރުމަށްވެސް އެ ކޮމިޝަނުން އެދެ އެވެ.
އާއްމު އިންތިޚާބުގެ ކެމްޕޭންގައި ހިންގި ބައެއް ކަންކަމަކީ ރިޝްވަތު ކަމަށް ތުހުމަތުކޮށް ބައެއް ކެންޑިޑޭޓުން އޭސީސީ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް ދައުވާ ކުރަން އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިކަން އެނގިފައެއް ނެތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
05 April 2019
ރިޝްވަތުއަމަލު ފުލުހުންނަށްވެސް ކޮންޕްލޭން ކުރެވެންވާނެ.
ޝާހިދު
05 April 2019
ކޮބާތަ ލުޠުފީ..؟؟
ކަރީޕަހުމީ
04 April 2019
ރިޝްވަތު ދިނުން ނުވަތަ ވޯޓަށް ނުފޫޒު ފޯރުވުން ފަދަ އެއްވެސް ކަމެއް ކުރާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އޭސީސީއަށް ގުޅައި އެކަން ހިއްސާ ކުރުމަށްވެސް އެ ކޮމިޝަނުން އެދެ އެވެ.އޭސީސީ އަކާ ގުޅާކަށް ނުޖެހޭ އެބޭފުޅުންގެ ބުއްދިސަލާމަތުން ހުރިއްޔާ މިރާށްޖޭގަނެރޭ ނޫސް މަޖައްލާތައް ބައްލަވާ ތިޔަވިދާޅުވާ ހެއްކާ ގަރީނާ އުއޮތީފެންނަން ރަށްރަށައްކުރާވދަތުރުތަކާ ވާވައުދުތަކާ ހަމައެކަނި މިވެނިޕާޓީޔަކަށްވވޯޓްދޭށޭ މިވެނިކަމެއްކުރާނަމޭ އެވެނިކަމެއް ނުކުރެވޭނޭ
ފާރަގެމަ
04 April 2019
އަދި އަވަސް . މަޑުކޮއްލާ ނިމެން
1828
04 April 2019
ރަސްމީ ދުވަސް ދުވަހު، ރަސްމީ ގަޑީގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެދަނީ ރަށްރަށުގައި އެކި އެކި މީހުންނަށް ކެމްޕޭން ކުރަމުން. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން.
އަލްޖިބްރާ
04 April 2019
ރިޝްވަތަކީ ވަކި މީހަކު ނުވަތަ ބަޔަކު އެކަމާ ދެކޮޅަށް ނުކުތުމަކުން ހުއްޓުވޭނެ ކަމެއް ނޫން !ރިޝްވަތު ދިނުމަކީ ނުވަތަ ހިފުމަކީ އެމީހެއްގެ އަމިއްލަ ޒަމީރު ފައިސާއަށް ނުވަތަ އެހެންވެސް މާއްދީ ފައިދާއަކަށް ވިއްކާލުން ! އެކަން ހަމަ ގިނަ މީހުނަށް އެގޭނެ ! މިއީ ބައްޔެއް ! ހަލާލު ނޫން ގޮތްތަކުން ތިމާގެ އަމިއްލަ އެދުންތަށް ފުއްދަން ބޭނުންވާ މީހުނަށް މިބަލި ވަރަށް ފަސޭހަ އިން ޖެހޭނެ ! މިކަމަށް އޮތް ހަމައެކަނި ހައްލަކީ ﷲގެ މަގު ޚިޔާރު ކުރުން !
މަޖާ
04 April 2019
ފާޅުކަން ބޮޑު ގޮތުގައި އިންތިޚާބާ ބެހޭ ޤާނޫނާ ޚިލާފަށް އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕައިން ހަރަކާތްތަކުގައި ރައީސް އިބޫ ސޯލިހް އަދި މިނިސްޓަރުން އެދަނީ ސަރުކާރުގެ އެކިއެކި މަޝްރޫއުތައް ފަށައި ރިޝްވަތާއި ނުފޫޒް ފޯރުވަމުން. އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނާކަން އޭސީސީ އަކަށް ނުކެރޭ. ނުވިތާކަން ފާޅުކަން ބޮޑު ގޮތުގައި އޭސީސީގެ މެމްބަރު ސަފްވަތު މުހައްމަދު އެދަނީ އޭނަ ނިސްބަތްވާ ގައްދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް ކެމްޕައިން ކޮށްދެމުން.
ޖަމްޝީދް
04 April 2019
ވައުދު ވުމާއި ފައިސާ ބެހުމާ ވ ތަފާތު
ހައްޖަ
04 April 2019
ތިކަން ކޮންމެސް ސިފައެއްގައި ނުކުރާ ކެނޑިޑޭޓަކު ނުވަތަ ރައްޔިތަކު ހުންނާނެބާ
ސޯބު
04 April 2019
ސަރުކާރުގެ އިސްބޭފުޅުން އައިސް ވިދާޅުވަނީ މިވެނި މީހަކު ހޮވިއްޔާއޭ ނަރުދަމާ އެޅޭނީ. މިކަންކަން ވަނީ ކޮންކަހަލަ ކަމަކަށްތޯ.
ޖިޒްމާން
04 April 2019
ވައުދަކަށް
ހުއްޓޭބެ
04 April 2019
ކިހިނެތް ތިޔަކަން ހުއްޓުވާނީ. ތިޔަށްވުރެ މާ ބޮޑެތި ކަންކަން ހުއްޓުވަން އުޅޭ. އެކަންކަންވެސް ފުލުހުންނަށް ނުހުއްޓުވިގެން މިއުޅެނީ. މީހުން މެރުން ވައްކަންކުރުން މަސްތުވާތަކެތި އެތެރެކުރުން ނުހުއްޓޭއިރު ތިޔަކަން ހުއްޓޭނެ ކަމަށް ގަބޫލުކުރާކަށް ނުވާނެ.