ފިންލެންޑު އިންޓަނޭޝަލް ސްކޫލު ހުޅުވަން މިއަދު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
08 އެޕްރީލް 2019 - 11:36
އޭޝިއާ ސަރަހައްދުގައި ހުންނަ ފިންލޭންޑުގެ ހަމައެކަނި ސްކޫލު، މާލޭގައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ތައުލީމީގޮތުން ދުނިޔޭގައި އެންމެ ކާމިޔާބު ގައުމުގެ ތެރޭގައި ހިމެނޭ ފިންލެންޑުގެ ސްކޫލު ރާއްޖޭގައި ހުޅުއްވައި ދެއްވީ، އެ ގައުމުން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަރައިނެން އަދި ފިންލެންޑް ސްކޫލު ހިންގާ އައިލެންޑާސް އެޑިއުކޭޝަންގެ ޗެއާމަން އަބްދުﷲ ރަޝީދެވެ.
ފިންލެންޑު އިންޓަނޭޝަލް ސްކޫލު ހުޅުވަން މިއަދު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި ސްކޫލު މިއަދު ރަސްމީކޮށް ހުޅުވި ނަމަވެސް، ހެންވޭރުގައި ހުންނަ ޑްރީމް ކެމްޕަހުގައި ހަދާފައިވާ އެ ތަނުގައި ދިރާސީ އާ އަހަރާ އެކު ވަނީ ކިޔަަވައިދޭން ފަށައިފަ އެވެ. އެ ސްކޫލުގައި މިހާރު ގްރޭޑް 1-5 އަށް 200 ދަރިވަރުން ކިޔަވަމުން އަންނައިރު ކޮންމެ އަހަރަކު ވެސް ގްރޭޑުތައް އިތުރުކުރާނެ ކަމަށް އައިލެންޑާސް އިން ބުންޏެވެ.
އެ ސްކޫލު ހުޅުއްވައި ދެއްވުމަށް ފަހު ކަމަރައިނެން "މިހާރު" އަށް ވިދާޅުވީ ފިންލޭންޑުގެ ސްކޫލެއް ރާއްޖޭގައި ހުޅުވުމަކީ އޭނާ އަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
ފިންލެންޑު އިންޓަނޭޝަލް ސްކޫލު ހުޅުވަން މިއަދު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ އޭޝިއާގެ ފުރަތަމަ ސްކޫލު ރާއްޖޭގައި ހުޅުވުމަކީ، ތައުލީމީ ގޮތުން ރާއްޖެ ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. އޭޝިއާގެ އެހެން ގައުމުތަކުން ވެސް ރާއްޖެ މިސާލަކަށް ނަގައިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހުޅުވި ސްކޫލާ އެކު ދަރިވަރުންގެ ނަތީޖާ ރަނގަޅުވެ، ދިރިއުޅުމަށް މުހިއްމު ކަންތައްތަކެއް ދަސްވާނެ އެވެ. އަދި އެއީ ރާއްޖެ އާއި ފިންލެންޑު ގުޅުވައިދޭ ބްރިޖަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ހުރިހާ ދަރިވަރުންނަށް ބޭނުންވާ ތައުލީމް ފޯރުކޮށްދިނުމަކީ ސަރުކާރަށް އެކަނި ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންވެ، އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ފިންލެންޑުު އިންޓަނޭޝަނަލް ސްކޫލު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، އެ ގައުމުން އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަރައިނެން ވާހަކަދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ރާއްޖޭގެ ކުދިންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް މިއީ. ބައިވަރު ކަންތައްތަކެއް ދަސްވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ކިޔަވައިދެނީ ގައުމީ މަންހަޖަށް ވުމުން، އެ މަންހަޖު ފުރިހަމަކުރަން ފިންލޭންޑުގެ ނިޒާމުން ބައެއް ކަންތައްތައް ބޭނުންކުރާނެ ކަމަށެވެ.
ފިންލޭންޑުގެ ކަރިކިއުލަމަށް ކިޔަވައިދިން ނަމަވެސް އެއީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި އިސްލާމް ދީނާ ގުޅޭނެ މަންހަޖެއް ކަމަށް ފިންލޭންޑު ސްކޫލުން ބުންޏެވެ. ފިންލެންޑުގެ ޔުނިވާސިޓީން މާސްޓާސް ހަދާފައިވާ ތަޖުރިބާކާރު ޓީޗަރެއް ކޮންމެ ކުލާހެއްގައި މަސައްކަތް ކުރާއިރު ދިވެހި ޓީޗަރުން ހަރަކާތްތެރިވާނީ އެ ޓީޗަރުންނާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޭގޭމީހާ
11 April 2019
މި ސުކޫލްގެ ފީޔަކީ ކިހާވަރެއްބާ އަނެއްކާ؟
ކަމަނާ
08 April 2019
ޕްރައިވެޓް ސްކޫލް ހިންގާ ބިންތަކާ އިމާރާތްތައް ދިނުމުގައި ކޮރަޕްޝަން ރާއްޖޭގައި ވަރަށް ގިނަ. ސަރުކާރުން މިކަންކަންވެސް ބަލަންޖެހޭ. އަހުމަދިއްޔާ ބިން، ފަރީދިއްޔާ ސްކޫލް ފަދަ ތަންަތނުގެ ކަންކަން ވެސް
ދެރަވ
08 April 2019
ދެރަ. ރަނގަޅު ކަންކަން ނެތެކޭނުބުނަން. އެކަމަކު ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭންވާނީ މާއްދިޔަތަށްވުރެ ބޮޑަށް އުޚްރަވީ ޙަޔާތް ވެސް ބާއްޖަވެރިވާނޭފަދައިން. އިސްލާމްދީންގެ ރީތި ފޭރާމުން ޒީނަތްތެރިވެ ޢަޤީދާ ވަރުގަދަ ވާނޭގޮތެއްގެމައްޗަށް. އެހެންނޫނީ ދުވަހަކުވެސް އަހަރެމެންނަށް ސަލާމަތެއް ނުލިބޭނެ. މި ކޮމެންޓާ މިއަދު ދިވެހިން ދެކޮޅުވާނެ. އެމީހުންގެ ސިކުނޑިތައް ވަނީ ލޮލަށްފެންނަން ހުރި ކަންކަން ނުފެންނަވަރަށް ދޮވެފައި.
ސަހުމާ
08 April 2019
ޢެންމެ ސަލާމަތްކަންބޮޑީ ކޮންގައުމު ތަކެއްބާ؟
ކްލިޕް
08 April 2019
ސްކޫލެއްގެ ނަމަށް ބަލާފަ ބައެއް މީހުންނަށް ހީވޭ އެތަނުގެ ކަންކަން ހުންނާނީ ވަކި ގޮތަކަށޭ. އިންޓަރނޭޝަނަލް ސްކޫލެއްވިއްޔާ ބައެއް މީހުން ހީކުރަނީ އިސްލާމާ ދިވެއްސާ ގުރުއާނާވެސް ނުކިޔަވަދޭ ކަމަށް. އެކަމު ސަރުކާރު އެހެން ސްކޫލްތަކެކޭ އެއްގޮތަށް އެ ގްރޭޑެއްގަ ހަމަ އެހެން ސްކޫލްތަކެކޭ އެއްގޮތަށް ފިލާވަޅުތައް ކިޔަވައިދޭ އަދި ބައެއް ފަހަރު މާ ރަގަޅަށްވެސް ކިޔަވައިދޭ. ނަތީޖާ ނެރެވޭނީ ހަމަ ދަރިވަރަށް.
ދުއްރަބެ
08 April 2019
ނުވަތު ސިކުޑީގެ އަހުލުވެރިންނަށް އަބަދުވެސް ކަމުދާނީ ހަމައެކަނި ތިމާ ކުރާ ކަންތަށް. އެހެންމީހަކު ކުރާ އެއްވެސްކަމަކަށް ތަރުހީބެއް ނުދޭނެ..... ދުނިޔޭގެ ހުރިހާ ގައުމުތަކެއް މިއަދު މިވަނީ ގުޅި ލާމެހިފަ.. 18 ވަނަ ގަރުނު ގައި އުޅުނުގޮތް ބަދަލުކުރަންވީ، ނޫނީ ތިމާ ވާނީ ބާކީ.
ވަހީދު
08 April 2019
ތައިލީމީ ދާއިރާ ދިވެހިންގެ އަތުން ބީވެގެން މިދަނީ ވިސްނާ. ވަރަށް ބޮޑަށް ވިސްނާ. ސިއްޙީ ދާއިރާގެ ކޮންޓްރޯލް އިންޑިއާއިން ނެގީ އަޖީއެމްއެޗު މެދަށް ލައިގެން