ދަރުމަވަންތަ ހޮސްޕިޓަލް: އެތަނުގައި މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު
08 އެޕްރީލް 2019 - 11:48
އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ޚިދުމަތް ދޭން ފަށައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ބަދަލުކުރީ އައިޖީއެމްއެޗުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓެވެ. މިދިޔަ މަހުގެ 30 އިން ފެށިގެން ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުން އަންނަނީ އާ އިމާރާތުގެ ހަތަރު ވަނަ ފްލޯގަ އެވެ.
"އެހެން ބައެއް ޚިދުމަތްތައް ވެސް ބަދަލުކުރާނެ،" އައިޖީއެމްއެޗުގެ ތަރުޖަމާން، މުހައްމަދު މުފީދު ވިދާޅުވި އެވެ.
މި މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވަން ނިންމާފައިވާ އެތަނަށް ފުރަތަމަ ބަދަލުކުރާ ގޮތަށް އޮތީ، ފިޒިއޮތެރަޕީ ޑިޕާޓްމެންޓުގެ އިތުރުން އޯޕީޑީ އާއި އެކްސްރޭ އާއި ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެވެ. އެއީ، އާއްމުންނަށް އެންމެ ބޭނުންވާ ޚިދުމަތްތަކެވެ.
އެހެންކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އެ އިމާރާތުގަ އެވެ.
ހިނގާ މަގަކުން، ދެ އިމާރާތް ގުޅުވާލާފައިވާއިރު، ދެ ތަނުން ވެސް ޚިދުމަތް ހޯދަން އުނދަގުލެއް ނުވާނެ އެވެ. އާ، އިމާރާތް ޑިޒައިން ކޮށްފައި ވަނީ، އައިޖީއެމްއެޗުގައި އިމަޖެންސީ ފަރުވާދޭ ޑިޕާމްޓްމަންޓުން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލް: މިތަން ޝެންހުއާ އަށް ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭތޯ އޭސީސީން ދެ ވަނަ ފަހަރަށް އަންނަނީ ބަލަމުން. --ފޮޓޯ: ނިޝާން އަލީ/މިހާރު
ގްރައުންޑް ފްލޯ: ކޮފީ ޝޮޕަކާ އެކު ބޮޑު ހުސް ޖާގައެއް އާއްމުންނަށް ޚާއްސަކޮށްފައި.
ފުރަތަމަ ފްލޯ: ތަހުލީލް ކުރުމުގެ ހުރިހާ ޚިދުމަތެއް (އެކްސްރޭ، ސިޓީ ސްކޭން، އެމްއާރުއައި)
2 -3 ވަނަ ފްލޯ: އޯޕީޑީ، ބަލި މީހުން ބެލުމާއި ހަމުގެ ބަލިތަކުގެ ފަރުވާ.
4 ވަނަ ފްލޯ: ހައިޑްރޯ ޕޫލާ އެކު ފިޒިއޮތެރަޕީ އާއި ސްޕޯޓްސް ތެރަޕީ.
5 ވަނަ ފްލޯ: ހަމުގެ ޑިޕާޓްމެންޓެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ސަރަހައްދަކާއި އަންހެން/ފިރިހެން ނަމާދުކުރުމުގެ ޖާގަ.
6 ވަނަ ފްލޯ: އީއެންޓީ (ކަރުންމަތީގެ ބަލިތައް)، އޮފްތަމޮލޮޖީ (ލޮލުގެ ބަލިތައް) އަދި ޑެންޓަލް ޑިޕާޓްމެންޓް.
7 ވަނަ ފްލޯ: އެންޑޮސްކޯޕީ އާއި ކްލޮނޮސްކޯޕީ އަށް ބްރޮންކޮސްކޯޕީ އާއި އޮޕަރޭޝަން ތިއޭޓަރެއް.
8 ވަނަ ފްލޯ އާއި 14 ވަނަ ފްލޯ: މެޑިކަލް ސްކޫލް. ވަކިވަކިން ދެ ފްލޯ ދޭން ޖެހުނީ، މެޑިކަލް ސްކޫލް ހިންގާނެ ޖާގައަށް އެދުނުއިރު، އެހެން ތަނެއް ހުސްކޮށް ނެތުމުން.
9 ވަނަ ފްލޯ: ގިނަ ތަހުލީލުތަކެއް ކުރެވޭ، ޒަމާނީ ފެންވަރުގެ ލެބޯޓްރީއެއް.
9 -10 ވަނަ ފްލޯ: ކާޑިއެކް ސެންޓަރު.
11 ވަނަ ފްލޯ: ކެތު ލެބު (ހިތުގެ އޮޕަރޭޝަންތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރާ)އި ރާއްޖޭގައި މުޅިން އާ، ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރު. އޭގެ އިތުރުން ކާޑިއޯ ކެއާ ސެންޓަރުގެ 10 ކިއުބް.
މީގެއިތުރުން ދެން ހުރި ފްލޯތައް ބޭނުން ކުރާނީ ހަތަރު އޮޕަރޭޝަން ތިއޭޓަރާއި ބަލި މީހުން ޕްރައިވެޓް ރޫމްތަކާއި އެގްޒެކެޓިވް ރޫމްތަކުގެ އިތުރުން ޑޮކްޓަރުންގެ އެކޮމޮޑޭޝަން ފަދަ ޚިދުމަތްތަކަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފްލޯ ބޭނުން ކުރާނީ މާލޭގެ މަލަމަތި ފެންނަ ހިތްގައިމު ރެސްޓޯރެންޓަކަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލް: އެތަނުގައި މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައި. --ފޮޓޯ/މިހާރު
ޔާމީންގެ ސަރުކާރުން މި ހޮސްޕިޓަލް އިމާރާތް ކުރީ ސިއްހީ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށެވެ. ރާއްޖޭގެ އެންމެ އަގު ބޮޑު އިމާރާތް، ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށް ޖޫން، 5، 2016 ގައި މަސައްކަތް ފެށީ ދެ އަހަރުން ނިންމުމަށެވެ. އެކަމަކު، އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ލަސްވީ ވަސީލަތްތައް ހޯދަން ހަވާލުކުރި ކުންފުނިތަކަށް ދިން ތާރީޚުތަކުގައި އެކަން ނުވެގެން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ތަރައްގީގެ ރަމްޒު ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ސިފަކުރާއިރު، ސަރުކާރު ކޯލިޝަނުން ދެކެނީ އެއީ، ކޮރަޕްޝަންގެ ބިނާއެއްގެ ގޮތުގަ އެވެ. މި މަޝްރޫއަށް 140 މިލިއަން ޑޮލަރު ހަރަދު ކުރާއިރު މިއީ، މިފަދަ ދެތިން އިމާރާތުގެ އަގު ކަމަށް އިމާރާތްކުރުމުގެ ދާއިރާގެ މީހުން ދެކެ އެވެ. އެއަށް ރައްދު ދީ، ޔާމީންގެ ސަރުކާރުން ބުނެފައި ވަނީ، މުހިއްމީ ހޮސްޕިޓަލް އަވަހަށް ނިންމައި ޚިދުމަތް ދިނުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމާ
11 April 2019
މަހަމަ އަންތަރީސް، މަ ހީކުރީ އަދި ދަރުމަވަންތައަކީ މުޅިން އެހެން ހޮސްޕިޓަލެއް ކަމަށް، މިލިއަނުން ޚަރަދުކުރީ ރައްޔިތުންނަށް ޓާރޝަރީ ފެންވަރުގެ ސިއްޚީ ޚިދުމަތް ދޭންކަމަށް. އަހަރެން ހަމަ އެއްގޮތަކަށްވެސް ހިތަށްވެސް ނާރާ މިހާރު މިއޮތް ފެންވަރު ނެތް އައިޖީއެމްއެޗްގެ ޑިޕާރޓްމަންޓް ތައް އައު އިމާރާތަކަށް ބަދަލުކޮށް ނަން ބަދަލުކޮށްލީ ކަމަކަށް
އިބުރާހީމް:
09 April 2019
ވައްކަމޭ ކިޔައިގެން އެރުވީ ހުސް ފޭކުއަޑު. މިހާރުމީހުނަށް ފަސޭހައިން ގަބޫލުވެސް ކުރެވެނީ ފޭކު ވާހަކަ. މީ ވަރަށް ވާހަކަ! ވައްކަންކުރިނަމަ ހައްގު އަދަބުވެސް ލިބުނީސް.
އުމަރުމަނިކު
09 April 2019
ވައްކަން ކޮށްގެން ވެސް އެބަޖެހޭ މިރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅު ކުރަން. މިރާއްޖޭގެ ރައްޔިތުން ބޭސްފަރުވާ ކުރުމުގައި ހުރި ދަތިތައް އެގޭނެމަ ވައްކަމޭ، ކޮރަޕްޝަނޭ ނުކިޔާނެ. ކުރީގެ ރައީސް ޔާމީނު ރައްޔިތުންނަށްޓަކައި އަޅުއްވާ ދެއްވި ދަރުމަވަންތަ ހޮސްޕިޓަލަކީ ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރަމުންދާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނިއުމަތެއް. ރައީސް ޔާމީނު ދިވެހި ރައްޔިތުންނަށްޓަކައިވި މިޤުރުބާނީ އަގަކީ ޖަލަށް ދިއުންތޯ؟ ހިތާމަކުރަން.
އެސް
08 April 2019
ޝުކުރިއްޔާ ތަރައްޤީގެ ބާނީ ރައީސް ޔާމީން.... ކޮރަޕްޝަން އޮތިއްޔާ މައްސަލަ ހަމަ ބަލަންވީ، ސުޕަ މެޖޯރިޓީ ރައްޔިތުން ދީފަ އެއޮތީ ، އެކަމު ތަރައްޤީގަ ޔާމީން އާ ވާދަކޮށްލެވޭނެކަމަކަށް ލަފައެއްނުކުރެވޭ ، މިހާރު އޮތީ ނިޒާމު ބަދަލުކުރަން ޖެހިފަކަމަށް ނަށީދު ބުނަނީ، ދެން ކޮން ތަރައްޤީ އެއް ކުރެވޭނީ
ލައުރާ
09 April 2019
ވައްކަމުގަ ވާދަ ނުކުރެވޭނީ 50 ބިލިޔަން ރުފިޔާގެ ދަރަނި ބާއްވާފަ އަމިއްލަގެ ހަދާފަ 100 މިލިޔަން ރުފިޔާ އެކައުންޓްގަ ހުރީ ކޮންތާކުން ހޯދާފަ
މަލްޑީވިއަންޓް
08 April 2019
ގެއްލުވާލައި އޮޅުވާލެވޭ ވަރަށްވުރެ އިމާރަތް ބޮޑީއެވެ. ކިޔާނެ އެއްޗެއް ނެތީމާ މުޅި އިމާރާތް އެއީ ކޮރަޕްޝަން ކަމަށް ރައީސް މީހާ ބުނެފިއެވެ. އެހެނަސް އެއީ ހަމަ ޔާމީނުގެ ތަރައްގީގެ ފިކުރު އަބަދަށް ފެންނާން ހުންނާނެ އިމާރާތެކެވެ.
އިންސާފް
08 April 2019
އެއް ލާރީގަ ޖެހުނަސް މާތް ރަސްކަލާންގެ ޙަޒްރަތުގަ ގައުމް ކޮމްމެ މީހެއް ގެ ހަގްގަށް އަރައިގަތުމުގެ އަދަބް ލިބިލައްވާނެ .މޮޅަ ދެނިވޮޑިގެންވަނީ ހަމަ އަކަނި މާތް ރަސްކަލާންގެ އަށް.
ހާޖަރ
09 April 2019
މިއީ އަޅުގަނޑުމެން ބުނާވާހަކަ. އެއްވެސް އިންސާނަކަށް، ހައްދުގެ ކުށެއް މަތިކުރަންވާނީ، އެކަމަށް ކަނޑައެޅިފައިވާ މުއައްސަސާތަކުންނޭ. އަޅުގަނޑުމެންނަކީ، މީހުންގެ އަބުރު ކަތިލުމުން، ފާފަވެރިވާ ބަޔަކަށް ވުމުގެ ބޭނުމަކީ ކޮބާ؟ އެމީހަކު ކުރި ނުބައިކަމެއް އުފުލާނީ އެމީހާ. ފާސިގު ޢަމަލުތައް ގިނަވެއްޖެނަމަ އެތަނެއް ހަލާކުކުރައްވާނެ.
ބިންސާފް
09 April 2019
ލާރީގަ އެކަނި ޖެހިގެންނެއް ނޫން އަދަބު ލިބޭނީކީ. މިހާރު އެންމެ ގަދައަށް ދެކެވޭނީ ތިޔަ ލާރިއެއްގެ ވާހަކަ. އެއަށްވުރެ ބޮޑެތި އެއްޗެހީގަ ޖެހުނަސް ދެން ކުރެވޭނެ ކަމެއް ނޯންނާނެ.
މަހަށްދޭދޭ
08 April 2019
ތިޔާއީ ތަމެން އެޅިހޮސްޕިޓަލެއްތޭ ނޫންދޯ ދެން ތަމެން މަހަށްދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...
ދިވެއްސެއް1
08 April 2019
ފަސްތަރީގެ ރިޜޯރޓެއް ހަދަން ކިހާ ފައިސާއެއްބޭނުންވާނެބާ؟ އަޅުނގަޑަށް އެގޭގޮތުގައި 100-120 މިލިއަންޑޮލަރަށް ހެދޭކަމަށްވޭ؟
އިންޖިނިޔަރެއްނޫން
09 April 2019
މިހާރު ފަސްތަރީގެ ރިސޯޓެއްހެދުމައް ދާނީ ގާތްގަނޑަކައް 1200 ޑޮލަރު ކޮޓަރިޔެއްގެ މަގުން ބިނާކުރާ ކޮޓަރީގެ ނިސްބަތުން. މިސާލަކައް 150 ކޮޓަރި ނަމަ 180 މިލިޔަން. ދެން އޮތީ ވާޓިކަލް 25 ބުރީގެ ކޮންކްރީޓް ސްރަކްޗާ ގެ އަގުގެ ތަފާތުކަން. މެޑިކަލް އިކުއިޕްމެންޓް ގެ އަގު ހައިޑްރޯ ތެރެޕީ ޕޫލް އާއި އެކު. މަށެއް މަގޭ ގެހަދާކައް ނުދޭނަން މި އިމާރާތް މާއަގުހެޔޮކޮއް އެޅޭނެ ޔޭއެބުނާބަޔަކައް.
ވައިކަރަދޫ ކަނބުރު ނަސީރު
08 April 2019
ޝުކުރިއްޔާ ރައީސް އިބޫ
ތަނބުރު
09 April 2019
އެ ބިލްޑިންގ އަދި ތަޅާނުލާތީތަ؟
ރޮބިންހޫޑް
08 April 2019
ބްރިޖު އެޅީ ވަގުކަލޭގެ. 25 ބުރީގެ ޒަމާނީ ހޮސްޕިޓަލްއެޅީ ވަގުކަލޭގެ އެއާޕޯޓް ހޯދައިދީ ތަރައްޤީކުރީ ވަގުކަލޭގެ ހުޅުމާލެ ބުރިބުރިއަށް އެހެރަ ހިއްލާލަނީ ވަގުކަލޭގެ. ހުޅުމާލޭގައި ސަރަހައްދުގައި ނެތް ފެންވަރުގެ ވޯޓަރ ޕާކެއް އެޅީ ވަގުކަލޭގެ ރާއްޖޭގެ އެތައް ސަރަހައްދެއްގެ އެއާރޕޯޓްތައް އެޅީ ވަގުކަލޭގެ. މާމަ އާ ކާފައަށް 5ހާސްރުފިޔާދީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިމާޔަތްދިނީ ވަގުކަލޭގެ. މިވަރުގެ ވަގެއް އަހަރެން ކިތަންމެ ހާވެސް ބޭނުން.
ހާމިދު ޝާހިދު
08 April 2019
މިއީ ހަމަ ފައްކާ ރޮބިން ހުޑެއް. ފަހުޒަމާނުގެ ރޮބިން ހުޑްތާ...! 5 ފަސް އަހަރުގެ ތެރެއިން ފުރަތަމަ 12 މަސް ދުވަހުގެ ތެރޭގައި ވައުދަކަށް ވާކަހަލަ ވައުދެއް ނުފުއްދޭނަމަ ރައްޔިތުން ނުކުމެ އަލުން ރޮބިން ހުޑާ ވެރިން ހަވާލު ކުރާނެ.
ކިންގް
09 April 2019
ރޮބިން ހުޑް ކަން ރަނގަޅައް ކަންކޮއް އަދި ކުރާނަމޭ ހިތާ އުޅެނިކޮއް ޔޫކޭ ކިންގް ނަޝީދް ދަ ތާރޑް އައް މިކަންމިގޮތައް ގޮސްފި ނަމަ އޭނާގެ ނަން ފޮހެވިދާނެ ކަމުގެ ބިރައް، ފަންޔެއް ވައްޓާލާ ރައްޔިތުންގެ ފައިސާ ދަވާލީނުން. ދެން ފަހެ އަނބުރާ ގޮނޑިޔައް ވަޑުވާން ތައްޔާރުވަނީނުން. ބާރައް އަތްޖާހާ. ބޮޑުމަންޒަރު ފެންނާނެ.
ހިލީ
08 April 2019
ހިސާބަށްވުރެ ބިޔަބޮޑު ލޮލަށް ގެއްލުވާނުލެވޭވަރުގެ ބިލްޑިންގއެއްގެ ވާހަކަ ވީމަތަ މި ޚަބަރު ގެނެސްދިން އިރު އެސަރުކާރުން ކުރިކަމެކޭ ލިޔެލާފަ މިއޮތީ. އެހެން ކަންކަންވެސް އެ ސަރުކާރުން ބޮޑުބައި ނިންމާފަ ހުރި ކަންކަން ގެނެސްދޭއިރު އެވާހަކަ ނުލިއުމަކީ ހަގީގަތް ފޮރުވުން. މިހާރު މި ސަރުކާރަށް ބޭނުންވާ ސަޕޯޓެއްނެތުމުން ކުރިއަށް އޮތްތަނުގައި ގެންނަ މައުލޫމާތުގައި ކުރީ ސަރުކާރަށް ލިބެންވާ ކްރެޑިޓް މިގޮތަށް ދެވޭނެބާ.