ރިޕޯޓް / ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ގާސިމް، ޔާމީނާ އެކު އެޅުއްވި ގޯސް ފިޔަވަޅު!

ރައީސް ޔާމީނާއި ގާސިމް ސަލާމް ކުރައްވަނީ: ޔާމީނާ އެކު ގާސިމް ސިޔާސީ މަސައްކަތް ކުރަން ޖޭޕީން ދެކޮޅު..---މިހާރު ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، މާމިގިލީ ދާއިރާ އަށް ކޮންމެ ފަހަރަކު ވެސް އިންތިޚާބު ވެވަޑައިގަންނަވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އާ ގާނޫނުއަސާސީގެ ދަށުން 2009 އަދި 2014 ގައި ބޭއްވި އިންތިޚާބުގައި އެ ދާއިރާ އިން 80 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދެވި އެވެ. އެހެން ކެންޑިޑޭޓަކަށް ވޯޓުގެ ގޮތުން، އެމަނިކުފާނާ ގާތް ވެސް ނުކުރެވެ އެވެ.

އުފަން ރަށް، ހިމެނޭ އެ ދާއިރާ އަށް ވެދެއްވާ އެހީތެރިކަމާ ހެދި އެވެ. އެ ގޮނޑި 2014 ގައި 80 ޕަސެންޓު ވޯޓުން ގާސިމް ކާމިޔާބު ކުރެއްވި އިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 16 ޕަސެންޓެވެ.

އެކަމަކު، މިފަހަރުގެ ނަތީޖާ ތަފާތެވެ؛

މިދިޔަ ހޮނިހިރުދުވަހު ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމަށް ގޮނޑި ދިފާއު ކުރެއްވުނީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރައްވައި ވަރަށް ހަނި ގޮތަކަށެވެ. ގާސިމަށް ކުރި ލިބިވަޑައިގަތީ އެންމެ 94 ވޯޓުންނެވެ. މިއީ، އެ ދާއިރާގައި އެމަނިކުފާނުގެ މަގްބޫލުކަން ދަށްވެ، އެމްޑީޕީ އަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެ ޕާޓީން ދެކެ އެވެ.

ގާސިމްގެ ދާއިރާ އިން އެކަންޏެއް ނޫނެވެ؛ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީ، މި އިންތިޚާބުގައި ވާދަކުރި ގިނަ ދާއިރާތަކުން ވެސް ލިބުނީ އެ މެސެޖެވެ. ރިޔާސީ އިންތިޚާބުތަކުގައި ކާމިޔާބީ އަށް ނަތީޖާ އަނބުރާލާ ޕާޓީގެ ފަޚުރު އޮންނަ، ޖޭޕީން މި އިންތިޚާބުގައި 41 ގޮނޑި އަށް ވާދަކުރި އެވެ. އެކަމަކު އެ ޕާޓީ އަށް ލިބުނީ އެންމެ ފަސް ގޮނޑި އެވެ.

ޖޭޕީ އަށް 2014 ގެ އިންތިޚާބުގައި 15 ގޮނޑި ލިބުނެވެ. ފަހުން، ޖުމްހޫރީ ޕާޓީ އަށް ވަން މެމްބަރުންނާ އެކު މިހާރު ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ 22 މެމްބަރުން އެބަ ތިއްބެވި އެވެ. އެ އަދަދު މި އިންތިޚާބުގައި ފަހަކަށް ވެއްޓުމަކީ ޖޭޕީ އަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެކެވެ.

ނުފޫޒު ގަދަ ބޭފުޅުންތަކެއް ޖޭޕީގައި ތިއްބެވި ނަމަވެސް ސިޔާސީ ގޮތުން އެ ޕާޓީގެ ބާރުވެރިކަމެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނޯންނާނެ އެވެ.

ޔާމީނާ ގުޅުން: ބޮޑު ނާކާމިޔާބެއް!

ރާއްޖޭގެ ކުރިމަގާއި ސިޔާސީ މަސްރަހު ބައްޓަންވާނީ މި ހޮވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށެވެ. އެކަން ސިޔާސީ ގޮތުން ތަޖުރިބާކާރު، ގާސިމަށް މާ ބޮޑަށް ވެސް ސާފުވެވަޑައިގަންނަވަ އެވެ. އެކަމަކު މިހާ ބޮޑު ނާކާމިޔާބީއަކާ އެމަނިކުފާނުގެ ޕާޓީން ކުރިމަތިލާން ޖެހުނީ ކީއްވެ ހެއްޔެވެ؟

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު، މަޖިލިހުގެ ރައީސް ގާސިމް ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލިސް

ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި ސަބަބަކީ، "ވާރޭ އޮއްސާހެން" މި އިންތިޚާބުގައި އެމްޑީޕީން ފައިސާ ބެހުމެވެ. ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ތުހުމަތުގެ އިނގިލި ދިއްކުރައްވަނީ ގާސިމަށެވެ. ހުއްޖަތާ ވެސް އެކުގަ އެވެ.

އެއް ކަމަކަށް، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދިނީ، ޚުދު ގާސިމް ވެސް ތަހައްމަލް ކުރެއްވި އަނިޔާ އާއި ބޭއިންސާފާ ދެކޮޅަށް ކަން ހަނދާން ނައްތާލެއްވުމެވެ. "އެކޮޅުކޮޅުން އެލުވައި، ކާޅަށް ކޮށައި ކާންދިނަސް" ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދާ ވެސް ޚިލާފުވެވަޑައިގަތުމެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން، ގާސިމް ނުކުންނަވައި، ޔާމީނާ ގުޅިވަޑައިގަތުމަކީ މުޅި ޕާޓީ އަށް ލޮޅުން އައި ކަމެކެވެ.

އެފަދަ ނިންމުމެއް ނިންމޭނީ ޖޭޕީގެ ކައުންސިލުންނެވެ. އެކަމަކު، އެ މައްސަލައިގައި ޖޭޕީގެ ކައުންސިލް ބާއްވައި މެމްބަރުންގެ ރުހުން ހޯދައިފައެއް ނުވެ އެވެ. ޔާމީނާ ގުޅިވަޑައިގަތުމަކީ ގާސިމްގެ އަމިއްލަ ނިންމެވުމެކެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުން، އެ ޕާޓީގެ ލީޑަރު ގާސިމް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ޖޭޕީ

އިންތިޚާބުގައި ޖޭޕީން، އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ އެކުގައި ވާދަކުރަން އަނގަބަހުން އެއްބަސްވެ، އެއް ބަޔަކު ވާދަކުރާ ގޮނޑިތަކަށް އަނެއް ބަޔަކު ވާދަނުކުރަން ނިންމައި އިއުލާންކުރުމުން ޖޭޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނެވެ. މި އިންތިޚާބުގައި އެ ގުޅުމުން ދެ ޕާޓީ އަށް ވެސް ވީ ގެއްލުމެވެ. ގިނަ ދާއިރާތަކުގައި ޖޭޕީ އާއި އިދިކޮޅު ޕީޕީއެމްގެ ވޯޓުތައް ބައިިބައިވެ، ފައިދާވީ އެމްޑީޕީ އަށެވެ.

ޖޭޕީއާ އެއްކޮޅަށް އަރާ ކޮންމެ ބަޔަކާ އެކު ސިޔާސީ މަސައްކަތް ކުރަން މަޖުބޫރުވީ، ގާސިމް ވިދާޅުވެފައިވާ ގޮތުގައި، ރިޔާސީ އިންތިޚާބު ނިންމައި މަޖިލީސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން އެކުގައި ވާދަކުރަން ވީ އެއްބަސްވުމާ އެމްޑީޕީން ޚިލާފުވުމުންނެވެ. ރިޔާސީ އިންތިޚާބު ނިމުމާ އެކު އެމްޑީޕީން އަމިއްލަ މަސްލަހަތު އިސްކޮށް، ވެރިކަން ލިބުނު ގޮތް ހަނދާން ނައްތާލީ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު، ނަން ހާމަނުކުރަން ޝަރުތުކޮށް ވިދާޅުވީ، މި އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީ އަކީ "ޖޭޕީގައި ތިބި ބައަކު އަމިއްލަ އެދުމަށް ކުރި ކަންކަމުގެ ހިތި" ކަމަށެވެ. ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރެއްވުމަކީ ގާސިމް ހެއްދެވި އެންމެ ބޮޑު ގޯސް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަސްލަކީ ޖޭޕީއާ ފަހުން ގުޅުނު ނުފޫޒު ގަދަ ބަޔަކު ބޭނުންވީ، ގާސިމް ބޮލަށް އެރިގެން އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުން ވެސް މަޖިލީހަށް އިންތިޚާބުވާން. އެއީ، އެ މީހުންނަކަށް އެމްޑީޕީގެ ވޯޓެއް ނުލިބޭނެ. ހަގީގަތުގައި އެމްޑީޕީއާ އެއްކޮށް، ގޮނޑިތައް ނުބެހުނަސް އަނިޔާވެރިކަން ނިންމަން ނުކުތް ކެންޑިޑޭޓުންނާ އެއްކޮށް ނުކުތް ނަމަ، ޖޭޕީ އަށް ގިނަ ގޮނޑިތައް ނެގޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ވާހަކަ އަށް ބާރު ދެއްވަން އޭނާ މިސާލު ނެންގެވީ، ކެންދޫ ދާއިރާ އިންނެވެ. އަލީ ހުސެއިން އެ ގޮނޑި ދިފާއު ކުރެއްވީ އެމްޑީޕީން އެ ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓު ބަލިކުރުމަށް ފަހު އެވެ.

"މާނައަކީ އަނިޔާވެރިކަމާ ދެކޮޅު މެމްބަރުންގެ އަތުގައި އެމްޑީޕީގެ އާއްމު މެމްބަރުން ހިފަހައްޓައިގެން ތިއްބޭ."

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިއްމު ބައެއް ބިލްތައް، މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިންނަވައި ފާސްކުރަން ހުރަސްއެޅުމަކީ ވެސް ރައްޔިތުންގެ ނުރުހުން އަމާޒުވި ކަމެކެވެ. އޭގެތެރޭގައި، ދައުލަތަށް ގެއްލުނު ފައިސާ އާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން ރައީސް އުފެއްދެވި ކޮމިޝަންތަކަށް ބާރު ދޭ ބިލް ހިމެނެ އެވެ.

އަނެއް މައްސަލައަކީ މި އިންތިޚާބަށް ޖޭޕީން އެކަށީގެންވާ ކެމްޕޭނެއް ނުކުރުމެވެ. ގާސިމާއި ޔާމީން އެކުގައި ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު ޕާޓީގެ އެތެރޭގައި އުފެދިފައި އޮތް ކޯޅުމާ ހެދި ޖޭޕީ އޮތީ ދެ ފަޅި ވެފަ އެވެ. އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ގާސިމާއި ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުން ވެސް ރަށްތަކަށް ވަޑައެއް ނުގަންނަވަ އެވެ. އޭގެ ބަދަލުގައި، ޖޭޕީގެ އިސް ބައެއް ބޭފުޅުން ފެނުނީ އެމްޑީޕީގެ ކެމްޕޭނުންނެވެ.

މި ހުރިހާ ގޯސްތަކެއް ހިނގައި ދިޔައިރު، ޖޭޕީ ކައުންސިލް މެމްބަރުންގެ ތެރެއިން ވެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް އަދި ސަރުކާރަށް އެއްބާރުލުން ދޭން ބޭނުންވާ މެމްބަރުން "ހިމޭނުން ނުތިބި ނަމަ" ވެސް ޖުމްހޫރީ ޕާޓީ އަށް މިހާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ދެކެވަޑައިގަންނަވަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައްޔިތުން ދިނީ އެއް މެސެޖެއް!

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ރައްޔިތުން މިދިނީ އެއް މެސެޖެކެވެ. އެއީ، އަދިވެސް ދިވެހިން ތިބީ ބޭއިންސާފާއި އަނިޔާއާ ދެކޮޅަށް ކަމެވެ. ހަމަޖެހުމާއި އަދުލު އިންސާފަށް ބޭނުންވެފައި ކަމެވެ.

އިދިކޮޅު ޕާޓީތަކަށް މެޖޯރިޓީ ލިބުމުން ވާނެ ގޮތް ރައްޔިތުންނަށް ސާފެވެ. އަދި ވެރިކަން ކުރާ ޕާޓީ އަށް މެޖޯރިޓީ ލިބުމުން ގައުމު ގެންދިޔަ މިސްރާބު ވެސް، ޔަމީންގެ ވެރިކަމުގައި، ރައްޔިތުން ތަޖުރިބާކޮށްފި އެވެ. މިކަންކަން އެނގި ތިބެ ރައްޔިތުން މި އިންތިޚާބުގައި ސާފު އަޣުލަބިއްޔަތު ދިނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށެވެ. މަޖިލީހުގައި މިހާތަނަށް އެއް ޕާޓީއަކަށް 65 ގޮނޑި ލިބިފައެއް ނުވެ އެވެ.

މި އިންތިޚާބުގައި ރައްޔިތުން ނިންމާފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދެވުމަށް އެމަނިކުފާނަށް ފުރުސަތެއް ދިނުމަށެވެ. ގައުމު ހަމަ މަގަށް އަޅުވައި އިންސާފު ކަށަވަރުކޮށް، ހެޔޮ ވެރިކަމަކަށް ކުރާ މަސައްކަތްޕުޅުގައި އެމަނިކުފާނަށް އެއްބާރުލުން ދިނުމަށެވެ.

"މި އިންތިޚާބަށް ގާސިމަށް ލަފާ ދެއްވި ބޭފުޅުން ލަފާ ދެއްވީ ގޯސްކޮށް ކަން އެ އޮތީ ފެންނަން،" ޖޭޕީގެ ބޭފުޅަކު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީން އަހުދުވީ ގައުމަށް ހަމަޖެހުން ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ކުރިއަށްދާން. އެ މިސްރާބަށް ޕާޓީ މިސްރާބު ޖަހަން ޖެހޭ."

ފެންނަން އޮތް ހަގީގަތަކީ، ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރަން އުޅުމުގެ ނަތީޖާ ޖުމްހޫރީ ޕާޓީ އަށް ހިތި ކަމެވެ. އެއީ މާ ބޮޑަށް ވެސް ގޯސް ފިޔަވަޅެއް ކަމެވެ. ގާސިމާއި ޖުމްހޫރީ ޕާޓީ އަށް ވެސް ދެން އޮތީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުމެވެ. ސިޔާސީ ގޮތުން ދެން ކުރިއަށްދާނެ އާ މިސްރާބެއް ކަނޑައެޅުމެވެ. ގާސިމްގެ ވިސްނުންފުޅާއި އަމަލްތައް ނާކާމިޔާބު ވުމުން އެމަނިކުފާނުގެ މިސްރާބު ވެސް މި އޮތީ ބަދަލުކުރަން ޖެހިފަ އެވެ.

126 ކޮމެންޓް, 226 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 3%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގާސް

16 April 2019

ކޮބާ ހަގޮނޑިޔަށްވީ ކިހިނެއް

The name is already taken The name is available. Register?

ފާޒް

16 April 2019

ޢިބުރަތްތެރިލިޔުމެއް

The name is already taken The name is available. Register?

ޒުލްފިގާރު އަލީ ބުއްޓޫ

10 April 2019

ފައިސަލް އެހިރީ ބޮޑު ހުވައެއް ކޮއް ގެން ޤާސިމް ބުނާހާ ގޮތެއް ހަދާކައް ނުޖެހޭނެ ޤާސިމް އަކީ އަބަދުވެސް ކޮންމެކަމެއް ހަމަމަގުން ނައްޓުވާލުމުގަ ލާމަސީލްމީހެއް ބޭނުން ވާގޮތް ނޫން ގޮތެއް ވެއްޖެއްޔާ ޖާނާމާލް ގުރުބާންކޮއް ހަދާނެ ލާރިއޮތަކަސް ﷲސުބުހާނަހޫގެ އިޒްނަޔާނުލާ އެއްކަމެއްނުވެވާނެ ކަން ދަންނާތި މަކަރުވެރިން ނުބައި ދަންމަޅި ތަކުން މިގައުމު ސަލާމަތް ކުރައްވާށި" އާމީން"

The name is already taken The name is available. Register?

މިހާރު

09 April 2019

ޖޭޕީއަށް ލިބުނު ނާކާމިޔާބުގެ ޒިންމާއުފުލަންޖެހޭނީ ޖޭޕީގެ އިސްވެރިން ޚާއްސަކޮށް ފައިސަލްނަނީމް

The name is already taken The name is available. Register?

ހިރިޔާ

09 April 2019

ގާސިމު އިބުރާހިމަށް ނާކާމިޔާބުވީ ރ ޔާމީނުއާއުޅުމުން މުއުމޫނާއި އަދާލަތަށް ކާމިޔާބެއް ނުލިބުނީ ކީއްވެ ހުރިހާވެސް މައްސަލައަކީ މިސަރުކާރުގެ އަނިޔާވެރިކަން

The name is already taken The name is available. Register?

ގުދުގުދާ

09 April 2019

ޔާމީނު ސަރުކާރުގައިއެސަރުކާރުގެ ވެރިންގެ ގާތު އާދޭސް ދަންނަވައިގެންނޫނީ އެއްވެސް ކަމެއް ފުލެޓްގަނޑެއް،ވެސް ނުލިބޭ!މިއީ ރައްޔިތުން ބޭނުންވާގޮތެއްނޫން!މިކަމާ ރައްޔިތުން ތިބީ ރުޅިގަދަވެފަ! މެޑަމް ކައިރީގައިބުނެގެން ފުލެޓްހޯދަންޖެހޭނީ!މިސަރުކާރުން މިހާރު އެއުޅެނީ ޤާނޫނުން ކޮންމެ ރައްޔިތަކަށް ބޯހިޔާވެހިކަން ހޯދަން! އޭރުންއިގޭނެ ކޮންމެ ރައްޔިތަކަށް ފުލެޓްލިބޭނީ މިވެނިއަހަރެއްގެ މިވެނި ދުވަހެއްގެކަން!ރަތްދަކައަވި،ވެހޭހާވާރޭއެއްގަ ކިއުގަހުންނާކައްޖެހޭނެ

The name is already taken The name is available. Register?

ރައްޔިތުމީހާ

09 April 2019

ނަޝީދު ބުނިތާ ޔާމީނާ ގުޅިގެން ގާސިމަށް 6 ގޮނޑިވެސް ނުލިބޭނޭ. ކަންވީވެސް އެހެން. ނަޝީދުގެ ހިސާބު ހަމަމޮޅީ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

09 April 2019

ޤާސިމް ފެއިލްވީ މައިގަނޑު 3 ސަބަބެއް އޮވެގެންކަމަށް މަމެން ދެކެމެވެ. 1. ރައްޔިތުން ނަށް އަނިޔާ ކޮއްފައިވާ ވެރިއެއްގެ އަތުގައި ހިފައިގެން ރައްޔިތުން ނާއި ދެކޮލައް ނުކުތުން. 2. ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ވައްޓާލުމުގެ މޭސް ތިރިއަކަށްވެ ހުރެ އެކަމާއި ގުލުން ހުރި އިސް ބައެއް ގޮވައިގެން ރައްޔިތުންގެ ތެރެއަށް އެވެރިން ޕްރޮމޯރޓް ކުރުމަށް ނުކުތުން. 3. ރައްޔިތުންގެ ހިތުގެ އެންމެ ފުންމިނުން ލޯތްބާއި ޤަދަރު ހޯދާފައިވާ ކުރީގެ ރައީސް ނަޝީދާއި ޒާތީވުން.

The name is already taken The name is available. Register?

ޔާނު

09 April 2019

ހަގީގަތުގައި ގާސިމާ ގުޅުމުން ލަނޑު ލިބުނީ ޔާމީނަށް. ހަމައެކަނި އެިދިކޮޅުގައި އޮތީ ޕީޕީއެމްކަން ސާފުކޮށް އެނގެން ރައްޔިތުންނަށް އޮއްވައި ގާސިމާ ގުޅުމުން އެގަހުކޭލެއް މިގަހުކޭލެއް ނޭނގި ވޯޓުތައް ފޮތިފޮތިވީ.

The name is already taken The name is available. Register?

ދެކުނު މުފައްކިރު.

09 April 2019

ޔާމީން އަދި ގާސިމްގެ ގޯހަކަށްވީ މައުމޫނުގެ ޕަޕެޓަކަށް ނުވީމާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454