ހުޅުމާލެ ފުޑް ކޯޓުތައް ތަރައްގީ ކުރާ ސަރަހައްދު--ފޮޓޯ:އާކައިވް
15 އެޕްރީލް 2019 - 10:55
ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި އަލަށް ހެދި މާރުކޭޓުގެ 57 ގޮޅިއަކާއި ފުޑް ކޯޓްތައް ކުއްޔަށް ދޫކުރަން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭ ފެރީޓާމިނަލް ކައިރީގައި ހެދި "ރަށު މާރުކޭޓު"ން މޭވާ އާއި ތަރުކާރީ އާއި އެހެނިހެން ކާބޯތަކެތި ވިއްކަން 37 ގޮޅި ކަނޑައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން 20 ގޮޅިއެއް ހާއްސަކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް ވިއްކުމަށެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި އުޅޭ މީހުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް، ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީ އާއި ދިވެހި އުފެއްދުންތަކާއި ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ އެކު އެއްތަނަކުން އަގު ހޮޔެކޮށް ލިބޭނޭ އިންތިޒާމެއް ހަަމަޖައްސަން ހެދި މާރުކޭޓުގެ ކޮންމެ ގޮޅިއެއްގެ ބޮޑުމިނަކީ 69 އަކަފޫޓް ކަމަށެވެ.
ގޮޅިތައް ކުއްޔަށް ހިފަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި، 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި ކުރާ ވިޔަފާރި އަކީ ހަ މަސް ވެފައިވާ ވިޔަފާރިއަކަށް ވުން ހިމެނެ އެވެ. ޕްރައިވެޓް އަދި ޕަބްލިކް ކުންފުންޏެއްގެ ނަމުގައި ފޯމު ހުށައެއް ނޭޅޭނެ އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ 9:00 އިން މެންދުރު ފަހު 3:00 އާ ދެމެދުގަ އެވެ.
މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 10،500ރ. ހުށަހަޅަންޖެހޭ އިރު މަހު ކުލީގެ ގޮތުގައި 3،500ރ. ދޭން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި ފުޑް ކޯޓު ހިންގަން ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 100،000ރ. ހުށަހަޅަން ޖެހެ އެވެ. ދިހަ އަހަރަށް ކުއްޔަށްދޭ ފުޑް ކޯޓުގެ އަގަކީ އަކަފޫޓަކަށް 30ރ. އެވެ. އެގޮތުން ގްރައުންޑް ފްލޯއިން 4،879 އަދި އެއް ވަނަ ފްލޯ އިން 3،049 އަކަފޫޓްގެ ތަންތަން ލިބެން އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބާއައިސަާ
16 April 2019
ތިތަނަށް ފޯމް ލެވިދާނެ އެކަމަކު ލިބޭނެބާ، ކުރީބައިގައި ހުންނާނީ ދޫކޮށް ނިމިފައި، އާހާބަރު ފުޑްކޯޓްތަކަށް ފޯމްލައިފަ ކަންތައްތައް ރަނގަޅަށް ބަލާލިއިރު މަޖިލީހުގެ މެންބަރުންނަށް އެސް.ޓީ.އޯއިން އޮތީ ކުއްޔަށް ދީފައޯ، ދެން މެންބަރުން ކުއްޔަށް މިދެނީ އަދި އެހެންބަޔަކަށް މިގޮތަށް ކަންތައްތައް ދަންޏާ އަހަރެމެންކަހަލަ ނިކަމެއްޗަކަށް މާރުކޭޓުން ގޮޅިގަނޑެއް ލިބޭޏެ ގޮތެއް އޮންނާނެތޯ،
ސާފު
16 April 2019
ތިތަންވެސް ދެން ގޮނޑަކަށްވާނީ. ދެރަ. ސަފުތާހިރުކަން ނުބަހައްޓަންޏާ ފިޔަވަޅު އަޅާތި
ޢެންޑީޕީ
15 April 2019
ތިލަފަތަށް ވޯޓްދިން ކުދިންނަށް ދީފަ ބާކީވާވަރަކަށްނެތް
ނިޔާމް
15 April 2019
މި ތަންތަނުގެ ކުލި މިހާރާއި ބަލާފަ ވަރަށް ކުޑަ. . ހިނގާ ބަލަމާ ތަކެތީ އަގަށް ވާ ގޮތެއް
ޢަންވަރު
15 April 2019
ކުރާ ވިޔަފާރި ހަމަސް ވާންޖެހޭތަ؟ މިކަން އަބަދު ކުރާ މީހުންނަށް ދޭންތަ؟ އަހަރުން ކަހަލަ ޒުވާނުން އަލަށް ފަށައިގަންނަން މިކަމެއް ނެތްދޯ ވާކަށް؟ މިވެސް އެޖެންޑާ19 ތަ؟
އަލީމްބެ،
15 April 2019
ތިތަން ނަގަން ކުފޫހަމަވަނީ މިހާރުވެސް ވިޔަފާރިކުރާމީހުންނައް، އަލައް ފަށަން ބޭނުންވާބަޔަކައް ތިތަނުންވެސް ފުރުސަތެއް ނެތް، ވ ދެރަ
ސިޔާމް
15 April 2019
ތިކަހަލަ ޒުވާނުން ކެރޭނަމަ ހުށައަޅާ އަވަސްކުރޭ ވިޔަފާރި ނުކުރިކަމުގަ ވިޔަސް 20 ޖާގަ އަށް ހުޅުމާލެ ގަ ރަށްވެހިންނަށް ހުށައެޅެޔޭ .މީ އެޖެންޑާ 19 . މައުލޫމާތު ސާފްކޮށްފަ ތެދުވާހަަކަ ހިޔާލު ފާޅުކުރުމަށް ގޮވާލަން
ފަހަރި
15 April 2019
މާރުކޭޓްވެސް ހެދޭނެ..ގޮޅިވެސް ކުއްޔައް ދެވިދާނެ. 2ވަނަދުވަހު ގޮޅީގަ ހުންނާނީ ބަންގާޅީއެއް. ދިވެހި މީހާ ވިޔަފާރި ކުރަން ހުއްޓަކަ ނުދޭނެ.. އެޗް ޑީސީ ން ކުއްޔައް ދެނީ 500ރފ އައް... ދިވެހިމީހާ އަތުން ބަންގާޅީ ކުއްޔައްނަގާނެ 2500ރފ އައް... ބަންގާލީ ވެރިއަކީ.. މިހާތަނައް ކަން ހިގަމުން އަންނަ ގޮތް.. ދެންވެސް ކަން ހިގާނީ މިހެންކަމައް މި ބަލަނީި...
ކަކުނިބޯ
15 April 2019
ތިއީ ހަޤީޤީ ޤައުމުވިއްކުން އެހެންނު
ވާލުސޮރު
15 April 2019
ބިދޭސީންނަށް އާ ފުރުސަތެއް އެކަމަކު ތަން ހިފާނީ ދިވެހިން.
ޙަމްދޫން. ބޮންޒޯ. ތ.ދިޔަމިގިލި
15 April 2019
ތިތާ މަަރުކޭޓް ހަދާގެން އަހަރެން ވިއްކާނީ ވޯޓް.