ޝަހުދީ: އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ކަމަށް އޭނާ ވަނީ އައްޔަން ކުރައްވާފައި --ފޮޓޯ/ސުއޫދު އެންޑް އަންވަރު އެލްއެލްޕީ
17 އެޕްރީލް 2019 - 15:51
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަނަކަށް ގާނޫނީ ވަކީލް މުހައްމަދު ޝަހުދީ އަންވަރު، ވައިސް ޗެއާ އަކަށް ވަކީލު ހުސެން ސިރާޖު އަދި މެންބަރު ކަމަށް ވަކީލް ސަފާ ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.
އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމާއި އެ ބޯޑުގެ ޗެއާމަން ކަމަށް ޝަހުދީ އައްޔަންކުރެއްވީ އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޝަހުދީ އަކީ ރާއްޖޭގައި މަދަނީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ އަދި ރާއްޖޭން ބޭރުގައި ވެސް އާބިޓްރޭޝަންގެ މައްސަލަތަކުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
އާބިޓްރޭޝަންގެ ސެންޓަރުގެ ބޯޑަކީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކިކުރާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސެވެ.
އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ހިންގުމަށް މަގުފަހިކޮށް ދިނުމާއި ރާއްޖޭގައި އާބިޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި މައްސަލަތައް ހައްލުކުރުމުގައި އާބިޓްރޭޝަންގެ މަގު އިހްތިޔާރުކުރަން ހިތްވަރު ދީ، އާބިޓްރޭޝަންގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމުގެ މަސްއޫލިއްޔަތު އޮންނަ ސެންޓަރެވެ.
އާބިޓްރޭޝަނަކީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެކެވެ. އާބިޓްރޭޝަންގައި މައްސަލަތައް ނިންމާނީ އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން އެއްބަސްވެވޭ ގޮތެއްގެ މަތިން އައްޔަންކުރާ އާބިޓްރޭޓަރުންނެވެ. އާބިޓްރޭޝަން ސެންޓަރުގެ ދައުރަކީ އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސައިން ހަސަން
17 April 2019
މަށަށް މުޅިން މިދުވަނީ "ސްޕްރީމް ކޯޓު" ބަދަލުކުރުމުގެ މަރުހަލާ ފެށުން ކަމުގެ ވަހެވެ.މިއީ ރާވައިގެން ހިންގަމުންދާ ކަމެއްކަމަށް ފެނެއެވެ.ފަނޑިޔާރުގެތައް އިސްލާހު ކުރުމުގެ ނަމުގައި ފަނޑިޔާރުގެތައް އަމިއްލަ ބެލުމުގެ ދަށަށްގެނެސް ބޭނުންހާ އެއްޗެއްހަދާނެއެވެ.މި އޮތީ މީގެ ފެށުމެވެ.ތިމާއަށް ބޭނުންވަނީ ހުސް ފައިސާކަމަށް ޤަބޫލުކޮށް، ދުނިޔެއަށް އައީ ކީއްކުރަންކަން އިންސާނާ ހަނދާންނެތޭކަމީ ހިތާމަ ހުރިކަމެކެވެ.
ޢައްޔުބް
17 April 2019
ޤާނޫނީ ވަކީލްކަން މިހާރުވެސް ކުރާ ބަޔަަކަށް މިނިވަންކަމާއެކު ތި މަސައްކަތް ކުރާނެގޮތަކާމެދު ވިސްނާލިނަމަ!!!
ފރުދާ
17 April 2019
ތި ހުސް އެމްޑީޕީ ފިކުރުގެ މީހުން. ޖުޑިޝަރީ އިސްލާހު ކުރާއިރު މިމީހުންވެސް ލާނި މިމީހުންގެ ފިކުރާ ވިސްނުމުގެ މީހުން.
ހުތާ
17 April 2019
ނަޒާހަތްތެރި ބައްޕައެއްގެ ނަޒާހަތްތެރި ދަރިއެކެވެ. ގައުމު ހަމަމަގަށް އެޅުވުމަށް މުހިންމު ރޯލެއް ކުޅެވިދާނެފަދަ ގާބިލް ބޭފުޅެކެވެ. އެކަންދައްކާނެކަމަށް އުންމީދުކޮށް ކާމިޔާބަށް އެދެމެވެ.
އަހުމަދު ފަރުހާދު
17 April 2019
ހުތާއެވެ.ހަނދާން ކުރާށެވެ.ކެޔޮ ކޭވަރު އެގޭނީ ބިތު ފަންގި ނެގީމައެވެ.މި އުޅެނީ ބިތު ފަންގި ނަގުވަން ފަށާކަމެއް ފެށުމުގެ މަރުހަލާގައެވެ.ނިކަން ބަލަން ހުންނާށެވެ.
ހުސެން ފަހީމް
17 April 2019
މީ ޤާބިލް ބޭފުޅެއް. ދިވެހި ރާއްޖެއަށް އާބިޓްރޭޝަން މީ ކޯންޗެއްކަން ތައާރަފް ކުރެއްވީ މިބޭފުޅާ. މިހާތަނަށް ޕްރައިވެޓް ވަކީލެއްގެ ގޮތުގައި އާބިޓްރޭޝަން ޕްރެކްޓިސް ކުރެއްވީ މިބޭފުޅާ. މި ބޭފުޅާއަށް ވާނެ
މުކޮސް
17 April 2019
ކޮންމެ މީހެއްގެ ކޮއްކޮވިޔަސް ޤާބިލް މީހެއްވިއްޔާ މައްސަލައެއް ނެތް. މިއީ ޤާބިލް މީހެއް.
ޛުލޭ
17 April 2019
މަސްލަހަތު ފުށުއަރާ. ޢެއީ މައްސަލައަކީ
އިބްރާހިމް އާދަމް
17 April 2019
މަރުހަބާއެވެ.ޤާބިލް ބޭފުޅެކެވެ.މިއީ ސުޢޫދު އަންވަރު ލޯވފާމުގެ އެއްޕާޓްނަރެވެ.މާލޭގެ ގެދޮރު އެބަހަރިއެވެ.ކައިވެނިވެފައިވަނީ ބޮޑު މަހުޖަނެއްގެ ދަރިއަކާއިއެވެ.މި ސަރުކާރުގައި ބޮޑުބޭބެއަކީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރެވެ.ސަރުކާރުގެ ބޮޑެތިވެރިންނަކީ ގާތް އެކުވެރިންނެވެ.އެޓަރނި ޖެނެރަލްއިން ފެށިގެން ދެން ތިބީވެސް އެކުގައި މަސައްކަތް ކުރާ މީހުންނެވެ.ނަޒާހަތް ތެރިކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރާށެވެ.
މުޖީބު
17 April 2019
ތިޔަ ކޮމެންޓުން އެނގޭ މިނިވަން ވާނެ ވަރު
ށުދާ
17 April 2019
މިކަން ދެން ދާނީ މިހެން
ނައްޓު
17 April 2019
ސޫދުގެ ކޮއްކޮދޯ. ސާބަހޭ ރައީސް
ޖަމީލުބެ
17 April 2019
ތިކަމުގައިވެސް އިޚްލާޞްތެރިވެ ލެއްވުން ހަނދުމަނެތި ނުކުރައްވާށެވެ. ތިމާއަށް ފެނިވަޑައިގަންނަވާ ގޮތަކީ އެއީ ޤާނޫނުކަމުގައި، އެއީ ހަމައެކަނި އޮތް ގޮތްކަމުގައި ދެކިވަޑައިގަތުން ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާނެއެވެ.