މާލޭ ބަނދަަރުން ނުކުމެ ދޯންޏެއް ދުއްވާފައި ދަނީ: ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އުދަ އަރާފާނެ ކަމުގެ އިންޒާރު މެޓް އޮފީހުން ދިން .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 އެޕްރީލް 2019 - 14:35
މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ދީފި އެވެ.
ޓްވިޓާ މެދުވެރިކޮށް އެތަނުން ބުނެފައި ވަނީ މިއަދު މެންދުރު 1:00 އިން ހަވީރު 4:30 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ކަނޑުގެ ބާނިތައް ބޮޑުވެ އެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
Tidal wave surges expected. pic.twitter.com/oDyxSTTNmJ
— Maldives Meteorology (@MetMaldives) April 21, 2019
މޫސުމާ ބެހޭ އިދާރާއިން މިއަދު ކުރި ޓްވީޓެއް.
މީގެ އިތުރުން ހއ. އަތޮޅު ފިޔަވާ މުޅި ރާއްޖެއަށް މެޓުން ވަނީ، މިއަދު ހަޔަކާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އޭގެ ތެރެއިން ހދ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އަދި ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފަކޮށްފައިވެ އެވެ.
މެޓުން ބުނީ އެ ހިސާބުތަކަށް ވިލާގަނޑުގައަި 40 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.
ހޫނު ގަދަ ދުވަސްތަކަކަށް ފަހު މުޅި ރާއްޖެއަށް މިހާރު ދަނީ ވިއްސާރަކުރަމުންނެވެ. ބައެއް ރަށްރަށުގައި ފެން ވެސް ބޮޑުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
21 April 2019
ސައިންސިސްޓުން ބުނެފައި އެވަނީ ރާއްޖޭގެ 2020ގެ ހާލަތުވެސް.
ހިގޮ
21 April 2019
އާދެ ލައްބަ..ތެދުފުޅެއްތީ؟. ޢަރާވެސް ފާނެ ނާރަވެސް ފާނެ ވިއްސާރަ ކޮށްވެސް ފާނެ ނޮކޮށް ވެސް ފާނެ އަވިވެސް ދީ ފާނެ ނުދީވެސް ފާނެ....ތިމީހުންނަށް އެގިގެން ވެސް ގޮސް ފާނެ ނޭގިވެސް ގޮސްފާނެ...ދުނިޔޭގެ ހިގުން ގުދުރަތުގެ ގާނޫނު...
މަރޭމިތުރު
21 April 2019
ތޫފާނުތައް ރާއްޖޭގައި ގިނަވެއްޖެ! އާފާޤްވަށައި ރާޅުހެދި އުދަވެއްޖެ!.................... މިފެންނަނީ ހަމަގައިމުވެސް އުފާވެރި މަންޒަރެއްނޫން. ތޫފާނުތައް ގިނަވެ ގެތައް ހަލާކުވެދަނީ ރައްކާތެރިވާންޖެހޭ!