ސްރީ ލަންކާގެ މަޝްހޫރު ސިނަމަން ގްރޭންޑް: އެ ހޮޓަލުގައި ބޮން ގޮއްވާލީ ރެސްޓޯރެންޓުގައި.
21 އެޕްރީލް 2019 - 19:46
ކޮލަމްބޯ (އެޕްރީލް 21) - ސްރީ ލަންކާގެ ސިނަމަން ގްރޭންޑުގައި ޖާނުން ފިދާވެގެން ބޮމުގެ ހަމަލާ ދިން މީހާ ހުރީ އެހެން މީހުންނެކޭ އެއްގޮތަށް ނާސްތާގެ ބުފޭގެ ކިޔޫގައި ހަމަޖެހިލައިގެން ކަމަށް ހޮޓަލުގެ މެނޭޖަރު ބުނެފި އެވެ.
ނާސްތާ އަށް އެންމެން ޖަމާވެ ފުރި ބާރުވެފައި އޮތް ބުފޭ ހޯލުގައި ތައްޓެއް ހިފައިގެން ހުރި މީހާ ކުއްލިއަކަށް ކުރިއަށް ޖެހި، ދެން ފެނުނީ އޭނާގެ ބުރަކަށީގައި ހަރުކޮށްފައި ހުރި ގޮވާ ތަކެތި ގޮއްވާލި ތަނެވެ. ޖާނުން ފިދާވުމުގެ ހަމަލާ ދިން މީހާ ހޮޓަލުގައި ރަޖިސްޓްރީކޮށްފައި ވަނީ މުހައްމަދު އައްޒާމް މުހައްމަދުގެ ނަމުގަ އެވެ.
އީސްޓާ ހަފުތާ ބަންދުގެ ޗުއްޓީ އަށް ވުމާ އެކު ސިނަމަން ގްރޭންޑަށް މިއަދަކީ އަހަރުގެ އެންމެ ބިޒީ އެއް ދުވަހެވެ.
"އެއީ ހެނދުނު ގާތްގަނޑަކަށް 8:30. ހޯލް އޮތީ ފުރިފައި. އާއިލާތައް ވެސް ތިބި،" ނަން ހާމަކުރަން ނޭދޭ މެނޭޖަރު ބުންޏެވެ. "ޖާނުންފިދާވުމުގެ ހަމަލާ ދިނީ ކިޔޫގެ އެންމެ ކުރިއަށް ގޮސް."
އޭނާ ބުނީ ބޮން ގޮއްވާލުމާ އެކު، ގެސްޓުންނަށް މަރުހަބާ ކިޔުމަށް ކިޔޫގެ އެންމެ ކުރީގައި ހުރި ހޮޓަލުގެ މެނޭޖަރަކު، ވަގުތުން މަރުވި ކަމަށެވެ. ބޮން ގޮއްވާލި މީހާގެ ހަށިގަނޑުގެ ބައިތައް ފުލުހުން ވަނީ ތަހުގީގަށް ގެންގޮސްފަ އެވެ.
ހޮޓަލުގެ އެހެން އޮފިޝަލުން ބުނީ އޭނާ ޗެކިންވީ ކޮލަމްބޯ އަށް ވިޔަފާރި އަށް ގޮސް ހުރި މީހެއްގެ ގޮތުގައި ނުބައި އެޑްރެހެއް ދީގެން ކަމަށެވެ.
ސިނަމަން ގްރޭންޑުގެ މެނޭޖަރު ބުނީ ޒަޚަމްވި މީހުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި އެންމެ ބޮޑަށް ޒަޚަމްވި 20 މީހުން ގެންދިޔައީ ނޭޝަނަލް ހޮސްޕިޓަލަށް ކަމަށް ބުންޏެވެ.
ސިނަމަން ގްރޭންޑް ހުންނަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅާ ކައިރީގައި ކަމަށްވާތީ ބޮން ގޮއްވާލުމާ އެކު ސްޕެޝަލް ޓާސްކް ފޯހުގެ ކޮމާންޑޯ އިން ވަނީ ވަރަށް އަވަހަށް އެ ހޮޓަލުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.
ސިނަމަން ގްރޭންޑުގައި ބޮން ގޮއްވާލި ވަގުތު ވަނީ ކިންގްސްބެރީ އާއި ޝަންގްރިއްލާގައި ވެސް ގޮން ގޮއްވާލައިފަ އެވެ. ގޯލް ފޭސް ގްރީން އަށް ވާގޮތަށް ހުންނަ ޝަންގްރިއްލާގައި ބޮން ގޮއްވާލާފައި ވަނީ ދެ ވަނަ ބުރީގައި ހުންނަ ހޮޓަލުގެ ރެސްޓޯރެންޓުގަ އެވެ.
މީގެ އިތުރުން ކޮލަމްބޯގެ ތާރީޚީ ކެތަލިކް ފައްޅިއެއް ކަމަށްވާ ސެއިންޓް އެންތަނީގައި ވެސް ވަނީ ބާރުގަދަ އެއްޗެއް ގޮއްވާލައިފަ އެވެ. އެ ފައްޅީގެ ފުރާޅުން ބައެއް ވަނީ ވެއްޓިފަ އެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 207 މީހުން މަރުވެފަ އެވެ. މީގެ ތެރޭގައި 27 ގައުމެއްގެ މީހުން ހިމެނެ އެވެ. ހަމަލާއާ ގުޅިގެން މިހާރު ވަނީ ލަންކާގައި ކާފިއު ހިންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލްޓް
23 April 2019
ވަރަށް ހިތާމަވެރިކަމެއް މިކުރިބަޔަކު މިކުރީ. އެއްވެސް އިންސާނެއްގެ ފުރާނަޔަށް އަދި ތަކެއްޗަށް ގެއްލުން ދިނުމަކީ އެއްވެސް ދީނެއްގައި ވާކަމެއް ނޫން. އަދި ދީނީ ކަންކަން ކުރިއަރުވާށޭ ކިޔާފައި ކުރާ ކަންތައްތަ މަދުކުރަން ޖެހޭ. ދެވޭ ތައްލީމަކީ ތަހްޒީބީ މިންގަޑުތެރޭ ހިމެނޭކަންކަމަށް ވާންޖެހޭ.
ހުދުހޯރަ
22 April 2019
ލަންކާ މީހުންނަކީ ވަރަށް ހިތްހެޔޮބައެއް. ލަންކާގަ މިފަދަ ހިތާމަވެރިކަމެއް ހިންގީމަ ވަރަށް ހިތާމަކުރަން. މަރުވި މީހުންނާއި ޒަހަމްވި މީހުންނާއި އެމީހުންގެ އާއިލާތަކަށް ކެއްތެރިކަން ދެއްވާށި. ލަންކާއަށް އުފާވެރިކަން މިންވަރު ކުރައްވާށި. އާމީން. ވީ ލަވް ސްރީލަންކާ ❤️❤️❤️
މުސްލިމް
22 April 2019
އޮޅުވާލައިގެން އެޑްރެސް ދެވެންޏާ ނަމާއި ދީނާއި މަޛްހަބު އޮޅުވާލެވޭނެ ގޮތަށް ހުރިހާ މަޢުލޫމާތެއް ދެވޭނެ.
ތައުބާވޭ
22 April 2019
މުސްލިމުން ނަކީ އާޚުރަތް ދުވަސް( މަރުވުމަށްފަހު އެމީހަކު ދުނިޔޭގައި ކުރި ހެޔޮ ކަމަކަށް އެދުވަހު ހެޔޮ ޖަޒާ އަދި ކުރި ނުބައި ކަމަކަށް ނުބައި ޖަޒާ ދެއްވާނެ ދުވަހެއް) މަރުވުމަށް ފަހު އޮތް ކަން ޤަބޫލް ކުރާ ބައެކެވެ. އަދި އަމިއްލަ އަށް މަރުވުމަކީ ވަރަށް ބޮޑު އަޒާބެއް ޤިޔާމަތް ދުވަހުން ލިބޭ ކަމެއްކަން ކޮންމެ މުސްލިމަކު ވެސް ޤަބޫލް ކުރަތެވެ ވުމާއެކު " މުސްލިމަކު" އަމިއްލަ ޖާނު ގޮއްވާލާފެން އެހެން ބަޔަކު މަރާލާނެ ތޯއެވެ؟
ސަލާހު
23 April 2019
އެޔޮތް މަރަރަނިއޭނޫން
عبدالله
22 April 2019
ރަނގަޅު ގޮތް އިޚްތިޔާރު ކުރެވޭނީ، ރަނގަޅު ތަޢުލީމެއް ލިބުމުންނެވެ. ރަނގަޅު ތަޢުލީމެއް ލިބިއްޖެނަމަ، މީހުންނަށާއި، ތަންތަނަށާއި، ތަކެއްޗަށް ގެއްލުންނުދޭނެއެވެ.
ފުއް
23 April 2019
ތަޢްލީމަކީ ހަމައެކަނި ވަކި ޤައުމެއްގެ ބަޔަކު ކިޔަވާއެއްޗެއް ކިޔަވައިގެނއް އެމީހުން އުޅޭ ގޮތަށް އުޅުން ކަމުގައި ވާނަމަ ތިޔަށްކިޔަނީ ބްލައިންޑްފޮލޯ ކުރުމެވެ. ޕެރޮޓެއްހެން އެމީހުން ކިޔާހާ އެއްޗެއް ކިޔާނަމަ. ކޮބާތަ އިސްރާއީލުން ކުރާއަނިޔާ މުސްލިމުންނަށް. ޗައިނާއިންނާއި އިންޑިޔާއިން ކުރާ ލާއިންސާނީ އަނިޔާ ކަާޝްމީރުގެ މުސްލިމުންނަށާއި އިރާގަށް އެމެރިކާ އަރައިގެން އަންހެނުންތައް ޖަލަށްލައިގެން އެމީހުން އަމިއްލައަށް ޖަލުތަކުގައި މަރުވީ
ވަރަށް ދެރަ
22 April 2019
ސުއިސައިޑް ކޮމިޓްކޮށްގެން ކުށެއްނެތް އެތައް ބަޔަކު މަރާލީ މުސްލިމެއްކަމަށް ވެދާނެ! ތިޔައީ ފުރިހަމަ މުސްލިމެއް ނަމަ އެކަހަލަ ކަމެއްނުކުރާނެ! އޭނަ ވެސް އެ ޙާލަތަށްދާނީ ބަޔަކު އޭނަގެ ބްރޭން ވޮޝްކޮށްގެންތާ! މިރާއްޖޭގައި ވެސް މީގެމީހުން ނޫޅޭނެކަން އެގެނީ ކިހިނެއްހެއްޔެވެ؟ ވެކްސިންދިނުމާ ކިޔެވުމަކީ ދީނުގައި ނޯންނަކަންކަމަށް ބައެއްގެ ސިކުޑިތަކަށް ވައްދައިގެން އެމަގަށް ކިތައް ޢާއިލާ ފޮނުވާފައި މިހާރުވެސް ވޭހެއްޔެވެ؟
Ismail
22 April 2019
އެއީ މުސްލިމުންނެއްނޫން. މުސްލިމުންގެ ނަމުގަ އުޅޭ ކާފަރުން. އެކަހަލަ މީހުން ބަލާނެ މުސްލިމުން ބަދުނާމުކުރެވޭތޯ. މުސްލިމުންނާދޭތެރޭ ނަފްރަތު އުފެއްދުން އެއީ އާކަމެއްނޫން
މޯލްދިވިޔަން
22 April 2019
ރާއްޖޭގެ ތީގެ މީހުން އާދަޔާހިލާފށް ގިނަ
އައްޒާމް
22 April 2019
މުސްލިމެއްގެ ނަން ދޯ މި އައީ . ކަންތަކާ ޖެހެނީ. މުސްލިމުންގެ ބޮލަށް ޖަހާނެ.. ރޭ ވެސް ބައެއް މިސްކިއްތަކަށް ވެސް ޕެޓިރޯލް ބޮން އުކި ކަމަށް ލަންކާ މީޑިއާ ރިޕޯޓް ތައް ބުނި...
ޢަދީބު
22 April 2019
ގަބޫލެއް ނުކުރަން މުސްލިމު ޓެރަރިސްޓުން އުޅެނެ ކަމައް، ތިވާނީ އެމެރިކާ، ރަސިޔާ ނޫނީ ނޮތުކޮރެޔާގެ އެޖެންޓން ކުރިކަމަކައް
މޯލްދިވިޔަން
22 April 2019
ތީ ދިވެހިން ބުނާ ގޮތް.ސީރިޔާށް ދިޔައީ ވެސް އެމެރިކާ މީހުން މިކޮޅުން
ޒާން
22 April 2019
ޖާނުން ފިދާވެގެން ކިޔާތަ؟ ތިހެން ބުނީމަ ހީވަނީ ލޯބިވެގެން ބޮން ގޮއްވީއޭ ބުނާ ހެން. ވީ އާ ވިތް ސްރީލަންކާ! ♥️
ހަމަ ބުއްދި
22 April 2019
ހަމަ ޔަޤީނުން ވެސް ޖާނުން ފިދާ ވެގެން އެބަހީ ތިމާ އަމިއްލަ އަށް މަރުވެގެން އެހެން މީހަކު ނުވަތަ އެހެން ބަޔަކު މަރާލަން ހަމަލާ ދޭނީ ތަހައްމަލު ނުކުރެވޭވަރުގެ ދެރައެއް ނުވަތަ އަނިޔާއެއް އެމީހަލަށް ލިބިގެން ކަމަށް ޤަބޫލް ކުރެވެއެވެ. ފިލާހުރެ ބަޑިޖަހާފައި ނުވަތަ ވަޅި ހަރާފައި ފިލާގެން ދިއިމާ، ޖާނު ގޮއްވާލާގެން މީހުން މެރުމާއި ވަރަށް ބޮޑަށް ތަފާތެވެ. އެކަމަކު ޖާނުން ފިދާ ވަނީ ބުއްދި ގޯސް މޮޔަ މީހުން ނޫން ކަން އެމީހުންގެ ރޭވުންތަކުން އެގެއެވެ.