އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެކި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްގެން ތަހުގީގު ނުކުރާ މައްސަލައިގައި ފުލުހުންގެ ވިސްނުން ހާމަކޮށްދެއްވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
23 އެޕްރީލް 2019 - 10:30
ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްގެން ތަހުގީގު ނުކުރާތީ ފުލުހުންނަށް އަމާޒުވާ ފާޑުކިޔުންތަކަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިިރޫޝް އިއްޔެ ރައްދު ދެއްވައިފި އެވެ.
ލ. ފޮނަދު އިން އެ އަތޮޅު މާމެންދު އަށް ޑިންގީއެއްގައި ދަތުރުކުރަނިކޮށް، މިދިޔަ ފެބުރުއަރީ މަހު އައިމިނަތު ޝިމާ ނާފިޒް 19، ގެއްލުމުގައި އޭނާއާ އެކު ދަތުރުކުރި މުހައްމަދު ފަޒީލަށް ތުހުމަތުތަކެއް ކުރެ އެވެ. ޝިމާ ގެއްލުނު ފަހުން، އޭނާގެ ކޮއްކޮއަކު ލޯންޗަކަށް އަރުވައިގެން އިތުރު ފިރިހެނުންތަކަކާ އެކު ލޯންޗެއްގައި ފަޒީލް ދަތުރުކުރަނިކޮށް ވެސް ހުއްޓުވާފައިވެ އެވެ.
އުމުރުން 18 ނުފުރޭ އަންހެން ކުއްޖަކު ގަދަކަމުން ލޯންޗަކަށް އަރުވައިގެން ފުރި މައްސަލައިގައި ފަޒީލް ހައްޔަރުކުރި އެވެ. އެކަމަކު ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގު ފުރިހަމަނުވަނީސް އޭނާ ދޫކޮށްލުމުން ފުލުހުންނަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ޝިމާ އަށް ވީ ގޮތެއް ހޯދަން ކުރިއަށް ގެންދާ ތަހުގީގާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ، ފަޒީލް ވެސް ދޫކޮށްލީ ހައްޔަރުކޮށްފައި ބަހައްޓައިގެން ތަހުގީގު ކުރަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވިޔަސް އޭނާގެ 18 އަހަރު ނުފުރޭ އަންހެން ކޮއްކޮއަކު ގޮވައިގެން، މާމެންދޫން ފުރި މައްސަލައިގައި އޭނާ އާއި އިތުރު މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
ތަހުގީގަށް މީހުން ހައްޔަރު ނުކޮށްގެން އާއްމުން ފާޅުކުރާ ކަންބޮޑުވުންތަކަށް ވެސް އެ ތަފްސީލްތަކުގެ ތެރެއިން ފައިރޫޝް ޖަވާބު ދެއްވި އެވެ.
"އަޅުގަނޑުމެން އާއްމުކޮށް މި ދެކޭ މިންގަނޑާ ތަންކޮޅެއް ތަފާތު މިންގަނޑެއް އަޅުގަނޑުމެންގެ ޖިނާއީ އިޖުރާއަތުގެ މިންގަނޑުގައި މި އޮތީ. ބައެއް ގައުމުތަކުގައި މިސާލަކަށް މީހަކު ހަނު ހުރި ކަމުގައި ވިޔަސް އޭނާއާ އެބަ ސުވާލުކޮށްލެވޭ. އެކަމަކު އަޅުގަނޑުމެންގެ ސިސްޓަމް މި އޮތީ ހަނު ހުރީމާ އެހާ ހިސާބުން ނިމުނީ،" ފައިރޫޝް
އޭނާ ވިދާޅުވި ގޮތުގައި މައްސަލައެއްގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްފި ނަމަ ފުލުހުން ވެސް އިތުރަށް ސަމާލުވާން ޖެހޭ ގިނަ ކަންކަން ހުރެ އެވެ. އެއް ކަމަކަށް ފާހަގަކުރެއްވީ ޖިނާއީ އިޖުރާއަތުގެ ނިޒާމު، ހަމަޖެހިފައި އޮތް ގޮތުން، ހައްޔަރުކޮށްފި ނަމަ އެ މައްސަލައެއްގައި ދައުވާ ކުރަން 30 ދުވަހުގެ ތެރޭގައި ފޮނުވަން ޖެހުމެވެ.
އެ ނޫން ވެސް، ހައްޔަރުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ނުޖެހޭ ގިނަ ކަންކަން ހުންނަ ކަަމަށް ވިދާޅުވި އެވެ.
"މި [ޝިމާ ގެއްލުނު] މައްސަލައިގައި ވެސް ތަހުގީގުން މިހާތަނަށް ފެންނަ ކަންކަމާއި މި މައްސަލަ އިން އަޅުގަނޑުމެން އިތުރަށް ސާފުކުރަން ހުރި ކަންކަމަށް ބަލާއިރު ތަހުގީގަށް ކޮންމެހެން ބޭނުމެއް ނުވޭ އޭނަ ހައްޔަރުކޮށްފައި ބަހައްޓައިގެން ސުވާލުކުރާކަށެއް،" ފައިރޫޝް ވިދާޅުވި އެވެ.
ތުހުމަތު ކުރެވޭ މީހުން ހައްޔަރުނުކޮށް ވެސް، ފައިރޫޝް ވިދާޅުވި ގޮތުގައި، ތަހުގީގަށް ބަޔާން ނެގުމާއި އެ ނޫން ވެސް ކަންކަން ކުރިއަށް ގެންދެވޭނެ އެވެ.
"އަޅުގަނޑުމެން އާއްމުކޮށް މި ދެކޭ މިންގަނޑާ ތަންކޮޅެއް ތަފާތު މިންގަނޑެއް އަޅުގަނޑުމެންގެ ޖިނާއީ އިޖުރާއަތުގެ މިންގަނޑުގައި މި އޮތީ. ބައެއް ގައުމުތަކުގައި މިސާލަކަށް މީހަކު ހަނު ހުރި ކަމުގައި ވިޔަސް އޭނާއާ އެބަ ސުވާލުކޮށްލެވޭ. އެކަމަކު އަޅުގަނޑުމެންގެ ސިސްޓަމް މި އޮތީ ހަނު ހުރީމާ އެހާ ހިސާބުން ނިމުނީ،" ފައިރޫޝް ވިދާޅުވި އެވެ.
"އެހެންވީމާ ހައްޔަރު ކުރިއަސް އަދި ނުކުރިއަސް އެ ހާލަތު އޮންނާނެ."
ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެކަން ހިނގި ގޮތް ތަފްސީލް ކޮށްދެއްވަމުން ފައިރޫޝް ވިދާޅުވީ ފަޒީލް ދައްކާ ބައެއް ވާހަކަތަކާ މެދު ފުލުހުންގެ ޝައްކުތަކެއް އެބަހުރި ކަމަށެވެ. އެ ތަހުގީގުގައި ފުލުހުންނަށް ލިބޭ ކޮންމެ މައުލޫމާތެއްގެ ސައްހަ ކަން ވެސް ބަލަމުން އަންނަ ކަމަށާއި ޝިމާގެ ހަށިގަނޑު ގއ. ރަށެއްގައި އަންދާލި ކަމުގެ އަޑުތަކާ އެކު އެ ރަށް ވެސް ބަލާފައި ވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
22 March 2020
އެކަމަކު ޕާޓޭއަކު ޕޮލިހަށް ކަމެއް ރިޕޯޓު ކޮއްފިއްޔާ ވަރަށް ބާރައް ގޮސް ހައްގަކާ ނުލާ މީހުނަށް ބިރު ދައްކާ. ޗީޗީޗީ ޗީޗީޗީ ޗީޗީޗީ ތިވަރުގެ ބަޔަކާ ދޭތެރޭ އިތުބާރު ކުރަން ވާނެތަ؟؟؟؟
ކޮސްވާހަކަ
23 April 2019
ބަންދު ނުކޮށް ފޯނުކޮށްގެން ތަޙްްޤީިޤް ކުރިއްޔާ ދެފަރާތަށްވެސް މިނިވަންކަން ބޮޑުވާނެ. ނުލިބިގެން މިއުޅެނީ މިނިވަންކަމާއި ޙައްޤު އެހެންނޫންތޯ؟
ކަންއޮތްގޮތް
23 April 2019
ޙައިރާންވެއްޖައީމެވެ! ފެނިފައިވާތަނުގައި ފުލުހަކު ސުވާލެއްކުރާނީ އެމީހަކީ ކުއްވެރިއެއްކަމުގެ ނަޒަރަކުން ބަލައިގެނެވެ. ތެދެކެވެ! ކޮންމެ ތަޙުޤީޤަކަށް މީހުން ހައްޔަރުކުރާކަށް ނުޖެހޭނެއެވެ. އެކަމަކު މިރާއްޖޭގައި މިކަން އޮންނަނީ މުޅިން އެހެންގޮތަކަށެވެ. ސަބަބުތަކަކާއިހުރެއެވެ. ފުލުހުންގެ އަމާޒަކީ ކުށްކުރުމުގެކުރިން އެވެށިން ރައްޔިތުން ސަލާމަތްކުރުމެވެ. އެފަދަ ފުލުހުން އުޅޭތަނެއްގައި، ފުލުހުންގެބަސް ވިކޭނެއެވެ. ރައްޔިތުން ޤަބޫލުކުރާނެއެވެ.
ޖަމްބެ
23 April 2019
މިހެންވާތީ ކިހިނެއްތޯ ޕޮލިހުންނާ ދޭތެރޭގަ ރައްޔިތުން ދެކޭގޮތް ބަދަލު ކުރާނީ. ނިކަން ކޮމެންޓް ތަކަށް ޖުމްލަކޮށް ބަލާލަ ބަލަ. ގިނަ ބައެއްގެ ނުރުހުން ހުންނަ ކަންކަމުގަ ޕޮލިހުންގެ ގެ ގަދަބަސް ނެރުން އެއީ ރަގަގަޅު ގޮތެއްނޫން. ރައްޔިތުން މިދައްކަނީ ކޮން ވާހަކަތަކެއްކަންވެސް ބަލާލަން ރަގަޅު. މިއީ ހެޔޮހިތުން ޕޮލިހުންނަށް ރަގަޅު މުސްތަގުބަލެއް އެދޭތީވެ ކޮށްލި ކޮމެންޓެއް.
ހިޔާލު
23 April 2019
ތެދެއް ފުލުހުންބޭނުންވާ މީހުނަށް އެކަނި ހައްޔަރު ކުރުމުގެ އަމުރުތަކާއި ބަންދުކުރުންފަދަ ކަންކަން ކުރަންޖެހޭނި އެނޫން މީހުންގެ މައްޗަށް ސާބިތު ހެއްކާ ހެއުވަރު ގަރީނާ ހުއްޓަސް ތަހުގީގަށް ބަންދުކުރުމެއް ދަތުރުފަތުރު ކުރުމަށް މަނާ ކުރުމެއްނެތް. ތުހުމަތެއް ނެތަސް ބޭނުންވާ ބަޔަކު ބަންދުކުރެވޭނެ ގާނޫނީ ހަމައެއް އޮތަސްނެތަސް އޯކޭވާނެ.
ޕޮކަންޑި މޭން
23 April 2019
ޖިނާއީ އިޖުރާއަތުގެ ޤާނޫނޭ ކިޔާ ފިޅާވަޅު ނަގައިދޭން ނޫޅޭ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59، 60 ވަނަ މާއްދާ ބަލައި. މީހެއް ގެއްލުވާލުމުގައި ޝައްކުކުރެވޭ ކަހަލަ ކަންތައްތަކެއް ހުރި ކަމަށް ފުލުހުން އިއްތިފާޤްވާ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮތް މީހަކު، ގެއްލުވާލި އަންހެން ކުއްޖާގެ 18 އަހަރުނުވާ ކޮއްކޮ ރޯމާ ދުވާލު މޫނު ފޮރުވައިގެން ރަހީނުކޮށްގެން ދައްތަވެސް ގެއްލުނު ފަދަ ޑިންގީއަކަށް ލައިގެން ދަނިކޮށް ރެޑްހޭންޑެޑްކޮށް އަތުލާގަތްމީހާ މިނިވަންކަމާއެކު
ހަސީން
23 April 2019
ހެޔޮ ކޮށް. މި ރާއްޖެ ޖަލުތައް ފުރިފަ އެއޮތީ ރިހާކުރު ފުޅިއެއް ނެގިއްޔޭ ކިޔާފައިވެސް ގެންގޮސް ވާނުވާ ޖަހާފައި 5 އަހަރު އެތާ. މީ ރަނގަޅު ގޮތެއްނޫން
ރޭވް
23 April 2019
ތަޙުޤީޤު ކުރެވިދާނެ، އެކަމަކު ގަދަކަމުން 18 އަހަރު ނުފުރޭ ކުއްޖަކު ގެންދިޔަ މީހަކު މުޖުތަމަޢަށް ދޫކޮށްފަ ބެހައްޓަންޖެހޭ ސަބަބު ބުނެދީބަ
ނިޒާމު
23 April 2019
ޙިތައް އެރީމާ ހައްޔަރު ހިތައް އެރިއްޔާ ދޒުކޮޢްލަނީ މޮޅުވާހަދައްކަނީ ތީ ބޭނުންވާހަކައެއްނޫން މުޅިންސިޔާސީ ވާހަކަ ގިނައީ
ތަކުލުބެއްޔާގެ އަޑިފުޓާ
23 April 2019
އަހަރުމެން ޓިކަންޓަކުގައި އުޅޭނަމަ ވަރަށް ސިމްޕަލް. އަތުގެ ނިޔަފަތުގެ ދަށައް ތިނޯސްވައްދާ ސިމޕަލް