އައިޖިއެމްއެޗުން ބަޔަކު ޚިދުމަތް ހޯދަނީ: އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގެ އޭސީ ހަލާކުވެ އާއްމުންނަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައި. --ފޮޓޯ/މިހާރު
23 އެޕްރީލް 2019 - 14:13
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމްގެ އެއާކޮންޑިޝަންތައް ހަލާކުވެ، އެތަން ހޫނުގަދަ ކަމަށް ކުރާ ޝަކުވާތައް ހައްލުވާން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުގައި އެންމެ ގިނަ އަދަދަކަށް މީހުން ފަރުވާ ހޯދާ އިމަޖެންސީ ރޫމުގެ އޭސީތައް ހަލާކުވެ، އެތަން "އަވަނަކަށް" ބަދަލުވެފައިވާ ކަމުގެ ޝަކުވާ ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ހޫނު ގަދަކަމުން މިނިޓެއްހާ އިރު ވެސް ކެތްކޮށްނުލެވޭ ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވެފައި ވަނީ މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ އެވެ.
މިކަމާ ގުޅޭ ގޮތުން، އައިޖީއެމްއެޗުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނީ، ކުއްލި ފަރުވާދޭ ކޮޓަރި އެހާ ހޫނު ގަދައީ އެ ހޮސްޕިޓަލުގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި އެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ފަށައި ބޭނުންވާ ކޫލިން ޓަވަރުތަކަށް ބޭރުން އޯޑަރު ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
"އޭޕްރީލް މަހުގެ ފަހު ހަފުތާގައި މި ކޫލިން ޓަވަރު ލިބި މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވިފައި ވަނީ މެއި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގަ އެވެ،" އައިޖީއެމްއެޗުން ބުންޏެވެ.
އޭގެ އިތުރުން، އެ ހޮސްޕިޓަލުގެ ޖެނެރަލް ވޯޑުތަކުގައި އޭސީ ހަރުކުރުމުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ވެސް ނިމިފައިވާ ކަމަށް ބުންޏެވެ.
އައިޖީއެމްއެޗު މަރާމާތު ކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ. އެ ގައުމުގެ އެހީގައި އެ ހޮސްޕިޓަލް މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއެއް 2017 ގައި ކުރިއަށް ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަހުދީ
24 April 2019
ކުލީ ކޮޓަރިއަކާ އައިޖީ އެމް އެޗް ތަފާތުވާން ޖެހޭނެ
އްލީ އަސްފާގު
24 April 2019
އައިޖީއެމް އެޗު ހޮސްޕިޓަލްގެ ވޯޑުތަށްވެސް ހުރީ ބަލިމީހުން ވެސް އަދި އެނޫން މީހުންވެސް ބާއްވާފަ ތިބޭ ފަދަ ހާލަތެއްއްގަ އެއް ނޫން. ބަލި މީހުން ތިބެން އެއީ ނުރައްކާ ވޭން ހުރިތަނެއް. ވޯޑެއްގަ 7 މީހުން ތިބެން އެނދު ބެހެއްޓުން މީ ގަބޫލު ކުރެވޭ ވަރުގެ ކަމެއް ނޫން. ތިޔަ ތަނުގަ ގަޑީއެއްގެ އިރު ބަލިމީހާ އަށް ނިދާ ނުލެވޭ. ތިޔަތަނަށް ބަލިވެގެންދާ މީހާގެ ހުރި ބައްޔެއް ދެންތިބީ މީހުންގެ ގަޔަށް އަރާ. ފާހާނާތަށް ކިޔުޖެހިފަ
ފިނިހަކަދުވެލި
24 April 2019
ފިނިހަކަ ދުވެލި ބޭނުމެއްނޫން. ގިނަވެގެން 24 ގަޑިއިރުތެރޭ ތިޔަކަން ހައްލުވާންޖެހޭނެ.
ްއޭސީ
24 April 2019
ތި ރަނގަޅުވާނެ ނުހެދިޔަސް. ދިވެހިންނަކީ ޢެެސީވެސް 30 ޑިގްރީގަ ބަހައްޓާބައެއް.
ޢިންސާފު ކުޑޭ
24 April 2019
ޢެއާޕޯޓް ވެސް މި ހާލެއްގަ. ކަމެއް ކޮށްދޭކަށް ނޫޅޭ
ބޭބެ
23 April 2019
އެޖެންޑާ 19 ގައި ވާގޮތުން ސަރުކާރު މައި ހޮސްޕިޓަލުގެ އޭސީ ސިސްޓަމައްވުރެ އިސްކަން ދޭން ޖެހޭނީ ރައީސް ކްރިކެޓް ބައްލަވަން ވަޑައި ގަންނަވާ ދަތުރަށް ޖަޒީރާ ރާއްޖޭ ގައި ހޮސްޕިޓަލާއި ކަރަންޓް ބޭނުމެއް ނުވާނެ.
ރާއްޖެމީހާ
23 April 2019
ރައްޔިތުންނަށްދޭ ޙިދުމަތްތައް ރަނގަޅުކުރަން ކިހާދުވަހެއް ނަގާނެބާ! މިލިޓަރީ މީހުން ލައިގެންވެސް ތިޔަ ހަސްފަތާލުގެ މުވައްޒަފުން ޑިސިޕްލިން އެއް ނުވި. އަދަބު އިޙްތިރާމާއިއެކު ވާހަކަ ދައްކާކައް ނޭނގޭ.
ގުދުގުދާބެއްޔާ
23 April 2019
ރަޢީސް އަށް ވަރަށް އަދަބުވެރިކަމާ އެކު ދަންނަވަން! ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ ގަވައިދު އަލުން ބަލާ މުތޯލިޔާ ކުރެއްވުމަށް! ބޭސް އެތެރެކުރުމުގެ ގަވައިދުގައިވާ ގުދަން ހުރެގެން ބޭސް އެތެރެ ކުރަން އޮތް އޮތުން ނިމިމަކަށް ގެނެސްދެއްވާ ސީދާ އެއަރކޯންޑިސަން ކޮއްފައިވާ ފާމަސީތަކަށް ބޭސް އެތެރެ ކުރެވޭ ގޮތައް ޤަވައިދު އިސްލާހުކޮއްދެއްވާ! މިކަމުގެ ސަބަބުން ބޭސް އަގުހޮޔޮވެ ރައްޔިތުންނަށް ފައިދާކުރާނެ!
އަންްނި
23 April 2019
ޖަޒީރާ ރާއްޖޭގައި ކޮން އޭސީއެއްތަ؟
ބޯކުޑޭ
23 April 2019
ރައީސްމީއުޅެނީ ކުރިކެޓްމެޗެއް ބެލޭތޯ