ޚަބަރު / އެމްއެންޑީއެފް

ރާއްޖޭގެ އެއާ ފޯސްއަށް ޕައިލެޓުންނާއި އިންޖިނިއަރުން ހޯދަން އިއުލާންކޮށްފި

ވައިގެ އަސްކަރިއްޔާގައި ބޭނުންކުރާ ޖެޓްތަކެއް: ރާއްޖޭގައި ވެސް ވައިގެ އަސްކަރިއްޔާއެއް ގާއިމްކުރަން ވަނީ ނިންމާފައި --ފޮޓޯ/ގޫގުލް

ރާއްޖޭގައި ވައިގެ އަސްކަރިއްޔާއެއް (އެއާ ފޯސް) އުފައްދަން ނިންމާފައިވާތީ ޕައިލެޓުންނާއި މަތިންދާބޯޓު އިންޖިނިއަރުން ހޯދަން އެމްއެންޑީއެފުން މިއަދު އިއުލާންކޮށްފި އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ސިފައިންގެ އެހާ ފޯސްއެއް އުފައްދަން ސަރުކާރުން ނިންމާފައިވާތީ، ޕާކިސްތާނާއި އިންޑިއާއިން ވަނީ ވައިގެ އަސްކަރިއްޔާގައި ބޭނުންކުރާ މަތިންދާބޯޓުތަކެއް ރާއްޖެއަށް ދޭން ނިންމައިފަ އެވެ. ތިން ފައިޓާ ޖެޓާއި މަތިންދާބޯޓެއް ދޭން އިންޑިއާ އިން ނިންމާފައިވާއިރު ޕާކިސްތާނުން ދެނީ ދެ މަތިންދާބޯޓެވެ.

އެމްއެންޑީއެފުން އިއުލާންކޮށްފައިވަނީ ތިން ޕައިލެޓުންނާއި ހަތަރު އެއާކްރާފްޓް އިންޖިނިއަރުން ހޯދުމަށެވެ. ވަޒީފާ ދާއިމީވުމުން ޕައިލެޓުންގެ މުސާރައިގެ ގޮތުގައި ހަމަޖައްސާފައިވަނީ 20،000ރ. އެވެ. އިންޖިނިއަރުންގެ ވަޒީފާ ދާއިމީ ވުމުން ހަމަޖައްސާފައިވަނީ މަހަކު 18،000ރ. މުސާރައިގެ ގޮތުގައި ދިނުމަށެވެ.

ސަރުކާރުން ބުނީ އެއާ ފޯސްގެ ތަމްރީނުތައް ދިވެހި ސިފައިންނަށް ދޭން އިންޑިއާއިން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ވައިގެ އަސްކަރީ ބޭސް ގާއިމްކުރަން ހަމަޖައްސާފައިވަނީ ލ. ކައްދޫ އެއާޕޯޓްގަ އެވެ. އެއީ މިހާރު ވެސް ސިފައިންގެ އޮޕަރޭޝަންސްތަކަށް ބޭނުންކުރާ ތަނެކެވެ.

ދިވެހި ސިފައިން ވައިގެ މަގުން މިހާރު އޮޕަރޭޝަންތައް ހިންގަނީ އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރު ބޭނުން ކޮށްގެންނެވެ. އާންމު ގޮތެއްގައި އެ ދެ ހެލިކޮޕްޓަރު މިހާރު ބޭނުންކުރަނީ ބަލި މީހުން އުފުލުމަށާއި ކަނޑުމަތިން ގެއްލޭ އުޅަނދުތައް ހޯދުމަށެވެ.

18 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 6%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައީދުތުރީ

01 March 2019

މިފެންމަތިވަނީ އެބުނާ މަޖްލިސް 19 ގެބޭނުން ކުރަން ރާވާކަންތައްތައްބާ އަމިއްލަ ފައިމަށްޗަށް ތެދުވެވޭތޯ ސަރުކާރަށް ރުފިޔާއެއްވަންނާނެކަމެއް ކުރެވޭތޯ ރަށްޔަތުން ކުރާމަސައްކަތުން ޖިޒީނަގައިގެންތޯ ތިޔައުޅުއްވަނީހުރިހާ ކަމެއްކުރައްވަން އަނެއްކޮޅުން މިގައުމުގައި ދޭތެރެ ދުރުކޮއް މުޅިދަރިފަސްކޮޅުނައްތާލާފައި މިއޮތީ ދެން އެއަރފޯސް އާއެހެނިހެން މުއައްސަސާޔައް ބޭނުންވާވަރަށް އާބާދީ އިތުރުކުރަން ވީނޫންތޯ މިހާރު މަހަށްދާނެ މީހަކުވެސްނެތް ނަރުސްކަން ކުރާނީކާކތ

The name is already taken The name is available. Register?

މުކައްބަ

03 November 2016

ޖުޑީސރ އެޑްމިން އޮފިށަރަކަށް 18000 ހަނގުރާމަމަތީ ޕައިލެޓަކަށް 15000

The name is already taken The name is available. Register?

ަޢދަމް

02 September 2016

ހާދަ ކުޑަ މުސާރައެއް،،،،

The name is already taken The name is available. Register?

ދައްޖާލު - ޗޯރް ސިޓީ

02 September 2016

ކޮންއިރަކުންތޯ ނިއުކުލިއަރ ސައިންޓިސްޓުންނާއި ބައިލޮޖިކަލް ހަތިޔާރު އުފުލޭ އާލާތް ހޯދަނީ. ؟؟

The name is already taken The name is available. Register?

ޓޫޓޫ

01 September 2016

ދިވެހި ޤަވްމަކަށް ފައިޓަރ ޖެޓް ބޭނުމެއް ނުވޭ! މިއީ ހަނގުރާމަ ކުރަން ޖެޙޭނެ އަދި ކައިރީގަތިބި ޤަވް ތަކާ ޢަސްކަރީ ގޮތުން އަރާ އަރަފޯދޭ ބައެއް ނުން. ޢެއަށްވުރެ މާމުހިއްމު ރަގަޅު ކެމެރާ ނިޒާމެއް ހަރުކޮށްފަ ކޮންމެ ސަރަހައްދަކަށް އަންމޭން އޭރިއަލް ވެހިކަލް ހޯދާފަ އެޢާ އެކު މަސަތްކަތް ކުރާނެ ރަގަޅު ކޯސްޓް ގާޑް ވެސެލްއެެއް ބޭއްވުން.... ބޭކާރު ބަޖެޓް އާ ނުބައްދަލް ޚަރަދެއް ކޮބާމަޖްލިސް؟؟؟؟؟؟؟

The name is already taken The name is available. Register?

އެމްސް

01 September 2016

މިދާ ރޭޓުން އަނެއްކާ ނޯތުކޮރެއާއަށް އޮތް ބިރަކަށް ރާއްޖެ ނުވާނެބާ؟ ސަރުކާރުން ބޭނުންވީމަ ހަމަ ކޮންމެ ކަމެއްވެސް ކުރަންވީ، ދޯ؟ ޤާނޫނު އަސާސީ އެއް ހަދާހެން ތަރައްޤީގެ މާސްޓަރ ޕްލޭން އެއް އެކުލެވެން ވެއްޖެކަމަށް ދެކެން، އެހެންނޫނީ ހަމަ ވެރިމީހާ ބޭނުންވީމަ ޤައުމު އަދި ބޭނުން ނުވިޔަސް ބޭނުންކަމެއް ހަމަ ކުރަމުން ދެވޭނެ!

The name is already taken The name is available. Register?

އަލިފުއަލިފު

01 September 2016

ޕައިލެޓުންގެ މުސާރަ އަދި މާބޮޑު. 5500ރ ރަނގަޅުވާނެ

The name is already taken The name is available. Register?

ރޯނުއެދުރު

01 September 2016

ބަލަ އަލީ ތިޔަ ބުނާރަތްޔިތަކަށް ހެވެން އެދިގެން އުޅުން އެއްވެސް ވެރިޔެއ ދައްކަބަލަ...ކިތަށް ރަށުގަ ރަތްޔިތުންނަށް ސާފުބޯފެން ނަރުދަމާ..މިހެންގޮސް މަގުތަކ ތާރު ޓުރީ ޓޮޕް ފަދަ ހަސްފަތާލުތަށް ގާއިމް ކުރަމުންއަންނަކަން އިނގޭތަ..ދެން ބުނޭ ސަރުކާރު ޕުރޮމޯތްކުރަނިއްޔޭ އަވަހަށް؟؟

The name is already taken The name is available. Register?

މުހައްމަދު

01 September 2016

މުސާރަ ހާދަ ކުޑައޭ

The name is already taken The name is available. Register?

ރޯނުއެދުރު

01 September 2016

މިވަރު ޖަހާފަ އިނަސް އަސްލުމުސާރަ ބޮޑުވާނެ ޕައިލެޓުންގެ

The name is already taken The name is available. Register?

އުދުހޭ

26 January 2017

ވަކި މީހަކު މިނިފަ އޮތިއްޔާ ބޮޑު މުސާރެއް ޖެހީމަ އެހެންމީހުން އެޕްލައިކުރާނެދޯ؟!

The name is already taken The name is available. Register?

ރޯނުއެދުރު

01 September 2016

މިކަމާވެސް ފާޑު ކިޔާނެ ބަޔަކު ތިބޭނެ..ސަބަބަކީ އެބައި މީހުން ސަޕޯޓް ކުރާ މީހާ ވެރިކަމު މިކަން ނުކުރީމަ..ނަމަވެސް ރިއަލިޓީއަކީ ރައީސް ނަޝީދުކަން ފެއްޓެވީ ވައގެ އަސްކަރިއްޔާ އެއްއުފައްދަން..އަދި ދަންނަވަންއައިހެވަންް ތަރައްގީކުރެވުނީމަ އެ ޗެނަލުން ދަތުރި ކުރާ ބިޔަ މުދާއުފުލާ ތެޔޮ ޓޭންކަރު ފަދައެއްޗެހި އަންނައިރު ވައިގެ އަސްކަރިއްޔާއެއް މުހިންމު ރޢްޖޭގެއީއީޒެޑް ބަލަހައްޓަން...ވަރަށް ތާރީހީ ދުވަހަކަށްވާނެ ދިވެހި ޕައިލެޓުން ތަމްރީނުވެ ވައިގެ އުޅަނދުތަށް ދުއްވަން ފަށާނެ ދުވަހަކީ

The name is already taken The name is available. Register?

އަލީ

01 September 2016

ރާއްޖެއަކަށް އެއާފޯހެއް ބޭނުމެއްނުވޭ. މިހެންމިބުނަނީ މިސަރުކާރަށް ސަޕޯޓްނުކުރާތީކީނޫން. ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާގޮތް އެގޭތީ. ސާފުބޯފެންނުލިބިނގެންއުޅޭބަޔަކަށް ހަތަރުޖެޓަށް ތެޔޮއަޅައިގެން ރާއްޖެވަށާ ޕެޓްރޯލްކުރުމުގެ ގާބިލުކަންލިބޭތަ؟ މިހާރުވެސް ދެކޮޅުނުޖެހިގެން ދައުލަތުގެ ރިޒާވް ތަޅާބުރުވާ ހުސްކުރަމުންދާއިރު އެކަށީގެންނުވާބޮޑެތި ޚަރަދުތައް ނުކޮށް އިގްތިސާދީގޮތުން އަރާއަރަފޯދެންދެން މަޑުކުރިއްޔާ ކީއްތަވާނީ. މިސަރުކާރެކޭ އަލަށް ކްރެޑިޓްކާޑެއް ލިބިގެން ވާނުވާޏޭގި ވިޔަފާރިކުރާ ކޒުވާންކުއްޖެކޭ އެއްފަދަ. ޒުވާންކުއްޖާވެސް މާބޮޑަށް ދުރަށްވިސްނާނެކަންނޭގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454