ޚަބަރު / ޕީޕީއެމް/ޕީއެންސީ އިއްތިހާދު

ރާއްޖޭގައި ސިޔާސީ ގޮތުން ދެން ގޮތް ނިންމާނެ ޕާޓީ އަކީ ޕީއެންސީ: އަބްދުއްރަހީމް

ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަބްދުއްރަހީމާއި ނައިބު ރައީސް ނިހާން ވާހަކަ ދައްކަވަނީ: ޕީއެންސީ އަކީ ދެން ސިޔާސީ ގޮތުން ރާއްޖޭގައި ގޮތް ނިންމާނެ ޕާޓީ ކަމަށް އަބްދުއްރަހީމް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކުރިމަގުގައި ވާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާ ޕާޓީ އަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތުގައި، އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އަކީ އުމުރުން ހަގު ޕާޓީއަކަށް ވިޔަސް އެއީ ވަރުގަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީން ދެކޭ ހުވަފެންތައް ވެސް ވަރަށް ގިނަ ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ޕީއެންސީން މަސައްކަތް ކުރާނީ ވަރަށް ކެރިގެން ކަމަށާއި އަދި ރާއްޖޭގައި ދެން ވެރިކަން ކުރާނެ ޕާޓީ އަކީ ވެސް އެ ޕާޓީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ، ޕީއެންސީ އުފެދުމުގެ އަސްލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވުމެވެ.

ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ހަފުލާގައި އެ ޕާޓީގެ ފުރަތަމަ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑު މިރޭ ތިބޭފުޅުންނަށް އަރުވަން އޮތް ޔަގީން ކަމަކީ ދެން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާނެ ޕާޓީ އަކީ އިރާދަކުރެއްވިއްޔާ ކޮންގްރެސް ޕާޓީ. އެހެން މި ދަންނަވާލީ އަޅުގަނޑުމެންގެ ނައިބު ރައީސް އޮނަރަބްލް މުހައްމަދު ސައީދު ވިދާޅުވިހެން އަޅުގަނޑުމެންގެ ޕާޓީ އުފެދިގެން މި އައީ ދިވެހިރާއްޖެ ދުށް އެންމެ ކާމިޔާބު ސިޔާސީ ލީޑަރުގެ ވިސްނުންފުޅުގެ ތެރެއިން. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ފޮނަދޫ ދާއިރާ އަށް ކުރިމަތިލެއްވި ނަމަވެސް ނާކާމިޔާބު ވެފައިވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީނަކީ ޕީޕީއެމާއި ޑީއާރުޕީ އާއި ޕީއޭ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅާ އެވެ. އެހެންވެ، ޕީއެންސީ އަބަދުވެސް އޮންނާނީ ޔާމީންގެ ޕާޓީއެއްގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ކުރިމަގުގައި ޔާމީން ވެސް ހުންނަވާނީ ޕީއެންސީގައި ކަމަށް އުއްމީދު ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދު ރައީސް ޔާމީން އެންމެ ލޯބިވާ އަދި އެމަނިކުފާނު އެންމެ އުފައްދަވާ ހިތުން އުފެއްދެވި އަދި އެމަނިކުފާނުގެ ޝައުގުވެރިކަން އެ ޕާޓީއަކަށް އެންމެ ބޮޑަށް އޮތް އަދި އެ ޕާޓީގައި އެމަނިކުފާނު ހުންނަވާނެ ކަމަށް އަޅުގަނޑުމެން ޔަގީންކުރާ ޕާޓީ އަކީ ކޮންގްރެސް ޕާޓީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީގެ އިސް ބޭފުޅުން މިރޭގެ ޖަލްސާގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްތިހާދު ވެފައިވާ ޕީއެންސީ އާއި ޕީޕީއެމަކީ އެއް ފިކުރެއްގައި ތިބި ދެ ޕާޓީ ކަމަށާއި އެއީ ދުވަހަކު ވެސް ވަކި ނުކުރެވޭނެ ދެ ޕާޓީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ދެ ޕާޓީ ޖައްސަން ބަޔަކު މަސައްކަތް ކުރިޔަސް، އެކަން ކާމިޔާބު ނުވާނެ ކަމަށާއި އެހެންވެ، އެ ޕާޓީގެ މެމްބަރުން އެކަންކަމަށް ސަމާލުވާން އޭނާ އެދިވަޑައިގަތެވެ.

"ސިޔާސީ މައިދާނަށް އަޅުގަނޑުމެން ނުކުމެ މި ތިބީ ސިޔާސީ މައިދާނުގައި ހިނގާފާނެ ކަންތައްތައް ވަރަށް ރަނގަޅަށް އެނގި ތިބެގެން. މީހުން ދައްކާނެ ވާހަކަ އާއި އެކަންކަމުގެ ހަގީގަތް އޮންނާނެ ގޮތް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދަންނަން،" މި ފަހަރުގެ އާންމު އިންތިޚާބުގައި ފުރަތަމަ ފަހަރަށް ވާދަކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލިހުން އެންމެ ތިން ގޮނޑި ލިބިފައިވާ ޕީއެންސީގެ ފުރަތަމަ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީއެންސީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކުރާ މަސައްކަތުގައި އެހެން ޕާޓީތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ގައުމަށް ހެޔޮ އެދޭ ކޮންމެ މީހަކަށް ވެސް އެ ޕާޓީެ ލީޑާޝިޕުން މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު އެ ފުރުސަތުތައް ލީޑާޝިޕްގެ ތެރެއިން އެ މީހަކަށް ލިބޭނީ ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ފުރަތަމަ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.----ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން މި ތިބީ އަޅުގަނޑުމެންގެ ޕާޓީގެ ލީޑާޝިޕަށް އަންނަ ކޮންމެ ބޭފުޅަކަށް ވެސް މަރުހަބާ ކިޔަން ތައްޔާރަށް. އެކަމަކު އެއީ އޮންނަ އުސޫލެއްގެ ތެރެއިން. ތަބަކަކަށް ލާފައި މަގާމު ހަވާލުކުރާ ޒަމާން އަޅުގަނޑުމެން މާޒީގެ ތެރެއަށް ދޫކޮށްލައިފިން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި މި އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުން ޕީޕީއެމް ބަލިވިޔަސް، އެއީ ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕް އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އެ ދެ އިންތިޚާބު ވެސް ނާކާމިޔާބުވީ އިންތިޚާބަށް ބަޔަކު ނުފޫޒު ފޯރުވުމުން ކަމަށް ވުމެވެ. އަދި ބޭރުގެ ޖަމާއަތްތަކުގެ ރިޕޯޓުތަކުން ވެސް އެކަން އެނގެން އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.----ފޮޓޯ: ނިޝާން އަލީ/މިހާރު

"ރިޔާސީ އިންތިޚާބު ވަގަށް ނެގީ. މަޖިލިސް އިންތިޚާބު ވަގަށް ނެގީ. ލީޑާޝިޕްގެ އެއްވެސް އިހުމާލެއް އޮވެގެން ނޫން. އާންމު ރައްޔިތުންގެ ވެސް މައްސަލައެއް ނޫން. ސަރުކާރުގެ ނުފޫޒު އިންތިހާބަށް ފޯރާފައިވާ ކަމުގެ ހެއްކަކީ ކޮމަންވެލްތުން ނެރުނު ރިޕޯޓު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވީ ސަރުކާރުގެ އިސް މަގާމުތައް އަދާ ކރެއްވި ބޭފުޅުން ކަމަށާއި ސަރުކާރެއް ހިންގަން އެންމެ އެކަށީގެންވާ ޓީމެއް ވެސް އޮތީ ޕީއެންސީގައި ކަމަށެވެ. އަދި އެ ޕާޓީގެ އަމާޒަކީ ވެސް ދެން ވެރިކަން ކުރާނެ ޕާޓީއަކަށް އެ ވުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ އިސް މަގާމުތަކަށާއި ކައުންސިލަށް ވަނީ ބޭފުޅުން އިންތިޚާބުކޮށްފަ އެވެ. ޕާޓީގެ ރައީސަކަށް ވޯޓަކާ ނުލައި އަބްދުއްރަހީމް އައްޔަންކުރީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ އެއީ ކަމަށް ވާތީ އެވެ.

ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބުކުރީ ޕީޕީއެމްގެ ކުރީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ އަހުމަދު ނިހާނާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފު (މުންދު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހޮވީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. މި ފަހަރުގެ އާންމު އިންތިޚާބުގައި އޭނާ ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހޮވައިފަ އެވެ.

66 ކޮމެންޓް, 191 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 1%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަދު

03 July 2019

ފަހަތުގައި ބޮޑެތި ލޮރަޕަޝަން، 5 އަހަރު ތެރޭގައި އަނިޔާވެރިކަން، ވައްކަން، އެތައް މައްސަލް އެއް. ޕާޓިގަނޑުވެސް ހަލާކު ކޮށްލީ ދެން ކިހިނެތް ގޮތް ނިންމަން ފުރުސަތު ދޭނީ.

The name is already taken The name is available. Register?

ޖޮބޭ

10 May 2019

މި ޢަބުދުއްރަޙީމަކީ ޕީޕީއެމް ހަލާކު ކުރި އެކެކެވެ. ނިހާން 2ވަނަމީހާއެވެ. މާ ޔާމީން ވެގެން ފާތުންއަށް ސަނާކިޔަމުން ކަޅުފައިސާގައި ހިފިކަމުގެ ތުހުމަތު ބުރޯއާއި ޑީލްހެދުން.މިފަދަ ކަން ކަމަކީ އަހަރުމެން ހަނދާނުން ފޮހެވޭނެ ކަންތަކެއް ނޫނެވެ.

The name is already taken The name is available. Register?

ޖުހާ

10 May 2019

ޕީއެންސީ ދެމިއޮންނާނެކަމާ މެދުވަރަށް ސައްކު، ސައްހަ މެންބަރުންގެ އަދަދު ހަމަނުވެގެން އުވާލާމަންޒަރު ވަރަށް އަވަހަށް ފެނިގެން ދާނެ. ހިސާބު އިލްމަށް ދުނިޔެ ދުއް އެންމެ މޮޅު މީހާ އެޕާޓީ ހިންގުމާ ހަވާލުވެ ހުރެ ޖަހާ ހިސާބު ހިޔެއްނުވޭ ދިމާވާނެހެނެއް.

The name is already taken The name is available. Register?

ދޮން ބަބުރު ސޮރު

29 April 2019

ތިޔަ ވިދާޅުވި ބަހިގެ މާނަ ނިއެނގުނަސް ހަމަޔަގީނެން އެނގޭ އެއްކަމެއް އެބަ އޮތޭ ދެން އަލެން ކިޔަވަނީ އަދުރެ މެކޭ ބެނާ' އަޑޮއިވޭ.

The name is already taken The name is available. Register?

ރިޒް

28 April 2019

ޙާދަ ހީވެއޭ އަދުރޭ ވެރިކަމަށް އައްނަން ބޭނުންވެފަ އިންހެން.. ފެލްވީމަ ގަބޫލުކުރަން ބޭނުން ނުވުމަކީ އަދި ނުކެރުމަކީ ވަރަށްވެސް ފިޑި ކަމެއް. ޒުވާނުނަށް ފުރުސަތު ދިނުން ކިހިނެއްތޯ

The name is already taken The name is available. Register?

ހަސަނު

28 April 2019

ދިވެހި ރައްޔިތުންވަނީ ތިޔަ ޕާޓީގަނޑާ މެދު ގޮތް ނިންމަފަ އެންމެ ފަހުގެ އިލެކްޝަނުގައިވެސް.. ކުޑަ ޕިކަޕަކަށް ލައިފަ ގޮނޑަށް އެއްލާލަން ނިންމީ...

The name is already taken The name is available. Register?

ފަޑިއްކަ

28 April 2019

ތި އަދުރޭ ހުރެގެން ވާނެ އެއްކަމެއްވެސް ނެތް. ތިޔަ ޕާޓީގެ ހަލާކު

The name is already taken The name is available. Register?

ޟުހަންމދ

28 April 2019

ޖޭޕީވެސް ދުވަސް ދިޔައީތަ؟ ކިހިނެއްވީބާ؟އެޕާޓީއަށް މުޅިން ހުރި ގޮތްތަ؟ކީއްވެގެން މިފަހަރު އެހެންވީ؟ވިސްނުމުގެ މައްސަލައެއެް އުޅޭހެން ހީވަނީ.

The name is already taken The name is available. Register?

ބާބޫ

28 April 2019

ކޮންމެސް ޕާޓީގެ ފައިސާ އަދުރޭ އެކައުންޓަށް ޖަމާނުކުރާތި . ކައުންސިލްގެ އިންތިޚާބުގައި ލަޑުލިބިދާނެ؟

The name is already taken The name is available. Register?

ބާބޫ

28 April 2019

ނަމަ ނަމަ އަދުރޭ އެކައުންޓަށް ފައިސާ ޖަމާނުކުރާތި ؟ މިފަހަރުވެސް މިއޮތީ ޔާމީނު ހައްޔަރުކުރުމުގެ ސަބަބުން . ލަނޑުލިބިފައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454