ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ރާއްޖެ އެތެރެކުރި 1.1 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި --ފޮޓޯ/ޕޮލިސް
30 އެޕްރީލް 2019 - 21:06
ރާއްޖެ އެތެރެކުރި 1.1 ކިލޯގެ މަސްތުވާތަކެތި މިއަދު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ވައިގެ މަގުން އެތެރެކުރި އެ ތަކެތި އަތުލައިގަތީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި އެތެރެކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އައި އެހެން ގައުމެއްގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ރުފިޔާއަށް އަރާނެ އެވެ.
ރާއްޖެ އެތެރެކުރި 1.1 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، އިއްޔެ ފުލުހުން ވަނީ ފަޅު ރަށެއްގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެ ތަކެއްޗަކީ ކަނޑު މަގުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީނނޭ
02 May 2019
ޢެޖެންޑާ 19
ދޮންމަނިކުބެ
01 May 2019
މިދުވަސްވަރު މަސްތުވާ ތަކެތީގެ ކުޅިސަމާ ހާދަ ފޯރިގަދަވެގެން މިއުޅެނީ.
ޞަހެލި
01 May 2019
149 އަށް 1 ކގ އިތުރުކޮށްލީތި
ހަސަންބެ.
01 May 2019
ހާދަ ޑްރަގް ތަކެކޭ މިހޯދަނީ. ވައިގެ މަގުންނާއި ކަނޑުމަގުންވެސް މިދުވަސް ކޮޅު އެބަފެނޭ. ކޮންމެ ވެސް ކަމެއްގައި ރައިޔަތުންގެ ފޯކަސް ގެއްލުވާލަނީދޯ.
ލޮނުމެދުފަޓާސް
01 May 2019
ހަސަންބެ މެންގެ ވިސްނުމަށް ތިހުންނަނީ ކޮންމެވެސް ކަހަލަ ބަލިމަޑުކަމެއް ދިމާވެފަ ނޫންބާ! އާނފަހެ ރާއްޖެ އެތެރެކުރާ މަސްތުވާ އެއްޗިހި އަތުލައިގަންނަނީ ކޮންމެހެން ފޯކަހެއް ގެއްލުވާލާކަށް ނޫނޭ، މަސްތުވާ ތަކެތި ރާއްޖެއެތެރެވިޔަނުދީ އަތުލައިގަތުމުން ދޭހަވަނީ އެކަމުގަ ތިބިމީހުންގެ ކުޅަދާނަކަން، އެމީހުންގެ މޭންޑޭޓު އެމީހުނަށް އަދާކުރެވޭކަން، އެކަން އެމީހުނަށް ފުރިހަމަޔަށް ނުކުރެވޭތީ ރަށުތެރޭ އެބައިވަރުގަނޑު އެނބުރެނީ، ވ ސަލާމް.
ޕައިނަމް، ކުޅުދުއްފުށި
01 May 2019
ފޮޓޯއިން އެ ފެންނަނީ ކޮކެއިން އެއް ނޫން ، ކޮކެއިން ހުންނާނީ ހުދު ގޮދަންފުށް ހެން.
ޢަބްދުﷲނާފިޒް
01 May 2019
ފޮޓޯގެ ތިރީގަ ލިއެފަ އޮތްއެއްޗެއް ނުކިޔަން އުތަ، ނޫނޭ ސާބަސް ހަމަ، ކޮމެންޓް ކޮށްފަ ބަހައްޓާ.
އަސްތާ
01 May 2019
އަސްތާ ތިހާވަރަށް އަތުލައިގަނެވޭނީ ހާދަ ބައިވަރެއް އެތެރެކުރަން ފެށީމާ ދޯ. މީހުން ބުނޭ ވަގަކަށް ހާސްދުވަހޭ، ވެރިއަކަށް އެއްދުވަހޭ. އެއްހާސް ކިލޯ އެތެރެކުރީމާ އެއްކިލޯ އަތުލެވެނީ ކަމަށް ވެދާނެ. އެކަމަކު ތިއީވެސް ކުރިއެރުމެއް. ކުރި ނާރައިގެން މިއުޅެނީ މިމީހުންގެ މައްޗަށް ކުރާ ހުކުމް ތަންފީޒު ކުރުން. ކިތަންމެ ބޮޑު ހުކުމެއް ކުރިޔަސް ކްލެމެންސީއޭ ކިޔާ ސިއެއް ދުއްވާލާފައި ތިބެނީ ނުކުމެ.
ނޫސް ބަލާމީހާ
01 May 2019
މިހާރު ވެރިމީހާއަކަށް ބުވަހެއް ނާދޭ. މާދަމާ ކުށެއްނެތިގެން ދޫކޮށްލާނެ އެއީތަ ވެރިމީހާއަށް ލިބޭދުވަހަކަށް ތިބުނަނީ
ދެރަކަމެއް
01 May 2019
މިހާރު ފެންވަރަނީވެސް އެބައިވަރުތަކުންތަ؟؟
ނެޑް
30 April 2019
ރާއްޖޭގައި ފުލުހުން އުޅޭހެން ހީވާންފަށައިފި. ޝުކްރިއްޔާ.
falcon_autho
30 April 2019
އެހެން ގައުމޭ ކިޔާ ގައުމެއް އޮވޭތަ؟ ބަންގާޅު، އިންޑިޔާ، ޕާކިސްތާނު، އަފްޣާނިސްތާނު، ލަންކާއޭ ބުނަން ނުކެރޭނަމަ ތިކަން ހުއްޓާލަންވީ ނުން.
އިއްސެ
30 April 2019
މިދެން ވަރަށް ޖޯކުކަމެއް. މުޅި ހަބަރުކިޔާ ނިމޭއިރުވެސް މީން ކުށެއްކުރާ މީހަކާބެހޭ މައުލޫމާތު ލިބޭގޮތެެއްނުވޭ. މޮޅުވާންވެގެން އޭގެ އަގާ ކުލަޔާ ވާހާ އޭތިމީތި ހާމަކޮށްލަން އެބޭފުޅުންނަށް މިކެރެނީ.
އެތަކެތި
30 April 2019
އޭރުންތާ ފަސޭހަވާނީ އޭނަ ދޫކޮށްލާފަ ބަހައްޓަން. ކުށަކީވެސް ކުށްވެރިޔަކީވެސް އެތަކެތި. އެމީހާއެއްނޫން.
ޢެޑްމުންޑޯ
30 April 2019
ކީއްވެބާ އެހާފަސޭހައިން ކޮކައޮންނޭ ފުލުހުން ބުނީ ، އަބަދުވެސް ކިޔާނީ މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތެކޭ
ރައްނަމާރި
01 May 2019
އެއީއެހެން ގައުމެއްގެ މީހަކަށްވީމަ. ދިވެއްސަކާ ދިމާލަށް ނުކެރޭނެ ބުނާކަށް. އޮޅިގެން ބުނެވުނަސް ބިރުން ފިތްކަނޑައިގެންދާނެ