މެދުއިރުމަތީގައި ތިބީ އެމެރިކާ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް އީރާންގެ ޕާލަމެންޓުން ވަނީ ފާސްކޮށްފައި. --ފައިލް ފޮޓޯ
01 މެއި 2019 - 09:21
ތެހެރާން (މެއި 1) - މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައި އީރާނުގެ ޕާލަމެންޓުން ފާސްކުރި ބިލް ރައީސް ހަސަން ރޫހާނީ އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.
މެދުއިރު މައްޗާއި އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާ ސެންޓްރަލް ކޮމާންޑަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޕްރީލް މަހު ނިންމެވުމާ ގުޅިގެންނެވެ. މިއީ ބޭރު ގައުމެއްގެ އަސްކަރީ ޔުނިޓެއް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އިން ކަނޑައެޅި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ބިލް ތަސްދީގު ކުރެއްވުމަށް ފަހު ރޫހާނީ ވަނީ އެ ބިލަށް އަމަލު ކުރުމަށް އީރާނުގެ އިންޓަލިޖެންސް މިނިސްޓްރީ އާއި ފޮރިން އެފެއާޒް މިނިސްޓްރީ އާއި ސިފައިން އަދި އީރާނުގެ ސުޕްރީމް ނޭޝަނަލް ކައުންސިލަށް އަންގަވައިފަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރުން ބުނަމުން ދަނީ މެދުއިރުމަތީގައި އެމެރިކާގެ މަރުކަޒުތަކާއި ގަލްފްގައިވާ އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރުތައް ވަނީ އީރާނުގެ މިސައިލްތައް ފޯރާ ހިސާބުގައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިގޮ
01 May 2019
މުސްލިމް ގައުމުތައް ސުއްނާފަތި ކުރާ އިރު އަގައިން ނުބެނެ ތިބެނީ ވެސް ޓެރެރިސްޓުން...ޓެރެރިސްޓް..މިބަހުގެ މާނަ އެގިއްޖެ މިހާރު
ހުދުހުދު
01 May 2019
ތި ބުނީ ވަރަށް ރަގަޅު ވާހަކަ އެއް. އަރަބި ގައުމު ތަކަށް އަރާ ކުށެޢް ނެތް މުސްލިމުން ޝަހީދު ކުރާއިރު އެމީހުން ވާނީ ޓެރަރިސްޓުނަށް
ފޮނިކަލޯ
01 May 2019
ފާޑު ފާދުގެ ބަޔަންތައް ނުނެރި މަދޫން ހުރެބަލަ .... ތިބޭލާ ސައިޒު ކޮށްފާނެ
ސަޢީދު
01 May 2019
ޙަޤީޤީ ޓެރަރިސްޓުންނަކީ ތިޔަ ދެބައިމީހުން. ގުދޯގުދޯ ގޮވާނެކަމެއް ނެތް. ކަމެއް ކުރެވޭކަމަށްވަނީނަމަ އިޒްރޭލްކިޔާ މަދުބައިގަޑު ފަލަސްތީނުން ފުހެލަދީ. ނޫނީ ކަލޭމެން ދެބައިމީހުން ތަޅާ އަމިއްލައަށް ހަލާކުވޭ. އޭރުން އެއްވެސް ޓެރަރިޒަމެއް ނޯންނާނެ.
ސަކީނާ
01 May 2019
އައިއެސް އަކީ ޓެރަރިސްޓުންކަމަށް ނިންމަން މިމީހުންނަށް ނުކެރޭ
ކެރޭނެ
01 May 2019
ކެރޭނެ. ސީރިޔާގަ އައިއެސްއާ ދެކޮޅަސް ހަނގުރާމަ ކުރަނީވެސް އީރާން ރަޝިޔާއިން އެންމެ ބޮޑަށް.