މާމިގިލީ އެއާޕޯޓުގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި މަރުވި އަހުމަދު ރަޝީދު.
01 މެއި 2019 - 18:55
އެކްސިޑެންޓު ހިނގީ މާމިގިލީ އެއާޕޯޓުގެ ފަޔާ ލޮރީތައް ޕާކްކުރާ އިމާރާތް ނުވަތަ 'ކެޝުއަލްޓީ ކްލިއަރެންސް ސްޓޭޝަން' ކައިރީގައި.
މަހިބަދޫ ހޮސްޕިޓަލުން ބުނިގޮތުގައި އަހުމަދު ރަޝީދު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް. އޭނާގެ ފައި ބިންދައިގެން ދިއުމުގެ އިތުރުން މޭކަށިގަނޑަށް ގެއްލުން ވެފައިވާ ކަމަށް ބެލެވޭ ކަމަށް ހޮސްޕިޓަލުން ބުނި. ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވެސް އަހުމަދު ރަޝީދަށް ސީޕީއާރު ދިން.
މާމިގިލީ އެއާޕޯޓުގެ ފަޔާ ލޮރީ ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ މި ޖޯލިފަތީގައި ތިބި ހަތަރު މީހެއްގެ ގައިގައި: އޭގެ ތެރެއިން އެކަކު ވަނީ މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް މަރުވެފައި.---ފޮޓޯ: ޕޮލިސް
މާމިގިލީ އެއާޕޯޓުގައި މަސައްކަތް ކުރަނީ އާންމުންގެ ތެރެއިން، އަލިފާން ނިއްވުމުގެ ޚާއްސަ ތަމްރީން ހޯދާފައިވާ މީހުން.
ފޮޓޯ އިން ފެންނަ ގޮތުގައި ފަޔާ ލޮރީ ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ 'ކެޝުއަލްޓީ ކްލިއަރެންސް ސްޓޭޝަން" ބޯޑު ޖަހާފައި އިމާރާތުގެ ބޭރުގައި ބަހައްޓާފައިވާ ޖޯލިފަތީގައި ތިބި ހަތަރު މީހުންގެ ގައިގައި. އެ އިމާރާތުގެ އެތެރޭގައި ފަޔާ ލޮރީއެއް ވެސް ބާއްވާފައިވާ ތަން ފޮޓޯ އިން ފެނޭ.
މި އެކްސިޑެންޓުވި އިރު ފަޔާ ލޮރީ ދުއްވަން އިނީ ދިވެއްސެއް. އޭނާ އަށް މި އެކްސިޑެންޓުގައި އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނޭ. ފަޔާ ލޮރީ ކޮންޓްރޯލް ނުވި ސަބަބެއް އަދި ސާފެއް ނުވޭ. ފުލުހުން އަނަނީ މައްސަލަ ތަހުގީގު ކުރަމުން.
މި އެކްސިޑެންޓުގައި މަރުވީ، މާމިގިލީ ބިންމާ، އަހުމަދު ރަޝީދު އަބްދުއްޝުކޫރު 30، އެއީ ވެސް މާމިގިލީ ފަޔާ ސާވިސަސްގައި މަސައްކަތްކުރާ މީހެއް.
މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަނީ.
މިއަދު ހަވީރު 4:15 ހާއިރު ހިނގި އެކްސިޑެންޓުގައި މަރުވީ، ފައި ބިނދުނު ދެ މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުނޭ. އޭނާގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާ އަށް ވަކިން ލޯންޗެއްގައި މާލެ ގެނައުމަށް ދަތުރު ފެށި ފަހުން ކަނޑުމަތީގައި ވެސް އިތުރަށް ހާލު ސީރިއަސްވެ، މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔައީ. ހާލު ސީރިއަސް ވެގެން ލޯންޗުގައި ވެސް ސީޕީއާރު ދޭން ޖެހުނު. ބޭރުފުށުން ބޮޑު އަނިޔާއެއް ފެންނަން ނެތް ނަމަވެސް އޭނާގެ އިންޓާނަލް މައްސަލަތަކެއް އުޅޭ ކަމަށް ޑޮކްޓަރުން ލަފާކުރޭ.
މާމިގިލީ އެއާޕޯޓުގެ އެކްސިޑެންޓުގައި އެންމެ ބޮޑަށް ސީރިއަސްވެގެން މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ މީހާ ދެންމެ މަރުވެއްޖެ.
އދ. މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ލޮރީ ކޮންޓްރޯލް ނުވެ، މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
އެ މީހުންނަށް އަނިޔާވީ، ޖޯލިފައްޗެއްގައި އިށީނދެ ތިއްބާ ފަޔާ ލޮރީ ކޮންޓްރޯލް ނުވެ ގޮސް ޖެހުމުންނެވެ.
ފުލުހުން ބުނީ، އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އެހެން ދެ މީހެއްގެ ފައި ބިނދި ތިންވަނަ މީހާގެ ކަކުލަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ވުމުގެ ސަބަބުން އޭނާ އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަނެއް ތިން މީހުން އިތުރު ފަރުވާ އަށް މިހާރު ވަނީ މާލެ ފުރުވާލައިފަ އެވެ.
ފުލުހުން ބުނީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ލޮރީ ކޮންޓްރޯލް ނުވެ ގޮސް ހަވީރު 4:15 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވީ ފަޔާގައި މަސައްކަތް ކުރާ ހަތަރު މީހަކަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯޓުކޮޅު
02 May 2019
އެއާޕޯޓް ތަކުގެ މިކަހަލަ ސަރަހައްދަކީ ޖޯލިފަތިއަޅައިގެން ތިބެން ހުއްދަދެވިގެންވާ ތަންތަނެއް ނޫން.. ކޮންމެތާކު ޖޯލީގަ ގުރޫޕް ހަދައިގެން ތިބެންވީމަ ވާނީ މިހެން. ރަންވޭ މަތީގަ ސަންބެޑު ޖަހާލަދޭން ގާސިމު ގާތު ބުނޭ...
ސަލީމު އިދުރީސް
02 May 2019
ދުއްވިމީހަ މަސްތުވާހާލުގަ އިންތޯބަލައް ޖެހޭނެ! ބޭރުގަމުއުތަކުގަ ފުތަމަވެސް ބަލަނީ އެމީހަހުރީ ހަމަހޭގަތޯ
ސައިކަލް
02 May 2019
މަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ރަހުމަތް ލައްވާށި މި ޑުރައިވަރު ލައިސަންސު ނެގީ ކިތައްލަކިންބާ?
ތުދޭގެބޭބެ
02 May 2019
ތި ޑްރަިވަރަކީ ރީދޫ އެޑިކްޓް މީހެއް
މާމިގިލި
02 May 2019
ހަގީގަތް ނުބަލާ ފާޑުފާޑުގެ ވާހަކަ ނުދައްކާ. އެކުއްޖާވެސް ގަސްދުގަ ކުރިކަމެއް ނޫން އެޔަކީ.
ޙުސެން
02 May 2019
ސީޕީއާރު މިދެނީ މޭކަށިގަނޑު ބިންދައިގެެންގޮސް އޮއްވާ؟ ޑޮކްޓަރަށް ނުދެއްކިއަސް މަރު، ދެއްކީމަ އަދި އަވަސްވަާނެ. މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.
ސުޖާ
02 May 2019
ރާއްޖޭގެ ލައސަންސާއި ދުނިޔޭގެޓުފެކު ގަވައިދު އެންމެބޮޑު ހުޅަގު ޔޫރަފުގެ ގައުމެއްގެ ލައިސަން އޮންނަމީހެއްގެ ހައިސިއްޔަތުން ދަންނަވާނީ ބޭރުގަ ލިންކު ރޯޑުތަކުގަ ގަޑިއަކު 100 ،90 ކމ ވަރު ހައިވޭގަ 140 ، 150 ކމ ދުއްވުމާ ރާއްޖޭގަ 30ދުވާއިރު އެއްޗެއްގަ ޖެހިދާނެތި ބިރުގަންނައް ޖެހެޔޭ! ސަބަކީ މަޑުކުރަންޖެހޭ ތައްތަނަށާ އެފަދަ ހާލެއްތަކުގަ މީހަކު މަޑުނުރާތި! ހުރިހާވެސް މައްސަލަކީ ލައިސަންސް ދޭގޮތާ ފުލުހުންނައް އެމިހުންގެ ވާޖިބު އަދާނުރެވޭ ތިކަމުގަދެކެން
ރީތި މޫސަ
02 May 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މިފަދަ ހިތާވެރިކަންކަން މެދުވެރިވާހިނދު ހަނދާންކުރަންވީ މަރު ހަމަކޮންމެވަގުތަކުވެސް އައިސްދާނެކަން ދިރިތިބީން ކުރަންވީ ހެޔޮދުޢާ އަޙްމަދު ރަޝީދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވާށި އާމީން
ނަޖާޙް
02 May 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ދުލެއް
01 May 2019
ފޮނިވެފަ ތިމާގެކުޅަދާނަކަން ދައްކަން އުޅެގެން ލިބުނުދެރައެއް ކަމައް ޤަބޫލުކުރެވެނީ
އައިމިނާ
01 May 2019
ވަރަށްހިތާމަވެރި ހާދިސާއެއް. ދެންބުނޭ ޖޯލިފަތީގައި ތިބެންވާނީ ހެލްމެޓްއަޅައިގެންނޭ.
ޜޮޒައިނާ
01 May 2019
ކޮންމެކަމެއްވެސް ސިޔާސީ ކޮއްލެވޭތޯ ބަލާތި
ކަކުނިބޯ
02 May 2019
އައިމިނަ އެބުނީރަނގަޅަށް
ބޯވަ
02 May 2019
ދެން ކޮންމެ އެއްޗެކޭ ކިޔަސް ހައިވޭގެ ދުއްވޭނީ ހެލްމެޓް އަޅައިގެން. ދުނިޔޭގެ އެހެން މީހުން ހެލްމެޓް އަޅަނީ ސަބަބެއް ނެތިތަ؟