މިފްކޯގެ މަސްކިރާ ބޯޓަކަށް މަސް ކިރަން ދޯނިތަކެއް ކިޔޫގައި: ޖުލައި މަހު ރާއްޖޭގެ މަސްވެރިކަން ދަށަށް ދިޔަ
02 ސެޕްޓެމްބަރ 2016 - 17:27
މިދިޔަ ޖުލައި މަހު މަސްވެރިން ބޭނި މަހުގެ ތެރެއިން ކުންފުނިތަކަށް ކިރުވި މިންވަރާއި ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު ވެސް ދަށަށް ހިނގައްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަހަކު އެއްފަހަރު ނެރޭ "އިގްތިސާދީ ރިވިއު"ގައި ބުނެފައި ވަނީ މިދިޔަ ޖުލައި މަހު މަސް ކުންފުނިތަކަށް ކިރާފައި ވަނީ 1،665.5 ޓަނުގެ މަސް ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.
އެކަމަކު އެއީ މިދިޔަ ޖޫން މަހާ އަޅާބަލާއިރު 29 ޕަސެންޓް އިތުރު އަދަދެކެވެ.
ދޯންޏަކުން މަހު ބޭނި މަސްތަކެއް މާލޭގެ މާރުކޭޓަށް ބާލަނީ. ޖުލައި މަހު މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށްވެފައި.-- ފޮޓޯ:ނިޝާން އަލީ/މިހާރު
ޖުލައި މަހު މަސްވެރިކަން ދަށްވީ، މަސް ގަންނަ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖޭގެ މޫސުމް ގޯސްވެ، މަސްވެރިކަން ދަށަށް ދިއުމުންނެވެ.
"ޖުލައި މަހު މަސް ކިރުވި މިންވަރާއި އެކްސްޕޯޓް ދަށްވީ ރޯދަމަހާ ދިމާވެ އަދި ވިއްސާރަ މޫސުމް ދިގުލައިގެން ދިއުމުން،" އެންސިސް ފިޝަރީޒްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އަނެއްކާ ބޭރުގައި މަސް ގަންނަ އަގު ކޮންމެވެސް ވަރަކަށް އެދުވަސްކޮޅު ދަށްވި. އެއީ އެހެން ދިމަދިމާލުން މަސްވެރިކަން ރަނގަޅުވީމަ."
އެމްއެމްއޭގެ ރިވިއުގައި ބުނެފައި ވަނީ މިދިޔަ ޖުލައި މަހު މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 15 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އެ މުއްދަތުގައި މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީގެ މިންވަރު 31 ޕަސެންޓް ދަށަށް ދިޔަ ކަމަށް ވެސް އެ ރިވިއުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
03 September 2016
ރާއްޖެ އަންނަ ބޯޓު ފަހަރު ރާއްޖެ ސަރަހައްދުން ދާ އަޅާފަ މަސްކޮޅު ހިފައިގެން ދަނީ އެވެ. މަސްވެރީން ބޯޓް އަތުލައިގަތީމަ ދައްކަނީ ސޮއި ކޮށްފަ އޮންނަ ސެޓްފިކެޓްއެވެ. ކޮންމެ ވެސް އެހެން ގޮތެއް ހޯދަން އެބަޖެހެއެވެ.
ޯލޮލް
03 September 2016
ރޯދަމަހު އެއްގޮތަކަށްވެސް މަސްވެރިން މަހަކަށް ނުދޭ. ބައެއްދުވަސްތައް ދިޔަ އެއްވެސް ކުންފުންޏަކަށް މަސް ނުކިރާދުވަސްވެސް. އެހެންވެ ދައްވީ.
ޑްރޯން
03 September 2016
ރާއްޖޭގެ އެންމެ މަސްވެރި އެއް ހިސާބު ކަމުގައިވާ ހުވަދޫއަތޮޅު އުތުރުބުރިން ފެނުނު ގޮތް ނޭގޭ ޑްރޯން ތަކާއި، އެމް.އެން.ޑީ އެފް އަށް ނޭގި އެސަރަހައްދުން އުދުހުނު ރިހި މަތިންދާ ބޯޓުތަކުގެ ހަޤީޤަތް އަދިވެސް ނޭގޭ.. 2015 ވަނަ އަހަރާ 2016 ވަނަ އަހަރު އެސަރަހައްދުގެ މަސްވެރިކަން މިއިން ޒަމާނެއްގައިވެސް ދަށަށް ނުދާހާ މިންވަރަށް ދަށަށްޖެހިފައި.. އެޑްރޯންތަކުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކުރުމަށް "އެކުވެރި ދައުލަތް"ތަކާއި އެކު މަސައްކަތް ކުރާ ކަމަށް އެމް. އެން . ޑީ . އެފް އިން ބުނިތާ 2 އަހަރުވަނީ..
އާދު
03 September 2016
ވިޔަފާރީގަ އެޅޭނީ ދެރަޔާ ރަނގަޅާ ކިތަންމެ ރުޅި އަޔަސް އެއީ ގައުމުގެ ވެރިޔާއައް ކުރެވޭނެކަމެއްނޫން އެއައް ބަދަލުގެނައުމީ
ބާނާލާ
02 September 2016
މަސްކިރުވި މިންވަރު މިދިޔަ އަހަރާއި އަޅާ ބަލާ މިއަހަރު ޖުލައި މަހު ދަށަށް ދިޔައީ އެއީ ރަންރީނދޫ ކުދިންގެ އުނދަގުލާއި އަދި އެމީހުންގެ ދުއްތުރާއާއި ހެދި މަސްވެރިން މަހަށް ނުފުރުމުން ނެވެ. އެހެންވެ އެހާ ބޮޑަށް މަަސްވެރިން މަސްކިރުވި މިންވަރު ދަށަށް ދިޔައީ. ހުރިހާ މަސްވެރި ކުދިން ވެސް ރަންރީނދޫ ކުދިން އެދައްކާ ވާހަކަ އަޑު ނާހާތި. އަދި ނަމަ ނަމަ އެކުދިންގެ މައި ޓްވިޓަރ ނުބަލާތި، ނުބަލާތި، ނުބަލާތި، އެކޮއި. ޓްވިޓަރު ކުދިންގެ ޖާދޫގައި ނުޖެހޭތި ނުޖެހޭތި ހުރި ހަލާކެއްގެ ބޮޑު ކަމާއި އޭގެ ޖާދޫގައި ޖެހިއްޖެނަމަ. ލޫކާސް އެއޮތީ ޖަލުކާސް އަށް ވެފައި ނޫންތޯއެވެ. ދެން ވެސް އަވަހަށް ރަށްފުށުގެ ދޯނި ފަހަރު ތަަކަށް އަރައިގެން ހުރިހާ ކުދިން ދާންވީ މަހަށް އިނގޭ. މަހަށް ދާންވީއެވެ. މިހާރު މިރާއްޖޭގެ ކަނޑުން ސީދާ ކަޅު ބިލަމަސް ތިޔާގިވެ ކަނޑިންމައިން ނިކުން ތަނުން ގޮދާ އެދަނީ ކުރު ދޮށީގައި ގަންނަމުންނެވެ. އަވަސް ކުރޭ ދޮށި ބޮނޑި ނަގާ ބުޅި ކަނޑުގައި ޖައްސާ އެ ހިފީ ގޮދާ އަވަހަށް ބާނާލާ. ބާނާލާ، ބާނާލާ، ބާނާލާ، އޯއް، އޯއް، އޯއް، ހުރިހާ ކުދިން މޫން ވޯކް ޖައްސަމުން ލަވަކިޔަމުން މަސްބާނާލަންވީ ކުރު ދޮށީގައެވެ. ނޭގޭ ދެން ބުނާނެ އެއްޗެއް ވެސް.