މުހީތު: އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ކުށް ސާބިތުވެ، އެކަކު ވަނީ ސަލާމަތްވެފައި -- ފޮޓޯ/ފޭސްބުކް
08 މެއި 2019 - 14:08
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދަައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހަކަށް ދައުވާކުރި އެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އަދި މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ. އެކަމަކު ކުށް ސާބިތުވި ދެ މީހުންނަށް އަދި ހުކުމެއް ކަނޑައެއް ނާޅަ އެވެ.
މިހާރު އަމަލުކުރާ ޖިނާއީ އިޖްރާއާތުގެ ގަވާއިދު އޮންނަ ގޮތުން، އަދަބުގެ މިންވަރު ކަނޑައެޅުމުގައި ފަނޑިޔާރަށް އެއްވެސް އިހްތިޔާރެއް ނެތް ބާވަތުގެ ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި އަދަބު ކަނޑައަޅާނީ އަދަބާ ބެހޭގޮތުން ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު އެވެ. އަދަބު ކަނޑައެޅުމުގެ މަޖިލީހަކީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާތާ 10 ދުވަސް ތެރޭގައި ބާއްވާ މަޖިލީހެކެވެ.
މުހީތުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު މެރުމަށް އެ ކޯޓުން ހުކުމް ކޮށްފައި ވާއިރު، އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެ ދެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތި 3 ކުއްވެރިންވެސް މަރާލާ
09 May 2019
ވަޒީފާއަކަށްވަދެ އަމިއްލަ ފައިމައްޗަށް ތެދުވާން ފަށާ ސްމާރޓްވެގެން ތިބޭ އުމުރު ބަލާބަ މިފިރިހެނުންތިބި ނަޖިސްގޮތެއް.މިކުދިންގެ ޕޭރެންޓުން ދުނިޔޭގަ ނެތީބާ؟ އާއިލާ؟ ޕިސްޕިސް.ޗީޗީ.މި ސިފަޖައްސައިގެން އުޅޭ 99% ކުދިންގެ ޓްރެއިޓެއް ކަންނޭގެ ވައްކަން ކުރުމާ ޑްރަގް ނެގުމާ، މާރާމާރީއާ އަޚްލާގެއްނެތުމަކީ. ނަމާދެއް ނުކުރާނެ ގަޓުވެގެން ބާރަށް ސައިކު ދުއްވާނެ.އެކިކުއްތައް ކުރާ ކުދިންގެ ސިފަ ދާދި އެއްގޮއި
ފުންއަސަރު
09 May 2019
މިގޮތަށް ކަންތައް ހުރީމަ ޖުޑިޝަރީއަށް އިތުބާރާ ޔަގީންކަން ދެވޭ. 2012 ވަނަ އަހަރު ހިނގި ކަމެއް. މިހާރު މީ 2019 . ކަންކަން އަވަސްވާނީ މިހާކަށް ވަރަށް. އެނގޭ މިފަދަ މައްސަލަތައް ބަލަންވާ ވަރަށް ރަނގަޅަށް ޚިލާފެއް ނޫފެދޭ ވަރަށް ބަލަން ޖެހޭނެކަން. އެކަމަކު ސުވާލަކީ މިހުރިހާ ދުވަހަކު އެކަމަށް އެއްވެސް މަސައްކަތެއް ނުކޮށް ތިބެފާ، ނިދާހޭލެވޭ ގޮތަކުން ކަންކަން ނިންމޭނެހޭ؟ އަދިވެސް ބުނެލަން ބޭނުމީ އިސްލާހް ކުރަން ބޭނުންވަނީ ޖުޑިޝަރީއޭ.
ނައިބު ރައީސް
09 May 2019
މީހުން މަރާ މީހުން ދޫކޮށްލީމައި އޭނާ ގޮސް 2 ވަނަ މީހަކު އެމަރަނީ.. ކީރިތި ޤުރުއާނުގައި ވަނީ.. މަރަށް މަރު ހިފުމަކީ ދިރި ތިބީންނަށް ދިރުން ވާކަމެއް..
ނެޑް
08 May 2019
ހައިރާން ވާނީ ސާބިތު ވިނަމަ!
ނެޑް
08 May 2019
މި ގައުމުގައި ކޯޗެއްތަ ސާބިތު ވަނީ؟
ޙިނި
08 May 2019
މިގައުމުގަ މަރުގެ ހުކުން މީ އެއްވެސް އެއްޗެއް ނޫން، ކުޅޭ ކުޅޭ ހުކުމެއް ގޮތައް ލަފާކުރެވެނީ. ނޫހުން ނިކަން މަރުގެ ހުކުން ތަންފީޒު ކުރާމީހެއްގެ ހުކުން ތަންފިޒު ކުރާ ގޮތް ކިއުންތެރިންނާ ހަމަޔައް ގެނެސްދީބަލަ.
އަކްމެޑް
08 May 2019
2012 އޭ؟ سبحان الله
އަބު
08 May 2019
ދަރިަންނަށް ކިޔަވައިދޭން މާލެ ދެމަފިރިން އައިސް ހޭބޯނާރާ ގެއަށް ނުވަދެ ދަރީން އުޅޭ ނޫޅޭ ގޮތެއް ނުބެލުނީމާ މިކަހަލަ ކިތަންމެ ހިތިކަމަކާ ކިރިމަތިލާންޖެހޭނެ.
ގަމަރޭ
08 May 2019
އެކަށިގެންވާ މުއްދަތެއްގެތެރޭގައި ހުކުމް ކުރެވުމަކީ އިންސާފު ގާއިމު ކުރެވުމެވެ. ނަމަވެސް އެއިންސާފު ދަމަހައްޓަންޖެހެނީ ސަރުކާރުންނެވެ. ހުކުމްކުރާތާ ދެތިން މަސްތެރޭގައި ގޭބަންދަށް ބަދަލުކުރުމުން ނުވަތަ ހުކުމުގެ މުއްދަތަށް ބަދަލު އަންނަގޮތަށް އޮތުމުން ރާއްޖޭގައި ހަމަޖެހުމެއް ނޯންނާނެ އެވެ. އިދިކޮޅަށް ބަޔާންދޭ މީހުނަށް ރައްކާތެރިކަމެއް ނެތެވެ. ބަޔާންދީފައި އެނބުރި ގެއަށް އަންނައިރު ގޭދޮރުމަތީގައި ހުންނަނީ ކުށްކުރިމީހާއާއި އޭނާގެ ގުރޫޕެވެ.
އިންސާފުގެމަގު
08 May 2019
ތިވެސް ސިޔާސީކަމެއްނަމަ، މައްސަލަ ނިންމައި ޙުކުމް ތަންފީޒުކާހިސާބަށްދާނެ ނިކަން އަވަހަށް. އަޅަމެންގެ ކަންކަން އިސްލާޙުގެ މަގުން ހިންގުމުގެ ހެޔޮތަޢުފީްު ދެއްވާށި. އާމީން.